ތުޅާދޫގައި މިރޭ ބޭއްވި ކެމްޕެއިނު ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
22 އޯގަސްޓް 2023 - 00:02
ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަންނަވާފައިވާ ވައުދުތަކަށް ބެލިނަމަވެސް، އެމަނިކުފާނާ ވާދަކުރެއްވޭނެ ވަރުގެ އިތުރު ކެންޑިޑޭޓެއް ނެތް ކަމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ބ. ތުޅާދޫގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ހުންނެވީ އެހެން ކެންޑިޑޭޓުންނަށް ވުރެ މާ ބޮޑަށް ކުރީގައި ކަމަށާއި އެމަނިކުފާނާ ކައިރިއަށް ވެސް ނާދެވޭނެ ކަމަށެވެ.
"ރައީސް ވެވަޑައިގަންނަވާ ވައުދަށް ބެލިޔަސް، އެ ވައުދުތަކާ ވެސް ކައިރިއަށް ނާދެވޭނެ. [ވައުދު ވާން އެހެން ކެންޑިޑޭޓުން] އެ ތަނުން ބަޑިއެއް ޖަހާފައި މި ތަނުން ބަޑިއެއް ޖަހާފައި ދަނީ [އެކަމަކު] ރައީސްގެ ވައުދުތަކާ ކައިރިއަށް ވެސް ނާދެވޭނެ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ރައީސަކީ ވެވަޑައިގެންނެވި ވައުދަށް ވުރެ އިތުރަށް ކަންކަން ކޮށްދެއްވާނެ ވެރިއެއް ކަމަށާއި އެކަންކަން ރަށްރަށަށް ދިއުމުން ހާމަވާ ކަމަށެވެ. އެ ހުރިހާ ކަމެއް ވެސް ކުރެއްވީ ކޮވިޑާއެކު ދުނިޔޭގެ އިގްތިސޯދީ ކަންކަން އިންތިހާއަށް ދަށަށް ގޮސްފައިވަނިކޮށް ކަމަށް އިމްރާން ވިދާޅުވި އެވެ.
މަޝްރޫއުތައް ފެށުމާއި ނިންމުމުގެ އިތުރުން ސިޔާސީ ތަޖުރިބާއަށް ބެލިނަމަވެސް ރައީސް އާ އަރާ ހަމަކުރެވޭނެ ކެންޑިޑޭޓެއް ނެތް ކަމަށް އިމްރާން ވިދާޅުވި އެވެ.
"މި މުއްދަތުގައި މިހާ ތަޖުރިބާ ހުރި ދެ ބޭފުޅަކު އަދި ވެރިކަން ކުރާކަށް ނާދޭ، މަޖިލީހުގައި ހުންނަވައިގެން 20 އަހަރު އަސްލަމަށް ފުރިވަޑައިގެންފައި އެ ހުރީ، ސިޔާސީ ތަޖުރިބާއާ ހުނަރުން ފުރިފައި. އެހެން ރަނިންމޭޓަކަށް ކައިރި ވެސް ނުކޮށްލެވޭނެ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ކުރިއަށް އޮތް "10 ފަސް އަހަރަށް" ވާނެ ގޮތް ސެޕްޓެމްބަރު 9 ގައި ޖަހާ ފާހަގައަށް ބަރޯސާ ވާނެ ކަމަށެވެ. އެ ދުވަހު ނިންމާ ނިންމުމަކީ އުފާވެރި އަމާން ރާއްޖެއަކަށް ދާނެ ނިންމުމަކަށް ހެދުމަށް ކޮންމެ ރައްޔިތެއްގެ ކިބައިން އިމްރާން ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންވަރު
22 August 2023
ދެން ތިބި ކެނޑިޑޭޓުންނާއެކީ ބަހުސަށް އަރާލަން ކެރޭވަރުގެ މީހެއް ނޫން އެކަމު އެއީކީ. އަސްލު ފެންވަރު ހާމަވާފަދަ ކަމެއް ނުކުރެވޭނެތީ ނާރަނީ.
ނެތީ
22 August 2023
ޗެލެންޖަކަށްވާނެ ހަމައެކަނި މީހާ ޖަލަށްލީމަ ދެން ނުހުންނާނެ ވާދަކުރެވޭވަރުގެ މީހެއް.
މަގުމަތި
22 August 2023
އިމްރާނަކީ މީހުން މާ ސަޕޯޓުކުރާ މީހެއް ކަމަށް އިބޫއަށް ހީވިޔަސް ހަގީގަތަކީ އެއީ އެއްވެސް ސަޕޯޓެއް އޮތް މީހެއްނޫން.
އިޮްުދނ ×ުބ2×ޔެރބ
22 August 2023
100 ގެ ވާހަކައެއް.. އެމްޑީޕީގެ ގިނަ މެންްބަރުންވެސް ބޭނުމެއް ނުވޭ އެ މީހުންނެއް
ޢެއްބުރު
22 August 2023
1 ބުރުން މުއިއްޒު އަށް ވޭތޯ ބަލަމާ. 2 ވަނަ ބުރަކަށް ގޮއްސިނަމަ ގާސިމުވެސް ނާޒިމުވެސް އައްނިވެސް އިބޫ ކޮޅަށް އަރާފާނެ. ޢޭރުން ފަނަފުލުން ދާނީ. 1 ބުރުން ވާވަރަށް އެބަޖެހޭ ފިކުރުތައް މަދުވާން.
ސިމްޕަލް
22 August 2023
ވަރަށް ބޮޑު ތެދުފުޅެއް. ވައުދުތަކަށް ބެލިޔަސް، ރައީސް އާ އަރާހަމަކުރެވޭނެ ކެންޑިޑޭޓަކުނެތް. ވައުދުތަކުން އަރާހަމަކުރެވޭނެ މުޅި ރާއްޖޭގައިވެސް ހުރީ އެންމެ ދިވެއްސެއް. އެއީ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު. އެމަނިކުފާނަކީ މި ދައުރުގައި ކާށިދޫގައި ކޭބަލް ކާރު އަޅުއްވަން ވައުދުވި ބޭފުޅާ.
ފދސދދ
22 August 2023
އިމުރާނު ތި ބުނީ ނުބައިކޮށް. އަސްލު ބުނަންޖެހޭނެ ގޮތަކީ، ރައީސްއަށް ވާދަކުރެވޭ ވަރުގެ ކެންޑިޑޭޓެއް ނެތް. އިލްމީގޮތުން އެކަނި ބަލާލަބަލަ.
އާދެ މަސާހިބު
22 August 2023
އާދެ! އާދެ! ގައުމު ދަރުވާލުމުގައި ތިވަރެއް ނެތް. ގައުމުގެ މިނިވަންކަމާއި އިސްތިގްލާލްގެ ތެރެއަށް އެހެން ގައުމެއްގެ އަތް ތިއަށްވުރެ ބޮޑަށް ވެއްދި ވެރިއެއް ނެތް. އެހެން ގައުމަކަށް ތިހާ އަޅުވެތިވި ވެރިއެއް ނެތް. މިކަންކަމުގައި ވާދަކުރެވޭނެ އިތުރު މީހަކު ނެތް.
ސަސި
22 August 2023
އިމްރާނު ބުނީމަ ޖެހޭނީ ގަބޫލުކުރަން، އެކަމުވެސް ވާދަ ކުރެވޭ ވަރުގެ މީހަކު ނެތިއްޔާ ތިޔަ ހުރިހާ އެންމެން މުޅި ރާއްޖެ ތިޔަ ކުޑަކުރަނީ ކޮންކަމެއް ނުވެގެން. ގައިމުވެސް ބަދަރުމަތިން ތިޔަ ނިންމާލަނީ
އަހުން
22 August 2023
އަހުން އިންނާނެ އިމްރާނަށް ވައިބަރ މެސެޖެއްކޮށްފަ. އެމެސެޖު ބަލާބަލަ
ވަލީފް
22 August 2023
ގިނަ ބަޔަކު ވަރަށް ނަފްރަތުކުރާ 2މީހުން މާރިޔާ އިމްރާން..މިދެމީހުން ކުރިޔަަށް ނެރެގެން އިބޫ ކޯޗެއް ހަދަން މިއުޅެނީ...ދެއުޅިއެއް ނުވާވަހަކަ ދައްކަނީ..އިމްރާންމެން ހީކުރަނީ އަދާލަތު ބޭނުންކޮށްގެން ކޮންމެ ކަމެއް ވާނެކަމަށް..