22 ޖުލައި 2023 - 16:15
އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލައްވާފައި ވަނީ ހަމައެކަނި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކަމަށް އެ ޕާޓީން ބުނެފި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައިގެން އުފައްދެވި ޑިމޮކްރެޓްސް އިން ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަވީރު 4:00 އަށް ހަމަވެފައިވާ އިރު އިލްޔާސް ވަނީ މިއަދު 1:00 ގައި ޑިމޮކްރެޓްސްގެ އޮފީހަށް ވަޑައިގެން ފޯމް ހުށަހަޅުއްވައިފަ އެވެ.
އެ ޕާޓީގެ އަސާސީ ގަވައިދުގައި ބުނެފައި ވަނީ ރިޔާސީ ޕްރައިމަރީ އަށް އެއް ކެންޑިޑޭޓަކު ކުރިމަތިލައިފި ނަމަ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ އެވެ. އަދި މެންބަރުންގެ 10 ޕަސެންޓު ވޯޓު އެ ކެންޑިޑޭޓަކަށް ލިބިއްޖެ ނަމަ އެ މީހަކީ ރިޔާސީ ކެންޑިޑޭޓު ކަމުގައި ކަނޑައަޅަން ޖެހޭނެ ކަމަށް އަސާސީ ގަވައިދުގައި ބުނެފައި ވެ އެވެ.
އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވަރަށް ފަހުން އެ ޕާޓީއަށް ސޮއިކުރެއްވި ނަޝީދު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. މިއާއެކު އެމަނިކުފާނުގެ ނަން މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ނޯންނާނެ ކަން ގާތްގަނޑަކަށް ކަށަވަރުވީ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އަންނަ މަހު 7 އަކާ ހަމައަށް ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗާގޮސް
23 July 2023
ރައިސް ކަމަށް ހޮވުނީމަ އޭނަ ބޮޑުވަޒީރަށް ހަދަންތަ ތި ވިސްނީ؟ ފުރަތަމަ ރައީސް ކަމަށް ހޮވިގެން ދޯ
ދެން ވާންއުޅޭގޮތް
23 July 2023
އިދިކޮޅު ހުރިހާ ޕާޓީއަކުން ރިއާސީ ކެންޑިޑޭޓުން އެހަމަޖެހެނީ. އެކަމަކު އެއްވެސް ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކައް ގުޅިފައިވާ ޕާޓީތަކުގެ ޓިކެޓު ދިނުމުގެބަދަލުގަ އެއްބަސްވެވޭ އެއްކެންޑިޑޭޓަކައް ޓިކެޓްދޭވާހަކަ އެދެކެވެނީ. ދެންފެންނާނީ "އެމަނިކުފާނުބޭނުންފުޅު ނޫނަސް" އެއްބަސްވެވޭ އެއްކެންޑިޑޭޓަކީ ނަޝީދުކަމައް ކަނޑައެޅުމައް ބަޔަކުވަކާލާތުކުރާތަން. އެނުވަނެތާ އޭރުން އެއްވެސް ޕާޓީއެއްގެ ކެންޑިޑޭޓަކައް.
އަލިބޭ
23 July 2023
ތި އުޅެނީ ކޮންމެހެން ކެންޑިޑޭޓެއް ދައްކާކަށް ނުންކަން ވަރަށް ސާފު، ތިއުޅެނީ އެހެން ބައެއްގެ ފަހަތަށް އަރުވާނެ ރަނިންމޭޓެއް ދައްކަން، މައްސަލަ ވަރަށްސާފު. ނަޝީދު މީހެއްގެ ރަނިންމޭޓަކަށް ވާން ބޭނުންނުވަނީ އެއީ އޭނާގެ ލެވެލް ނޫންވީމަ އަނެއްކާ، ބޮޑުވަޒީރުގެ ހުވަފެން ވެސް އެބައޮތް
ޖަސްޓްސޭއިންގް
23 July 2023
ޕޮޕިއުލަރީޓީ ރޭޓުން ޒީރޯގައި އުޅޭމީހަކު ސިޔާސީ ޕާޓީއަކުން ރިޔާސީ އިންތިހާބަކަށް ނެރޭނެތޯ! އަނެއްކާ ޕުރައިމަރީގައިވެސް ވާދަކުރަނީ ގިނިކަންޏާ! ހީލަތްތެރި ރޭވުންތަކެއް މީގެ ފަހަތުގައި ވާނެކަމަށް ބެލެވޭ.
މެހ
23 July 2023
ޗީޑި ދެން!
ފިނރުޓޭ
23 July 2023
ކޮބާތަ އެއްކަ ނަސީދު މާ ފުއްޕާފަ ގޮސް ޕާޓީ އެއް ހަދައިން އޭނަ ނުކުންނާނެ ކަމަށް ބަޔެއް މީހުން އޭނަ އަޑީގަ ހުރެގެން އުފެއްދި ޕާޓީ އާ ގުޅިގެން ކޮންގަނޑެއްތަ އެ ގަންނަނީކީ އެއް!
އޭފޯރު ޕޭޕަރު
23 July 2023
މާލެއިން ކަރުދާސް ހުސްވެގެން އައްނިއައް ކުރިމަތި ނުލެވުނީ. ކަރުދާސް ހުސްވެގެން ކެތްމަދުވެފަ ތިބި 39ހާސް ސޮއިވެސް ނުނެގިފަ
އައްލާމް
23 July 2023
ހަހަހަހަ.. ބިޔަ ބޮޑު ތިރީސް ނުވަހާސް ސަޕޯޓަރުންނަށް ވޯޓުނުލެވިގެން ވަކިވި ޖަމާއަތުން ޕްރައިމެރީއަށް ނުކުންނަން ކެރުނީ ވެސް އެންމެ މީހަކަށް.
އެޑަމް
23 July 2023
ވެރިކަމުގެ ދަހިވެތިކަމުގަ އަހަންނައްމިލިބުނީ ވަރައްބޮޑުއަނިޔާއަކާ,ހިތްދަތިކަމެކެވެ,ބަސްއަހައިގެން ޅިޔަންބެއާއެކު ނާއިބުރައީސަކައް ނުވެވުނުކަމާމެދުވަރައްހިތާމަކުރަން ދެންއަލުންދުނިޔޭގެލަދައް, އަމިއްލަޕާޓީއާވެސް,ޅިޔަނާވެސްގުޅޭކައްނުކެރޭނެ,ވެރިކަމުގެދަހިވެތިކަންބޮޑުވެގެން,ސިޔާސީދާއިރާއިންވެސްބާކީވެރައްޔިތުންބަލަިއިނުގަންނަމީހަކައްވީއެވެ.އަދިދެންއަންނަވެރިއަކައްއަހަރެންގެ އުނދަގޫ ބޮޑުވެގެން އުޅެންޖެހޭނީއަބަދުޖަލުގައެވެ.
ރެދަން
23 July 2023
އާއްމު ރައްޔިތުންނަށް ހާމަ ނުވާ ބައިވަރު ކަންކަން ސިޔާސީ ރާޒުވާގައި އެބަ ކުރިޔަށް ދޭ. މިއީ އޭގެއިން ބައެއް.
ައަދުރޭ
23 July 2023
ބޭނުންވަނީ ވޯޓުބައިބައި ކުރަން. ތިކަން ކުރަންވެސް ތަންކޮޅެއް ތޯހިރު މީހަކު ނެރުނުނަމަ!
ބޮޑުރިޔާ
23 July 2023
ކޮބައިތަ ޕްރައިމަރީން ބަލިވި ތުންފިއްތި ބ އަތޮޅަށް ވަކަރައްޖަހާލަން ކުރިދަތުރު ފަނުފުލުންދިޔައީމާ ރައްޔިތުންކުރިމަތީގައި ރޫޅިދާނެތީ ލަދުން ވާދަކޮށްލަންވެސް ނުކެރުނު ކިތަންމެ ޑިމޮކުރަސީވިޔަސް މޮގާބޭ ވާނީ ހަމަ މޮގާބެއަށް