ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު: މި ސަރުކާރުން ކޯޓުތަކަށް ނުފޫޒު ނުފޯރުވާ ކަމަށް ބުނެ ސަން ސިޔާމު ވަނީ ރައީސަށް ތައުރީފް ކުރައްވާފައި.--
15 ޖުލައި 2023 - 17:49
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރުގައި މުޅި ގައުމު ހަމަޖެހިއްޖެ ކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސަށް ތާއީދުކުރައްވައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ ސިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ވެރިކަމުގައި ކޯޓުތަކަށް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި މި ފަސް އަހަރުގެ ދައުރު ރައީސް ނިންމަވާލެއްވީ އެންމެ ނައިބު ރައީސަކާ އެކު ކަމަށާއި މުހިއްމު މިނިސްޓްރީތަކުގެ މިނިސްޓަރުން ވެސް ބަދަލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ދ. މީދޫ ދާއިރާގެ މެމްބަރު ވިދާޅުވީ މިވެރިކަމުގައި ގައުމު ހަމަޖެހިއްޖެ ކަމަށާއި ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު ވެސް ރިކޯޑް އަދަދަކާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"އާއިލާތަކަށް އުފާވެރިކަން. މިކަންކަމުން ރަމްޒުކޮށްދެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގެ ހިންގުންތެރިކަމާއި ކެތްތެރިކަމާއި ހިކްމަތްތެރިކަން،" ސިޔާމް ލިޔުއްވާފައިވެ އެވެ.
މުޅި 5 އަހަރުގެ ދައުރު ނިންމާލީ އެންމެ ނާއިބު ރައީސްއަކާއެކު، މުހިއްމު މިނިސްޓްރީތަކުގެ މިނިސްޓަރުން ބަދަލެއް ނުކުރައްވާ، ކޯޓުތަކަށް ނުފޫޒު ފޯރުވާތަނެއް ނުފެނޭ، މުޅި ގައުމު ހަމަޖެހިއްޖެ، ފަތުރުވެރިން ކުރި ޒިޔާރަތް ރިކޯޑް އަދަދަށް، އާއިލާތަކަށް އުފާވެރިކަން. މިކަންކަމުން…
— Ahmed Siyam Mohamed, MP (@Sun_Siyam) July 15, 2023
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރިން ސިޔާމް އިއުލާނުކުރެއްވި އެވެ. އެކަމަކު މިއީ ވެރިކަމަށް ވާދަކުރެއްވުމަށް އެންމެ މުނާސަބު ވަގުތު ނޫން ކަމަށް ވިދާޅުވެ ފަހުން އެމްޑީޕީއާ އެކު ކޯލިޝަން ހެދީ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުން ވެސް ހުށަހެޅި އެވެ. އެކަމަކު އެ ޕާޓީން ނިންމީ ރައީސަށް އިތުރު ދައުރެއް ހޯދައިދޭން މަސައްކަތްކުރާށެވެ.
އެމްޑީއޭ އެކު މިއަހަރުގެ އިންތިހާބުގައި އެމްޑީޕީއާ ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީންނެވެ. އެހެން ކޮންމެ ޕާޓީއަކުން ވަނީ ކެންޑިޑޭޓުން ނެރޭނެކަން އިއުލާނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިލީ.
17 July 2023
ޓެކުސް މާފު ކޮއްދީ ބޮޑަތި ފަޅުތައްދޭވަރކަށް ހަމަޖެހޭނެ
ނޯކަރު
16 July 2023
ސިޔާމުތިޔަހަދަނީއެގިހުރެދޮގުސިޔާމުއައްތިކަމުންލިބޭނީގެއްލުން
ޙިނި
16 July 2023
ދެންބަލަންވީ އަންނަ 5 އަހަރުތެރޭ ނުކުޅެދޭމީހުން ކުޅެދޭމިހުނައް ހަދަން.
ޢެމެރިކާ
16 July 2023
ސަރުކާރައް ލާރި ނުދައްކާ މީހުން ވަރައް ގިނަ
ޖާބެ.
16 July 2023
ސިޔާމް ރެޑީވޭ ޑީލް ރިވައިސްކުރަން ބޮޑުރާޅެއް އެބައާދޭ ސަލާމަތެއް ނުވާނެ ޕްލޭން ބީ ޝިޔާމައްއޮތީ
ފޫހި
16 July 2023
ކޮންކަމަކުންތަ ހަމަޖެހުނީ މާރާމާރި މަދުތަ، ރަހުމުކުޑަ މަރު މަދުތަ، ވައްކަމާއި ފޭރުން މަދުތަ؟ ބޭންކްގައި ހުރި ފައިސާކޮޅުން ވެސް ސަލާމަތެއްނެތް. ދެން ކޮން ހަމަޖެހުމެއްގެ ވާހަކަތަ މީނާ މިދައްކަނީ. ޢަދުލު އިންސާފު ލިބެނީ ކުޑަ މީހާއާއި ބޮޑު މީހާ ތަފާތުކޮށް. އެކަން އެންމެ ބޮޑަށް އެނގޭނީ ތިޔަ ޝިޔާމަށް.
ރާއްޖެ
16 July 2023
ވެގެން މިއުޅޭ ގޮތަކީ ހިލްޓަން. އަދިވެސް ބަޔަކު މީހުން މި މީހުން ދައްކާ ވާހަކަ އަޑު އަހަން ތިބޭތީ މައްސަލައަކީ. ދިވެހިން ހަމަ ގަޅީ ހިސާބަށް ވުރެ.
ހިނި އިބްރާހިމްބޭބޭ
15 July 2023
ޔާމީނުގެ ފަސްވަނަ އަހަރު ކުރި ކެމްޕޭނުގައި ސުވަރުގައިގަ ގަނޑުވަރުތަކެއް ބިނާކުރިވާހަކަވެސް ޝިޔާމް ބުންޏެވެ. ދެން މިކަހަލަ ކޮހުންނޫނީ ސާލިހް އާއި އެކު ކެމްޕޭންކޮށްލަން ދާންވެސް ނުވީ؟؟
ރެޓޭ
15 July 2023
24 މިލިޔަން ޑޮލަރާއި ޖެހުނީމާ މި މީހުންނަށް ވާގޮތްދޯ އިންސާނެއް ވެއްޖެއްޔާ ގޮތެއްވެސް ހުންނަންވާނެ!
ޖޫލީ
15 July 2023
ދެތިން މުއްސަދިން ހަމަޖެހުނީ ފަގީރުން އިތުރައް ނިކަމެތިވީ ޓެކުސްތައް ބޮޑުކޮއް އެއްޗެހީގެ އަގު ބޮޑުވެ..