ސިޔާމް އެއާޕޯޓުގައި ނޫސްވެރިންނަށް އިންޓަވިއު ދެއްވަނީ --- ފޮޓޯ/މިހާރު
22 ޖުލައި 2023 - 00:29
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސްއިން ހިލްޓަން ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ދިވެހި ސަރުކާރުން ދައްކަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ މިރޭ ދޮގުކުރައްވައިފި އެވެ.
ސިންގަޕޫރު އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް ހިލްޓަނަށް ފައިސާ ނުދެއްކި މައްސަލާގައި ސިންގަޕޫރުން ސިޔާމް ފުރުން މަނާކުރި މައްސަލައަށްފަހު މިރޭ ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް ދިން އިންޓަވިއުގައި ސިޔާމް ވިދާޅުވީ ސިންގަޕޫރުގައި ހުންނެވިއިރު، އޭނާ ފުރުން މަނާ ނުކުރާ ކަމަށެވެ. އެއީ ވަކި ބަޔަކު އަޑީގައި ތިބެގެން ފެތުރި ދޮގު ވާހަކަތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑަށް އެނގޭ ކަމެއް ވެސް ނޫން ތީކީ. އަޅުގަނޑަށް ތި ހަބަރު ލިބުނީ ހަމަ މީޑިއާތަކުގެ ހެޑްލައިނުން،" ޝިޔާމް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑަށް ހީވަނީ ރާއްޖޭގައި އެންމެފަހުން ހެއްދެވި ސިޔާސީ ޕާޓީގެ ލީޑަރު ދަނޑި...މޮކްރެޓްސް، ކޮންމެވެސް ބައެއް، އެ ބޭފުޅުން ކުރެއްވި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވިފައި އިނީ."
ސިޔާމް މިރޭ އެއާޕޯޓުގައި ނޫސްވެރިންނަށް އިންޓަވިއު ދެއްވަނީ --- ފޮޓޯ/މިހާރު
ސިންގަޕޫރުގައި ހުންނެވިއިރު، ހިލްޓަން މައްސަލާގައި ބޭއްވި ޝަރީއަތްތަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ސިޔާމް ވިދާޅުވީ އެއަށް ޖަވާބު ދެއްވާނީ އޭނާގެ ވަކީލުން ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.
ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ސިޔާމްގެ ދިފާއުގައި ސިންގަޕޫރަށް ސިޓީއެއް ފޮނުވި އެވެ. އެހެންވެ، އެ މައްސަލައިގެ ތެރެއަށް ސަރުކާރުން ވަދެ، ސިޔާމްގެ ދަރަނި ދައްކަން އުޅޭ ކަމަށް ބުނާ އަޑުތަކެއް ފެތުރުނެވެ.
ލާރި، އަޅުގަނޑަކަށް ދިވެހި ސަރުކާރުން ދައްކާފައެއް ނެތް. އަދި ދައްކަން އަޅުގަނޑު ރިކުއެސްޓެއް ވެސް ނުކުރަން: ސިޔާމް
"ލާރި، އަޅުގަނޑަކަށް ދިވެހި ސަރުކާރުން ދައްކާފައެއް ނެތް. އަދި ދައްކަން އަޅުގަނޑު ރިކުއެސްޓެއް ވެސް ނުކުރަން. އަޅުގަނޑު ލާރި ހޯދަނީ ދުނިޔޭގެ އެކި ބޭންކުތަކުން. ތިބޭފުޅުންނަށް ވެސް އެނގިލައްވާނެ، އަޅުގަނޑަކީ ދުނިޔޭގެ ހުރިހާ ބޭންކުތަކަކުން ލާރި ނަގާފައި ހުރި މީހެއް،" ސިޔާމް ވިދާޅުވި އެވެ.
"ދިވެހި ސަރުކާރަކުން ދައްކާކަށް ނުޖެހޭނެއެއް ނޫންތޯ. އަޅުގަނޑު މިއީ ވިޔަފާރިވެރިއެއް ނޫންތޯ. އަޅުގަނޑެއް ނޫންތޯ އެކަން ހައްލު ކުރާނީ. ދިވެހި ސަރުކާރާ ބެހޭކަމެއް ނޫނެއް ނޫންތޯ އެއީ."
ސިޔާމް ފުރުން މަނާކުރި ކަމަށް ވަނީ ސިންގަޕޫރަށް ވަޑައިގަތުމުން މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ އެ ގައުމަށް ވަޑައިގަތީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްރަށަށް ކުރެއްވި ކެމްޕޭން ދަތުރުތަކުގައި ވެސް މިދިޔަ ހަފުތާގައި އުޅުއްވުމަށް ފަހު އެވެ.
ސިޔާމްގެ ސަން ޓްރެވަލްސްގެ މައްޗަށް އާބިޓްރޭޝަނުން ކުރިން އަންގާފައި ވަނީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށެވެ. އެގޮތަށް އެންގީ ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލައިގަ އެވެ.
އެކަމަކު ހުކުމާ އެއްގޮތަށް އެ ފައިސާ ނުދެއްކުމުން އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހިލްޓަންއިން ސިންގަޕޫރުގެ ހައި ކޯޓަށް ހުށަހެޅީ އެވެ. އަދި އެ ނިންމުން ތަންފީޒުކުރަން ހިލްޓަނުން ރާއްޖޭގެ ކޯޓުތަކަށް ވެސް ކުރިން މައްސަލަ ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
23 July 2023
ދެން ކީއްވެޔޯ މީނަ ސިންގަޕޫރުގައި ހިފެހެއްޓީ؟ ސިންގަޕޫރު އާބިޓްރޭޝަން ގެ ނިންމުމާ އެއްގޮތަށް މީނާ ކަންނުކުރުމުން ކަމަށް ވަނީ!
އައްދުއްސަމަދު
23 July 2023
ބަަަލަ ސިޔާމުއައްވެސް ލޯނާ ސަވްރިން ގެރެންޓީއާ ދުނިޔޭގެފެންވަރުގަ ވިޔަފާރިކުރަން ސަރުކާރުން އެހީވާން ޖެހޭނެ. އެމެރިކާ ޗައިނާ އިންޑިޔާގަވެސް ކަންކުރަނީ މިއުސޫލުން. އެއީ ވިޔަފާރިވެރިންތެރޭ ވެސް މަހުޖަނަކައްވާއިރައް ފެމިލީއެއްކޮއް އެމެރިކާ ޔޫރަޕު ޑުބައީ އައް ހިޖުރަ. ސިޔާމު ހެން މުޅިއުމުޜު ދިވެހި ވިޔަފާރި ކުރިއަރުވަން ރިސްކުނަގަނީ 1% މީހުން. ކޮއްމެދުވަހަކު އުފަންވާބައެއްނޫން. 99% މީހުން ރިސްކު ނޯލައިކު އެކަމް ޓޮޕް 1% އައް ހަސަދަފިލުވާލަން ފަސޭހަތާ
ކަލޭގެޔާ
22 July 2023
ބަލަ އެކުވެރި ޖާބިރު އެހެރީ ތިޔަ ދަރަނިވެސް ދައްކާދޭން ތައްޔާރަށް، އޭނާ ދޭނީ ކާށިދޫ މީހުނަށް ދިންގޮތައް، ފައިސާ ނުހުންނަ އެކައުންޓްގެ ޑޭޓެޑް ޗެކްތައް
ކަލައިހުއްތު
22 July 2023
ކާކުތަ ބުނީ އެއީ ސަރުކާރުން ދައްކަން ޖެހޭ އެއްޗެކޭ. އަހަރެމެން މި ބުނަނީ ތި ދައްކާނީ ބައިތުލްމާލުން ނޭ އާޚިރުގަ. ބަލަން ތިބޭ.
ބިއްޖެހި
23 July 2023
އެއީ ކޮން އުސޫލަކުން. ބުރޯ ވެސް ހަސަދަވެރި ވުމުގެ ބަދަލުގަ ކަންނެތް ކަންމަތީ އަނގަތަޅަން ނޯވެ މަސައްކަތްކުރީމަ މަހުޖަނަކައްވާނެ ހަމަ ޔަގީން. ސިޔާމަށްވެސް މަތިން ލާރި ވެއްޓުނީއެއްނޫން ސިޔާމު ބޯމައްޗައް ޑޮލަރު ބޮނޑިއެއް. ޑޮލަރު އަޅާގަހެއް ލިބުނިކީއެއްވެސް ނޫން. އިހައްދުހާ ޖެހެންދެން އެއާޕޯޓގަ ދަމައިކަނޑަން އުޅުނު ހީވާގި މަސައްކަތްތެރިއެއް. އިނގިރޭސިވެސް ރަނގަޅައް ނޭގޭ. އެކަމު ސިކުނޑި ހެޔޮގޮތުގަ ބޭނުން ކުރާ ހިކްމަތްތެރި މަސައްކަތްތެރިއެއް
7877
22 July 2023
ސިޔާމަކީ ދަނޑި މޮކުހެއް
ބުރުމާ
22 July 2023
ކީއްތަވާނީ ސިޔާމަށް ދަރަނި ދައްކާދިނީމަ؟ ވިޔަފާރި ކުރަން ލޯނާ ސަވަރިން ގެރެންޓީ އާ ޢެއްޗެހި ދޭންޖެހެނީ ހަމައެކަނޮ ސޫޓުގެ އަނބިމީހާގެ ފިރިސޮރައް އެކަނިތަ؟
ބޮޑުމީހާ
22 July 2023
ސަރުކާރުން ދައްކާކަށް ނުޖެހުނަސް، މި ރައީސް މީހާ ކީރިތި ކުރައްވާ ތިފައިސާ ޝިޔާމަށް ދޭނެ. ވާނުވާ ނޭގޭ މީހަކު ވެރިކަމުގަ ބަހައްޓައިގެން އެތައް ބަޔަކު ވެގެން ދައުލަތް ފުޑަމުންދަނީ. 60 ބިލިއަންގެ ދަރަނި މި 5 އަހަރު އެކަނި. މާލެ ސަރަހައްދުގަ ކުރެވުނު އެއްކަމެއްވެސް ނެތް
ސިޔާމޫ
22 July 2023
އެއްމެ ސައުވީހަކައް މިލިން ޑޮލަރު ސަރުކާރަކުން ދައްކަން އޭމާބޮޑު އެއްޗެއްނޫން ކޮއްމެ މަހަކު ހަތަރު ފަސް ބިލިޔަން ރުފިޔާ ޕްރިންޓް ކުރާއިރު. ބުރަމަސައްކަތުން ހޯދާ އެއްޗެއްނޫން. ބަޓަަނަކައް ފިތާލާ އިރައް ޕްރިންޓު ވެގެން އައްނަ ގަނޑުކޮޅެއް. ކޮބާ ކަލޭމެން ގެ މައްސަލަޔަކީ.
ޖަސްތުގަނޑު
22 July 2023
މިވެރިންގެ ދަރަނިދައްކާހާ މިވަނީ …
ކޮކީ
22 July 2023
ހުސްދަރަނި މުލި ގައުމު ދަރަނިވެރި ކުރުވައިފި ކައިރީގަވެސް ހުސް ދަރަމިވެރިން ..