"ލަގަނާ ބާޖު". މިއީ ރާއްޖޭގައި ޖެޓްފިއުލް އަށް ހާއްސަ ފުރަތަމަ ބާޖު. -- ފޮޓޯ: އެސްޓީއޯ
29 އެޕްރީލް 2023 - 19:21
އެސްޓީއޯއިން ޖެޓް ފިއުލް އުފުލަން ހާއްސަ ބާޖެއް ގެނެސްފި އެވެ.
އެސްޓީއޯއިން ބުނީ "ލަގަނާ ބާޖް" ގައި ރާއްޖޭގެ އަތޮޅުތަކަށް އޭވިއޭޝަން ފިއުލް ރައްކާތެރިކަމާ އެކު ގެންދިއުމަށް ދިމާވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށެވެ. އަދި އެ ބާޖަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖެޓް ފިއުލަށް ހާއްސަކޮށް ބޭނުންކުރާ ބާޖު ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ މިއީ އައިލެންޑް އޭވިއޭޝަނާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މާފަރު އެއާޕޯޓަށް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ސަޕްލައި ކުރުމަށް ހާއްސަކޮށްގެން ކޮމިޝަން ކުރި އުޅަނދެއް ކަމަށެވެ. އަދި އެ ބާޖަކީ ފިއުލް ކޮލިޓީގެ ޝަރުތުތައް ފުރިހަމަ، ކަމާބެހޭ ކޮލިޓީ އެޝުއަރެންސް ކޯޑްތަކުގައިވާ ގޮތުގެ މަތިން އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާ އެކު ކޮމިޝަންކޮށްފައިވާ އުޅަނދެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓޯއޯއިން ޖެޓް ފިއުލްއަށް ހާއްސަ ބާޖު. -- ފޮޓޯ: އެސްޓީއޯ
އެ ބާޖަކީ އެ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ އުޅަނދެވެ. މީގައި 200 ކިއުބިކް މީޓަރުގެ ޖާގަ ހުރެ އެވެ، އަދި ޒަމާނީ މިނެކިރުމުގެ އާލާތްތައް ވެސް ހުރެ އެވެ.
އެސްޓީއޯއިން ބުނީ އާ ބާޖާ އެކު އުޅަނދުގެ ކްރޫންނަށް އޭވިއޭޝަން ފިއުލް ހެންޑްލިންގެ ފީލްޑް ޓްރެއިނިން އާއި ކަމާބެހޭ އޮޕަރޭޝަންސް މެނުއަލްތަކާއި ލިޔެކިޔުންތައް ދީފައިވާ ވާކަމަށެވެ. އަދި އެ ކުންފުނިން ވަނީ އިންޑަސްޓްރީ ބެސްޓް ޕެރެކްޓިސްއާ އެއްގޮތަށް ޖެޓް އޭ-1 ތެޔޮ ރިފައިނަރީ އިން ފެށިގެން ފްލައިޓާ ހަމައަށް ޓްރޭސް ކުރެވޭނެ ކޮލިޓީ އެޝުއަރެންސް ނިޒާމެއް ވެސް ގާއިމުކޮށްފަ އެވެ.
އެސްޓީއޯއިން ބުނީ ކޮންމެ ޓްރާންސްފާ ޕޮއިންޓެއްގައި ތެލުގެ ސާމްޕަލް ނަގާ އެސްޓީއޯއިން އިން މާލޭގައި ގާއިމުކުރި ލެބޯޓްރީ ގައި ޓެސްޓްކުރާނެ ކަމަށެވެ.
އެ ބާޖް ތައްޔާރު ކޮށްފައިވަނީ ހަންސާކޮންސަލްޓް ޕްރޮޖެކްޓްސްގެ ކޮންސަލްޓެންސީއާ އެކު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު މީހާމީ
30 April 2023
މެގަ ޕްރޮޖެކްޓެއް
ކެޕްޓަން މާލިކް
29 April 2023
ބާޖު ގައި އޭވިއޭސަން ފިލްޓަރ ސިސްޓަމް ބަހައްޓާކަށް ނުޖެހޭނެ...10 މައިކްރަޮން މެސް ސްޓްރޭނާ އެއް އޯކޭ.
ފުރަހަނި
29 April 2023
ތިބާޖައށް ތެޔޮ އަޅާއިރު ޓެސްޓް ކުރާކަށް ނުޖޭހޭބާ...އަދި ހުސްކޮށް މަތިންދާބޯޓަށް އެޅުމުގެ ކުރިން ޓެސްޓް ކުރާކަށް ނުޖެޙޭނެ ބާ...އެކުސްޕާޓް އަކު ޖަވާބު ދެއްވަ ބަލަ