ބޭންކް އޮފް މޯލްޑިވްސްގެ އެމެކްސް ކާޑު. އެ ކާޑު ބޭނުން ކޮށްގެން ބޭރުގެ މުއާމަލާތްތަކުގައި ބޭނުން ކުރެވޭނެ-- ފޮޓޯ: ބީއެމްއެލް
18 އޯގަސްޓް 2023 - 15:19
ދިވެހި ރުފިޔާގެ އެކައުންޓުތަކާ ލިންކްވެފައިވާ ބީއެމްއެލް އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުތައް ބޭނުން ކޮށްގެން ވެސް ބޭރުގެ މުއާމަލާތްތަކުގައި ބޭނުން ކުރެވޭ ގޮތަށް ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.
އެ ބޭންކުން ބުނީ އެމެކްސް ޑެބިޓް ކާޑު ބޭނުން ކޮށްގެން ކޮންމެ މަހަކު ވެސް 250 ޑޮލަރަށް ވާ ވަރަށް ބޭރުގެ މުއާމަލާތްތަކުގައި ބޭނުން ކުރެވޭނެ ކަމަށެވެ.
މިއީ ވިސާ ޑެބިޓް ކާޑުތަކުން ވެސް ބޭރުގެ މުއާމަލާތްތައް ހިންގުމަށް ބީއެމްއެލް އިން ކަނޑައަޅާފައިވާ ލިމިޓެވެ.
Foreign transactions now possible with your BML American Express Debit Cards linked to MVR accounts pic.twitter.com/c2oOITASMw
— Bank of Maldives (@bankofmaldives) August 17, 2023
ބީއެމްއެލް ޓްވީޓް
އެމެކްސް ޑެބިޑް ކާޑު ޔޫއެސް ޑޮލަރު އެކައުންޓާއި ލިންކު ކޮށްފައިވާ ނަމަ ރާއްޖޭން ބޭރުގައި ވެސް ބޭނުންކުރެވޭ ގޮތަށް މިދިޔަ އަހަރު ފަހުކޮޅު ބީއެމްއެލް އިން ހަމަޖައްސާފައިވެ އެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް، ޔޫއެސް ޑޮލަރު އެކައުންޓާއި ލިންކު ކުރުމުން 3،000 ޑޮލަރާ ހަމައަށް އޮންލައިންކޮށް އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް ބޭނުން ކުރެވޭނެ ކަމަށް އޭރު ނިންމާފައިވެ އެވެ.
ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރާ އަދި މާޗަންޓް ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. އެ ބޭންކުން 2004 ވަނަ އަހަރުން ފެށިގެން އެމެކްސް ކާޑު އަންނަނީ ކަސްޓަމަރުންނަށް ދޫކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮއްލަތު
18 August 2023
250 ޑޮލަރުން އައިފޯނެއްވެސް ނުގަނެވޭ. އެކަމު ހާހުން ޑޮލަރު އެކައުންޓަށް އަޅަން އެކަމު ނެގެނީ ނަގުދު ކުޑަ އަދަދެއް. މީދެން ކޮންފަދަ މުސީބާތެއް. ނަންވާނީ ދިވެހިންގެ ބޭންކް. އެކަމު ބެންކުގެ ފައިސާ.
ލަދުކޮބާ2
18 August 2023
ބޭކާރު، ޓިކެޓްގަނޑެއްވެސް ނަގާނުލެވޭ
ޢަލީރާޖާ
18 August 2023
250 އެއީ ބޭނުމެއް ކުރެވޭ ވަރުގެ އަދަދެއް ނޫން
ފަހުދު.
18 August 2023
ކާޑު ލިމިޓް ބޮޑުކޮއްދޭނެ މީހަކު ވައުދު ގުރޫޕަކު ނެތްތަ؟
ކެކެކެކެެކެކެކެ
18 August 2023
ތިކަހަލަ ވައުދެއްވި ކަންނޭގެ ނާޒިމް ބުރޯ؟
ކުޑަ ހަމީދު
18 August 2023
ލިމިޓު މަތިކުރާށޭ، ކިހާ ދެރަކަމެއްތަ މިއީ.
ސަސި
18 August 2023
ތިޔަ ލިމިޓު ބޮޑުކުރަނީ ކޮން ދުވަހަކުންތަ