ޚަބަރު / ސްޓެލްކޯ

މިދިޔަ މަހުގެ ކަރަންޓު ބިލު ވަރަށް ބޮޑު!

ސްޓެލްކޯ ބިލްޑިން: ހޫނު ގަދަ މަސްތަކުގެ ބިލަށްވުރެ މިދިޔަ މަހުގެ ބިލު ދެ ގުނަ ބޮޑު ކަމަށް ބައެއް މީހުން ބުނޭ.-- ފޮޓޯ: މިހާރު

މިދިޔަ މަހުގެ ކަރަންޓު ބިލު ވަރަށް ބޮޑުވެފައިވާ ކަމަށް ބުނެ އަނެއްކާ ވެސް އާންމުން ޝަކުވާ ކުރަން ފަށައިފި އެވެ.

ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވެ އާންމުންގެ ފާޑުކިޔުން އަމާޒުވެ އެވެ. އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނަނީ ބިލު ބޮޑު ވަނީ ޖައްވު ހޫނުވުމާ އެކު، އާންމުން ކަރަންޓު ބޭނުންކުރާ މިންވަރު ވެސް އިތުރުވާތީ ކަމަށެވެ.

އެކަމަކު މިދިޔަ މަހުގެ ބޮޑުބައިގައި ވިއްސާރަ ކުރި ނަމަވެސް ކަރަންޓު ބިލު، ހޫނު މޫސުމުގެ ބިލުތަކަށް ވުރެ މާ ބޮޑުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ކޮންމެ މަހަކު ވެސް އެއް މަހަށްވުރެ އަނެއް މަހުގެ ކަރަންޓު ބިލު ވަނީ ބޮޑު. އޭޕްރީލް މަސް އެއީ އެންމެ ބޮޑުވާނޭ ބުނި މަސް. އެއީ ހޫނު ގަދަވީމަ، އެކަމަކު އެ މަހު 900ރ. މިދިޔަ މަހު 3000ރ.،" އާންމުންގެ މީހަކު ބުންޏެވެ.

"ފުރަތަމަ ބިލު ބޮޑުވާން ފެށީ މިއީ ހޫނު މޫސުމޭ ކިޔައިފަ، ދެން ފިނި މޫސުން އައީމަ ވެސް ބިލު ކުޑައެއް ނުވޭ. ގޭގައި ނޫޅެ، ރަށުގަ ނޫޅެ، ކަރަންޓު ބޭނުން ކުރާ ވަރު މަދު ވިޔަސް މަސް ނިމޭއިރު އަންނަ ބިލު ކުޑައެއް ނުވޭ."

ކަރަންޓު ބިލު ބޮޑުވާނެ ކަމަށް ސްޓެލްކޯ އިން ބުނަނީ ރޯދަ މަހާއި އޭޕްރިލް/މޭ ގެ ހޫނު ގަދަ ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަމަށެވެ.

"އެކަމަކު އެއްޗެއް އިތުރަށް ބޭނުން ނުކުރިޔަސް ރޯދަމަހަަަށް ވުރެ ބިލުތައް ބޮޑުވަމުން މި ދަނީ،" އެހެން މީހަކު ބުންޏެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު ވިދާޅުވީ، މިދިޔަ މަހުގެ ބިލު ބޮޑުވީ ހޫނު މޫސުމުގެ އެއްބައި އެ ބިލްގެ ތެރެއަށް ވަދެގެން ކަމަށެވެ.

"މިދިޔަ މަހުގެ ބިލު ހަދާފައި އިނީ މޭ މަހުގެ 13،14 އިން ފެށިގެން ޖޫން މަހުގެ މެދާ ހަމައަށް، އެއީ 28 ދުވަސް މިދިޔަ މަހުގެ ބިލުގައި އެ އިނީ. ހޫނު ދުވަސްތަކުން އެއްބައި އެ ބިލުގެ ތެރެއަށްވެސް އެބަ ވަދޭ. ސްޓެލްކޯގެ އެއްވެސް ބާރެއް ނޯވޭ މީޓަރަށް ނާރާ އަދަދަކަށް ބިލު ކުރުމުގެ. ބޭނުން ނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ބިލެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ 26 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވެސް ވިދާޅުވީ އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތަކީ ކޮންމެ މަހަކު ކަރަންޓު ބިލު ހަވާލު ކުރުމުން އެ ކުންފުންޏަށް އަމާޒު ކުރާ ތުހުމަތުތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކަމަށެވެ.

"ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ހިދުމަތް ހޯއްދަވާ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ޔަގީން ކުރައްވާ. ސްޓެލްކޯއިން އަޅުގަނޑުމެން ތިބޭފުޅުން ބޭނުން ނުކުރައްވާ ކަރަންޓަކަށް ބިލެއް ނުކުރާނަން. އަދި މިހާތަނަށް ވެސް ކޮށްފައިއެއް ނެތް. ކުރިމަގުގައި ވެސް ނުކުރާނަން،" އެކަމަށް ހައްލެއް ހޯދުމަށް މި އަހަރުތެރޭ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ޝަރީފް ދެއްވި އެވެ.

ސްޓެލްކޯއިން އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ހޫނު ގަދަ ދުވަސްތަކުގައި ގޭބީސީތަކުން އެވްރެޖުކޮށް 560 ޔުނިޓްގެ ކަރަންޓު ބޭނުން ކުރެ އެވެ. އަދި އެހެން މަސްތަކުގައި ގޭބީސީއަކުން އެވްރެޖުކޮށް 500 ޔުނިޓަށް ވުރެ މަތިން ކަރަންޓް ބޭނުން ކުރެ އެވެ.

85 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 12%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ީައިސްމާއިލް

05 July 2023

ހަމަ ސަރުކާރުން ރަައްޔެތުން ފެލަނީ.

The name is already taken The name is available. Register?

ދުރުމި

05 July 2023

ކުރިން އަރަނީ 950 މިހާރު އަރަނީ 4000 ގޭގައި އުޅޭ މީހުންގެ އަދަދު 5

The name is already taken The name is available. Register?

ހޭވިހަޑި

05 July 2023

ކޮން ޔުނިޓެކޭ ކިޔާކަށް. ޔުނިޓުހަދާފާ މިލިއަނުން ފައިދާވީމާ ތަނުގެ މީހުނަށް ފްލެޓްދީ ފްލެޓްގެ ކަރަންޓުބިލު ބޮޑުބައެއް ފްރީކޮށްލީމާ ދެން އެހެރީ ހަމަވެފާ. ޔުނިޓް މަތިވަންޏާ ތިޔަބުނާ ޔުނިޓުތަކުގެ އަގަށް ބަދަލެއް ގެންނާންވެސް ވިސްނަބަލަ.

The name is already taken The name is available. Register?

ޤަބޫލެއް ނުކުރެވޭ

05 July 2023

މެއި މަހަހުގެ 17 ވަނަ ދުވަހުން ފެށިގެން އާއިލާ ގޮވައިގެން އަަައިސް ރާއްޖޭން ބޭރުގަ ހުއްޓާ ބިލު މި އަންނަނީ ހެސްކިޔާފަ ބޮޑުކޮށް . ޙަމަ ބޭނުން ކުރާތީ ބޮޑު ވެފަތަ މި އޮތީ ! ދިވެއްސަކު ދުނިޔޭގެ ކޮންމެ ތަނަކު ހުއްޓަސް އެތަނެއްގަ ބޭނުން ކުރާ ކަރަންޓަށް ސްޓެލްކޯއިންތަ ބިލްކުރަނީ؟

The name is already taken The name is available. Register?

އައްލާ

05 July 2023

ކަރަންޓް ބިލަކީ ބޮލުގަ ހުންނަ އިސްތަށިކަހަލަ އެއްޗެއް ކޮންމެތާކު ހުއްޓަސް ދިގުވާނެ.

The name is already taken The name is available. Register?

ބޭރު ބޭރު

05 July 2023

އަހަރުންގޭގެ ކަރަންޓް ބިލް ޖޫން މަހުގެ އެރީ 1،775.08 އެކަމަކު މި މަހު އަރާފި 3487.50 މި އަޖައިބެއް ކަހަލަ ކަމެއް

The name is already taken The name is available. Register?

ކަހުރަބު ޖިންނި

05 July 2023

އަޖައިބުވާނެކަމެއްނެތް، ކޮންމެ މަހެއްގެ އެއްވަން ދުވަހު މީޓަރުގެ ރީޑިން ނެގީމަ އެގޭނެ އެމަހެއްގެ ރީޑިންގް. ރީޑިންނަގާ ދުވަހަކީ ސްޓެލްކޯގެ ރީޑިން ނަގާ ދުވަހާ ތަފާތު ވެއްޖެއްޔާ ކުޑަ ތަފާތެއް އުޅެފާނެ.

The name is already taken The name is available. Register?

އައްޓަމަސް

05 July 2023

ބޭނުން ކުރީމައި ހުރިހާ އެއްޗެއްވެސް ބިލުބޮޑުވާނެ ބޭބުންނުކޮށްބަލަ އޭރުން ބިލުގެ ޝަކުވާއެއް ކުރާކަށް ނުޖެހޭނެ ފޮނިބައެއް އަހަރެމެންނަކީ ކޮފީއައް ކަރަންޓް ބިލަށްވުރެން ގިނަފައިސާ ތަޅާ މީހުން ޝަކުވާކުރަނީވެސް

The name is already taken The name is available. Register?

މަންޖޭ

05 July 2023

މިއޮށްވާ ހޫނު މޫސުމެއް ދޯ! މި އަހަރު ނިމޭއިރުވެސް ތިޔަ މޫސުން ނިމިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު!

The name is already taken The name is available. Register?

ކޮތަވާލިކޮއި

05 July 2023

ހައަރެން ގަބޫލެއް ނުކުރަން ސްޓެލްކޯއިން އޮޅުވާލައިގެން ބިލްތައް ބޮޑުކޮއްލަނެ ކަމަކަށް. ހަގީގަތައް ބުނާނަމަ ކަރަންޓްބިލް ބޮޑުވަނީ ހަމަ ގިނައިން ކަރަންޓް ބޭނުންކުރެވޭތީ. ބައެއްމީހުން ހީކޮއްފާނެ 24 ގަޑިއިރު ޖަހާފަ ހުންނަ އޭސީއަކުން ކަރަންޓްބިލަށް އަރަންޖެހޭނީ ކޮންމެ މަހަކުވެސް އެއްވަރަކަށޭ، އެހެނެއްނުވާނެ. އޭސީއަކީ އެ ސެޓްކޮއްފަ އިންނަ ޓެމްޕަރޭޗަރަށް އެރިމަ އޭގެ ކޮމްޕްރެޝަރު ކަނޑާލާނެ. އެހެންވީމަ ޖައްވު ހޫނުގަދަވެއްޖެނަމަ ގިނަ ވަގުތު ޖެހިފަހުންނާނެ.

The name is already taken The name is available. Register?

1206

05 July 2023

ތިޔަ ބުނާ ހޫނެއް ބިލުގެ މުއްދަތުގައި ގަދަވި ތަނެއް މޫސުމީ ހިސާބުތަކުން ފެންނާކަށް ނެތް.

The name is already taken The name is available. Register?

ފަރިހި

04 July 2023

އަޅުގަނޑު ގެ ތަޅުލައިފައި އެންމެ މިއައީ އިންޑިޔާގައި އުޅެފައި. އެކަމަކު ކަރަންޓް ބިލަށް 2700 ރުފިޔާ. މެއި މަހުން ފެށިގެން މިހެން މިދަނީ. އޭގެ ކުރިން އަރަނީ 900 ރުފިޔާ

The name is already taken The name is available. Register?

އައްލާ

05 July 2023

ކަނޑއެޅިގެން ދޮގެއްކަން އެގޭ. ފުރިހަމަ 3 ގުނައެއްނުވާނެ. އެކަމަކުވެސް މިއަށް ލައިކްދޭ މީހުން އުލޭއިރު އަހަތެމެންގެ ވިސްނުން ހުރިގޮތް ވިސްނާލައްވާ.

The name is already taken The name is available. Register?

މ

06 July 2023

އަޅުގަނޑު ދެން ނެތްތަ ހަދާލަން ދޮގެއް؟ ??‍♂️

The name is already taken The name is available. Register?

1206

04 July 2023

އޮޑިޓަރ ޖެނަރަލް އަށް ގޮވާލަން ސްޓެލްކޯގައި ބިޒްނަސް މެލް ޕްރެކްޓިސްގެ އެއްވެސް ކަމެއް ހިނގާތޯ ބަލައި ދިނުމަށް.

The name is already taken The name is available. Register?

އޮޑިޓަރ

05 July 2023

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓްގައި ރިކުއެސްޓް ކުރެވޭނެ އޮޑިޓް ކޮށްދިނުމަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454