ފިނޭންސް މިނިސްޓްރީގެ އިމާރާތް. ބަޖެޓް ސަޕޯޓަށް ވަނީ އިތުރު ލޯނެއް ނަގާފައި-- ފޮޓޯ: މިހާރު
09 އޯގަސްޓް 2023 - 20:03
ބަޖެޓް ސަޕޯޓުގެ ގޮތުގައި ބޭރުގެ އަމިއްލަ ފަރާތެއްގެ އަތުން 50 މިލިއަން ޔޫރޯ (844 މިލިއަން ރުފިޔާ) ގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި ލޯނު ނަގާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ. އެހެން ނަމަވެސް، އެއީ ކޮން ފަރާތަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު ނެގި މި ލޯނާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރަން ފިނޭންސް މިނިސްޓްރީއަށް ގުޅުމުން ވަނީ ޖަވާބެއް ލިބޭ ގޮތް ނުވެފަ އެވެ.
އެ ލޯނުގެ އިތުރުން މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ މިދިޔަ ޖޫން މަހު ވެސް އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން މެދުވެރިކޮށް ދެ ޕްރޮޖެކްޓަކަށް 34 މިލިއަން ޑޮލަރު (520 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިފަ އެވެ. އެހެންވެ، މި އަހަރުގެ މިހާތަނަށް 1.3 ބިލިއަން ރުފިޔާގެ ލޯނު ވަނީ ނަގައިފަ އެވެ.
މި އަހަރަށް ކަނޑައެޅި 42.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ 14.4 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ. އެހެންވެ، އެ އަދަދަށް ފައިސާ ހޯދަން ޖެހޭނީ ޓީބިލާއި ލޯނާއި އެނޫން ގޮތްގޮތުން ހޯދާ ފައިސާ އިންނެވެ.
މި އަހަރުގެ ބަޖެޓުގައި ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. ވޭތުވެދިޔަ ހަތް މަހު ތެރޭ އޭގެއިން ހޯދުނީ 8 ޕަސެންޓެވެ. އެއީ 214 މިލިއަން ރުފިޔާ އެވެ. ބާކީ 91 ޕަސެންޓު އެހީ ސަރުކާރަށް ހޯދިފައެއް ނުވެ އެވެ.
ސަރުކާރުން ލޯނާއި ޓީބިލުން ބަޖެޓަށް ބޭނުންވާ ފައިސާ ހޯދާ އިރު، ކޮންމެ މަހަކު އަންނަނީ އެމްއެމްއޭއިން ފައިސާ ޗާޕު ކުރަމުންނެވެ. މިދިޔަ ޖުލައި މަހު ވެސް ވަނީ 1.1 ބިލިއަން ރުފިޔާ ޗާޕުކޮށްފަ އެވެ.
ސަރުކާރުން ވަނީ މިއަހަރުގެ މިހާތަނަށް ދަރަނި އަދާކުރަން 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއަހަރު 2.1 ބިލިއަން ރުފިޔާ، ދަރަންޏަށް އަނބުރާ ދައްކަން ޖެހެ އެވެ.
މިއަހަރު އިތުރު ތިން ލޯނެއް ނެގި އިރު މިއަހަރުގެ މިހާތަނަށް މިދިޔަ އަހަރު އަށް ލޯނަކަށް 6.2 ބިލިއަން ރުފިޔާ ނަގާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2019 އަހަރުން ފެށިގެން މިއަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަންޏަށް 46 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ.
މިހާރު ދައުލަތުގެ ދަރަނި ހުރީ 108 ބިލިއަން ރުފިޔާގަ އެވެ. އޭގެ ތެރެއިން 49 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. އަދި އެތެރޭގެ ދަރަންޏަކީ 59 ބިލިއަން ރުފިޔާ އެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 113 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޒުރަޤާނުން
10 August 2023
(ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި ލޯނު ނަގާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ. އެހެން ނަމަވެސް، އެއީ ކޮން ފަރާތަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.) ކާޓިން އިންޓަރެއްސްޓް އުޞޫލުން ދިވެހިންގެ މުދަލުން ދިވެހިންނަށް ވައްކަން ކުރުން.
އަފްރާސިޔާބު
10 August 2023
ލޯނޭ ބުނާއިރަށް ކަލޭމެން ތިޔަ ގަންނަ ބިރެއް މަގޭ ވިސްނުމަކަށް ނާދޭ. އައަށް ވުރެ މާގިނަ ފައިސާ ޚަރަދު ކުރަން ޖެހެޔޭ ހިލޭ ބަހާ ފައިސާ އަށް. އެއްވެސް އެއްޗެއް ވިސްނުމަކަށް ނާދޭ ޑިގްރީ އިން ފެށިގެން ޕީއެޗްޑީ އަށް 18000 ހާސް ކުދިން ހިލޭ ކިޔަވާއިރު އާއި 160000 ކުދިން ހިލޭ ގްރޭޑް 10 އާ ހަމައަށް ފޮތް ފަންސުރު އަދި 8000 ދުވަސްވީ ހުންނާއި ނުކުޅެދުން ތެރިން ނަށް 7000 ރުފިޔާ ދޭއިރު ދަރުކާރަށް ކުރަންޖެހޭ ޚަރަދު. އެޚަރަދު ދަރުކާރުން ހޯދަޔޭ. ލޯންވެސް ދައްކަޔޭ.
ދެވަނަ ވިސްނުން
10 August 2023
މަވެސްހުރީ ސޯލިހައް ވޯޓުދޭންކަމައް އެކަމަކު ދެވަނަ ވިސްނުމަކައް ދާންޖެހޭހެން އެބަ ހީވޭ. މިގައުމުގެ ދަރަނީގެ ހާލަތު ރަނގަޅު މަގަކައް އެޅޭކަމުގެ ހިޔަންޏެއްހާހިސާބުވެސް އަދި ނުފެނޭ.
އަސަރަފަ
10 August 2023
ދިވެހިންނޭ ހޭލާ. ގައުމު މިއޮތީ ހަމަ ކިރިޔާ ބަނގުރޫޓް ނުވެ.. ރިކުކަރަންޓް ހަރަދު މިއޮތީ މިހާރު ލޯނު ނަގާގެން ކުރެވޭ ހާލަތުގަ. ކޮންމެ މަހަކު މުސަާރަ ބޮޑު ކުރެވިދާނެ. އެކަމް ލަންކާގެ ފައިސާއަށް ވީހެން މިތަނުގެ ފައިސާ އަށްވެ އަގު ވެއްޓޭނެ
އަފްރާސިޔާބު
10 August 2023
ތީ އެއްވެސް އަސާސެއްނެތް ވާހަކައެއް. ތަންދޮރު ނުފިލާތީ ދައްކާ ބުހުތާނު ދޮގު ވާހަކަ. ޔާމީން ލޯނު ނެގިއިރުވެސް ތިގޮތަށް ތިވާހަކަ ދެއްކި.ކާލޯ މީ ތިހެން އޮތް ކަމެެއް ނަމަ އެމީހުންނަށް ލޯނު ދޭނޭ ބަޔަކު ނުވާނޭ. އެ ލޯނު ދެނީ އެދެއްކޭ ވަރުގެ ސަރުކާރު ތަކަށޭ. ބަނގުރޫޓް ވުމަކީ މައުމޫނު ސަރުކާރު ހިންގި އިރު ކިޔާގައި އޮތް ފްލޯކް ވާހަކަ އެކޭ. ފަހުގައި އުފެދުނު ސަރުކާރު ތަކުން ހިލޭ އެބަހަނީ ހިލޭ ބެހޭނެތީއޭ. ލޯން ނަގަނީ ދެއްކޭނެތީއޭ.
ރާއްޖެ
10 August 2023
ގައުމު އޮތީ ބަނގުރޫޓް ވެފަ އޭ ބުނީމާ ޖެހިގެން އަންނަ ދުވަހު ވެރި މީހާ ޕޯޑިއަމަށް އަރާ މި ކިޔަނީ ނޫނެކޭ. މިއުޅެނީ މުސާރަދޭނެ ވަރު ވެސް ނުވެގެން. މިއޮތީ ތަރައްގީ ނަންބަރު.
މަނީ ލޯންޑަރ ސަރުކާރު
10 August 2023
ތީ ކޮވިޑުގަ ގެއްލުނު ފައިސާތައް ތިފެންނަނީ. މަނީ ލޯންޑާރ ކުރަނީ ވަތުއޮޑި ޖަހާހަ!
ކަޅު ފައިސާ - ސާރބިއާ ބެންކު
10 August 2023
ކޮވިޑުގަ ގައުމުތަކުން ދިން ފައިސާ އަށް ވީނުވީއެއް ނޭނގޭ މިއަދާ ހަމައަށްވެސް. މިއަދު ތިފެންނަނީ ސިއްރު ކުރެވިފަވާ ޕްރައިވެޓް މީހުންގެ ނަންނަމުގައި ލޯނުގެ ނަމުގައި ފައިސާ އަންނަ ތަން. މަނީ ލޯންޑާރ ކުރާ ވާހަކަ އެންމެ އަޑުހަރުކޮށް ދެއްކި ސަރުކާރުގެ ވަތުބަތާނަ.
ގައުމެތްނެތް
09 August 2023
ކުދިންނޭ ޤައުމެއްނެތް. ޤައުމެއްނެތް. މަތިމަތިން ލޯނު ނަގަނީ. އެވަރަށް ޗާޕު ކުރަނީ.
ހައްގު ތެދު
09 August 2023
މިއީ ލޯނު ސަރުކާރު
ޕެޓީކޭސް ސަރުކާރު އައުޓް
09 August 2023
ބަޖެޓު ސަޕޯޓޭ ކިޔާފަ ރައްޔިތުންގެ ނަމުގައި އެނެގީ ސީދާ ކެމްޕޭނުގައި ބަހަން ރުފިޔާ ކަލޭނޭ
އޮނަރަބްލް އަފީފު ދީދީ
09 August 2023
ދިވެހި ދައުލަތް ޒިންމާވާގޮތަށް "ދައުލަތުގެ ނަމުގައި" ނަގާ ލޯނު އަދި އެފަދަ ލޯނު ނެގީ ކޮން ޤައުމެއްގެ ކޮން ފައިނޭންޝަލް އިންސްޓިއުޝަން އަކުން ކޮން އުސޫލެއްގެ ތެރެއިންކަން ސިއްރު ކުރުމަކީ ވެރިކަމުގައި އޮންނަ ސަރުކާރަކަށް ކުރެވޭނެ ކަމެއްނޫން. # ލޯނުނެގިކަމަށްބުނާ ތާރީޙަކީ އަދި ނެގިކަމަށްބުނާ ލޯނުގެއަދަދަކީ މިދެންނެވި މުއްދަތުގައި ސަރުކާރު ކޯލިޝަން ޕާޓްނަރު ހިފަހައްޓާފައިވާ ސިންގަޕޯރ އާބިޓްރޭޝަން ކޯޓުގެ ހުކުމްގައިއޮތް އަދަދާއި ވައްތަރު އަދަދުތަކެއް.