ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބޭއްވި ހަފުލާއެއްގައި އެ މަނިކުފާނާއި އަނބިކަލުން ފާތުން އަދި ޑރ. މުއިއްޒު.
10 ސެޕްޓެމްބަރ 2023 - 20:39
އިއްޔެ ބޭއްވި ވާދަވެރި ރިޔާސީ އިންތިހާބުގައި ލައްކައަކަށް ވުރެ ގިނަ ވޯޓާ އެކު ދެވަނަ ބުރަށް ދަތުރުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އިތުރު ތާއީދާއި ހިތްވަރު ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.
ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ އެ މެސެޖު ދެއްވީ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މެދުވެރިކޮށެވެ.
ޔާމީނާ ބައްދުކުރައްވަން ޖަލަށް ކުރެއްވި ޒިޔާރަތަށް ފަހު، އެ ޓީމުގެ އަނެއް ދެ ވަކީލުންނާ އެކު ލޯންޗުގައި މާލެ ވަޑައިގަންނަވާ ތަން ފެންނަ ފޮޓޯއަކާ އެކު ކުރެއްވި ޓުވީޓެއްގައި ޖަމީލް ވިދާޅުވީ، މުއިއްޒަށް އިތުރަށް ތާއީދުކޮށް، ހިތްވަރުކޮށް، އިންތިހާބުގެ ދެ ވަނަ ބުރުގައި ކާމިޔާބީ ހޯދައި ދިނުމަށް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.
"މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއް،" ކުރީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވި ޖަމީލްގެ ޓުވީޓުގައި ވެ އެވެ.
މި އިންތިހާބުގެ ދެވަނަ ބުރަށް އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައި މުއިއްޒު ދަތުރުކުރެއްވި އިރު މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ. މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު 101،635 ވޯޓު ހޯއްދެވި އެވެ. އެއީ 46.6 ޕަސެންޓެވެ.
އިންތިހާބުގެ ތިންވަނަ ހޯއްދެވީ ޑިމޮކްރެޓިކްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އޭނާ އަށް ލިބިވަޑައިގަތީ 15،839 ވޯޓު ނުވަތަ ހަތް ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެބަ އެނގޭ
11 September 2023
މުއިއްޒު ކޮބާ އައްޑޫގައި އަޅަން ނިންމާފައިވާ މާލެޔަށް ބަދަލުކުރި 1000 ފުލެޓް. ކޮބާ ކޮންވެންޝަން ސެންޓަރުން ނެގި ތަކެތި. އައްޑޫގައުޅޭ ލޯ އަނދިރި ޕީޕީއެމްގެ މީހުންނަށް އެތަން ނުފެނުނަސް ފެންނަމީހުން ވެސް އެބައުޅޭ. މީނަޔަށް ވެރިކަން ލިބިއްޖެނަމަ މިހުރިހާ މަސައްކަތްތައް ހުއްޓި 10 އަހަރު ފަހަށް އައްޑޫގައި ދާނެ. ނަޝީދު ބިންގާ އެޅި ފްލެޓް ނިމުނީ ވެސް 10 އަހަރުފަހުން. އައްޑޫ އެންމެނެއް މަޑަކުން ނުތިބޭނެ.
އަސޭލާ
11 September 2023
މުއިއްޒު ބަލިވާ ގޮތަށް އޮތީ. ޔާމީނު ބުނީމަވެސް އަހަރެން ކައިރިއަށް މުއިއްޒު ނައި. މާލޭގައި ފަގުޑި އަޅައިގެން ބޯދިގުކޮށްފަ ހުންނަ މީހަކު ލައްވާ އެއްޗެއް ކިޔަވާކަމަށްވަނީ.
އަސޭލ
11 September 2023
ވައްކަމުގެ އާ ބޮޅަކައް
ސިންގާ ޖަލުން ނެރެނީ
11 September 2023
ޔާމީން މިނިވަންކޮށްފަ ޔާމީނާ ވެރިކަން ހަވާލުކުރާނެ ކަމަށް ބެލެވެނީ. އެހެންނޫނީ މުއިއްޒުގެ ދުވަސް ދުއްވާލާނެ. މުއިއްޒަށްވެސް އެނގޭނެ އެކަން
ދާންދޫ
11 September 2023
ޕީ.އެން.ސީ ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ނާއިބާއި ދެބޭފުޅުން އަވަދި ނެތި ދައުލަތުގެ ތިޖޫރިތަށް ފަޅުއްވަމުން ގެންދެވި އިރު ކެބިނެޓް ގައި އިންނަވައިގެން ފަސްހަނގުރާމަ ބަލަހައްޓަވަމުން ގެންދެވި ބޭފުޅެއް . ވަރަށް ރަގަޅަށް ފަސްހަނގުރާމަ ނުބެލެހެއްޓެވުނު ނަމަ ރައީސް ޔާމީންގެ ދައުރު ނިމެންދެން ކެބިނެޓްގައި އިންނެވުމަކީ އެކަށީގެން ވާކަމެއް ނޫން ކަން ޔަޤީން .
ޖަނާޒާ
11 September 2023
ޔާމީނަކީ ހުރިހާ އެންމެން ޔޫސްކޮށްގެން އޭނަގެ އަމިއްލަ އެޖެންޑާ ގެންދާ މީހެއް. މުޢިއްޒު ޓިކެޓް ހޯދީ ޔާމީނާ ފައިޓްކޮށްގެން. މުޢިއްޒު ވެސް ޔާމީންގެ ފޮޓޯ ޖަހައިގެން ވޯޓު ހޯދުމުގެ ބޭނުމަކީ ވެރިކަން. އެކަން ލިބުނީމާ ޔާމީން ހިނގާނީ އަންނި ހިނގި މަގުން.
އަފްރާސިޔާބު
11 September 2023
ޔާމީނާ ބެހޭގޮތުން ކޯޓުން އެހުކުމް އިއްވީ ޚިޔާނާތް ވީކަމަށް. ދެން ބުނަން އޮތްވާހަކައަކީ އެއީކޯޓު ހުކުމެއްވީމާ ބަންދުކުރީއޭ. ޔާމީނަކީ އެއްވެސް ކަމެއް ކުރެއްވި މީހެއް ނޫން ގިނަފަހަރަށް ރައީސްގެ މަސްއޫލިއްޔަތުވެސް އަދާކުރެއްވީ އަދީބު އާއި ޒިޔަތު. އެހެން ކަމުން ޔާމީނުގެ ބޮލުުގައި ތިއަޅުވާ އިލްޒާމަކީ ނުބައި އިލްޒާމެއް ކަމަށް ރައްޔިތުން ގަބޫލު ކުރޭ. އެދެމީހުން ރައީސްގެ ޒިންމާ ނަގައިގެން ކަންތައްތައް ކުރާކަން އެގުނު ހިސާބުން ޔާމީނު ފިޔަވަޅުއެޅީ.
ގަބުރޭ
11 September 2023
ކަލެއަކަށް ނޭނގޭނެ ވާން ހުރި ގޮތެއް.
މިއުރޭ
11 September 2023
މުއިއްޒުގެ ސަރުކާރުގައި އހަރުމެން ޔާމީނު ސައިޒުކުރާނަން.
އަސްރަފަ
11 September 2023
ރައީސް ޔާމީން މިނިވަން ކުރޭ
ތާރީޚް ދާރިސް
11 September 2023
ތާރީޚް ބެއްލެވީމާ ފެންނަން އޮތް އެންމެ ބޮޑު އެއް ޙަޤީޤަތަކީ، ރައީސް ޔާމީން ކޮންމެ މީހަކުގެ ބޭނުން ހިއްޕަވާފައި އެމީހަކަށް އަނިޔާވެރިވާނޭ. ރައީސް މައުމޫން އާއި ޤާސިމް އަދި އިމްރާންގެ ފަސްބައިގައި އެލިގެން ވެރިކަމަށް އައިސް އެ އެންމެން ޖަލަށްލީ. ނުވިތާކަށް އިދިކޮޅަށް ޓްވީޓެއް ކޮށްލި މީހުން ވެސް އެބަތިބި 150 ދުވަސް ޖަލުގަ ހޭދަކުރަންޖެހި ވަޒީފާ ގެއްލިފަ. ޙަރާމް ޙުކުމް ކިތައް މީހުންނަށްތޯ ކުރީ!
ތިދިރާސާގަ
11 September 2023
ޔާމީނުތަ މިފަހަރުގެ އިދިކޮޅު ކެނޑިޑޭޓަކީ؟
އަފްރާސިޔާބު
11 September 2023
ތީވެސް ބަޔަކު ހަދަހަދައިގެން ދައްކާ ވާހަކަ. ދެން ކޯޓުން ތިބުނި މީހުންގެ މައްޗަށް ހުކުމް ކުރީމާ ރައީސް މީހާއަށް ޖެހޭނެ ދޯ ކޯޓުގެ ހުކުމް ތަންފީޒު ކުރަން. އެޔަކު ކުރާނީ ކޮންކަމެއް އޭނާގެ ބޭބެވިޔަސް އެތަންފީޒު ކުރީ ކޯޓުގެ ހުކުމް. ބޭބެއެއް ރަށްޓެއްސެއް މިނިސްޓަރެއްވެގެން ކުރެވޭނެ އެއްވެސްކަމެއްނޯންނާނެ ކޯޓުގެ ހުކުމުގެ ކުރިމަތީގައި. ދިވެހިން މިހަގީގަތް ގަބޫލުކުރޭ.
ސަމްޕާފުޅު
11 September 2023
ޔާމީން ބޭނުންވީ މުޢިއްޒު ޕީއެންސީއަށް ލާފަ، ތައްގަނޑުތައް ފޮރުވާފަ ބޭރުކުރަން. މިފަދަ ޚަޞީލަތް ނުބައި އަނިޔާވެރިއަކާއެކު ވޭތުވެދިޔަ 12 އަހަަރު ހުރި މީހެއް މުޢިއްޒަކީ. މާސްނެގީމާ ފެންނާނީ އަނިޔާވެރި ރައީސް ޔާމީން!
ސަމްޕާ
11 September 2023
ނަސީބެއްދޯ ސަންޕަ އެހާ ކައިރިން ތި ހުރިހާ މަންޒަރެއް ބަލަން އެތާ ހުރިކަން.