ވިޔަފާރި

އައިލެންޑާސް އެޑިއުކޭޝަނުން ކުޅިވަރާ ބެހޭ އެކަޑަމީއެއް

06 ސެޕްޓެމްބަރ 2023 - 13:29

ރާއްޖޭގައި އިންޓަނޭޝަނަލް ސްކޫލުތަކެއް ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން ކުޅިވަރާ ބެހޭ އެކަޑަމީއެއް އިފްތިތާހުކޮށްފި އެވެ.

އައިލެންޑާސް ޔުނައިޓެޑް އެކަޑަމީ (އައިޔޫއޭ) ގެ ނަމުގައި އިފްތިތާހު ކުރި މި އެކަޑަމީ އަކީ ފިންލެންޑްގެ ކުޅިވަރާއި ފިޒިކަލް ފިޓްނަސްގެ ތަޖުރިބާކާރުންގެ އެހީގައި ތައާރަފްކުރި އެކަޑަމީއެކެވެ. މި އެކަޑަމީގެ މަގުސަދަކީ ޒުވާން އެތުލީޓުން ވަކި ކުޅިވަރަކަށް ސްޕެޝަލައިޒްވުމުގެ ކުރިން ކުޅިވަރުކުޅުމަށް ހަށިގަނޑަށް ބޭނުންވާ އަސާސީ ހުނަރުތައް ކުރިއެރުވުމުގައި އެހީތެރިވުމެވެ.

އައިޔޫއޭގެ އިސްކޮށް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މި ކުޅިވަރުގެ ދާއިރާއިން ޑިގްރީ އާއި މާސްޓާސް ހާސިލްކޮށް، 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ކޯޗު ޔޫސީ އެވެ. އޭނާ އަކީ ފިންލޭންޑްގައި ގިނަ އަދަދެއްގެ ސްޓޭންޑައުޓް އެތުލީޓުން ތަމްރީނުކޮށް ކިޔަވައި ދިނުމުގެ ދާއިރާގައި ވެސް 22 އަހަރު ހިދުމަތްކުރައްވާފައިވާ ކޯޗެކެވެ.

މި އެކަޑަމީގެ ހެޑް ކޯޗު ޔޫސީ ވިދާޅުވީ ރާއްޖޭގައި ކުދިން އެއް ކުޅިވަރަކުން ތަމްރީނުކުރުމުގެ ސަގާފަތް އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށާ މި ސަގާފަތް ބަދަލުކުރަންޖެހޭ ކަމަށެވެ.

"އެއް ކުޅިވަރަކަށް ފޯކަސް ކުރުމަކީ ޕްރައިމަރީ އަހަރުތަކުގައި ދަރިވަރުންގެ ފިޒިކަލް ފިޓްނަސް ތަރައްގީކުރަމަށް ގެންގެޅެންޖެހޭ އެންމެ ރަނގަޅުގޮތެއް ނޫން. ފިޒިކަލް އެކްޓިވިޓީ އަދި ފިޒިކަލް އެޑިއުކޭޝަންގެ އަމާޒަކީ އެންމެ ހަގު އުމުރުން ފެށިގެންވެސް ފުޅާ އަސާސެއް ނުވަތަ ބޭސްއެއް ގާއިމުކުރުން. އެ އުމުރުގައި އެޖިލިޓީ، ބެލެންސް އަދި ކޯޑިނޭޝަން ތަރައްގީކުރަން ޖެހޭ. މައިގަނޑު އަސާސީ ހުނަރުތައް ދަސްވުމުން ކުދިންގެ އުމުރުން ފަނަރަ، ސޯޅަ އަހަރާ ހަމައަށް ބޮޑުވާއިރު އެ ކުދިން ހުންނާނީ ކޮންމެ ކުޅިވަރަކަށްވެސް ތައްޔާރުވެ ފައްކާވެފައި،" ކޯޗު ވިދާޅުޅުވި އެވެ.

އައިލެންޑާސް އެޑިއުކޭޝަނުގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވީ މި ވަގުތަށް އެކަޑަމީއަށް ކަނޑައަޅާފައި ވަނީ ލިމިޓެޑް ވަގުތުތަކެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެކަޑީމީގެ ވަގުތުތަށް އިތުރުކޮށް ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އައިޔޫއޭގެ ޕްރޮގުރާމް އޮންނަނީ ސްކޫލް ގަޑިއަށް ފަހު އެވެ. މި އެކަޑަމީން ހިންގާ ކުޅިވަރުތަކަކީ މަޖާ ކުޅިވަރުތަކަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ވަނީ ދީފަ އެވެ.

އެކަޑަމީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި އޮބްސްޓެކްލް ކޯސް، ޖިމްނާސްޓިކްސް، ކޯޑިނޭޝަން ޖަމްޕިން، ލޭންޑިން އުކުޅުތައް، ދުވުމުގެ ގޭމުތަކާއި ޑްރިލްތައް ހިމެނެ އެވެ.

މި އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު ފިންލެންޑު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި އެކަޑަމީގެ ގަޑިތަކާއި ފީއާ ގުޅޭ މައުލޫމާތު އައިޔޫއޭ ވެބްސައިޓުން ލިބޭނެ އެވެ.

އައިލެންޑާސް އެޑިއުކޭޝަނުން ތައާރަފްކުރި މި އެކަޑަމީގެ މަގްސަދަކީ ކުޑަކުދިންނަށް ކުޅިވަރުކުޅެން ދަސްކޮށްދެމުން އަންނަ ގޮތާ މެދު ދެކޭގޮތް ބަދަލުކޮށްލައި ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގެ، އެންމެ މަތީ ސަފުގައި މިކަމަށް ތަމްރީނު ދޭ ފަރާތްތަކުން ރާއްޖޭގައި މިކަން ކުރުމަށް މަގުފަހިކޮށްދިނުމެވެ.

އައިލެންޑާސް އެޑިއުކޭޝަނަކީ ރާއްޖޭގައި ބިލަބޮންގް ހައި އަދި ފިންލެންޑް ސްކޫލުގެ އިތުރުން ކެންގަރޫ ކިޑްސް އާއި އަމީރު އަހުމަދު ސްކޫލް ހިންގަމުންދާ ކުންފުންޏެވެ.

ނޯޓު: މިއީ އައިލެންޑާސް އެޑިއުކޭޝަންގެ އެޑްވަޓޯރިއަލްއެކެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 33%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454