ޑިމޮކްރެޓްސްއިން ރޭ ބޭއްވި ކެމްޕެއިނު ޖަލްސާގައި ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ވާހަކަ ދައްކަވަނީ: އޭނާ ވަނީ އިންތިހާބު ކާމިޔާބުވާނެ ކަން ވަރަށް ބޮޑަށް ޔަގީންވެފައިވާ ކަމަށް ވިދާޅުވެފައި.-- ފޮޓޯ: ލޫކަސް
01 ސެޕްޓެމްބަރ 2023 - 06:38
މި މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ވެރިކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ދައުވަތު ކާޑު ފޮނުއްވާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ރޭ ވިދާޅުވެއްޖެ އެވެ.
ޕާޓީ ހަރުގެ، ހައުސް އޮފް ޑިމޮކްރެޓްސްގައި ބޭއްވި ޖަލްސާގައި އިލްޔާސް ވަނީ ރ. އަތޮޅަށް އެންމެ ފަހުން ކުރި ދަތުރުގައި އެކަން ޔަގީންވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ އަތޮޅަށް ވަޑައިގަތީ އެވަރުގެ ތަރުހީބެއް ލިބޭނެ ކަމަށް ނޫން ކަމަށެވެ. ނަމަވެސް އެ އަތޮޅުން ދިން މެސެޖަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް ހޯދަން ބޭނުންވެފައިވުން ކަމަށް ވިދާޅުވި އެވެ. އަދި އެއީ އިލްޔާސް ކަމަށް އެ އަތޮޅުން ދެކޭ ކަަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމުން އެއީ ބިލާހެއްގެ ގޮތުގައި ބުނެ ޖޯކެއްގެ ގޮތުގައި ބަޔަކު މީހުން ސިފަކުރި ނަމަވެސް، އިންތިހާބު ކާމިޔާބުކުރާނީ އެ ޕާޓީން ކަމަށެވެ.
"ބައްލަވާ މި އަންނަނީ ތިބޭފުޅުންނަށް ދައުވަތު ކާޑު ފޮނުވަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނެ. އިރާދަކުރެއްވިއްޔާ މި އަންނަ ފަސް އަހަރު އަޅުގަނޑުމެން ވައުދުވި ކަންކަން ފުއްދަދޭނަން، ތި ބޭފުޅުންގެ ހަޔާތް އެއީ އަބުރުވެރި ހަޔާތެއްގެ ގޮތުގައި ބިނާކޮށްދޭނަން،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވަނީ އެ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް ދިވެއްސަކު ބާކީކޮށް ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ލޫކަސް
ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިލްޔާސްގެ އެންމެ އިސް ވައުދަކީ ދަރަންޏަށް ނަޒަރު ބެހެއްޓުން ކަމަށާއި ދަރަނި އަލުން އެކުލަވާލައި އެ މައްސަލަ ހައްލުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މި ސަރުކާރުން ވީ އެންމެ ބޮޑު ހިޔާނާތަކީ ދަރަނި އަލުން އެކުލަވާނުލުން ކަމަށާއި 2026 ވަނަ އަހަރު އާމްދަނީއަށް ވުރެ މާ ބޮޑު އެއްޗެއް ދަރަންޏަށް ދައްކަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ ފައިސާ ދައުލަތުގައި ނެތް ކަމަށާއި އެހެން ގައުމަކުން ދައްކައިދިން ނަމަވެސް ދަރަނިން ސަލާމަތް ނުވެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި ޕާޓީގެ ސަޕޯޓަރުން. -- ފޮޓޯ: ލޫކަސް
ނަޝީދު ވިދާޅުވީ އިލްޔާސްގެ ސަރުކާރެއްގައި ދަރަނީގެ މަދުވެގެން އެއް މިލިއަން ޑޮލަރު ތިމާވެއްޓާ ބަދަލުކުރައްވައި އެ ދަރަނި ފޫބައްދަވާނެ ކަމަށެވެ. އެ މަސައްކަތްކުރާ ބޭންކެއްގައި އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށާއި މިއީ ރާއްޖެއަށް އޮތް ފުރުސަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި ވެސް ދެންނެވި ކަމަށާއި ދައުލަތުގެ އެކި އިދާރާތަކާ ބައްދަލުކުރައްވައިގެން ވެސް އެކަން ނުކުރެއްވީތީ ދަރަނި އަދިވެސް އޮތީ އޮތް ގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމަރު ނިސާ
02 September 2023
އަންނި ބުނާމީހަކަށް މަށެއް ވޯޓެއްނުލާނަން. އޭނަ މިދެތޭރެޔަށްވަންނާތީއޭ މުޅިއެތި ފަނިވަނީ.
ސޭކު
02 September 2023
އަޅެ މިމީހުންނަށް ފެންނަ ހުވަފެންވެސް ހާދަ ޗާލުވެފަ ސަޅިއޭ. މަށައްވެސް ތިހެން ހުވަފެން ފެންނަ ނަމަ ކިހާ ރަނގަޅު.
އަހައްމަދޫ
01 September 2023
މީމިއުޅޭ ބޮޑުވަޒީރު ހައްދައިގެން އުޅޭ އަނެއް މޮޔަ. ރަސާދުގެ އަމްރޫވެސް ތީތީގެ މީހެއް
ގފދ
01 September 2023
މަ މީނީ މިހާރުވެސް ތިޔަ ޖަލްސާގައި. ބްރޯ ކަލޭ ހާދަ އިރެއް ވަނީ ތައްޔާރުވާން. އަވަސް ކުރޭ. މީހުން ވެސް އަތުވެއްޖެ. މޯދީވެސް އެބައިން. އޭނަ ފުރަން ވެސް ޖެހޭ އިރުކޮޅަކުން.
ބޮޑުމީހާ
01 September 2023
މެނިފެސްޓޯގައި އެންމެ ރަގަޅު ސިޔާސަތުތަކެއް ހުށަހަޅާފައިވަނީ ޑިމޮކްރެޓުން. މިރާއްޖޭގެ ރައްޔިތުންނަކީ ސިޔާސަތަށްވުރެ ޕާޓީގެ ކުލައަށް ވޯޓްދޭ ބައެއް. ކުރިއަށްއޮތް އަހަރުތަކުގައިވެސް މިގައުމުން ފެންނާނީ މިމަންޒަރު.
ޖަދަލު
01 September 2023
އެހެންވީމާ ކުލަޔަށް ވޯޓްދެންޏާ ބުރޯ ޕާޓޯއަށް ވޯޓްދޭންޖެހޭނީ.
ބޮޑުހުސޭނު
01 September 2023
ތިޔަކުރަނީ ޑިމޮކިރެސީއަށް ފުރައްސާރަ. މެޖޯރިޓީއަށް ތަބާވާން ނޭނގޭހާލު ޑިމޮކުރެސީއޭ ނުކިޔާ. ދިމާކުރާތީޔޭކިޔާ
ސައުދީ
01 September 2023
ޑިމޮކްރެޓްސްގެ މަގުސަދަކީ ވޯޓް ވީހާވެސް ބޮޑަށް ބައިބައި ކުރުން.
ހޮވާ
01 September 2023
ޒުވާނުންނަށް ހުރި ނަމޫނާއެއް ރަނގަޅު
ތަކުރުބެއްޔާ
01 September 2023
ތިހެން ނަޝީދުވެސް ބުނި އެމްޑީޕީ ޕްރައިމަރީ ތެރޭގައި..... ޢިލްޔާސް އަށް މުޅި ރާއްޖެއިން 10000 ވޯޓްވެސް ނުލިބޭނެ... ޢުފަން ރަށުން ވެސް މެޖޯރިޓީ ނުލިބޭނެ. ޜަށުން ވެސް ދާނީ 3 ވަނަ އަށް.
ތަމަންނާ
01 September 2023
މިހާރު ކެމްޕޭން ޖަލްސާގައި ޖޯކު ކިޔަންފެށީތަ؟