ޚަބަރު / ރިޔާސީ އިންތިޚާބު 2023

ފުރަތަމަ އެންމެ ނިކަމެތި މީހުން ހޯދުން، އޭގެ ފަހުން ހައްލު!

މާލެ ތަރައްގީ ކުރުމަށް އެމްއެންޕީން ގެންގުޅޭ ސިޔާސަތު ހާމަކުރަން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމާއި ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އަބްދުﷲ ރިޔާޒާއި އުޝާމް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކޮންމެ ސަރުކާރަކުން ހިންގާއިރު އާންމުންގެ އެއް ޝަކުވާއެއް އޮވެ އެވެ. ހަމަ އާއި އިސާފު ނެތުމެވެ. ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހާ ބެލޭނެ ދެފުށް ފެންނަ ނިޒާމެއް ނެތުމެވެ. ކޮންމެ ސަރުކާރަކުން ވެސް ކޮންމެވެސް ވޯޓަކާ ދިމާކޮށް، ހާއްސަކޮށް ރިޔާސީ އިންތިހާބާ ދިމާކޮށް ގެދޮރު ދޫކުރަން ފަށަ އެވެ. ދެން އިވެނީ އެންމެ ބޭނުންވާ މީހާ އެކަހެރި ކޮށްފައި އެހެން މީހުންނަށް ދޭ ވާހަކަ އެވެ.

އެކަމަކު، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވަނީ އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ އެ ސިޔާސަތު އެއްކޮށް ދޫކޮށްލައްވާނެ ކަމަށެވެ.

ނާޒިމްގެ ހައުސިން ސިޔާސަތުގައި އެންމެ އިސްކަން ދީފައި ވަނީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހުން ކަނޑައަޅައި އޭގެ ފަހުން ފްލެޓް ވިޔަސް ގޯތި ވެސް ދޭން ފެށުމަށެވެ. އޭގެ ކުރިއަށް އެ ކަމުގައި އެއްވެސް ކަމެއް ނުކުރުމަކީ ނާޒިމް ބޭނުންވާ ގޮތެވެ.

އޭނާގެ ކެމްޕެއިން މެނޭޖަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ވިދާޅުވީ، ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހުން ސާފުކުރަން މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް އެންމެ ޒަރޫރީ މީހާ އަށް އިސްކަންދޭ ތަރުތީބު ނެތުމުން ކަމަށެވެ.

"ފުރަތަމަ ކަމަކަށް އެ ނީޑް އޮތީ ކޮން ބަޔަކަށް ކަން އެބަޖެހޭ އެނގެން. އެއީ އެންމެ މުހިންމު ކަމެއް. އެ އެބަޖެހޭ ކެޓަގަރައިޒް ކުރަން. އެންމެ ނިކަމެތި މީހުންނަކީ ކޮބައިކަން. ދެން ތިބި މީހުންނަކީ ކޮބައިކަން،" ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އުޝާމް ވިދާޅުވި އެވެ.

މާލެ ތަރައްގީ ކުރުމަށް އެމްއެންޕީން ގެންގުޅޭ ސިޔާސަތު ހާމަކުރަން ބޭއްވި ޖަލްސާގައި އުޝާމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މައްސަލައިގެ ހައްލަކީ އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަލަށް ގެދޮރު އަޅައި ދިނުމާއި ނުހެދި ހުރި ގޯތިތައް ހަދައި ދިނުމެވެ. އެކަމަކު، ދެން ކުރިމަތިވާ މައްސަލައަކީ ބޭންކުތަކުން ލޯނު ނުލިބުމެވެ. ބޭންކުގައި 35 ޕަސެންޓް އިކުއިޓީ ބެހެއްޓޭނެ ފެންވަރުގެ މީހުން ރާއްޖޭގައި މަދެވެ.

"އެހެންވީމާ އެމްއެންޕީން މިކަން ކުރާނެ ގޮތަކީ އެ 35 ޕަސެންޓަކީ ސަރުކާރުން ގެރެންޓީ ކޮށްދޭ އެއްޗަކަށް ހަދައި ދޭނީ. ކީއްވެހޭ ބޮޑެތި ވިޔަފާރިވެރިންނަށް ބޮޑެތި އަދަދުތަކުން ސޮވެރިން ގެރެންޓީ ދެވޭއިރު ނިކަމެތި މީހަކު ގެދޮރު ހެދުމަށްޓަކައި އެ 35 ޕަސެންޓަށް ވާ އަދަދު ސަރުކާރުން ގެރެންޓީ ނުކޮށްދެވެންވީ. އެ 35 ޕަސެންޓަށް ވާ އަދަދު ސަރުކާރުން ގެރެންޓީ ކޮންދެވޭ ނަމަ ވަރަށް ގިނަ ބަޔަކަށް ލޯނު ލިބޭނެ. އޭގެ މާނައަކީ މިހާރު ނުހެދި ހުރި ވަރަށް ގިނަ ބިންތަކެއް ހެދޭނެއޭ،" އުޝާމް ވިދާޅުވި އެވެ.

ނާޒިމްގެ ހައުސިން ސިޔާސަތުގެ މުހިންމު ބައެއް ބައިތައް:

1- ގޯތީގެ ރަޖިސްޓަރީ ހުށަހެޅުމުން ހައުސިން ލޯނު.

2- ބޯހިޔާވަހިކަމާ ގުޅުން ހުރި ލޯނުގެ އިންޓަރެސްޓް ރޭޓް ހަ ޕަސެންޓަށް ކުޑަކުރުން.

3- ރަށްވެހިކަމުން ވަކިވާން އަގެއް ނުނެގުން.

4- ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 4،000ރ. އަށް ކުޑަކުރުން.

5- ދަރިން ނެތް މީހުންނާއި ކައިވެނި ނުކުރާ މީހުންނަށް ވެސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ ގޮތް ހެދުން.

6- ކުލި ދެއްކޭނެ ގާބިލުކަން ނެތް މީހުންނަށް ރެންޓް ސަޕޯޓް.

7- ކުންފުނިތަކުގެ ބަދަލުގައި، ބޯހިޔާވަހިކަމަށް ހާއްސަ އިދާރާއެއް އުފެއްދުން.

ނާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި އެ ކަންތައް ކޮށްގެން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ބޮޑު ހައްލެއް ލިބޭނެ އެވެ.

އުޝާމް ވިދާޅުވީ، އެންމެ މުއްސަނދި މީހާ އަށް ވެސް ހިޔާ ފްލެޓް ލިބިފައިވާ ކަމަށާއި މުއްސަނދި މީހުންނަށް މި ފަހަރު ދޫކުރި ގޯތިތައް ވެސް މާލެ އިން ލިބިފައިވާ ކަމަށެވެ.

ކެމްޕެއިން ޖަލްސާއެއްގައި ނާޒިމް ވާހަކަ ދައްކަވަނީ: އޭނާގެ ސަރުކާރެއްގައި ގެންގުޅޭނީ ގެދޮރު ހަދާފައި ދޫކުރުމުގެ ސިޔާސަތު ކަމަށް ވިދާޅުވި.

"އެހެންވީމާ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމުގެ ސިޔާސަތުގައި އެބައުޅޭ މައްސަލައެއް. ބޮޑެތި ކުލި ދައްކައިގެން ނޫޅެވިގެން މި އުޅެނީ އެންމެ ނިކަމެތި މީހާ އަށް. އެ މީހުންގެ މައްސަލަ ހައްލު ކޮށްފައި ނޫނިއްޔާ އަޅުގަނޑުމެން ކުރިއަކަށް ނުދާނަން. ވަރަށް އިންޑިޕެންޑެންޓް ބަޔަކު ލައްވައިގެން އެކަން ކުރުވާނީ،" އުޝާމް ވިދާޅުވި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެކި ރަށްރަށަށް ކުރެއްވި ދަތުރުތަކުގެ އަލީގައި އުޝާމް ވިދާޅުވީ، ވަރަށް ހާލުގައި މީހުން އެބަތިބި ކަމަށެވެ.

"ގޭގެ ފުރާޅު ތިރިކަމުން ބޯ ޖެހޭ ހިސާބުގައި އިމާރާތް ހުންނަ ގޭގެ އަދިވެސް އެބަހުއްޓޭ. މިއީ އެތައް އަހަރެއް ކުރިން ހަދާފައިވާ އިމާރާތްތައް. ވަރަށް ކުރީ ޒަމާނުގައި ހަދާފައި ހުރި ގެތައް ހަލާކުވެގެން މަރާމާތު ނުކުރެވިފައި އެބަތިބި އެތައް ބަޔަކު. ރަށްރަށުގެ ވަރަށް ގިނަ އާއިލާތަކަށް މި މައްސަލަ އެބައުޅޭ. ލިބޭ އާމްދަނީ ގެ މަރާމާތު ކުރެވޭކަށް ވެސް ނެތް. ބޭންކަށް ގޮސްގެން ލޯނު ލިބޭކަށް ނެތް. ރާއްޖޭގެ ބޭންކުތަކުން ލޯނު ވެސް މި ދެނީ އެންމެ މުއްސަނދި މީހުންނަށް،" އުޝާމް ވިދާޅުވި އެވެ.

"ގެ ހުރެފައި ގެ ނުހެދުމަކީ ވަރަށް ބޮޑު ނިކަމެތި ކަމެއް."

ބިން ހިލޭ ދޫކުރުމަކީ ހައްލެއް ނޫން

ހިލޭ ބިން ދޫކުރުމަކީ އުޝާމް ވިދާޅުވި ގޮތުގައި އެމްއެންޕީގެ ސިޔާސަތެއް ނޫނެވެ.

"ހިލޭ ބިން ދީގެން ހައްލު ވަންޏާ މި ރާއްޖޭގައި މިހާރު ފަޅު ގޯއްޗެއް އޮވެގެން ނުވާނެ ނޫންތޯ؟ އެކަމަކު، ބިން ދީފައި އެ ތަނުގައި ގެ ހެދޭނެ ގޮތެއް ނެތީމާ ފަޅު ގޯތިތާ ގިނަ ވާނީ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ބޭނުންވަނީ އޭނާގެ ވެރިކަމުގައި އެފޯޑަބްލް ހައުސިންގެ މަޝްރޫއުތައް ވަރަށް ފުޅާކޮށް ހިންގުމެވެ.

އުޝާމް ވިދާޅުވީ، ކޮރަޕްޝަނާއި ރިޝްވަތުގެ ކަންކަން ބޮޑުކަމުން އަމިއްލަ ކުންފުނިތަކަށް ވެސް އާބަންކޯ މެދުވެރިކޮށް ވެސް ހައުސިންގެ މަޝްރޫއުތައް ހޯދަން ދަތި ކަމަށެވެ. މިދިޔަ ފަސް އަހަރަށް ބަލާއިރު ވެސް ހުޅުމާލޭގައި ނިމުނީ މަދު ތަނެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ނަތީޖާ އަކީ ހައުސިން މާކެޓަށް އިމާރާތްތައް ނުނެރެވުމެވެ.

އެހެންވީމާ އެމްއެންޕީން މިކަން ކުރާނެ ގޮތަކީ އެ 35 ޕަސެންޓަކީ ސަރުކާރުން ގެރެންޓީ ކޮށްދޭ އެއްޗަކަށް ހަދައި ދޭނީ. ކީއްވެހޭ ބޮޑެތި ވިޔަފާރިވެރިންނަށް ބޮޑެތި އަދަދުތަކުން ސޮވެރިން ގެރެންޓީ ދެވޭއިރު ނިކަމެތި މީހަކު ގެދޮރު ހެދުމަށްޓަކައި އެ 35 ޕަސެންޓަށް ވާ އަދަދު ސަރުކާރުން ގެރެންޓީ ނުކޮށްދެވެންވީ. އެ 35 ޕަސެންޓަށް ވާ އަދަދު ސަރުކާރުން ގެރެންޓީ ކޮންދެވޭ ނަމަ ވަރަށް ގިނަ ބަޔަކަށް ލޯނު ލިބޭނެ.--- އުޝާމް

"އެހެންވީމާ އެމްއެންޕީން މި ހުށަހަޅާ ހައްލަކީ ފްލެޓްތަކާއި ގެތައް ސަރުކާރުން ހަދައި ދީފައި ދޫކުރުން. ދެން ނުހެދި ހުރި ތަންތަން ހަދަން ލޯނު ލިބޭނެ ގޮތެއް ހެދުން. ސަރުކާރުން ހަދައިދޭ ގެތަކަށް މަހަކު ވަކި ވަރަކަށް ޕޭ ކުރަމުން ގެންދެވޭނެ. ޕޮއިންޓަކީ ގެ ހަދައި ދީގެންނޭ ޖުމުލަ ހައްލެއް އެ އާއިލާ އަށް ލިބޭނީ. އެ ނޫނީ ބިމެއް އޮވެގެން ކީއްކުރާނީ؟ ހެދޭނެ ގޮތެއް ނޯންނާނެ،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަމިއްލަ ފްލެޓެއް ނުވަތަ ބިމެއް އަމިއްލަ ކުރުމުގެ ވިސްނުން ސަރުކާރުތަކުން މީހުންނަށް ވިސްނައިދޭން މަސައްކަތްކުރާ ކަމަށެވެ. އޭގެ ބަދަލުގައި 3،000ރ. ނުވަތަ އެހާވަރުގެ ކުޑަ ކުއްޔަކަށް އުޅެވޭނެ ގޮތް ފަހިކޮށްދެވޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

ވިދާޅުވީ، އާއިލާ ބޮޑު ވާ ވަރަކަށް އެ އަށް ވުރެ ބޮޑު އެޕާޓްމަންޓަކަށް ދެވޭނެ މެކޭނިޒަމެއް ވެސް ސޯޝަލް ހައުސިންގެ ތެރޭގައި ރާވަން ޖެހޭ ކަމަށެވެ.

"ސިންގަޕޫރު ތަންތަނުގައި އެ ކަން ކުރާނީ އެހެން. އާއިލާ ބޮޑުވާ ވަރަކަށް އެއް ކޮޓަރީގެ އެޕާޓްމަންޓް ދޫކޮށްލާފައި ތަނަވަސް ތަނަކަށް ދާން ފުރުސަތު ދޭނެ. އެ ސިސްޓަމް އެބަޖެހޭ ރާއްޖޭގައި އޮންނަން. އެ އާއިލާ އަޕްގްރޭޑްވީތާ އޭރުން،" އުޝާމް ވިދާޅުވި އެވެ.

8 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުސެއިނުބެ

01 September 2023

ކޮންމެ ސަރުކާރެއްގައިވެސް އެންމެ ނިކަމެތީ 1- ބޮޑެތިކުށުގައި ހައްޔަރު ކޮށްފައިތިބޭ ސިޔާސީ ކުއްވެރިން 2- މަޖިލީސް މެމްބަރުން 3- ކެބިނެޓް މިނިސްޓަރުން. މިއެންމެނަށް ރަގަޅުގޮތް ހަމަޖައްޖައްސަން ވައުދުވެގެން ކިހިނެތް ވޯޓްދޭނީ.

The name is already taken The name is available. Register?

މައިންބަފައިން

31 August 2023

މައިން ބަފައިންގެ ގޯތި އޮތަސް ދަރިންނަށް ދިރިއުޅޭނެ ތަންކޮޅެއް ނުދީ އުޅޭ މައިން ބަފައިން މި މާލޭގައި ބާއިވަރެވެ. އެމީހުންނަށް ލިބިދާނެ އެއްޗެއް މަދުވެދާނެތީއެވެ. އެމީހުން އުޅެނީ ގެދޮރު ކުއްޔަށް ދީގެން އަބަދު ރާއްޖެއިން ބޭރަށް ބުރު ޖަހާލަ ޖަހާލަ އެވެ. ދެމީހުންގެ ވެސް ބަނޑާރަ ގޯއްޗެވެ. މިކަމަށް ގާނޫނެއް ނެތެވެ. މައުމޫން ދައުރު ކުރީކޮޅުން ފެށިގެން ފްލެޓަށް އެދެނީއެވެ. މައިންބަފައިންގެ ގޯތި އޮތީމައި ޕޮއިންޓެއް ނުލިބެއެވެ. ސަރުތު ހަމައެއް ނުވެއެވެ.

The name is already taken The name is available. Register?

ސަންގުފަރު

31 August 2023

ވެރިކަމަށް އާދެވިއްޖެއްޔާ އެންމެ ނިކަމެތިންގެ ގޮތުގައި ތިބޭފުޅުންނަށް ފެންނާނީ ތިބޭފުޅުންނާއި ތިބޭފުޅުންގެ އާއިލާ. މީ ތިފަދަ އެންމެންނަށްވެސް ވެފައިހުރިގޮތް. ސަލާމްބުނެފަ ގޭގަތިއްބަވާ. ތިކަމާ އަހަރުމެން ނުވިސްނަން.

The name is already taken The name is available. Register?

1206

31 August 2023

މަމީ އާއްމުކޮށް ނާޒިމްގެ ކެމްޕޭނަށް ޖޯކުޖަހާމީހެއް. ހިޔެއްނުވެ 1 ޕަސެންޓްވެސް ލިބޭނެހެން. އެކަމަކު "ބިން ހިލޭ ދޫކުރުމަކީ ހައްލެއް ނޫން" ހައުސިން ސިޔާސަތަކީ ރަަނގަޅުކަމެއް

The name is already taken The name is available. Register?

ޖަބާން

31 August 2023

10ބުރިއަށް ގެ ހަދާފަ މައިންބަފައިންގެ ނަމުގައި ގެ އޮތީ އެމީހުންގެ ދަރިއަކީ ހަމައެކަނި ހުރި ވާރިސް..އެހެން ނަމަވެސް ގޯތި ދޭނަންތަ؟؟މެންބަރުންނަށް މަހުޖަނުންނަށް ގޯތި ދޭނަންތަ މާލޭން..އެހެން ވިއްޔާ މަގޭވޯޓް ޔަގީން..

The name is already taken The name is available. Register?

ވަގުންނަށްހިލޭ

31 August 2023

ޒަމާނުއްސުރެވެސް ބޯހިޔާވަހި ކަމަކީ ދައުލަތުގެ އިސްމަގާމުތަކުގައި ތިބި ވަރުގަދަ ވަގުން ވައްކަންކުރަން ބޭނުންކުރާ މޮޅު އުކުޅެއް. އެެހެންވީމާ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އިސްކަންދޭ އުސޫލެއް ހަދައިފިނަމަ ވަގުންނަށް ގެއްލުން ބޮޑުވާނެ. ތިކަމާ ޕީޕީއެމް އަދި އެމްޑީޕީވެސް 100 ޕަސެންޓް ދެކޮޅުވާނެ

The name is already taken The name is available. Register?

ވެރިކަން

31 August 2023

ވެރިކަން ލިބިއްޖެއްޔާ ތިވައުދުވާމީހުންވެސް ތިކަމާ ދެކޮޅުވާނެހެން ހީވަނީ.

The name is already taken The name is available. Register?

މިއައު

31 August 2023

އަސްލު ނާޒިމް ގެ މެނިފެސްޓޯ ވ ހިތްގައިމު. ހޮޅި ވައުދިތަކެއް ދެކޮޅު ނުޖެއްސޭ ވައުދުތައް ނެތް ހެން ހީވަނީ. އެކަމު ދިވެހިންގެ ވިސްނުން ހުރީ ރަންބިސް އަޅާ ކުކުޅު ވަގުތުން ފަޅަައިން ނަފާ ހޯދަން. ކިހާ ދުވަހަކުބާއޭ ހިތައް އަރާ މިރާއްޖޭގެ ވެއްޓަށް މިކަން ކުޅަދާނަވާނީ ކޯޕް ކިރަމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454