ސަމަންތާ އޭނާ އެޑޮޕްޓުކުރި ބުޅަލުގައި ބައްދާލައިގެން.
21 ޖުލައި 2023 - 09:03
ބޭސްފަރުވާއަށް މިވަގުތު އެމެރިކާގައި ހުރި އިންޑިއާގެ ތަރި، ސަމަންތާ ޕްރަބޫ ބުޅަލެއް އެޑަޕްޓުކޮށްފި އެވެ.
ސަމަންތާ ބުޅަލެއް އެޑަޕްޓުކުރި ވާހަކަ ފޭނުންނާ ހިއްސާކުރީ އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އިނީ އޭނާ އެ ބުޅަލާ ބައްދާލައިގެން އޮވެ ނަގާފައިވާ ފޮޓޯއެކެވެ.
އެ ބުޅަލަށް ކިޔަނީ "ގެލާޓޯ" އެވެ. އެއީ އަޅިކުލައިގެ ޕާޝިއަން ބުޅަލެކެވެ.
އޭނާ ޕެޓްކޮށްގެން ދެ ކުއްތާ ވެސް ގެންގުޅެ އެވެ. އެއީ ހާޝް އާއި ސާޝާ އެވެ.
ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަޝްހޫރު އެކްޓްރެސް، ސަމަންތާ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ އޭނާ ވަނީ އެކްޓިން އިން ހަ މަހުގެ ބްރޭކެއް ނަގައިފަ އެވެ.
ސަމަންތާ އެމެރިކާއަށް ދިޔައީ މަޔޯސައިޓިސްއަށް ފަރުވާ ހޯދުމަށެވެ. މަޔޯސައިޓިސްއަކީ ހަށިގަނޑުގެ އެކި ތަންތަން ދުޅަވެ، މީހާ ވަރަށް ބޮޑަށް ބަލިކޮށްލާ ބައްޔެކެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ވެސް މެ އެވެ.
އެ ބައްޔަށް ޑައިގްނޯސްވި ކަމަށް، މިދިޔަ އަހަރު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސަމަންތާ އަމިއްލައަށް ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫއ
22 July 2023
އެހެންތަ؟ ބިޝާ ގެންގުޅޭ މާ ސަޅި ބުޅަލެއް
އަލީޒާ
21 July 2023
އަހަރެން ހުސް. އެޑްޕްޓް ކޮށްލާނެ އާރެއްވޭތޯ މިހުރީ
ޓިން
21 July 2023
ބުޅާ އެޑޮޕްކުރާމީހުން ބައިވަރު. މާލޭގާވެސް އުޅޭ ބުޅާ ދަރިންހެން ގެންގުޅޭމީހުން. އެހެންވީމާ ތިކަމުގާ ނެތް ޚާއްސަކަމެއް. އަދި އެކަން ކުރަނީ ސެލުބުރިޓީއެއްކަމުގާވިޔަސް.
ކަންގަނާ
21 July 2023
ފާޑުފާޑުގެ ބަލިތައް ޖެހެނީ އެހެންވެ
2023Hussain
21 July 2023
ހައްހައްހާ. ސަޅި ހަބަރެއް