ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ކުއްޔާއި ލޯނު މާފު ކޮށްދެއްވާނެ ގޮތް ގާސިމް ކިޔައިދެއްވައިފި

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް: އޭނާގެ ސަަރުކާރެއްގައި އެސްއެމްއީ ލޯނުތަކާއި ސޯޝަލް ހައުސިންގެ ކުލި މާފުކޮށްދޭނީ ކޮރަޕްޝަނަށް ސަރުކާރުތަކުން ހޭދަކުރާ ފައިސާ ސަލާމަތްކޮށްގެން ކަމަށް އޭނާ މިރޭ ވިދާޅުވި --- ފޮޓޯ/މިހާރު

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި ހުރި ހުރިހާ ލޯނުތަކާއި ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި މާފުކޮށްދޭން ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ގޮތް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ސާފުކޮށްދެއްވައިފި އެވެ.

ހުޅުމާލެގެ ދެވަނަ ފޭސްގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެ ވައުދުތައް ވުމާއެކު އޭނާއަށް އެކަން ނުކުރެވޭނެ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވާ ކަމަށެވެ. ނަމަވެސް، ވައުދުވެ ވަޑައިގަތީ އެކަން ކުރާނެ ގޮތް އެނގިވަޑައިގެން ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު މާފު ކުރާނެ ވާހަކަ ބުނީމާ އެންމެން ބުނީ ކިހިނެއްހޭ އެ ދައްކާނީ. އަޅުގަނޑު ބުނީކީ ނޫނޭ އިރާދަކުރެއްވިއްޔާ އެ މާފުކުރާނަމޭ." އެކަން ކުރާނެ އެގޮތް އެނގޭ ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ލޯނުތަކާއި ކުލި މައާފްކޮށް ދޭނީ ސަރުކާރުތަކުން ކޮރަޕްޝަނަށް ހަރަދު ކުރާ ފައިސާ ރަނގަޅު ގޮތުގައި ބޭނުންކޮށްގެންނެވެ. އޭރުން ހައުސިން ލޯނުތަކާއި އެސްއެމްއީ ލޯނުތަކުގެ އިތުރުން އެހެން ހަރަދުތައް ވެސް މާފުކޮށްދެއްވޭނެ ކަމަށާއި އެކަން ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ކޮށްދޭނަމޭ، އެކަން ކުރާނަމޭ. އަޅެ ގޮތް ބަލާލަން ހަވާލުކޮށްލަންވީނު." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލު އަޅަން ހަވާލުކުރީ 52 މިލިއަން ޑޮލަރުގެ ޕްރޮޕޯސަލެއް ހުށަހަޅާފައި އޮއްވާ 152 މިލިއަން ޑޮލަރަށް ކަމަށެވެ. އެކަން އޭރު ކުރީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ހުއްދަ ވެސް ނުލިބެނީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ރަނގަޅެއްނު، އެއްކަލަހެން ލޯވަޅަށް ފައިބައިގެން މިދަނީ 100 މިލިއަން ޑޮލަރު. އެވެސް ބޮޑުވަރެކޭ އަޅުގަނޑު ސަރުކާރެއްގައި އެކަން ކުރިނަމަ އެ ކޮލިޓީގައި އެއަށް ވުރެ ރަނގަޅަށް އަޅުގަނޑު ހެދީމުސް 35 މިލިއަނާއި 40 މިލިއަނަށް އެންމެ ގިނަވެގެން." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ އެސްއެމްއީ ލޯނުތަކުގެ ޖުމްލަ އަދަދަކީ 100 މިލިއަން ޑޮލަރު ކަމަށް ވާއިރު "ލޯވަޅުން ފައިބައިގެންދާ" 100 މިލިއަން ޑޮލަރު އެކަމަށް ހޭދަ ނުކުރެވޭނެތޯ ސުވާލު ކުރައްވައިފަ އެވެ.

ގާސިމް ވިދާޅުވީ ޖޭޕީއަކީ ކުޑަ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީ އަދި މިހާތަނަށް ފެއިލް ނުވާ ކަމަށެވެ.

19 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބިލް

01 September 2023

ތިޔަހާ މޮޅަށް ކުޑަ އަގެއްގަ އެކަހަލަ ހޮސްޕިޓަލްތައް އަޅާނެ ގޮތް އެނގިހުރެ މިދައުރުގަ ކޯލިޝަން ޕާޓްނަރަކު އެކަހަލަ ކަމަކާ އަޅާނުލާ ކިޔާނުދީ ތި ހުންނަނީ ގައުމަށް ކޮންމެ ގޮތެއްވިއަސް ވަރިހަމަވާތީތާ. ވެރިކަން ލިބިއްޖެނަމަވެސް ތިޔަ ބުނާ ހެޔޮ އަގުގައި އަޅާ ހޮސްޕިޓަލްތަކެއް ނުފެނާނެ. އެއީ އެ އަގުގައި ހަގީގަތުގަ ނޭޅޭނެތީ.

The name is already taken The name is available. Register?

ލޯނުދަށުވެފައި

01 September 2023

އަމިއްލަ ފަރުދުންގެ ލޯންތައް ވެސް ދައްކާލަދީބަލަ. މަ އެބައިން އެމް.އެފް.ސީ.އެލް އަށް ބޮޑުއެއްޗެއް ދައްކަން.

The name is already taken The name is available. Register?

ނުޖރހޭ

01 September 2023

ކޮމާރޝަލް.ލޯނު ލިބެނީ މުއްސަދިންނަށް. ކަލެއަށް.ތި ލޯނު ލިބުނީ ކަލޭގެ ފައިނޭނޝަލް ރަނގަޅުވީމަ. ނިކަމެތި މީހަކަށް ބޭންކަކުން ލޯނެއްނުލިބޭނެ. ގެ ލޯނު ނަގައުގެން ބުރި ބުރިއަށް ހިއްލާފަ ކިއްޔަށްދިނީމަ.އެ.ނުޖެހޭ ސަރުކާރުން ދައްކަދޜކަށް. މިހާރުގެ ސަރުކާރުން ބިން ހިލޭ.ދެނީ ތިކަހަލ.މުއްސަދިންނަށް. ގާސިމު ބުނީ ނިލަމެތި މީހާގެ ސޯޝިއަލް.ހައުސިންގ އާއި ކިޔަބި ލޯނު މާފުކޮށްދޭނަމޭ. މުއިއްޒުމެން ކިޔެވީ ނިކަމެތިންމަށް ހިލޭ ލިބިފަ އޮތްބިން.ކިއްޔަށްދީގެން އޭގެން

The name is already taken The name is available. Register?

ގާސިމޭގާސިމޭދޯ

01 September 2023

މިހާރު ނިކުމެފައި ތިބި 8 ކެންޑިޑޭޓުންގެ ތެރޭން އެންމެ އަމާނާތްތެރި އަދި ގައުމުގެ މިނިވަން ކަން މަތީ އަބަދަށް އޮންނާނެ އުސޫލުން ކަން ކުރާނެ އަދި ރާއްޖޭގެ ދަރަނި ތައް ދަރަނި ރިސްޓްރަކްޗަރ ނުކޮށް ދަރަނި ދެއްކުމަށް ޓަކައި މާލެ ސަރަހައްދުން ގާފަރު ފަޅު ހިއްކާ އެފަަޅުން 1 ހެކްޓަރުގެ 1000 ބިން ބިމެއް 10 މިލިއަން ޑޮލަރަށް ވިއްކާލާ ދައުލަތުގެ ބަޖެޓް އަރަނި ކުރާނީ އެއީ ހަމަ އެކަނި ގާސިމް އިބްރާހިމް އަދި ޓެކްސް ވެސް %1 އަށް ކުޑަ ކުރާނެ ކަމަށް ބުނަނީ ގާސިމޭ

The name is already taken The name is available. Register?

އަލީަ

01 September 2023

ގާސިމް ކާރީތިބި މީހުން މާބޮޑަށް މާއްދިއްޔަތަށް ދާނެ އެއީ މިހާރުވެސް އެމީހުން އަސްލު ގާސިމްކާރީ އުޅެނީ އެއްޗިހިގެ ބޭނުމުގަ.

The name is already taken The name is available. Register?

ވިލާތު

01 September 2023

ގާސިމް ރަގަޅޭ. އެކަމަކު ކައިރީގަ އިސް ސަފުގަ ގެންގުޅޭ ހުރިހާ އެޑްވައިޒަރުން ތިއީ ފެއިލްޑް ކޮރަޕްޓް މީހުން.

The name is already taken The name is available. Register?

ބްރޯސް

01 September 2023

ތި ކިޔާ ދިނީ ފައިސާ ހޯދާނޭގޮތް؟؟؟ ވެ ނިމިފައޮތް ކަމަކުން ކިހިނެތް ތިފައިސާ ހޯދަނީ. ތިގޮތަށް ބުނެވިދާނެ ތމަންނަ 2 ބިލިއަން ރުފިޔާ ހޯދާނީ އެމްއެމްއާރޕީސީން ވައްކަން ނުކޮށޭ. ވެނިމިފައޮތް ކަމެެއް ނުރާނަމޭ ބުނީމައި އެފައިސާ ލިބޭތަ؟؟

The name is already taken The name is available. Register?

ޒިންދާބާދު

01 September 2023

ސާބަހޭ ގާސިމް ގާސިމް ތިޔާއީ މިހާރު ނިކުމެފައި ތިބި ކެންޑިޑޭޓުންގެ ތެރޭން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ގާސިމް އެކަނިއޭ މެނިފެސްޓޯ އެއްވެސް ނެރެގެން އުޅެނީ ދެން ތިބީ މެނިފެސްޓޯ ނެރެގެން އުޅޭ ބައެއް ނޫނޭ އެއީ ހޮޅުއަށިތަކުގައި ދައްކާ ދެއުއިޅި އެއް ނުވާ ވާހަކަ ދައްކާ މީހުން ގޮތަށް އެއް ހިއްސުމަދު ވާހަކަ ދައްކާ ކެންޑިޑޭޓުންނޭ ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު

The name is already taken The name is available. Register?

Draw

01 September 2023

ގާސިމް އެބުނަނީ ރަގަޅުު ވާހަކައެއް. ހުރިހާ ސަރުކާރަކުންވެސް ކޮރަޕްޝަނުގައި ޖެހި ރައްޔިތުންގެ ބައިތުލްމާލު ދޮވެލަނީ. މިހާރު ސަރުކާރުގެ ބޮޑުންނަށް ނުވެސްނިދޭ ފައިސާކޮޅެއް އެގޮތަށް ކައިނުލާ. ހީވަނީ ރައްޔިތުންގެ ފައިސާ އަކީ ތިމަންނަމެންގެ ތަރިކަމުދަލޭ. ކޮރަޝަނުގެ ފައިސާ ސަލާމަތްކޮށްލެވުނަސް ގާސިމް އެބުނާކަންތައްތައްވާނެ. އެކަމަކު ގާސިމް ގެ ފަހަތުގައި ތިބީވެސް ހަމައެކަހަލަ މީހުން

The name is already taken The name is available. Register?

ސޭކުބެ

01 September 2023

ގާސިމާ އެއްފެންވަރުގެ އެއް ކެންޑިޑޭޓެއްވެސް ނެތް. ޢަދި ގާސިމު ޓީމު ވަރުގެ އިލްމީ ގާބިލު ޓީމެއްވެސް އެހެން އެއްވެސް ކެންޑިޑޭޓެއްގެ ނެތް. މިފަހަރު ހޮވަންވީ ގާސިމް.

The name is already taken The name is available. Register?

މަރޭ

01 September 2023

ގާސިމަކީ އެތަ ބަޔެއްގެ ދަރަނި ފާފުވެސް ކޮށްފަ، އެތަށްބަޔަކަށް އެކި ގޮތް ގޮތުން ފައިސާގެ އެހީ ދީފަ. އެހުރީ ހެކި.އެހެން މީހުން ނުކުރާކަންކަން. ދެން ސަރުކާރެއް ލިބިއްޖިއްޔާ ހީނުކުރެވޭ ވަރު ގެ ކަންކަން ކޮށްދޭނެ ކަން 100% ޔަގީން. ރައްޔަތުން އުފަލުގަ ބައިތިއްބާނެ. އެކަން ވަނީކޮށްފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454