ކުޅިވަރު

މެޗުގެ މެދުތެރެއިން ކޮސްޓަ ރިކާގެ އެސިސްޓެންޓް ކޯޗު މަރުވެ މުޅި ޓީމަށް ޝޮކެއް

ކޮސްޓަރިކާގެ އެސިސްޓެންޓް ކޯޗު އެރިކް ރޮޑްރިގޭޒް، އުމުރުން 49 އަހަރުގައި އޭނާ މަރުވީ ޓީމު މެޗުގައި ތިއްބައި --- ފޮޓޯ: އޭއެފްޕީ

14 ސެޕްޓެމްބަރ 2023 - 11:18

ޒެގްރެބް (ސެޕްޓެމްބަރު 14) - ކޮސްޓަ ރިކާގެ ޓީމު މެޗު ކުޅެން ތިއްބައި، އެ ޓީމުގެ އެސިސްޓެންޓް ކޯޗު އެރިކް ރޮޑްރިގޭޒް ސަންޓަމާރިއާ މަރުވުމުން މުޅި ޓީމަށް ޝޮކެއް ކުރިމަތި ވެއްޖެ އެވެ.

ޔޫރަޕްގެ މެޗުތަކެއް ކުޅެން ކުރި ޓްއާގައި އަންގާރަ ދުވަހުގެ ރޭ ޔުނައިޓެޑް އެރަބް އެމިރޭޓްސް އާ ދެކޮޅަށް ކްރޮއޭޝިއާގެ ޒެގްރެބްގައި ކުޅުނު މެޗަށް ތައްޔާރުވެފައި ވަނިކޮށް ރޮްޑްރިގޭޒް މަރުވީ ބަލިވެގެން އެމްސްޓަޑަމްގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާގެ އުމުރަކީ 49 އަހަރެވެ.

އެ މެޗުން އެރަބް އެމިރޭޓްސް މޮޅުވީ 4-1 ންނެވެ.

ކޮސްޓާ ރިކާ ފުޓްބޯލް ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ލަންޑަނުން ޒަގްރެބަށް ދަތުރުކުރުމަށް އެމްސްޓަޑަމްގައި ޓްރާންސިޓް ވެގެން ތިބި ވަގުތު އެރިކް ރޮޑްރިގޭޒް އަށް މެޑިކަލް އެމަޖެންސީއެއް ކުރިމަތިވި ކަމަށެވެ.

"ހަމަ އެ ދުވަހު މި ފެޑެރޭޝަނުން އޭނާގެ އަނބިމީހާއާ ގުޅައިގެން ނެދަލޭންޑްސް އަށް ދަތުރު ކުރުމަށް ފުރުސަތު ދެވުނެވެ. އޭނާ އަށް ނެދަލެންޑްސް އަށް ދެވުނީ މިދިޔަ ހޯމަ ދުވަހު. އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެރިކް ރޮޑްރިގޭޒް ސިއްހީ ހާލަތު އިތުރަށް ގޯސްވި. އެރިކް ރޮޑްރިގޭޒް މަރުވީ އޭނާގެ އަންހެނުން ކައިރީގައި ހުއްޓަ އެވެ.،" ކޮސްޓަ ރިކާ އެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެރިކް ރޮޑްރިގޭޒް ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ނެދަލެންޑްސްގައި ހުންނަ ކޮސްޓާ ރިކަން އެމްބަސީއާ ގުޅިގެން އޭނާގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލުމަށް ކޮސްޓަރިކާގެ އޭފްއޭއިން މަސައްކަތް ފެށި އެވެ.

ކޮސްޓަ ރިކާގެ ޓީމަށް މަރުގެ ޚަބަރު ލިބުނީ މެޗުގެ މެދެއްހާ ހިސާބުން

ކޮސްޓަ ރިކާގެ ޓީމަށް އެރިކް ރޮޑްރިގޭޒް މަރުވިކަން އެނގުނީ އެރަބް އެމިރޭޓްސްއާ ދެކޮޅަށް ކުޅުނު މެޗުގެ މެދެއްހާ ހިސާބުން ކަމަށް އެ ޓީމުގެ ވަގުތީ ކޯޗު އާޖެންޓީނާގެ ކްލައުޑިއޯ ވިވާސް ބުންޏެވެ.

"ފުރަތަމަ ހާފުގައި އަހަރެމެންނަށް އެނގުނީ. އެ އުނދަގޫ ވަގުތުގައި ވެސް ވީހާވެސް ޕްރޮފެޝަނަލްކޮށް ގެންދަން އަހަރެމެން މަސައްކަތް ކުރީ މެޗު ނިންމާލަން ޖެހޭތީ،" ވިވާސް ބުންޏެވެ.

ރޮޑްރިގޭޒް ކޮސްޓަ ރިކާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. ލައިބީރިއާގެ ގައުމީ ޓީމުގެ ހެޑްކޯޗުކަން ވެސް ކުރި އެރިކް ރޮޑްރިގޭޒްއާ ކޮސްޓަ ރިކާގެ 23 އަހަރުންދަށުގެ ޓީމުގެ ހެޑް ކޯޗުކަން ވެސް ވަނީ ހަވާލުކޮށްފަ އެވެ. ގައުމީ ޓީމުގެ ކޯޗިން ސްޓާފާެއްގެ މާގަމާށް އައުމުގެ ކުރިން މަސައްކަތް ކުރީ ކޮސްޓަރިކާގެ ކްލަބް ސަންޓޯސް ޑި ގުއާޕިލްސްގެ ކޯޗުގެ ގޮތުގަ އެވެ.

އޭނާގެ ކޯޗުކަމުގެ ދަށުން ކޮސްޓަ ރިކާގެ 23 އަހަރުންދަށުގެ ޓީމުން ވަނީ މި އަހަރުގެ ސެންޓްރަލް އެމެރިކަން އެންޑް ކެރީބިއަން ގޭމްސްގައި ފައިނަލަށް ދަތުރުކޮށް ރިހި މެޑަލް ހޯދޯފަ އެވެ.

"އޭނާއަކީ ވަރަށް ގާތް ރަހުމަތްތެރިއެއް. މިއީ ދިރިއުޅުމުގައި ގަބޫލުކުރަން ޖެހޭ ކަންތައްތަކެއް. ނަމަވެސް މިއީ 72 ގަޑިއިރަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިނގި ވަރަށް ހިތާމަވެރި އަދި ހިތާމަވެރި ކަމެއް،" ވިވާސް ބުންޏެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454