އެސްޓީއޯގެ 2018ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ފޮޓޯއެއް. -- ފޮޓޯ ނިޝާން އަލީ/މިހާރު
16 މެއި 2023 - 10:14
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ގައި ބާއްވަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ، ޖަލްސާ އަށް ހާޒިރުވެގެންނާއި ޕްރޮކްސީކޮށް އަދި އޮންލައިންކޮށް މައިކްރޮސޮފްޓް ލައިވް އިވެންޓްސް މެދުވެރިކޮށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
📢 Attention shareholders! 📢
— STO (@stoplc) May 15, 2023
Join us at our Annual General Meeting 2022 on May 31st, 2023, 20:30hrs at Hulhumale Central Park and online via Microsoft Teams Live Events. Visit https://t.co/ya1dNKJXPl for details and register at https://t.co/cfv92xvC2J. #STOAGM2022
ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބާއްވާ ޖަލްސާގައި ބައިވެރިވާން ބޭނުންވާ މީހުން މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 8:30 ގެ ކުރިން އެސްޓީއޯގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ކުރަން ޖެހެ އެވެ.
އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ މީހުން ނަމަ ޖަލްސާ އޮންނަ ރޭގެ 8:25 ގެ ކުރިން ލޮގިން ވުމަށް އެސްޓީއޯ އިން އެދުނެވެ.
އެސްޓީއޯގެ ފައިދާއިން 2022 ވަނަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރީ ހިއްސާއަކަށް 77ރ. އެވެ. ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ މަހުގެ 24 ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނުނު މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބީ ކަބީ ނެހީ
16 May 2023
އަހަރީ ދުވަހު ގެ މުނާޞަބަތުގައި ކުރީގެ އަމުރު މައުރޫފަށް ހިތުގެ♡♡ ފުން މިނުން ޝުކުރު ދެންނެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް
އޮނަރަބްލް އަފީފު ދީދީ
16 May 2023
އެތައް މިލިޔަން ރުފިޔާ އިންވެސްޓް ކޮށްގެން ހުޅުމާލޭގައި ހަދާފައިވާ ސިޓީ ހޮޓަލާއިމެދު މިފަހަރު ބަޙުސްކޮށް 2024 ގެ ކުރިން ގޮތެއް ނިންމާން (ހޮޓާ ހިންގަން ފެއްޓުމަށް ނުވަތަ ކުއްޔަށް ދިނުމަށް) ބޯޑަށް އެންގުން މުހިންމު. # މިތަން ހިންގުމަށް އެސްޓީއޯ MACL ވާހަކަ ދައްކާ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއްގެ ގޮތުގައި މިތަން ހިންގިދާނެތޯ ބެލިދާނެ. ނުވަތަ އެމިރޭޓްސް، ޓާކިޝް، އިތިހާދު، ޤަތަރު އެއަރ ފަދަ އެއަރލައިނަކުން ޝައުޤުވެރިކަން ހުރިތޯ ބެލުން މުހިންމު.
ބަކަލީން
16 May 2023
އެވެސް ބޭރުބަޔަކަށްތޯ ދޭންވީ؟ އެހެންވެއްޖެއްޔާ ކިހިނެއްވާނެތޯ މިތާގައި އުޅުއްވާ އޮނަރަބަލް ބަންގްލަދޭޝް ބޭފުޅުންނަށް ދިނުން؟ އެމީހުން ތިތަން ކުއްޔަށް ހިފާފާނެހެން ހީވަނީ؟ ނުނިމިހުރިއްޔާ އެމީހުން ތަންހަދާ ނިންމާނެ .
ވަގުފު
16 May 2023
ދިވެހިން ހަދާއެއްވެސް ތަނެއް ނިމުމެއްނެތް ދެއްތޯ؟ ތިބުނާ ހޮޓާ، ކޭޕާކް، ސިފައިންނާ ފުލުހުންގެ ހައުސިންގް އިމާރާތް، މިހެން ގޮސް ލިސްޓްވަރަށް ދިގު. މިވާގޮތެއް ބަލަންވެއްޖެނޫންތޯ؟