ޚަބަރު / ޖުމްހޫރީ ޕާޓީ

ޔާމީނަށް އަވަހަށް އިންސާފު ލިބުމަކީ ކާމިޔާބު ފަސް އަހަރަކަށް މުހިންމު ކަމެއް: އަމީން

ޖޭޕީގެ ހަރަކާތަކަށް ގާސިމް ވަޑައިގަތުމުން އަމީނާ ސަލާމް ކުރައްވަނީ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް އަވަހަށް އިންސާފު ލިބުމަކީ ކުރިއަށް އޮތް ފަސް އަހަރު ކާމިޔާބުކަމާ އެކު ކުރިއަށް ދިއުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތަރުޖަމާން އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާ ޖޭޕީގެ ކެންޑިޑޭޓް ގާސިމްގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް އަވަހަށް އިންސާފު ލިބުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ރަނގަޅަށް ތަރުތީބު ވުމަށް އަދި ކުރިއަށް އޮތް ފަސް އަހަރަކީ ދިވެހިންނަށް ކާމިޔާބު ފަސް އަހަރަކަށް ވުމަށްޓަކައި ވަރަށް މުހިންމު ކަމެއް،" ސަލްޓަން ޕާކްގައި ބޭއްވި ހަރަކާތުގައި ކުރީގެ ހެލްތު މިނިސްޓަރު އަމީން ވިދާޅުވި އެވެ.

"އެހެންވީމާ އެކަމުގެ ޒިންމާދާރު ފަރާތްތަކުން އަވަސް މިނެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް އިންސާފު ހޯދައި ދިނުން، ގޮތެއް ހޯދައި ދިނުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން."

ހައި ކޯޓުގައި އިއްޔެ އޮތް އިސްތިއުނާފުގެ އަޑުއެހުމުގައި ޔާމީން ވާހަކަ ދައްކަވާއިރު، އެ މަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލު ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އަޑުއައްސަވަނީ.

މިދިޔަ އަހަރުގެ ޑިސެމްބަރު 25 އިން ފެށިގެން ޔާމީން ޖަލަށް ލާފައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި އެ ފައިސާ ގަބޫލުކުރުމާއި ފައިސާ ލޯންޑާކުރި ކަމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާގެ ދެ ޝަރީއަތެއް މިހާތަނަށް ހައި ކޯޓުގައި ބާއްވާފައިވާއިރު، ޔާމީން ވެސް އިއްޔެގެ ޝަރީއަތުގައި ވަނީ އަވަސް އަވަހަށް އަދި ވަގުތު ދިގުކޮށް އަޑުއެހުން ބާއްވައިދޭން ކޯޓަށް އިލްތިމާސް ކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ "ތަންކޮޅެއް ވަގުތު ދިގުކޮށް ތަންކޮޅެއް ފްރިކުއެންޓުކޮށް، އަވަސްއަވަހަށް ގެންގޮސްދެއްވައިފިއްޔާ ޝުކުރުވެރިވާނަން" ކަމަށެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން އަންނަ ޖުލައި މަހުގެ 23 ގައި އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލާނެ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފަހު ދުވަހަކީ އޮގަސްޓް 3 އެވެ. އެހެންވެ، އެ އިންތިހާބުން މިހާރު ފުރުސަތު ގެއްލިިފައިވާ ޔާމީނަށް ކިރިޔާ ވެސް އުންމީދެއް އޮތީ ހައި ކޯޓުގެ އިސްތިއުނާފު މަރުހަލާ އިން ކަމަށް ޕީޕީއެމްގެ ގިނަ ބަޔަކު ދެކެ އެވެ.

އާރަށް މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުގައި ފެށި ނަމަވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތްތަކުގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުން އަދި ނުނިމެ އެވެ. އެކަމަކު، އެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަރަށް ގާތްގާތުގައި ކަމަށް ބުނެ އެ ކަމުގެ ކަންބޮޑުވުން ޔާމީންގެ ސަޕޯޓަރުން ވަނީ ކޮށްފަ އެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް އަވަހަށް އިންސާފު ލިބުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ރަނގަޅަށް ތަރުތީބު ވުމަށް އަދި ކުރިއަށް އޮތް ފަސް އަހަރަކީ ދިވެހިންނަށް ކާމިޔާބު ފަސް އަހަރަކަށް ވުމަށްޓަކައި ވަރަށް މުހިންމު ކަމެއް،"--- އަމީން

ގާސިމްގެ ކެމްޕެއިން ޖަލްސާގައި އަމީން ރޭ ވިދާޅުވީ، އެހެން ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް ޖޭޕީ އަށް ނެރެވޭނެ ކަމަށެވެ. މިދިޔަ ތިން އަހަރަށް ބަލާއިރު ވެސް އެ ފޯމިއުލާ ނެރެދެއްވީ ގާސިމް ކަމަށް އަމީން ވިދާޅުވި އެވެ.

"އެހެންވީމާ އެ މަނިކުފާނު ހުންނަވާ ފަޅިއެއްގައި އެ ފޯމިއުލާ އޮންނާނެ ކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއް ނުކުރަން. އެ މަނިކުފާނު ވެސް ވާދަކުރައްވަނީ އަދި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވެސް ވާދަކުރަނީ އެމްޑީޕީއާ. ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އެމްޑީޕީ އަށް ލިބުނު ކޮންމެ ކާމިޔާބީއެއްގެ މުގުލުގައި ހުންނެވި ބޭފުޅަކީ، އެ ޕާޓީ އަށް މަގުފަހި ކޮށްދެއްވި ހަގީގީ ބޭފުޅަކީ އޮނަރަބްލް ގާސިމް އިބްރާހިމް،" އެމްޑީޕީ އާއި ގާސިމާ އޮތް ގުޅުމާ ގުޅޭ ގޮތުން އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އިންތިހާބު ކާމިޔާބު ކޮށްދިނުން ކަމަށް ވިޔަސް އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލު ކޮށްދިނުން ކަމަށް ވިޔަސް އަދި އެ ޕާޓީގެ ހަރަކާތްތަކަށް ދިރުން ދިނުން ކަމަށް ވިޔަސް އޭގެ ފަހަތުގައި ހުންނެވީ ގާސިމެވެ.

"އެހެންވީމާ އޮނަރަބްލް ގާސިމް އިބްރާހިމް ނެތި އެމްޑީޕީ އަށް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެހެންވީމާ އެމްޑީޕީ އަށް އޮތް އުންމީދު އަޅުގަނޑު ދަންނަވާނީ މި ފަހަރު ކުރީ ފަހަރުއާއެއް ނޫނޭ. އޮނަރަބްލް ގާސިމް އިބްރާހިމް ހުންނަވާ ފަޅިއަކީ އަބަދުވެސް ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ފަޅި،" އަމީން ވިދާޅުވި އެވެ.

"މި ފަހަރު ހުދު އެ މަނިކުފާނު ނުކުމެވަޑައިގެން މި ހުންނެވީ އިންތިހާބަށް ކުރިމަތިލައްވައިގެން. ސިޔާސީ މަސްރަހު އިރާދަކުރެއްވިއްޔާ ތަރުތީބު ވެގެންދާ ދިއުމުގެ ނިމުމަކަށް ވާނީ އޮނަރަބްލް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުން."

އަމީން ރޭ ވިދާޅުވީ، ގާސިމްގެ މި ފަހަރުގެ މެނިފެސްޓޯ ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށާއި ހާސްކަން ފިލާވަރުގެ ކަންކަން އެ އިން ފެންނާނެ ކަމަށެވެ. މެނިފެސްޓޯގައި ހިމެނޭނެ ކަންކަމުގެ އަލީގައި އޭނާ ވިދާޅުވީ "އަތްލެވޭ ތަރައްގީ" ރާއްޖެ އަށް ގެނެސް ދެއްވާނީ ގާސިމް ކަމަށެވެ.

އެހެންވީމާ އޮނަރަބްލް ގާސިމް އިބްރާހިމް ނެތި އެމްޑީޕީ އަށް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެހެންވީމާ އެމްޑީޕީ އަށް އޮތް އުންމީދު އަޅުގަނޑު ދަންނަވާނީ މި ފަހަރު ކުރީ ފަހަރުއާއެއް ނޫނޭ. އޮނަރަބްލް ގާސިމް އިބްރާހިމް ހުންނަވާ ފަޅިއަކީ އަބަދުވެސް ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ފަޅި،"--- އަމީން

"މިސާލަކަށް ދަންނަވާ ކަމަށް ވާ ނަމަ ހުވަދުއަތޮޅަކީ ރާއްޖޭގައި އެންމެ ބިން ބޮޑު އަތޮޅު. ރާއްޖޭގައި އެންމެ ބޮޑު އަތޮޅު. އާބާދީގެ ގޮތުން އެންމެ ބޮޑު އަތޮޅެއް. ފަތުރުވެރިކަމުގެ އުންމީދު އޮތް އަތޮޅެއް. ވަޒީފާގެ ބާޒާރެއް އުފެއްދޭނެ އަތޮޅެއް. އެހެނަސް ބައްލަވާ، މިއަދު ހުވަދުއަތޮޅުގެ ކޮން ތަނަކުން ވަޒީފާއެއް ލިބެނީ؟ ކޮބައިތޯ ރިސޯޓެއް؟ ކޮބައިތޯ މަޝްރޫއެއް؟ ކޮބައިތޯ ބޮޑު ޕްރޮޖެކްޓެއް؟. ނެތް،" ގދ. ގައްދު އަށް އުފަން އަމީން ސުވާލު ކުރެއްވި އެވެ.

އެކަމަކު، އޭނާ ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި ހުވަދުއަތޮޅު ވާނީ ޓޫރިޒަމްގެ ވަރުގަދަ ހަބަކަށް ކަމަށެވެ. ދަތުރުފަތުރުގެ ވަރުގަދަ މަންޒިލަކަށެވެ. އޭރުން ވަޒީފާ އުފައްދާނެ އާ މަންޒިލަކަށް ހުވަދުއަތޮޅު ވާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"... އުތުރަށް ބައްލަވާ. އުތުރުގެ ބޭފުޅަކު ވެސް ހަގީގަތުގައި ރަނގަޅު ވަޒީފާއެއް ހޯދަން ބޭނުން ނަމަ މިހާރު ވެސް އަންނަން މި ޖެހެނީ ފަތުރުވެރިކަން އޮތް މާލެ ސަރަހައްދަށް. ނުވަތަ އުތުރަށް ނުވަތަ ދެކުނުގެ ކޮންމެވެސް ހިސާބަކަށް. ގާސިމް އިބްރާހިމް ވިދާޅުވަނީ ރާއްޖޭގެ އުތުރަކީ ވަޒީފާގެ ވަރަށް ވަރުގަދަ ބާޒާރަކަށް ވެގެންދާނެއޭ،" އަމީން ވިދާޅުވި އެވެ.

"އެއީ މިހާތަނަށް އެތައް ބަޔަކު ވައުދުވެ، ހަގީގަތަށް ވެފައި ނެތް ޓްރާންޝިޕްމަންޓް ބަނދަރާއި ތަރައްގީގެ ހަގީގީ ކާމިޔާބީ ގާސިމްގެ ވެރިކަމެއްގައި އެ ހިސާބަށް ގެނެސް ދެއްވާނެތީ."

42 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޯމާ

17 June 2023

އަވަސްކުރަންޖެހޭ އެއްވެސް ސަބަބެއްނެތް ވައްކަންކުރީމާ ލިބެންޖެހޭ ޙައްޤުއަދަބު ލިބެންޖެހޭނެ ވެރިއެއްގެ މައްސަލައެއް މިހާހިސާބަށް މަތީކޯޓަކުން ޙައްޤަށް އިންސާފަށް ނިންމާފައޮތް މައްސަލައެއް އަދިނެތް. ޢަދުލު އިންސާފެއްނެތޭ މިބުނަނީ މިހެންވެ ކޮންމެ ތަނެއްގައިވެސް ވެރިން މަތިވެރި.

The name is already taken The name is available. Register?

މުގާ

17 June 2023

ޔާމީނުގެ މައްސލަ އަވަސްކުރެވިގެންނުވާނެ އެހެން ދިވެހި ރައްޔިތެކޭ އެއްގޮތަށް ޔާމީނާއިމެދުވެސް ޢަމަލުކުރެވެން ޖެހޭނެ ހައިކޯޓަށް އެތައް އަހަރެއްކުރިން ހުށަހެޅި އެންމެ އަޑުއެހުމެއްވެސް ނުބާއްވާ މައްސަލަތައް އެބަހުރި ޤާނޫނު ކުރިމަތީ އެންމެން ހަމަހަމަވާން ޖެހޭނެ. ވަކި ޔާމީންގެ ޝަރީޢަތް އަވަސްކުރެވިގެން ނުވާނެ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

17 June 2023

ޕީޕީއެމް އިން ގަޔަށް ހިނިއަރައިގެން ސަރިއްޔަތް އަވަސްކުރަން އުޅެނީ ރިޔާސީ އިންތިހާބައްޓަކައި. ކޯޓް ތަކުގަ އެހެން މައްސަލަތައްވެސް އެބަހުރި ތާވަލް ކޮއްފައި. އެމައްސަލަ މަޑުޖައްސާލައިފައި ޔާމީނުގެ މައްސަލަ ހިންގޭނެބާ؟ ހިއެއްނުވޭ އިންތިހާބުގެ ކުރިން ތިޔަ އިސްތިޢުނާފު ނިމޭނެހެން!

The name is already taken The name is available. Register?

ސޯއިފު

16 June 2023

އިންސާފު ނުލިބިގެން އުޅޭ އެތައް ބަޔަކު މިހާރުވެސް ޖަލުގައި އެބަތިބި. އެމީހުން ބުނަނީ އިންސާފަކީ އެމީހުން ދޫކޮށްލުންކަމަށް. އެެހެންނޫނީ އެއީ އިންސާފެއް ނޫންކަމަށް. ވައްކަން ކޮށްގެން ހަކުރު ވިއްކައިގެން ރޭޕްކޮށްގެން ސާބިތުވެގެން ޖަލަށްލީމައިވެސް އެމީހުންވެސް ބުނަނީ އަދި އިންސާފެއް ނުލިބޭ ކަމަށް. އަމީން ތިބުނުއްވާ އިންސާފަކީ ކޮބައިބާ. އަލީވަހީދަށް އެލިބުނު ކަހަލަ އިންސާފުތޯ.

The name is already taken The name is available. Register?

ޢަރުތަ

16 June 2023

"ޔާމީނަށް އަވަހަށް އިންސާފު ލިބުމަކީ ކާމިޔާބު ފަސް އަހަރަކަށް މުހިންމު ކަމެއް": އަމީން، މީ ކޮންތާކު ފަހާފޮށްޓެއް! ޔާމީނަށް އިންސާފު ލިބުމަކީ ދައުލަތުގެ ބޭތުލްމާލުން ޔާމީނު ނެގި ފައިސާ ނުނަގާ އެއްޗެއް ކަމަށް ނިންމާ އަނެއްކާވެސް އަނެއް ފަސްއަހަރު ޑޮލަރު ގަނެވިއްކުމުގެ ވިޔަފާރި ކުރަން ޔާމީނަށް ފުރުސަތު ދިނުންބާ! ދެން އަނެއްކާ ޔާމީނަށް ވުރެ މާކުރީގަ އިސްތިއުނާފަށް ލާފަ ހުރި މައްސަލަ ތައް ހުއްޓާ ޔާމީނުގެ މައްސަލަ އަވަސް ކުރުމަކީ ހަމަ އިންސާފުބާ!

The name is already taken The name is available. Register?

ރޯޒަސް

16 June 2023

އެކަމަކު އެމަނިކުފާނުގެ ބުރަކަށިފުޅަށް ތަދުވާތީ ކިހިނެތްތޯ ކަމެއް އަވަސް ކުރާނީ؟

The name is already taken The name is available. Register?

ނަހޫ ލ

16 June 2023

ހުވާ މި ބުނީ މަށަކަށް ނޭގޭ ވާއެއް ނުވާއެއް!!

The name is already taken The name is available. Register?

މުރަކަ

16 June 2023

ވެންޓިލޭޓަރުތަކަށް ވީގޮތާއި ފައިސާއަށް ވީގޮތާއި އެމް އެމް ޕީ އާރުސީގެ ފައިސާއަށް ވީގޮތާއި ވަދެފަހުރި އެކައުންޓްތަކާއި މިކަންކަމުގެ އިންސާފު ލިބުން މުހިންމު ޔާމީނާއި ދެބޭފުޅުން ދާދި އެއްގޮތް

The name is already taken The name is available. Register?

އަލީރާޖާ

16 June 2023

ކޯޓުން ކުރާ ހުކުމް އެއީ އިންސާފަށް ނުވަންޏާ ދެން ތިޔަ ބުނާ އެއްޗެއް ލިބޭނެ ތަނެއް ނޭނގެ.

The name is already taken The name is available. Register?

ވަރަބިންދާލި

16 June 2023

އިސްތިއުނާފް ސަރީއަތް އަވަސް ކުރަން ޖެހޭ. ބަޔަކު ވޯޓްލާން ބޭނުންވާ ކެޑިޑޭޓަކަށް ވާތީ. އެއްވެސް މީހަކަށް ލަގާއެއްދީގެން ވާނެ މޮޅެއް ނެތް . ގެނައި ވެރިކަމަކުން ވެސް ލިބުނު މޮޅެއް ވެސްނެތް . މާލެވަށާބުރު އަޅާ ހުޅުމާލެއަށް ދަތުރު ކުރާއިރު ފެންނަނީ ޔާމީން ގެ ދައުރު ކުރެއްވި މަސައްކަތް . ގެނެސްދެެއްވި ތަރައްޤީ. ރައްޔިތުންގެ ހައްޤާގުޅިފަވާތަރައްޤީ .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454