ވިޔަފާރި

އައިލެންޑާސް އިން އޭލެވެލް ދަރިވަރުންނަށް ފަހި ފުރުސަތެއް!

ބިލަބޮންގސް ސްކޫލުގެ ދަރިވަރުންތަކެއް. -- ފޮޓޯ: ބިލަބޮންގް

17 ޖުލައި 2023 - 10:21

1 comments

އައިލެންޑާސް އެޑިއުކޭޝަނުން އިނގިރޭސިވިލާތުގެ ޔުނިވާސިތީތަކަށް ކުދިން ރެކްރޫޓުކުރާ އެންމެ ބޮޑުއެއް އޭޖެންސީ ސްޓަޑީ އިންޓަނޭޝަނަލް ޔޫކޭ (އެސްއައި ޔޫކޭ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސްއައި ޔޫކޭ އަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 80 އަށް ވުރެ ގިނަ އޮފީސް އޮޕަރޭޓުކޮށް، ޔޫކޭގެ ޔުނިވާސިޓީތަކުން ދަރިވަރުންނަށް ފުރުސަތު ހޯދައިދިނުމުގައި ނަން މަޝްހޫރު، ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އޭޖެންސީއެކެވެ.

މި އެއްބަސްވުމުގެ ދަށުން އޭލެވެލް އަށް ތައްޔާރުވާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގައި "ފިއުޗާސް"ގެ ނަމުގައި ހާއްސަ ސެންޓަރެއް ހުޅުވުމަށް އަންނަ ދިރާސީ އަހަރު ވަނީ ހަމަޖެހިފަ އެވެ. އެ ސެންޓަރުން އެސްއައި ޔޫކޭގެ ހިދުމަތްތައް ބިލަބޮންގެ ދަރިވަރުންނަށް ލިބޭނެ އެވެ.

"ފިއުޗާސް" ސެންޓަރުން ދަރިވަރުންނަށް ކުރިއަށް ދާންވީ މަގު ހިޔާރުކޮށް، ބޭނުންވާ ގައިޑެންސް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނީ އެސްއައި ޔޫކޭއިން ތަމްރީނު ލިބިފައިވާ ކައުންސިލަރުންނެވެ. އަދި އެކަމަށް އެ ތަނުގެ 140 ޔުނިވާސިޓީ އެކުލެވޭ ޕްލެޓްފޯމަށް ދަރިވަރުންނަށް އެކްސެސް ލިބޭނެ އެވެ. މިއީ އޭލެވަލް އަށް ފަހު ޔޫކޭގައި މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އެކަމަށް ކުރިއާލާ ތައްޔާރުވުމަށް ލިބޭނެ ފަހި ފުރުސަތެކެވެ.

މި ޕްރޮގުރާމުން ދަރިވަރުންނަށް މުސްތަގުބަލުގައި ހިޔާރުކުރަން ބޭނުންވާ ދާއިރާއިން ކުރިއަށް ދާންވީމަގު ދައްކާދޭނެ/ -- ފޮޓޯ: އައިލެންޑާސް

ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޑރ. ލޯރާ އޯތަރު ވިދާޅުވި ގޮތުގައި "ފިއުޗާސް" ސެންޓަރުގެ މަގުސަދަކީ އޯލެވެލް އަދި އޭލެވެލްގެ ރިޒަލްޓާ ހަމަޔަށް ކުދިންގެ ވިސްނުން ލިމިޓްނުކޮށް މުސްތަގުބަލާ މެދު ވިސްނާނެ ފުރުސަތު ދިނުމެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ މި ތަނުން ނުކުންނަ ދަރިވަރުންނަކީ ކޮންމެ މަސައްކަތެއް ކުރަން ނިންމި ބަޔަކަށް ވިޔަސް، އެ ހިޔާރު ކުރާ ދާއިރާއެއްގައި ކާމިޔާބީ ލިބުން. މި ސެންޓަރުން ކުދިންގެ ހުނަރާއި އިންޓްރަސްޓާ މެދު ވިސްނުމަށް ދަރިވަރުންނަށް ފުރުސަތު ލިބޭނެ. އަދި ކުރިއަށް ދާން ބޭނުންވާ މަގު އެ ކުދިންނަށް ދެނެގަނެވި އެ ކަމަށް ބޭނުންވާ މާއްދާތައް އޯލެވެލް، އޭލެވެލް އަދި ޔުނިވާސިޓީ ލެވެލްގައި ވެސް ކުރިއާލައި އެނގިފައި ހުންނާނީ. އެހެންވީމަ، އެ މާއްދާތަކަށް ބޮޑަށް މަސައްކަތްކުރަން ފުރުސަތު ވެސް ލިބޭނެ." ޑރ. އޯތަރު ވިދާޅުވި އެވެ.

މި ޕާޓްނާޝިޕްގެ ދަށުން އައިލެންޑާސްއިން ފަށަން ނިންމާފައިވާ "ފިއުޗާސް" ޕްރޮގުރާމުން ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް އިންޓާންޝިޕްގެ ފުރުސަތުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޓާންޝިޕުގެ ފުރުސަތުތައް ދަރިވަރުންނަށް ދޭނީ ރާއްޖޭގެ އެކި ކުންފުނިތަކުންނެވެ. މި ފުރުސަތުގެ ސަބަބުން ދަރިވަރުންނަށް މަސައްކަތުގެ މާހައުލަށް އަހުލުވެރިވެ، މަސައްކަތުގެ ތަޖުރިބާ ލިބި، ކުރިމަގުގައި ކުރިއަށްދާނެ ދާއިރާއެއް ހިޔާރުކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކަށް އަހުލުވެރިވެވޭނެ އެވެ.

މި ޕްރޮގުރާމުގެ ދަށުން ގްރޭޑް 11 އަދި 12ގައި ކިޔަވާ ދަރިވަރުންނަށް އެ ދަރިވަރުންގެ ހުރި ހުނަރުތައް ދެނެގަތުމުގެ އެސެސްމަންޓެއް ދޭނެ އެވެ. މި އެސެސްމަންޓަކީ ކިޔަވަން ބޭނުން ދާއިރާއަކާއި ހިޔާރުކުރަން ބޭނުންވާ ޔުނިވާސިޓީއެއް ކަނޑައެޅުމުގައި އެހީތެރިވުމުގެ ގޮތުން ހަދާ އެސެސްމަންޓެކެވެ. މި އެސެސްމަންޓުން ތައުލީމީ ހަޔާތުގައި ދަރިވަރުންގެ ފެންވަރުން ބޭނުންވާ ދާއިރާއަކުން ކާމިޔާބީ ހޯދުމަށް މަގުފަހިވާނެ އެވެ.

އައިލެންޑާސް އެޑިއުކޭޝަންގެ އަމާޒަކީ އެސްއައި ޔޫކޭއާ އެކު ގާއިމުކުރި ޕާޓްނާޝިޕްގެ ދަށުން ދަރިވަރުންގެ މުސްތަގުބަލަށް ފައިދާކުރަނިވި މަސައްކަތްތަކެއް ކޮށް، އެކި ދާއިރާތަކުގައި ފާހަގަކޮށްލެވޭ، ކާމިޔާބު ދަރިވަރުންތަކެއް ބިނާ ކުރުމެވެ.

ނޯޓު: މިއީ އައިލެންޑާސް އެޑިއުކޭޝަނުގެ އެޑްވަޓޯރިއަލްއެކެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

19 July 2023

ބުރުގާ އަޅައިގެން ތިބެންޏާ، ކިޔަވައިގެން، ބޮލަށްއެއްޗެއް ވަންނާނެތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454