ކުރީގެ ރައީސް ޔާމީނާއި ޖޭޕީގެ ލީޑަރު ގާސިމް ސަލާން ކުރައްވަނީ.
11 ސެޕްޓެމްބަރ 2023 - 13:05
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ނުހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް/ޕީއެންސީ އަށް އިއްޔެ އަންގަވައިފި އެވެ.
"އިންސްޓްރަކްޝަނެއްގެ ގޮތުގައި އެންގެވި އެންގެވުމެއް އެއީ. ވިދާޅުވީ އެ މަނިކުފާނުގެ ޝައުގުވެރިކަމެއް ނެތޭ އެ ކަމުގައި،" ޔާމީންގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދަތުރުކުރެއްވީ 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމަށް އިންތިހާބުން ލިބިޑައިގަތީ އެންމެ ދެ ޕަސެންޓް ވޯޓެވެ. އެއީ އެންމެ 5،460 ވޯޓެވެ.
ޖޭޕީއާ އެކު ކޯލިޝަން ނުހެދުމަށް ޔާމީންގެ އެންގެވުމެއް އައިއިރު، ގާސިމްގެ އަރިހުގައި އެންމެ އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންނަކީ ޔާމީނާ އެކު ޕީޕީއެމްގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އޭގެ ތެރޭގައި އަހުމަދު ނިހާނާއި އިލްހާމް އަހުމަދާއި ރިޔާޒް ރަޝީދާއި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިހާރު ގެންދަވަނީ އެހެން ފަރާތްތަކާ އެކު މަޝްވަރާތައް ފައްޓަވައިފަ އެވެ.
ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އިއްޔެ ވަނީ މާފުށީ ޖަލުގައި އެ މަނިކުފާނާ ބައްދަލުކޮށްފަ އެވެ.
އެ ބައްދަލުވުމަށް ފަހު، އެ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، މުއިއްޒަށް އިތުރު ތާއީދާއި ހިތްވަރު ދިނުމަށް ޔާމީން މިއަދު އެދިވަޑައިގަންނަވާ ކަމަށެވެ.
ޖަމީލް ވިދާޅުވީ، މުއިއްޒަށް އިތުރަށް ތާއީދުކޮށް، ހިތްވަރުކޮށް، އިންތިހާބުގެ ދެ ވަނަ ބުރުގައި ކާމިޔާބީ ހޯދައި ދިނުމަށް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.
"މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއް،" ކުރީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވި ޖަމީލްގެ ޓުވީޓުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްޒަތު
12 September 2023
ބަލަގަ ޤާސިމް އިބްރާހީމް ބޭނުންފުޅުވާނީ އަނިޔާވެރިން އިސްކޮށްގެން އެމީހުންނާއި ގުޅިގެން މަސައްކަތްކުރުމެވެ. މިރާއްޖެ މިދަނީ ހަލާކުގެތެރެއަށެވެ. އިސްލާހަށް މަސައްކަތްކުރާނެ ބަޔަކު މިއަދަކު ނެތެވެ. ފައިސާއާއި މުދަލާއި ވަޒީފާއަށް ޤައުމުގެ ރައްޔިތުން މިތިބީ ލެބިފައެވެ.
އިދުރީސްބެ
11 September 2023
ޖަމީލަށް ދަންނަވާލަން ބޭނުންވަނީ އިންޑިޔާ ސިފައިން ބޭރެއް ނުކުރެވޭނެޔޭ، އަނެއްކާވެސް ރައްޔިތުން ހައްލައިން މޮޅު ވާހަކަ ނުދައްކާށޭ. ރައްޔިތުން މުއިއްޒަށް ވޯޓްދިނީ އިންޑިޔާ ސިފައިން ބޭރުކުރާށާ، ވިއްކާލިޔޭގޮވާ ކަނޑުގެ ބައެއް ހޯދާށެވެ. މީން އެއްކަމަކީވެސް ކުރެވޭނެ ކަމެއްނޫނެވެ. ގަބޫލް ނުކުރައްވާ ބޭފުޅުން މި ކޮމެންޓް ރައްކާކުރައްވާފަ ބާއްވާށެވެ.
އަމީނު
12 September 2023
ޖަމީލަކީ އާރާ ބާރާ ލައްޒަތައްޓަކާ ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެްއ
މިހިރިޔާ
11 September 2023
ޖަލުގަ އޮވެގެން ގާސިމްގެ މަޖާ ވީޑިއޯތައް ބެލީތޯއްޗެ.
ޑާންސް
11 September 2023
ގާސިމް ހޭހުރެ ޕީޕީއެމަށް ނުދާނެ،، ކަލޭމެން އެމަނިކުފާނު ކައިރިއަށް ގޮސްގެން ލަދެއްގަ ބެދޭނީ،، ތީ ހިޔަޅުގެ އުސޫލު
ބޮޑުރިޔާ
11 September 2023
ނޫނޭ ވާ ބޮޑައިކަމާއި ކިބުރުވެރިކަން އެބަހުރި އަދހވެރިކަން ލިބިއްޖެނަމަ ހާލަކީ ކޮބާ އިންސާނުންވިއްޔަމީ މިހާބޮޑައިވާކައްނުވާނެ
ރިޔަލާ
11 September 2023
ބުނަންޖެހޭ ހާލަތުގަ ބަސް ބުނަންޖެހޭ. އެއީކީ ބޮޑާކަމުން ބުނާ އެއްޗެއް ނޫން. ވޭތުވި 3 ރިއާސީ އިންތިހާބަށް ވޯޓްލީ އެންމެންނަށް ރަގަޅަށް ދަސްވެ ނިމިފަ އޮތީ ގާސިމް. ރައްޔިތުން މިހާރު ބަލައިނުގަންނަކަމުގެ ހެކި އެއީ މިފަހަރު 4 ވަނައިގަވެސް ގާސިމް ވޯޓުން ލައްވާނުލުން. ގާސިމް ސަރުކާރަށް ލައިގެން ހުރެ އިބޫ ގައުމު ދަރުވާލިއިރު އަޅާވެސް ނުލާ. އޭނަގެ މީހުން މަގާމުތަކަށް ލައިގެން އަރާމުގަ ހުރީ.
އެޗް އެމް
11 September 2023
ރިޔާސީ ނިޒާމުގަ ކޯލިޝަނެއް ނޯވޭ. ވިން ނުވެދާނެހެން ހީވީމަ ކޮންމެފަހަރަކު ކޯލިޝަންހަދަން މިޖެހެނީ!. ރިޔާސީ ނިޒާމަކީ ރާއްޖެއަށް ރަގަޅު ނިޒާމެއްނޫންކަން މިކަމުން އެގޭ. އެހެންވީމަ ބަރުލަމާނީ އަށް ބަދަލުކުރަން ޖެހޭ.
ރަސްދޫ ސައީދު
11 September 2023
ތިކަމެއްނޭގެ، އެންމެ ބާރަށް ބަރުލަމާނީއޭގޮވާ ކުރުސީ %7 އެދުވަނީ ކޯލިޝަން ހަދާނެ ބަޔަކުވޭތޯ.
ނާސިރާ
11 September 2023
ޖޭޕީގަ ތިބީ އިންޑިޔާ ސިފައިންތަ. ނުގުޅެންވީ. ޕީޕީއެމް އަކީ އަމިއްލައެދުންބޮޑު ބައެއް. ރާއްޖެއެއްކޮށް ފެންކޮޅަކާނުލާ ދިރުވާލަން ބޭނުމީ.
މެސީ1
11 September 2023
މި ވެރިކަމަކީ އެއްވެސް ކޮރޮޕްޝަނެއް ނުހިގާ ސަރުކާރެއް، އެކަމަކު ގައުމުދަރާ ހުސްކޮށްލައިފި، ޔާމިން ކައިފަ ވެސް ބާކީކޮށްފަ އެހެރީ
ނާސިރާއަށް
11 September 2023
ޖޭޕީ އިންތިޚާބުގަ އޮތް ހިސާބު ނިކަން ބަލާބަލަ. އެކަނި ނިކުތް އުމަރަށްވުރެވެސް ދަށުގަ އޮތީ. ކޮންމެ ފަހަރަކު ގާސިމް ސަރުކާރަށް ލައިގެން ވާ ގޮތް ބެލިއްޖެ. ގައުމު ދެރުވުމުގަ ކޯލިޝަން ޕާޓްނަރެއްގެ ގޮތުން ހުރީތީ ގާސިމްގެ ހިއްސާ އެކަމުގަ ވޭ. އެއީ ގާސިމްވެސް ޒިންމާވާންޖެހޭ ކަމެއް. ވެރިކަމުގެ ބޭނުމުގަ އެއްޗެކޭ ނުބުނެ ހުރުން އެއީ ގައުމަށް ދިން ބޮޑު ދެރައެއް.
މަގޭ ހިޔާލު
11 September 2023
ބިޔަ ބޮޑު ޕާޓީއަށް ރައްޔިތުން ވޯޓް ނުދިން. ދެން ރައްޔިތުން ރުޅިނާރުވާ 2 ޕާޓީންވެސް މިކަލޭގެއާ ނުގުޅި ސޭޓު ފަސްޓް ޕޮލިސީއާއި ދިވެހި ސަރުކާރު ދުރުވުމުގެ ޗާންސްމިއޮތީ ލިބިފައި.
ޥާސިފު
11 September 2023
ޔާމީން ބޭނުމީ މުއިއްޒު ކަޓަން
ފިކުރު......
11 September 2023
ގިނައާއްމު މީހުން ގަބޫލެއްނޫން ޖޭޕީ އާއިއެކު ކޯލިޝަންހަދަން ގިނަމީހުން ބުނަނީ މަގާމުތަށް ކިތަންމެ ގިނައިން ދިނަސް އަދި ކިތަންމެ އެއްޗެއް ދިނަސް ހިތްނުފުރޭ ބައެއްކަަމަށް ފަހުން ކަލަގޮވާ އެއްޗެހިކިޔާނެ ކަމަށް ލަދުގަންނަވާލާނެކަމަށް، މިފަހަރުވެސް ސޯލިހު އަށް ވެސް ހަދާލިގޮތުން މީހުން ބިރުގަނޭ، ވަޒީރުކަމުގައި ހުރެގެން އަޅާލީ ހާދަވަރަކަށް ކާރިކުރަންވެސަ ކަމަކުނުދޭ....