ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލުން ނުކުންނަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
29 ޖޫން 2023 - 20:11
ޓެރަރިޒަމްގެ ނުރައްކާ އޮތުމުން ރާއްޖެ ހިމެނޭހެން، މި ސަރަހައްދުގެ ބައެއް ގައުމުތަކަށް ޓްރެވެލް އެޑްވައިޒަރީ ނެރެފި އެވެ.
ދަތުރުކުރުމާ ގުޅޭގޮތުން އެންމެ ފުރަތަމަ އެޑްވައިޒަރީ ނެރުނީ އިނގިރޭސިވިލާތުގެ ސަރުކާރުން، މިދިޔަ ބުރާސްފަތި ދުވަހު އެވެ. ގްލޯބަލް ޓެރަރިޒަމްގެ ނުރައްކާ އޮތުމުން ރާއްޖޭގެ އިތުރުން އިންޑިއާ އަދި ސްރީ ލަންކާ އަށް ވެސް އެ ދުވަހު އެޑްވައިޒަރީ ނެރުނެވެ.
އެކަމުގެ ނުރައްކަލާ ހެދި އޭގެ އެއް ދުވަސް ފަހުން އެމެރިކާ ސަރުކާރުން ވެސް ވަނީ ރާއްޖެ އަށް ދަތުރުކުރުމުގެ ލެވެލް މަތިކޮށްފަ އެވެ.
އެމެރިކާގެ ޓްރެވެލް އެޑްވައިޒަރީސް ވެބްސައިޓުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖެ އާއި އިންޑިއާ އަދި ލަންކާއަށް ދަތުރުކުރުމަށް ނެރެފައިވާ އެލާޓް، ލެވެލް 2 އަށް އަރައިފަ އެވެ. އެއީ އިތުރަށް ރައްކާތެރިވުމަށް ނެރުނު ލެވެލް އެވެ.
އެ ގައުމުގެ ރައްޔިތުން ދަތުރުކުރުމަށް ހަތަރު ލެވެލްއެއްގެ އެލާޓް ނެރެ އެވެ. އެއީ، ދަތުރުކުރުމަށް ރައްކާތެރި ގައުމުތަކަށް ނެރޭ ލެވެލް 1 ގެ އެލާޓް އަދި އިތުރަށް ސަމާލުކަން ދޭންޖެހޭ ގައުމުތަކަށް ނެރޭ ލެވެލް 2، އެ ގައުމަކަށް ދަތުރުކުރުމާ މެދު އަލުން ވިސްނާލަންޖެހޭ ލެވެލް 3 ގެ އެލާޓް އަދި ދަތުރުކުރުން މަނާކަން އަންގައިދޭ ހަތަރު ވަނަ ލެވެލް އެވެ.
ނުރައްކާ އޮތް ކަމަށް ބުނެ މީގެ ކުރިން ވެސް ރާއްޖެއަށް ޓްރެވެލް އެޑްވައިޒަރީ ނެރެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުގާފު
30 June 2023
ލަންކާ ރައްޔިތުންނަކީ ދިވެހިންނާއި ރަހުމަތްތެރި ގާތް ބަޔެއް. އެކަމަކު އިންޑިޔާއާ ދޭތެރޭ މިހެންބުނެވޭކަށްނެތް
އައިސަން
30 June 2023
ލަންކާ ރައްޔިތުންނަކީ މަކަރުވެރި ހީލަތްތެރި ބައެއް. ވަކި ރަނގަޅެއް ނުވާނެ. އިތުބާރު ކުރަން އަމުދުން ހެޔޮނުވާނެ.
ހުންގާނ
01 July 2023
ދެން ހަމަ އެއްޗެކޭ ދޯ؟ އެހެންމީހުންނާ ދޭތެރޭ ވާހަކަ ދައްކާ އުސޫލު ގިނަ ދިވެހިންގެ ވަރަށް ކަމުނުދޭ.
ބޭއަދަބީ ބަސްކޮޅު.
30 June 2023
އެބަޔަކު އިންދާ ގަހެއްގެ މޭވާ އަޅާނީ. ކޮންޓްރޯލް ކުރަން ފަސޭހަވާނެޔޭ ކިޔާފަ، ކަށިކުބުރު ހައްދަންޏާ، އޭގެ އުނަދަގޫ ޖެހޭފަހަރު ހަންނޮޅާލާނެ ކަމައް އިންތިޒާރުވެސް ކުރަންވާނެ!
ސޭބޫ
29 June 2023
އަނެއްކާ ޑިމޮކުރެޓުންގެ އަތެއް މިކަމުގާ ވޭބާ؟
ޓެރޭ
29 June 2023
ތިޔަ ނެރުނު މީހުންގެ ނުރައްކާ އެބައޮތް ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް. ހަމަ ތިބެފަ ހަނގުރާމައެއް ފަށައި ގައުމުތައް ހަލާކު ކޮށްލަފާނެ.
ނަސްރު45
29 June 2023
ކޮވިޑަށްފަހު ލަންކާއަށް ދިމާވި ގިނަ ދަތި ތަކަށްފަހު އެގައުމުގެ ގިނަ މީހުން ރާއްޖެ އައިސް ތަފާތު ވިޔަފަރި ތަކަށް ވަންނަން ފަށައިފި، މިހާރު މެންދުރު ގަޑީގަ މާލޭގެ ބައެއް ސަރަހައްދު ތަކުން އޮފީސްތަކުގާ ތިބެފާ ކާން ނުކުނަ ލަންކާ މީހުން ފެނުނީމަ ހީވަނީ ކޮލަމްބޯ ބައެއް މަގުތަށް ހެން.
އަނެއްކާ އަނެއްކަންތައް
29 June 2023
އެޤައުމުތަކުން ބޭރުވާ ފައިސާ މަދުކުރަން މޮޅުގޮތެއް.
އިބިރަހިމާ
30 June 2023
މުޅިއަކުން އެހެނއްނޫން. ނިރުބަވެރިންނާ އެމީހުންގެ ރޭވުންތަކާ ހަމަލާތަކުގެ ހަގީގަތް އިނގޭ މީހަކަށް އިނގޭނެ އެއީ ކިހާ ނުރައްކާތެރިބައެއްކަން. އެމީހުންގެ އެންމެ ނުރައްކާތެރި ކަމަކީ ނަފްރަތްތެރިކަމާއެކު އެހެންމީހުންގެ ޖާނާ މާލަށް ގަސްތުގައި ގެއްލުންދޭން ރާވާކަން. އަދި އެ ގެއްލުން ލިބޭމީހުންނަކީ ކޮންމެހެން އެ ނިރުބަވެރިންނަށް ގޯނާ ކޮށްފައިވާ މީހަކަށް ވާކަށްވެސް ނުޖެހޭ.