އިއްޔެ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ގާސިމް ބަލަހައްޓަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
17 ސެޕްޓެމްބަރ 2023 - 18:29
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖުމްހޫރީ ޕާޓީން އިއްޔެ ނިންމާފައި ވިޔަސް އެ ޕާޓީގެ މެމްބަރަކު ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރިޔަސް އެންމެ ރަނގަޅު ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި 5،460 ވޯޓު ލިބިވަޑައިގަތް ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީގެ ކައުންސިލުން އިއްޔެ ނިންމާފައިވާ ނިންމުމުގެ ސަބަބުން މެމްބަރުންގެ ހައްގަށް އުނިކަމެއް އަތުވެދާނެ ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އިއްޔެ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި ބައެއް މެމްބަރުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެހެންވެ، ގާސިމް ވިދާޅުވީ، ޖޭޕީގެ ނަން ބޭނުން ނުކޮށް، އެ މެމްބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރުމާއި ވޯޓު ދިނުމަކީ އެ ޕާޓީގެ ކޮންމެ މެމްބަރެއްގެ ވެސް ގާނޫނީ ހައްގެއް ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމެވީ، މިދިޔަ ދުވަސްތަކުގައި ކޯލިޝަން ހަދައިގެން ތިން ފަހަރަށް ވެސް ލިބުނު ހިތި ނަތީޖާ އަށް ބެއްލެވުމަށް ފަހު ކަމަށެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެއްވިޔަސް މި މަހުގެ 9 ގައި ބޭއްވި ފުރަތަމަ ބުރުގެ ނަތީޖާ އަށް ބަލައި ދެ ވަނަ ބުރަަށް ދަތުރު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާތަނަށްނޯބުނިން
18 September 2023
ވަރަށް ރަގަޅު ނިންމެވުމެއް ތިއީ. ރައްޔިތުންނަކީ އަބަދު ވަކި ގޮތަކަށް ކަންކުރަން ބުނަންވާނެ ބައެއް ނޫން. އެއްބަޔަކު މިނިވަންކަން ނަގާލާފަ ޕާޓީތަކަށް ސޮއިކޮށްގެން ތިއްބަސް ތިހެން މިނިވަންކަން ލިބިދެވެން އޮތް ފަހަރުވެސް އަންނަންވާނެ.
ކަރާސީނު
18 September 2023
މަނިކުފާނުގެ ސިސްޓަމަށް ތުރޯޖެން ހޯސް ވަދެ، މުޅި ސިސްޓަމް ކުރޭޝް ކޮށްލި ބައިގަނޑު، މިހާރު އެދަނީ ފާޅުވަމުން. ވޯޓުގެ އަދަދު އެހާ ދަށްވި ސަބަބަކީވެސް ހަމަ އެއީ. ޕީޕީއެމުން އައި އެޖެންޓުން..
ބޮޑުމީހާ
17 September 2023
އިބޫ ވިންވާނެ އެއްވެސް ފޯމިއުލާ އެއް ނެތް. އިބޫ އެ މަގާމަށް އައީ ނަޝީދުގެ ސަަބަބުން. އެންމެ ފަހުވަގުތު ނަޝީދު ބޭރުކޮށް އިބޫ ހީކުރީ ތިމަންނައަކީ ވަރަށް ތާއިދު އޮތް މީހެއް ކަމަށް
ލާމަސީލު
17 September 2023
އަދިވެސް މިނިސްޓަރު ކަމުގަ. ރައިސް މާބޮޑަށް ހެޔޮފުޅީ.
އާދަނު33
17 September 2023
ޤާސިމްގެ އަރިސް ބޭފުޅުން ޓެސްޓް ކޮށްލަނީ. ކިހިނެތްވާނެބާަ
ހަވަރު ތިނަދޫ ސިޓީގެ މޭރު
17 September 2023
ތާއީދު ކުރިޔަސް ނުކުރިޔަސް މިމަހު 24 ވަނަދުވަހު 1004 ގޯތި ތިނަދޫ ސިޓީއިން ޖުމްހޫރީ ޕާޓީ މީހުންނަށް ދީގެން %80 އިން ތިނަދޫ ސިޓީ އިބޫ ނަގާތަން ބަލަންތިބޭ
ޒަމާނީ ފޭރުން
17 September 2023
ބޭފުޅާ ވާވެއްދި ގްރޫޕަށް ދައުވާކުރަން ނުވިސްނަންތޯ؟
ހުވޭ
17 September 2023
5000 ވޯޓު. ރަނގަޅުކޮށްލާ.
ސުން
17 September 2023
ގާސިމަށްވެސް އަދި ޖޭޕީއަށްވެސް ދިވެހި ގައުމަށްވެސް އެންމެ ރަނގަޅު ގޮތަކީ މިވެރިކަން ބަދަލުކުރުން.އަޅުވެތިކަމުން ސަލާމަތްވުން.ޖޭޕީގެ ބަހާއި އަމަލާ ދިމާވާނީވެސް އެއިރުން.ޖޭޕީއިނެވެސް އެއްބަސްވޭ ގޯސްކޮށް ކަންތައް ކޮށްފަ ހުރިކަން.ޕާޓީއަކަށް ނުބަލާ ގައުމުގެ ހައްގުގައި މި ޖައްބާރު ވެރިކަން ބަދަލުކުރުން މުހިންމު.
ކީކޭ
17 September 2023
އަޅުވެތިކަމޭ؟؟ ނޭގެ ތިކިޔާ އެއްޗެއް.
އަސްދޫނި
17 September 2023
މި ވެރިކަމުގަ ގާސިމަށް ހުކުމްކުރުމުން ގައުމުން ބޭރުގަ ފިލާ އޮންނާކަށް ނުޖެހުނު. މިވެރިކަމުގަ ގާސިމުގެ ދޮށީ ފިރިހެންދަރި ގެންގޮސް ވާނުވާ ޖަހާފަ ޖަލަކު ނުބާއްވާ. މިވެރިކަމުގަ ގާސިމުގެ ރިސޯޓުތަކަށް ފުލުހުން އަރާ އެތަންތާ ހުރި ރާފުޅިތައް ނުގެންދޭ. އެހެންވީމާ ގާސިމަށް އަޅުވެތިކަމުގެ ހިތިރަހަލީ ކޮންވެރިކަމެއްގަބާ؟
ދޫނިދޫނި
18 September 2023
އަސްދޫނި ތި ހަނދާން ނެތެނީ އެންމެ ފުރަތަމަ ގާސިމަށް ދަތިކުރަން ފެށީ ކޮން ވެރިކަމެއްގަ ކަން. އެއީ އަންނިގެ ވެރިކަން. އެއިރު ގާސިމްގެ ވިޔަފާރި ފުނޑާލަން އުޅުނީ. ޔާމީނުގެ އަނިޔާވެރިކަން އެއަށްވުރެ އެންމެ 10% ބޮޑުވީ.
އަލީ!
17 September 2023
ތިޔައީ ވަރަށް ރަގަޅުނިންމުމެއް. އޭރުން އެނގިގެންދާނެ ޤާސިމްކައިރީގައިއުޅޭ މީހުންގެ އަސްލުސިފަ.
ޔޫނުސް ސރ
17 September 2023
ދެންފަހެ އެމީހުން ފަތުރިގަނެ ގޮނޑިއެއްލިބޭތޯ އުޅެގަތެވެ. ޢަދި އެމީހުން ގޮނޑި ހޯދުމުން ގާސިމް އަނެއްކާވެސް އެމީހުން ގެންނަހުއްޓެވެ. ޥާހަކަ ނިމުނީ