ކެންސަސް ސިޓީގައި ބޭއްވި ޓޭލާ ސްވިފްޓްގެ ކޮންސެޓުގެ ސްޓޭޖުމަތީގައި، (ކ-ވ) ޓޭލާގެ ކުރީގެ ލޯބިވެރިޔާ ޓޭލާ ލޯޓްނާ، އެމެރިކާގެ އެކްޓްރެސް ޖޯއީ ކިންގް، އޭނާ އަދި ޕްރެސްލީ ކޭޝް.
09 ޖުލައި 2023 - 06:23
އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އާ ލަވައިގެ ވީޑިއޯގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ޓޭލާ ލޯޓްނާ ކާސްޓުކޮށްފި އެވެ.
ކެންސަސް ސިޓީގެ އެރޯހެޑް ސްޓޭޑިއަމްގައި އިއްޔެ ބޭއްވި ޓޭލާ ސްވިފްޓްގެ އިރާސް ޓުއާ ކޮންސެޓުގައި އޭނާ ވަނީ ކުރީގެ ލޯބިވެރިޔާ ޓޭލާ ލޯޓްނާ ސްޓޭޖަށް ގެނެސް ބެލުންތެރިން ހައިރާންކޮށްލައިފަ އެވެ. އެ ލަވައިގެ ވީޑިއޯގައި އޭނާ ހިމެނޭކަން އިއުލާންކޮށް، ލަވަ ޕްރިމިއާކުރީ ވެސް އެތަނުގަ އެވެ.
ޓޭލާ ލޯޓްނާ ގިނަ ބަޔަކަށް އެނގޭނީ ފިލްމު "ޓުވިލައިޓް" އިންނެވެ. ޓޭލާ ސްވިފްޓްގެ "ބެކް ޓު ޑިސެމްބާ" ލަވައިގެ އިންސްޕިރޭޝަނަކީ ވެސް އޭނާ އެވެ. އޭނާގެ އިތުރުން، ޓޭލާ ސްވިފްޓްގެ މި އާ ލަވަ "އައި ކޭން ސީ ޔޫ (ޓޭލާސް ވާޝަން)"ގައި އެމެރިކާގެ އެކްޓްރެސް ޖޯއީ ކިންގް އާއި ޕްރެސްލީ ކޭޝް ވެސް ފެނެ އެވެ.
އެ ތިން ތަރިން ވެސް ހިމެނޭ މި މިއުޒިކް ވީޑިއޯ ރިލީޒް މި ކުރީ ސްވިފްޓްގެ އަލްބަމް "ސްޕީކް ނައު (ޓޭލާސް ވާޝަން)" އާއެކުގަ އެވެ. މި ލަވަ ޑައިރެކްޓްކުރީ ވެސް ޓޭލާ އަމިއްލައަށެވެ.
ޓޭލާ ސްވިފްޓް އާއި ޓޭލާ ލޯޓްނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 2009 ވަނަ އަހަރު ދެތިން މަސްދުވަހަށެވެ. އެމީހުން ވަކިވީ މާ ބޮޑު މައްސަލައެއް ޖެހިގެން ނޫން ކަމަށް ޕީޕަލް މެގަޒިންއަށް ދިން އިންޓަވިއުގައި ޓޭލާ ސްވިފްޓް ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްވިފްޓީ
09 July 2023
ތިޔައީ ތީނަގެ ހާލަތު. އެހާ ވަރަށް މީހުންނާއި ރައްޓެހިވެފަ ރުޅިވޭ. އެކަމުން ދޭހަވަނީ އޭނަގެ ކޫސަނިކަން. ބައެއް ފަހަރު ހީވޭ މިއީ ހަދާނެ ލަވައެއް ނެތީމަ ކޮއްލާ ކަމެކޭވެސް
ޖޯނީ
09 July 2023
ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއް.?