25 ޖުލައި 2023 - 10:10
ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަގުމަތި ބަލަހައްޓަން ތިބި ފުލުހުން މަޑުކުރަން ބުނުމުން، މަޑުނުކޮށް އަމުރަށް ނުކިޔަމަންތެރި ވުމުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އާމިރު ރޭ ދަންވަރު ސައިކަލުގައި އިންނަވަނިކޮށް، ބާރުގެ ބޭނުންކޮށްގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާއްމުވެފަ އެވެ. ދެ ފުލުހަކު ވެގެން އޭނާ ހުއްޓުވަން އުޅުމުން އަނިޔާނުކުރާށޭ އާމިރު ވިދާޅުވާ އަޑު އެ ވީޑިއޯ އިން އިވެ އެވެ.
ފުލުހުން ބުނީ، ހުޅުމާލޭ ފޭސް 2ގައި މެންދަމު 1:00 ހާއިރު، ޗެކު ޕޮއިންޓު ޖަހައިގެން ފުލުހުން އުޅަނދުތައް ޗެކުކުރަމުން ދިޔައިރު، އެ ސަރަހައްދުން ދުއްވާފައިވާ ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދިޔުމުން، ފުލުހުން ފަހަތުން ގޮސް ހުއްޓުވާފައިވާ ކަމަށެވެ.
"ސައިކަލު ހުއްޓުވައި ފުލުހުން އޭނާ އާ ސުވާލުކުރުމުން މައުލޫމާތު ދިނުމަށް އިންކާރުކޮށް ފުލުހުންގެ އަމުރަށް ނުކިމަޔަންތެރިވެފައިވޭ،" ފުލުހުން ބުންޏެވެ.
ބާރުގެ ބޭނުންކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް މެމްބަރު އާމިރު ގެންދާ ވިޑިއޯއަކުން ނަގާފައިވާ ފޮޓޯއެއް. --
ފުލުހުން ބުނީ ހުޅުމާލޭ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށްފަހު ރޭ އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދުއްވި ސައިކަލު ޓޯކޮށްފައިވާއިރު، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
މި މައުލޫމާތު ހިއްސާކުރަން ފުލުހުން ފޮނުވި މެސެޖުގައި އެ މީހާގެ ވަނަވަރު ހާމަކޮށްފައިނުވި ނަމަވެސް، ރޭގެ ހާދިސާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އާމިރު ކަން ވަނީ އެނގިފަ އެވެ.
މިކަމާ ގުޅޭގޮތުން އާމިރުގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައުމޫނުބެ
25 July 2023
" އަމުރަށް ނުކިޔެމަންތެރިވުން " އެއީ ރައީސް މައުމޫނުގެ ދައުރުގައި ގާނޫނުގައި އޮތް މާއްދާއެއް... އެއިރު އެމާއްދާއަށް ކިޔަނީ ފުޅިމަދު އުނގުރި. ކޮންމެ ހާލަތަކަށް ކަމުދާ އެމާއްދާ ގާނޫނުން އުވާލި ކަމަށް އެއިރު ވާހަކަ ދެކެވުނު.
ޓެރޭ
25 July 2023
ޗެކް ޕޮއިންޓެއް ނަމަ މަޑުކުރަން ޖެހޭނެ. ދުއްވަ ދުއްވާ ހުއްޓާ އެއްވެސް ކަމެއް ނެތި މަޑުކުރަން އަންގާ ގަޔަށް ބޮލަށް އަރާކަށް ނުޖެހޭނެ. އެއީކީ ޤާނޫނުން އަންގާ ގޮތެއްނޫން. މަޖުލިސް މެންބަރުން ފަދަ ގާނޫނުން ޚާއްޞަ އިމްތިޔާޒު ލިބޭ މީހުންނަށް މިހެން ހަދަން ފަސް ނުޖެހޭ ނަމަ، ޢާއްމު ރައްޔިތުންނަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ. މިއީ ނުރައްކަލެއް.
ޚަދީޖާ އަޙްމަދު
25 July 2023
ޓެލްގްރާމްފައި ޑްރަގް ގަންނަން ގުޅާނެ ނަންބަރު ވެސް ދީފައި އިޝްތިހާރު ކޮށްގެން ވަރަށް ހާމަކޮށް ޑްރަގް ވިޔަފާރި ކުރާއިރު އެކަން ކުރާ ބަޔަކު ފުލުހުންނަށް އަތުލައި ނުގަނެވޭ. ފުލުން ތިބެނީ ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ރައްކާތެރިކާ ހިމާޔަތް ދީގެން ކަމަަށް ބެލެވޭ ހިސާބަށް މިކަން ގޮއްސި.
ވަހީދުބެ
25 July 2023
ޓްރެފިކް މައްސަލައެއްގައި ހިފަހައްޓައި ހައްޔަރު ނުކުރެވޭނެ ގާނޫނުގެ ދަށުން... އެހެންވެ ކޮންމެވެސް ވާހަކައެއް ހަދާލީދޯ؟ މިރާއްޖޭގައި ޓްރެފިކް ފުލުހުން ލަޓިބުރިން ތަޅާ މަންޒަރު ދެން ފެންނާނީ.
ބޯދިގޭ
25 July 2023
ބާރަށް ދުއްވާ އެތައް ބަޔަކު އުޅޭ. ތި ބޯދިގު އެކަކު ވެސް ހުއްޓުވާކަށް ނުކެރޭ. ޢާމިރު ފަދަ ބޭފުޅަކު ހުއްޓުވަން މި ކެރުނީ. މިއުޅޭ ބައެއް ފުލުހުން ހީވަނީ ސަރުކާރަށް ޖެއްސުންކުރަން އުޅޭހެން. އެއީ، ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ ގެ އެމްޕީއަކު ހަޔަރުކުރުމުން. އެ ބޭފުޅާ ރުޅިއަރުވަން.
ހަސަނު
25 July 2023
ވަރަށް ބޮޑު ކުށެއް.. އެއާ އެކަށޭނަ ބޮޑު އަދަނެއްވެސް ލިބެންވާނެ.. ނުރައްކާތެރިކޮށް ދުއްވާ ކޮންމެ މީހަކު ހުއްޓުވަން ޖެހޭނެ...
ހުޅުމާލެ މީހާ
25 July 2023
ކޮންމެ ހުކުރުވިލޭރެއަކު ގުރޫޕް ހަދާފަ ބާރަށް ސައިކަލާއި ކާރު ދުއްވާ ކުދިންނާ ސުވާލުކޮށްލާނެ ފުލުހަކު ނުހުރޭ
އިހްސާސް
25 July 2023
ސާބަހޭ ފުލުހުން އެހެން ކަންތައް ކުރަނީނަމަ ހަމަ ހައްޔަރުވެސް ކުރަންވީ. ނަމަވެސް ހިތާމައަކީ ގޭންގު ކުދިންކޮޅު ފެއްޕާފަ ބާރު ސުޕީޑުގަ ދުންޖަހާފަ ދާއިރުވެސް ފުލުހުން ނުހުއްޓުވުން. ޖަސްޓިސް ފޯ އޯލް..
ރާއްޖެ
25 July 2023
އާމިރު ވެސް ގަވައިދާ ހިލާފު ވާ ނަމަ ހައްޔަރު ކުރަން ވީ. އެކަމަކު މައްސަލައަކީ ބޮލު މެދުގަ ހުޅި ޖަހައިގެން އަޑުގަދަކޮށް ބާރަށް ދުއްވާ ޒުވާނާ ހުއްޓުވާކަށް ނުކެރޭ. މިއީ ސަރުކާރު ފަޅީ އެމްޕީ އެއް ނަމަ ފުލުހުން އޭނާ ހުއްޓުވާނެތަ؟
އެމްޕީ
25 July 2023
ބައްލަވާ ޢާމިރަކީ ސަރުކާރުކޮޅު އެމްޕީއެކޭ. އެމްޑީއޭ ގެ ބޭފުޅެއް. އެމްޑީއޭ އޮތީ އެމްޑީޕީ އާ އެކު ކޯލިޝަން ހަދައިގެން.
ކަލޯގެ
25 July 2023
މިއީ ސަރުކާރުފަޅިއޭ މިހާރު. އޭނަޔަކީ ސިޔާމު ޕާޓީގެ އެމްޕީއެއް. ސިޔާމު އެދަނީ އިބޫއާ އެއްކޮށް ކެމްޕޭނުކުރަމުން. އިބޫ ދޭ ލަގާ ބަލާބަލަ. ސިޔާމު ގެނެއްސަ ސިންގަޕޫރުން ޕާސްޕޯޓު ހިފަހައްޓުވާފަ، އަނެއްކާ އާމިރަށްވެސް ދިން ލަގާ. ޗެކުޕޮއިންޓުތަކުން ޕާޓޭން ނުހިފެއްޓޭއިރު ގައުމުގެ އެމްޕީއެއް ހުއްޓުވަން ޖެހޭތަ؟ ދެން އެމްޕީންނަކަށް ނޭންގޭނެއޭ ހުތުރުބަހުން ވާހަކަދައްކަންވެސް. ހެހެހެ
ފިރީނާ
25 July 2023
ޓުރެފިކު ޕޮލިސް މާމަތީގަ އުޅޭބައެއް. ވެހިކަލް ޗެކުޕއިންޓަކުން ހުއްޓުވުން އޯކޭ އެކަމު ހަމ ހިތައް އަރާލީމާ ހުއްޓުވުން ކަމަކުނުދޭ