ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް 2023

ވޯލްޑް ކަޕްގައި ކުޅުނު ކުވައިތާ އެކު ލުބުނާން ސާފް ޗެމްޕިއަންޝިޕަށް، މުބާރަތުގެ ފެންވަރު މަތިވާނެ

ސްޕެއިންގައި 1982 ގައި ބޭއްވި ވޯލްޑް ކަޕުގައި ކުވައިތާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން: ސާފް ޗެމްޕިއަންޝިޕްގައި ކުވައިތު މިފަހަރު ވާދަ ކުރޭ --- ފައިލް ފޮޓޯ: ގެޓީ އިމޭޖަސް

އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅު، ކުވައިތަކީ އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. ސްޕެއިންގައި 1982 ގައި ބޭއްވި ވޯލްޑް ކަޕުގައި ކުވައިތުން ވަނީ ވާދަކޮށްފަ އެވެ. ވޯލްޑް ކަޕުގައި ކުވައިތު އޭރު ވާދަ ކުރުމުން މެދުއިރުމަތީގެ ކުޑަ އެ ގައުމަށް ބޮޑު މަޝްހޫރުކަމެއް ލިބުނެވެ. އެކަމަކު އޭގެ ފަހުން ކުވައިތުގެ ފުޓްބޯޅަ އަޑިއަޅާލި އެވެ.

ހުޅަނގު އޭޝިއާ އާއި އަރަބި ފުޓްބޯޅައިގައި މިހާރު ކުވައިތަކީ ގަދަ ބާރެއް ނޫނެވެ. އެ ގައުމުގެ ފުޓްބޯޅައިގެ މަގުބޫލުކަން ވެސް ދަށްވި އެވެ. މިއަދު އިންޑިއާގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ދިން ދައުވަތު ގަބޫލުކޮށް ކުވައިތު ގައުމީ ޓީމުން މިހާރު ތިބީ މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިުފައިވާ ބެންގަލޫރުގަ އެވެ. އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ދައުވަތު ދިން އަނެއް ގައުމަކީ ލުބުނާނެ އެވެ. އަރަބި ފުޓްބޯޅައިގައި އާދައިގެ ގައުމެކެވެ.

އެކަމަކު ދެކުނު އޭޝިއާގެ ފުޓްބޯޅަ އަށް ބަލައިފިނަމަ، އެ ދެ ގައުމު ވާނީ މި ސަރަހައްދުގެ ގައުމުތަކަށް ވުރެ ވަރުގަދަ ދެ ބާރަށެވެ. މި ދެ ގައުމު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާތީ މުބާރާތުގެ ވާދަވެރި ކަމާއި ފެންވަރު މަތިވާނެ ކަމަށް ސަރަހައްދުގެ އެހެން ޓީމުތަކުގެ ކޯޗުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނީ މުބާރާތުގެ ވާދަވެރިކަން ބޮޑު ވާނެ ކަމަށާއި އަދި ރަނގަޅު ފުޓްބޯޅައެއް ވެސް ފެންނާނެ ކަމަށެވެ. ފުޓްބޯޅައިގެ ފެންވަރާއި ވާދަވެރިކަމަށް ބަލާއިރު މިފަހަރުގެ މުބާރަތަކީ ސާފްގެ ތާރީހުގައި އެންމެ ފުރަިަހަމަ މުބާރާތަށް ވާނެ ކަމަށް ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ކުވައިތުގެ ކޯޗު ބެންޓޯ އާއި އިންޑިއާގެ ކޯޗު ސްޓިމަކް އިއްޔެގެ ޕްރެސް ކޮންފަރެންސްގައި --- ފޮޓޯ: ސާފް

އޭއެފްސީ ސަބް ޒޯންތަކުގެ ތެރެއިން ހުޅަނގު އޭޝިއާ ޒޯނަށް ނިސްބަތްވާ އެ ދެ ޓީމުން، ދެކުނު އޭޝިއާގެ މި މުބާރާތް ނަގަނީ އެ ދެ ޓީމަށް ލިބުނޭ ރަނގަޅު ތަޖުރިބާއެއްގެ ގޮތުގަ އެވެ.

ކުވައިތުގެ ކޯޗު ރުއީ ބެންޓޯ ބުނީ، އޭނާގެ ޓީމުން މުބާރާތުގައި ވާދަކުރީ ކުވައިތުގެ ފުޓްބޯޅަ އަށް އިތުރު ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެއްފެންވަރެއްގައި ބަހައްޓަން ކުޅުންތެރިންނަށް މި މެޗުތަކުން ފައިދާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ރާއްޖޭ ގަޑިން 3:30 ގައި އެ ޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ލުބުނާންގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބަންގްލަދޭޝާ ދެކޮޅަށެވެ.

ފުޓްބޯޅައިގެ ފެންވަރާ ވަސީލަތްތަކަށް ބަލާއިރު އަރަބި ގައުމުތަކާ ދެކުނު އޭޝިއާގެ ގައުމުތަކާ ފެންވަރުގެ ގޮތުން ދަށެވެ. ސަރަހައްދުގެ ގިނަ ގައުމުތަކަކީ ކްރިކެޓަށް މަޝްހޫރު ގައުމުތަކެވެ. އެހެންވެ ފުޓްބޯޅަ އަށް އަހަމިއްޔަތުކަން އޮތީ ކުޑަކޮށެވެ. ޕޯޗުގަލް އަށް ނިސްބަތްވާ ބެންޓޯ ވަނީ ބެންގަލޫރުގައި ހުރި ވަސީލަތްތަކާ މެދު ހިތްހަމަނުޖެހޭކަން ހާމަކޮށްފަ އެވެ.

ލުބުނާންގެ ކޯޗު

މުބާރާތުގެ ޓްރޭނިން ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތީ ޓާފް ދަނޑުތަކެވެ. އޭނާ ބުނީ އެ ދަނޑުތަކުގައި ޓްރޭނިން ކޮށްގެން ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ ކުޅުންތެރިންނަށް އަނިޔާވިޔަ ނުދޭން އޭނާ ސަމާލުކަން ދޭނެ ކަމަށް ބެންޓޯ ބުންޏެވެ.

ރާއްޖެއާ އެއް ގުރޫޕެއްގައި ލައްވާލި ކުވައިތުން ވަނީ މުބާރަތަށް އައުމުގެ ކުރިން އިންޓަ ކޮންޓިނެންޓަލް މުބާރާތެއްގައި ކުޅެފަ އެވެ. ދެކުނު އޭޝިއާގެ މުބާރާތް އެ ގައުމުން ދެކެނީ މި ސަރަހައްދުގެ ފުޓްބޯޅައިގެ ފެންވަރު ތަޖުރިބާކޮށްލަން ރަނގަޅު ފުރުސަތެއްގެ ގޮތުގަ އެވެ.

"އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ތައްޔާރުވާން މި މެޗުތައް އަހަރެމެންނަށް ނެގޭނެ،" ލުބުނާންގެ ކޯޗު އެލެގްޒެންޑާ އިލިޗް ބުންޏެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޫޓު ބޯޅަ

21 June 2023

އިންޑިއާއަށްވުރެ ރޭންކިންގ ގެ ފަހަތުގަ އޮތީ ކުވައިތު. މެލޭޝިޔާ، ފިލިޕީންސް ވެސް ކުވައިތަށްވުރެ ކުރީގަ އޮތީ. އެއް ޒަމާނެއްގަ ވޯލްޑްކަޕަށް ކޮލިފައިވިޔަސް އެއީ މިހާރު އޭޝިޔާ ފުޓުބޯޅައިގަ ބާރުހުރި ޓީމެއް ނޫން. ދެން އެއްޗެއް ކިޔަން ކޮންމެވެސް އެއްޗެއް ކީދާނެތާދޯ. އިންޑިއާވެސް ވޯލްޑްކަޕަށް ކޮލިފައިވީމަ ބޫޓަށް އަރަން ބޭނުންނުވާތީ ނުކުޅުނީ.

The name is already taken The name is available. Register?

6

21 June 2023

އެބުނާހެން. އެއްޒަމާނެއްގާ ކުވޭތަކީ ދުނިޔޭގެ 24 ވަނައިގާ އޮތް ޓީމުކަމަށްވިޔަސް މިހާރު އެމީހުން އުޅެނީ ވަރަށް ފުލުގާ. ރާއްޖެއަށްވުރެ ހަމަކުޑަކުޑަތަނކޮޅެއް ރަނގަޅީ.

The name is already taken The name is available. Register?

ކަތީބްބެ

21 June 2023

އަހަރެމެންގެ އަޚުން މިސަރަހައްދަށް އައުމަކީ އަހަރެެމެން ވަރަށް އުހާވާކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454