ވިޔަފާރި / ވިލާ ކޮލެޖް

ޝަރުއީ ދާއިރާގެ ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ވިލާ ކޮލެޖުގައި

ވިލާ ކޮލެޖުގެ ލޯ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑުގައި ހިމެނޭ ދަރިވަރުން. މި ސޮސައިޓީ އަކީ ދަރިވަރުންނަށް ދާއިރާގެ އެކި ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރާ ސޮސައިޓީއެއް. -- ފޮޓޯ: ވިލާ ކޮލެޖް

26 އެޕްރީލް 2023 - 14:19

3 comments

ވިލާ ކޮލެޖުން ހިންގާ ޝަރުއީ ދާއިރާގެ ކޯސްތަކަކީ ދަރިވަރުންގެ ތެރޭގައި މަގުބޫލު، ޑިމާންޑު ބޮޑު ކޯސްތަކެކެވެ. ކޮންމެ އިންޓޭކެއްގައި ވެސް އެ ދާއިރާގެ ކޯސްތަކަށް ގިނަ ދަރިވަރުންތަކެއް ބައިވެރިވުމަށް އެދި އަންނަނީ ހުށަހަޅަމުންނެވެ. ކޯހަށް ޑިމާންޑު ބޮޑުވެ، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބެ މި ކޯހުގައި ބައިވެރިވުމަށް އެދޭ ދަރިވަރުން އިތުރުވުމާ ގުޅިގެން މިހާރު އެ ކޮލެޖުން ވަނީ ޝަރުއީ ދާއިރާގެ ކޯސްތައް އޮންލައިންކޮށް ކިޔެވޭނެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

ވިލާ ކޮލެޖުގެ ޝަރީއާ ފެކަލްޓީގެ ކޯހުގައި އެ ކޮލެޖުގެ އަމިއްލަ ޝަރީއާ އެންޑް ލޯގެ ޑިޕްލޮމާ އާއި ޑިގްރީ ޕްރޮގްރާމާއި ޝަރީއާ އެންޑް ލޯގެ މާސްޓާސް ޕްރޮގްރާމެއް ހިމެނެ އެވެ.

ޝަރީއާ އެންޑް ލޯގެ މާސްޓާޒް ޕްރޮގްރާމަކީ ދަރިވަރުންނަށް ކްރިމިނަލް ލޯ އިން ހާއްސަވެވޭ ގޮތަށް އެ ކޮލެޖުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

ވިލާ ކޮލެޖުގެ ޕޯސްޓެއް.

ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން އަލްއުސްތާޒާ އަސްނާ އަހުމަދު ވިދާޅުވީ ވިލާ ކޮލެޖުން ހިންގާ ޝަރީއާ އަދި ގާނޫނުގެ ކޯސްތަކުގައި ކިޔަވައިދެއްވާ ލެކްޗަރާއިންނަކީ ދާއިރާގެ އިލްމީ އަދި ގާބިލް ބޭފުޅުން ކަމަށެވެ.

އަސްނާ ވިދާޅުވީ އެ ފެކަލްޓީގެ ޕްރޮގްރާމްތަކަށް ދަރިވަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އެ ކޯސްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އޭގެތެރޭގައި އެ ކޯސްތަކާ މެދު އިންޑަސްޓްރީން ދެކޭ ގޮތް ހޯދުމާއި ކޯސްތައް ފަރުމާކުރުމުގައި މަސައްކަތުގެ މާހައުލުގައި ދަރިވަރުން ކާމިޔާބު ބަޔަކަށް ހެދުމަށް ކުރެވޭނެ ކަންތައްތައް ދެނެގަނެ އެކަންތައްތައް ހިމަނާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވިލާ ކޮލެޖުގައި ލޯ ކިޔަވާ ބައެއް ދަރިވަރުން. އެ ދަރިވަރުންނަށް ބޭރު ގައުމުތަކުގެ އެކި ފުރުސަތުތައް ވެސް ކޮލެޖުން ދަނީ ހޯދާދެމުން. -- ފޮޓޯ: ވިލާ ކޮލެޖް

"ޝަރުއީ އަދި ގާނޫނީ ދާއިރާގެ ބޭފުޅުންގެ ލަފަ އާއި ދަރިވަރުންގެ ފީޑް ބެކަށް ބެލުމަށް ފަހު ކަންކަން ރަނގަޅުކޮށް ދަރިވަރުން ކިޔެވުމަށް އިތުރަށް ޝައުގުވެރިވާނެ ބަދަލުތައް ގެނައުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ކަންތައް." އަސްނާ ވިދާޅުވި އެވެ.

އަސްނާ ވިދާޅުވި ގޮތުގައި އެ ފެކަލްޓީން ކިޔަވާ ގިނަ ދަރިވަރުން އަންނަނީ މަތީ މަގާމުތަކުގައި ގައުމަށް ހިދުމަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާ އާއި ޕްރައިވެޓް ސެކްޓާގެ އެކި މަގާމުތަކުގައި ވިލާ ކޮލެޖުން ކިޔެވި ގިނަ ދަރިވަރުން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުން ޝަރުއީ ދާއިރާގައި ކިޔަވާ ދަރިވަރުންނަށް އެކްސްޕީރިއެންޝަލް ލާނިންގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަގުނަ މަސައްކަތައް ދަނީ ކުރަމުންނެވެ. އޭގެތެރޭގައި ދަރިވަރުންނަށް މޫޓް ކޭމްޕްތައް ބޭއްވުމާއި އެ ދާއިރާއިން އިންޓަނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ހޯދައިދިނުން ހިމެނެ އެވެ. އަދި އެ ދާއިރާއަށް ނުކުންނަ އިރު ބޭނުންވާނެ ހުނަރުތައް ތަރައްގީ ކުރުމަށް ކޮންމެ ސެމިސްޓާއެއްގައި ހިންގާ "ލީގަލް ޑްރާފްޓިން ވޯކް ޝޮޕްތަކާއި ޕޮލިހާއި ގުޅިގެން ކުރިއަށްގެންދާ ހެކި އެއްކުރުމާއި ގުޅޭ ފޮރެންސިކް ވޯކްޝޮޕްތައް ވެސް ހިމެނެ އެވެ.

ވިލާ ކޮލެޖުން ގާނޫނީ ދާއިރާ ކިޔަވާ ދަރިވަރުންނަށް ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ މުހިންމުކަން އަންގައިދީ އެ ކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދަރިވަރުންނަށް ވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖައްމިއްޔާ، ޕަބްލިކް އިންޓްރެސްޓް ލޯ އާއި އެކު ޕްރޯބޯނޯ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.

އެ ކޮލެޖުގައި ގާނޫނީ ދާއިރާ ކިޔަވާ ދަރިވަރުންނަށް އެ ކޮލެޖުން އިންތިޒާމްކޮށްގެން ބާއްވާ ކޮންފަރެންސްތަކާއި އެކި އިންޓަނޭޝަނަލް ކޮންފަރެންސް ތަކުގައި އިލްމީ ދިރާސާ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ވެސް ހޯދައިދެ އެވެ. މިއީ ދަރިވަރުންގެ މެދުގައި އެ ދާއިރާ ދިރާސާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކެކެވެ.

ވިލާ ކޮލެޖުގެ މޫޓް ކޯޓް. -- ފޮޓޯ: ވިލާ ކޮލެޖް

ވިލާ ކޮލެޖުގެ ޝަރުއީ ދާއިރާގެ ކޯސްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ ޝަރުއީ ދާއިރާގެ އުސްތާޒެއް ވިދާޅުވީ އެ ޕްރޮގްރާމްތަކުގެ ގެ ކޮންޓެންޓް އެކުލަވާލާފައިވާ ގޮތުން ދަރިވަރުންގެ ކްރިޓިކަލް ތިންކިން އިތުރުކޮށް ކަންތައްތަކާއި ދޭތެރޭ ތަފާތު ނަޒަރިއްޔާތުން ބަލާ އެނަލައިޒް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި ދަރިވަރުންގެ މުއާމަލާތްކުރުމުގެ ހުނަރާއި އެހެންމީހުންނާ އެކު މަސައްކަތްކުރުން ފަދަ ހުނަރުތަކަކީ މި ޕްރޮގްރާމްތަކުގެ ތެރެއިން ދަސްވެގެންދާނެ މުހިއްމު ހުނަރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ގާނޫނީ ދާއިރާ ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ދާދި ފަހުން ވަނީ "ލޯ ސޮސައިޓީ"އެއް އުފައްދާފަ އެވެ. " ލޯ ސޮސައިޓީ" އަކީ ދަރިވަރުން އިސްނަގައިގެން ގާނޫނީ ދައިރާގެ އެކިއެކި ހަރަކާތްތައް ހިންގާ ސޮސައިޓީ އެކެވެ.

އެ ސޮސައިޓީގެ ހުރިހާ ހަރަކާތްތައްވެސް ހިންގަމުންދަނީ ލޯ ފެކަލްޓީގެ އެހީތެރިކަމާއި އެ ފެކަލްޓީގެ ބެލުމުގެ ދަށުންނެވެ. އެ ސޮސައިޓީ މެދުވެރިކޮށް ދަރިވަރުންނަށް އިލްމީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މުހިއްމު މަސައްކަތްތައް ކުރެއެވެ.

ވިލާ ކޮލެޖުން ދަނީ ދުނިޔޭގެ ހުރިހާ ބޮޑެތި ލޯ ސްކޫލެއްގައި ކުރިއަށް ގެންދާ އެމެރިކާގެ "ސްޓްރީޓް ލޯ" ޕްރޮގުރާމު ވެސް ހިންގަމުންނެވެ. އެ ޕްރޮގުރާމަކީ ޝަރުއީ ދާއިރާ ކިޔަވާ ދަރިވަރުންނާއި އާއްމުންނަށް ގާނޫނުތައް އުގަންނައިދީ އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މިއީ ރާއްޖޭގައި ހިންގާ މި ފަދަ ފުރަތަމަ ޕްރޮގުރާމެވެ.

ވިލާ ކޮލެޖުގެ ކޯސްތަކަކީ ދަރިވަރުންނަށް ފަސޭހަވާނެ ގޮތަށް ކޯހުގެ ފީ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކޯސްތަކެކެވެ. އޮންލައިންކޮށް ކޯހަށް ހުށަހެޅުމާއި، ކިޔެވުމާއި އެކި މަސް މަހަށް ބަހާލައިގެން އިންސްޓޯލްމަންޓަށް ކޯސް ފީ ދެއްކުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ވަނީ ފަހިކޮށްދީފަ އެވެ.

ޝަރުއީ ދާއިރާ ކިޔެވުމަށް ވިލާ ކޮލެޖުން ކުރިއަށް ގެންދާ އަމިއްލަ ކޯސްތަކުގެ އިތުރުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލެންޑް ގެ އެލްއެލްބީ (އޮނާސް) ޕްރޮގްރާމާއި އެލްއެލްއެމް (ކޮމާޝިއަލް ލޯ) ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހަރު ވަނީ ހުޅުވާލާފަ އެވެ. އެ ކޯސްތަކަށް މި މަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އިން ލޯއިން ހިންގާ ކޯސްތަކަކީ މޯލްޑިވްސް ބާ ކައުންސިލް އިން އެޕްރޫވް ކޮށްފައިވާ ކޯސްތަކެކެވެ.

ނޯޓު: މިއީ ވިލާ ކޮލެޖުގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރުނާގު

27 April 2023

ވިލާ ކަހަލަ ރިސޯަސްފުލް ތަނަކުން އޮންލައިން ކޮށް ކޯސް ހިންގާތީ ހިތާމަ ކުރަން.

The name is already taken The name is available. Register?

ޅަލަ

26 April 2023

ކޯސްތަކެއް ހުއްޓަސް ފެންވަރެއް ނެތް. އިހަށް ދުވަހު ކިޔަވާ ނިމުނު ކުދިން މި ތިބެނީ ބެޗެލާރސް ކިޔަވާދޭން ގޮސް.. ފެންވަރެއް ނެތް ލެކްޗަރަސް ގައިގަ. އެމީހުންނަށް އިނގޭ އެއްޗެއް ނެތް

The name is already taken The name is available. Register?

ނުއުމާނު

26 April 2023

ވިލާއިން ކިޔަވާކުދިންގެ ފެންވަރު ދަށް ވާހަކަ ވަރަށްގިނަ މީހުން ދައްކާ! އެއީ މިހެންވެ ކަންނޭނގެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454