ޑިމޮކްރެޓްސް އުފެއްދުމަށް މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އިލްޔާސް ބައިވެރިވެވަޑައިގަންނަވަނީ: ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ވަނީ ނިންމާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ޖުލައި 2023 - 18:07
ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ. އެއާއެކު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ އެ ޕްރައިމަރީގައި ވާދަކުރާނެ ކަން ވެސް އިއުލާނުކުރައްވައިފަ އެވެ.
އެ ޕާޓީން ކުރި އިއުލާނުގައި ބުނީ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ މީހުން، އެ މީހެއްގެ ވަނަވަރާއި އައިޑީކާޑުގެ ކޮޕީއާއެކު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެއަށްފަހު، އެ އިންތިހާބު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
އެ ޕާޓީން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާއްމުކުރާނެ ކަމަށާއި އެ ލިސްޓަށް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެ އިއުލާނަށްފަހު، އިލްޔާސް ކުރެއްވި ޓްވީޓުގައި ވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް އޭނާ ގަސްތުކުރައްވާތީ، މެމްބަރުންގެ ތާއީދަށް އެދިވަޑައިގެންފަ އެވެ.
ދަ ޑިމޮކްރެޓްސްގެ ލޮބުވެތި މެމްބަރުންނަށް
— ilyas labeeb 🎈 (@ilyas_labeeb) July 20, 2023
2023ގެ ރިޔާސީ އިންތިޚާބުގައި މިޕާރޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް މާތްاللهގެ ވާގިފުޅާއެކު އަޅުގަނޑު ގަސްދުކުރާ ވާހަކަ ދެންނެވީމެވެ. މެންބަރުންގެ ތާއީދަށް އެދެމެވެ.
ޝުކުރިއްޔާ 🩵
އެމްޑީޕީ ދެފަޅިވެ، ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ އާ ޕާޓީއެއް އުފެއްދީ ވެސް ރިޔާސީ ޕްރައިމަރީއަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު އެވެ.
އެކަމަކު، މި ފަހުން ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި ނަޝީދު ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް އެ މަނިކުފާނުގެ ޝައުގެއް ނެތް ކަމަށެވެ.
ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާ އެކު، ގާސިމްގެ އިސްނެންގެވުމަށް ބޭއްވި ބައްދަލުވުމަށް ފަހު، ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެ ޝައުގެއް ނެތް ކަމަށެވެ. "ނޫން، ނެތް" ޖޭޕީގެ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި، މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަރީމު
23 July 2023
ޑިމޮކްރެޓްސް އިން އަންނި ރައީސްކަމަށް ކުރިމަތި ނުލުމުން ހާމަކޮށްދެނީ އަންނިއާއި އިބޫ ސޯލިހުގެ ސިއްރު ރޭވުމެއް އުޅޭކަމެވެ. އަންނިއަކީ ފެށުނީއްސުރެ ރައީސްކަމަށް ކުރިމަތިލާނެކަމަށް ބުނަމުން އައި ބޭފުޅެކެވެ. ކުރިން ދެއްކި ވާހަކަތަކާ މިހާރުގެ ރާގު ހުރިގޮތުން މަށަށް ވިސްނެނީ ނިމިގެންދިޔައީ ބޮޑު ޑުރާމާއެއްކަމަށެވެ. އެ ވިސްނުން އެކުވާ ...
އިއްބެ
21 July 2023
ކީއްވެއަންހެނުންކުރިއަރުވަންއީވާކުރިމަތިނުލީައީ
ދެހަސަނުގެ އެއްބޯ
21 July 2023
އޮހޮ. ޢަހަހ. އަވަހަށް ހުރިހާ މެމްބަރުން އެދި ވަޑައިގެން ދެއްވާ! އެމަނިކުފާނު ނޫން ދެވަނަ މީހަކު ކުރިމަތި ނުލެއްވުމަށް. ޢަދި އއމަނިކުފާނަށް ދަންނަވައި އާދޭސް ކުރައްވާ. ރައީސްކަމަށް ކުރިމަތި ލެއްވުމަށް.
އަލީހަމީދު
21 July 2023
އާދޭސްކޮއްގެންވެސް މިފަހަރު އެމަނިކުފާނު ނެރެންވާނެ. ރީތި ބޭޒާރެއްވާނެ.
ކެނެރީގޭ ގަބީލާ ގެ ރަސްކެފާނު
21 July 2023
މީއަޅެ ޖޯކެއްތަ؟ ތިވަރު ވީމަ އެއްމެނަޢް އނގޭނެ ކަލޭމެންތީ މޮޔައިންކަން. ނޫނީ އަމިއްލަ އެދުމުން ފޯވެފަ ކަން
ރައްޔިތުސޮރު
21 July 2023
ރޭގަނޑާ ދުވާލު ވަކިވާ ފަދައިން، ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަމަކަށް މިފަހަރަކު ތިޕާޓީއަކުން މީހަކު ވާދައެއް ނުކުރާނެ!
ކަލި
21 July 2023
އެންމެ ފަހުވަގުތު އަންނި ނުބުނާނެބާ އާންމު މެމްބަރުންގެ އެދުމާއެކު ކުރިމަތިލުމަށް ގަސްދުކުރި ވާހަކައެއް؟
މެޑަމް ފަޒޫ
21 July 2023
މީ ކާކަށް ކޯއްޗެއް ދައްކަން އަންނި ކުޅޭ ގޭމެއް.
މަމެން ބުނާނީ
21 July 2023
އިންތިޚާބެއްގައި ވާދަކޮށްގެން އެއްވެސް މީހަކަށް ބުލީ ނުކުރާނަމު. މެޖޯރިޓީގެ ނިންމަށް ކަމޭހިތާނަމު. އެކަމަކު މަގާމާ ބާރު ލިބުނީމާ ގާނޫނާ އުސޫލު މުގުރާ ގައުމާ ރައްޔިތުން ބިކާރީ ކުރާނަމަ އެމީހަކު ސައިޒުކުރަން ފަޟީޙަތް ވެސް ކުރާނަމު!! އިލިޔާސަށް ވެސް މަރުހަބާ!
މޯޑް
21 July 2023
އިލުޔާސް ލަބީބު ޑްރާމާ ކުޅެށް ނޫޅެއްޗޭ.
ކެކެކެކެކެކެކެ
21 July 2023
އެންމެ ފުރަތަމަ ފޯމްލާނީ އިއްޔެގަ ޝައުގުވެރިކަމެއް ނެތޭ ވިދާޅުވި ބޭފުޅާ. މިދެން ބޮޑުޖޯކު ބަލާ ބަލާ ފޫހި ވެއްޖެ. މިފަހަރު ޖެހޭނެ އިލްޔާސް ހޮވަން އޭރުން އިތުރު ޕާޓީއެއް އުފެދޭނެ
ކޮބާކޮބާ
21 July 2023
މިފަހަރު ޖެހޭނެ އިލްޔާސް ހޮވަން. ދައްކަވަން ހުރި ތަނެއް ދައްކަވާފަ ގެންދަވާނީ