ޚަބަރު / ރިޔާސީ އިންތިޚާބު 2023

ޔާމީން މިނިވަންކުރަން އެންމެ ބޮޑަށް ބޭނުންވަނީ އަޅުގަނޑު: ނާޒިމް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް އއ. ފެރިދޫގައި ބޭއްވި ޖަލްސާގައި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

14 ސެޕްޓެމްބަރ 2023 - 13:14

31 comments

ވ. އާރަށުގެ މައްސަލާގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން އެންމެ ބޮޑަށް ބޭނުންވާ ބޭފުޅަކީ އޭނާ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ޕާޓީ، އެމްއެންޕީގެ ފަރާތުން ވާދަކުރައްވައި، ފުރަތަމަ ބުރުން ނާޒިމް ވަނީ ބަލިވެފަ އެވެ. ފުރަތަމަ ބުރުގައި އެންމެ 2،000 އެއްހާ ވޯޓު ހޯއްދެވި ނާޒިމްގެ ޕާޓީން މިހާރު ވަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަން ނިންމައި، ކޯލިޝަން ހަދައިފަ އެވެ.

ދެވަނަ ބުރުގެ ކެމްޕެއިނަށް އއ. އަދި އދ. ގެ ރަށްތަކަށް މުއިއްޒު މިއަދު ފެއްޓެވި ދަތުރުގައި ނާޒިމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މިއީ މުއިއްޒުގެ ކެމްޕެއިނަށް މުއިއްޒާ އެކު ނާޒިމް ކުރައްވާ ފުރަތަަަ ދަތުރެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް އއ. ފެރިދުއަށް ވަޑައިގަތުން.-- ފޮޓޯ: ޕީޕީއެމް

އއ. ފެރިދޫގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރައްވާ އެއްވެސް ވެރިޔަކު ޖަލުގައި ހުންނަވަން އޭނާ ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑޭ އެންމެ ބޮޑަށް ބޭނުންވަނީ ރައީސް ޔާމީން މިނިވަންކުރަން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑެއް ނޭދެމޭ ރައީސްކަން ކުރެއްވި ބޭފުޅަކު ޖަލުގައި ހުންނަވާކަށް. ސެލެކްޓިވް ޖަސްޓިސް، ވަކި ބޭފުޅަކަށް ހަރާން ހުކުމެއް ކޮށްގެން ދާ ދިއުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން."

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އއ. ފެރިދުއަށް ވަޑައިގަތުން.-- ފޮޓޯ: ޕީޕީއެމް

ނާޒިމް ވިދާޅުވި ގޮތުގައި، އެމްއެންޕީން ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހެދީ ވަކި ކަމަކަށް ޝަރުތު ކޮށްފައި ކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެކެވެ. މި ކޯލިޝަން ހެދީ ސަރުކާރުން ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާވެ، ދިވެހިންގެ މިނިވަން ކަމަށް ހުރަސްއެޅޭ ގޮތަށް ކަންކަން ކުރަމުން ދާތީ އެކަމަށް ނިމުމެއް ގެނައުމުގެ ނިޔަތުގަ އެވެ.

31 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 0%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޞޯޅީ

16 September 2023

މި މީހާ ބުނި ޔާމިީންއާ އެކީ ކުރާނެ ސިޔާސީ މަސައްކަތެއް ނޯންނާނޭ ވެސް...

The name is already taken The name is available. Register?

އާވަސް

15 September 2023

ޕޕމ ގޯސް ވެގެން މޑޕ އަނެއްކާ މޑޕ ގޯސް ވެގެން ޕޕމ. ރައްޔަތުންް ނުވިސްނާ ޤައުމު ރަގަޅު ކުރާކަށް. ހެޔޮ ވިސްނޭ ހެޔޮ އެދޭ ރައްޔަތެއް ތިބި ނަމަ މިފަހަރު ގެންނާނީ އެހެން މީހެއް. އެންމެން(ރައްޔަތުން) މަގޭ ޤައުމޭ ކިޔައިގެން ހަަދަނީ ދޮގު. ރައްޔަތުން ބޭނުން ވަނީ ޖީބު ބަރުވަން އެކަނި. އޭގެ ފަހުން ދީން ވެސް އަންނާނީ. ޤައުމުގެ ގިނަ މީހުން ތިބީ މަގު ފުރެދިފަ ކަމަށް މަ ޤަބޫލް ކުުރަނީ.

The name is already taken The name is available. Register?

ކަމަޅި

14 September 2023

ހުރިހާ ވަގުންނާއި ޖަލުގައި ތިބި އެންމެން ދޫކޮށްލީމާ ދައުލަތުގެ ކަރަދުވެސް ކުޑަވާނެދޯ.

The name is already taken The name is available. Register?

އަނޫފު

14 September 2023

ތިޔައީ ރަނގަޅުގޮތެއް ދެން ޖަލުގައި ތިބޭނެ ބަޔަކު ނޫޅޭނެދޯ.

The name is already taken The name is available. Register?

ޖޯކް

14 September 2023

ފަހަތުންފެންނަ ފޮޓޯއަށް ބެލީމަވެސް ވަރަށް ސާފު. ކެޑިޑޭޓު މިހުންނާނީ ޔާމީންގެ ފަހަތުގަ. ވަރަށް ރީތި ވެރިކަމެށް ފެންނާނެ ދިވެހިންނަށް މިފަހަރު.

The name is already taken The name is available. Register?

އެމީލިއޯ

14 September 2023

އެއްވެސް ޝަރުތަކާ ނުލާ ތިވަރުގެ ކަމެއް ނުކުރާނެ

The name is already taken The name is available. Register?

ރަދުން999

14 September 2023

ނާޒިމްއަށް ހަމަ ނޭގެނީބާ ޔާމީން ކުރިކަންތައްތައް. ރައީސަކަސް އަދި އެހެންމީހެއްވިޔަސް ގާނޫނާ ހިލާފު ވީމާ އެކަމަކަށް އޮންނަ އަދަބު ދެވޭނެ. ތިޔައީ ވާހަކައިން މީހާ ގެ ނުބައިކަން ދޭހަވޭ. ތިޔަގޮތަށް ކޭވަރު ނޭގޭ ކަމަށް ތިޔަހަދަނީ އޭގެން ބައިލިބިފައި ތިބި މީހުން. އަދި ތިބައިގަޑުގެ ތެރޭގައި 90% މީހުންނަކީ ދައުލަތުގެ ފައިސާއިން ނުހައްގު މުއްސަދިކަން ލިބުނު މީހުން، ރެހެންދި ފުލެޓްތަކުން 3 ފުލެޓް ގަތްމީހުން އެބަތިބި. ރެހެންދީގައި ގިނަވާނީ ތިބައިގަޑު.

The name is already taken The name is available. Register?

ކާނަލް

14 September 2023

ހަމަތިވީ އެކައްޗަކަށް. އުމަރުމެން އެތިބެނީ ގޮތުގަ މާގިނަ ވޯޓުހޯދައިގެން.

The name is already taken The name is available. Register?

އަލްމުދިޝް

14 September 2023

އިންތިޚާބުގެ ކުރިންނާ ފަހުންވެސް ޔާމިން މިނިވަން ކުރަން އުޅުމީހުންގެ ތެރެއިން ނާޒިމްގެ "ސައިން " އެެއް ވީކަމުގަ އެނގިފަނުވެއެވެ. ކެމްޕެއިން ތެރޭގަވެސް ކީޢްވެތޯ އެކަމުގެ އިޝާރާތެއް ނުވީ ؟

The name is already taken The name is available. Register?

ހާއިބްރީ

14 September 2023

މަގާމާ އިއްޒަތަށްޓަކާ ހާދަ ދަށު ދަރަޖައަކަށޭ ތިވެއްޓިވަޑައިގެންނެވެނީ. އަންނައުނު ލަނީ ހަމައެކަނި ނިވާކުރާކަށް ނޫން އިނގޭތޯ. ލަދު ކިޔާ އެއްޗެއްވެސް އޮންނަންވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454