ރެޑްބުލް ހާފް ކޯޓް 2023 ގެ ރާއްޖޭގެ ޗެމްޕިއަން ޓީމް، އަންރޭންކްޑް.-- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓް ޕޫލް
21 މެއި 2023 - 15:00
މަޝްހޫރު އެނާޖީ ޑްރިންކް ރެޑްބުލްގެ ފަރާތުން ރާއްޖޭގައި ބޭއްވި "ރެޑްބުލް ހާފްކޯޓް" 3x3 ބާސްކެޓް ބޯޅައިން ރާއްޖޭގެ ޗެމްޕިއަންކަން ހޯދައި ދިވެހި ޓީމު "އަންރޭންކްޑް" ދުނިޔޭގެ ޗެމްޕިއަންޝިޕް ފައިނަލްސްގައި ވާދަކުރަން ސާބިއާ އަށް ދިއުމުގެ ފުރުސަތު ހޯދައިފި އެވެ.
ހުޅުމާލޭގެ އާބަންކޯ ޕާކް ބާސްކެޓްބޯޅަ ކޯޓުގައި އިއްޔެ ބޭއްވި ގައުމީ ފައިނަލްގައި އެ ޓީމުން ވަނީ މިދިޔަ އަހަރުގެ ރާއްޖޭގެ ހާފްކޯޓް ޗެމްޕިއަން ސްނެޕާސް ބަލިކޮށްފަ އެވެ.
ޗެމްޕިއަންކަން ހޯދި އަންރޭންކްޑް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ސަބީހާއި އިބްރާހިމް ނަސީމާއި ފަރުހާން އަދި މަފާޒު މުހައްމަދެވެ.
ފައިނަލް މެޗުގައި އަންރޭންކްޑް އާއި ސްނެޕާސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓް ޕޫލް
ޗެމްޕިއަން އަންލިސްޓެޑުން، މިއަހަރުގެ ދުނިޔޭގެ ޗެމްޕިއަންޝިޕް ފައިނަލްގައި ވާދަކުރުމަށް ސާބިއާގެ ބެލްގްރޭޑަށް ފުރާނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންކަން ސްނެޕާސް ވަނީ މިސްރުގެ ވެރިރަށް ކެއިރޯގައި އޮތް މިދިޔަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަންޝިޕް ފައިނަލްސްގައި ރާއްޖެ ތަމްސީލު ކޮށްފަ އެވެ.
މިއީ ރާއްޖޭގައި ރެޑްބުލް ހާފްކޯޓް މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. ގައުމީ ފައިނަލަށް ޓީމުތައް ހޮވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ބޭއްވި ކޮލިފައިން މުބާރާތްތަކުންނެވެ.
ހދ. ކުޅުދުއްފުށީގައި މިދިޔަ މަހުގެ 28 ގައި ބޭއްވި ކޮލިފައިންގައި ގައުމީ ފައިނަލަށް ދެ ޓީމެއް ކޮލިފައި ވި އެވެ. އެއީ ހޯކްސް އާއި ފައިވް އެވެ. މި މަހުގެ ހަވަނަ ދުވަހު ގދ. ތިނަދޫގައި ބޭއްވި ކޮލިފައިން އިން ހޮވުނީ މަމްބާ އެވެ.
މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި މާލޭ ކޮލިފައިން ބުރުން ފަސް ޓީމެއް ގައުމީ ފައިނަލަށް ހޮވުނެވެ. އެއީ އަންލިސްޓެޑާއި ސްނެޕާސް އާއި އެންޑް ވަން އާއި ސްކުއިރެލްސް އަދި އޭއެންސީބީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމް ބީ އޭ
21 May 2023
ޢެޑަމް ލާރި ކޮޅެއް ހޯދާލީ ދޯ އާބަން ކޯ އާއި ގުޅިގެން %50 ޖީބައް ،
ައަމްޒަރު
21 May 2023
ވަރަށް ފިތިފަ މިހުރީ ތިކަމާ