ލައިފްސްޓައިލް

ފޯނު ހޯދަން ހިންދާލީ ބޮޑު ފެންގަނޑެއް

އިންޑިއާގެ ޗާޓިސްގާގައި ހުންނަ ކަރްކަޓާ ފެންގަނޑު

ފެން ރައްކާކުރާ ޑޭމަކަށް ފޯނު ވެއްޓުމުން ފޯނު ހޯދަން އެތަން ހިއްކަން އަމުރުކުރުމުން އިންޑިއާގެ ސަރުކާރުގެ އޮފިޝަލަކު ސަސްޕެންޑުކޮށްފި އެވެ.

ރާޖޭޝް ވިޝްވާސް ނަމަކަށް ކިޔާ އެ އޮފިޝަލްގެ 1،200 ޑޮލަރުގެ ސެމްސަންގް ބްރޭންޑުގެ ފޯނު ވެއްޓުނީ ސެލްފީއެއް ނަގަން އުޅެނިކޮށެވެ.

ޑައިވަރުން ކުރި މަސައްކަތުން ފޯނު ފެންނަ ގޮތް ނުވުމުން، ރާޖޭޝްގެ އަމުރަށް ބަޔަކު ވަނީ ޑީސަލް ޕަމްޕެއް ބޭނުންކޮށްގެން އެ ބޮޑު ފެންގަނޑު ތިން ދުވަސްތެރޭ ދެ މިލިއަން ލީޓަރުގެ ފެން ބޭރުކޮށް ހިންދާލައިފަ އެވެ. އެއީ ގާތްގަނޑަކަށް ހަ އަކަކިލޯމީޓަރު (600 ހެކްޓަރު)ގެ ދަނޑުބިންތަކަށް ދޭން ބޭނުންކުރެވޭނެ ފެނެވެ.

ފޯނު ހޯދި އިރު، އެ އޮތީ ފެން ވަދެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ބީބީސީން ބުންޏެވެ.

ރޭޖޭޝް ބުނާގޮތުން އެ ފޯނު އެހާ މަސައްކަތުން ހޯދަން ޖެހުނީ އޭގައި ސަރުކާރުގެ ސިއްރު މައުލޫމާތުތަކެއް ހުރުމުންނެވެ. ނަމަވެސް، އޭނާ އަށް ގިނަބަޔަކު އަންނަނީ މަގާމުގެ ނުފޫޒު ނާޖާއިޒްގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު ކުރަމުންނެވެ.

އެ ފެންގަނޑު ހިންދާތީ އާންމުންގެ ތެރެއިން ބަޔަކު ޝަކުވާ ކުރުމުން އެކަން ހުއްޓުވީ ފެނާއި ރިސޯސް ޑިޕާޓްމަންޓުގެ އެހެން އޮފިޝަލެކެވެ.

"އޭނާ (ރަޖޭޝް) މިހާރު ވަނީ ސަސްޕެންޑުކޮށްފައި. ފެނަކީ ވަރަށް ބޭނުންތެރި އެއްޗެއް، އަދި މިފަދަ ގޮތަކަށް އިސްރާފުކޮށްގެން ވާނެ އެއްޗެއް ނޫން،" އިންޑިއާގެ ނޫހަކަށް އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

ރަޖޭޝް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތު ދޮގުކޮށް، އޭނާ ހިންދާލި ފެންގަނޑަކީ ބޭނުން ނުކުރެވޭ ފެން ހުރި ތަނެއް ކަމަށް ބުނެފަ އެވެ.

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 29%
icon angry icon angry 29%
icon wow icon wow 14%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

GanevihkaaDOTcom

03 June 2023

1200 ޑޮލަރަކީ އިންޑިޔާ މީހުނަށް ވަރަށްބައިވަރު ފައިސާ، އަނެއްކޮޅުން ފޯނުގައި މީހަކަށް ކިތަންމެ މުހިންމު ޑާޓާ ތަކެއްވެސްހުރެދާނެ، ބީބީސީން ފޯނު ބޭނުންނުކުރެވޭވަރަށް ހަލާކުވެފައި ކަމަށްބުނިޔަސް ޑާޓާ ރިކަވާކުރެވުމުގެ ފުރުސަތު ވަރަށްބޮޑަށް އެބައޮތް، މިހެންމިކަން އޮތްއިރު މަގާމުގެ ގޮތުން އެތަން ހިއްކުމަށް އަމުރުކޮށް އެކަންކުރުވުމުގެ ބާރު އޮތީމާ އެކަން ނުކުރަންވީ ސަބަބެއްނެތް!!

The name is already taken The name is available. Register?

ބާބޫ

29 May 2023

ތީނަ ގެންނާނެ ރާއްޖޭގެ ހައިޑްރޯގްރަފީ ޗާޓުކުރައްސަން

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

29 May 2023

ކަނޑު ކޮހުން އުޅޭ ގައުމެއްގަ މިބާވަތުގަ ކަންކަން ހިނގާނެ.

The name is already taken The name is available. Register?

ޔާންޓެ

30 May 2023

އަސްލުވެސް ދޯ، އެކުރީ މި ޤައުމުގެވެސް ވެރިޔަކަށް ހުރި މީހަކު، އަމިއްލަ އެކައުންޓަށް ވަގަށް ޑޮލަރ އަޅާގޮތަށް ކޮށްލި ކަމެއް. އެމީހާ މިހާރުހުރީ ޖަލުގަޔޭ ކިޔާ.

The name is already taken The name is available. Register?

ބާންޓެ

30 May 2023

އަސްލު ވަގަށް ޑޮލަރު އެޅިނަމަ އެއެއް ނުފެންނާނެ. ވަގަށް ރާއްޖޭން ބޭރުގަ ޑޮލަރުތައް ފޮރުވި މީހާގެ ލޯ ބޭނުންކޮށްގެން ހުޅުވޭ އެކައުންޓުގަ އޭނަ ރައްކާކުރި ޑޮލަރުތަކުގެ ފަހަތުން ނުދުވެ އޭނަ ދުލުން ބުނެލި މީހާގެ އެކައުންޓުގަ ފެންނަން ހުރި އެތިކޮޅެއް ދަމައިގަންނަން އުޅޭނީ އަސްލު ކަނޑުކޮހުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454