ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި ޕީޕީއެމްގެ އެޑްވައިޒަރު ޑރ ޝަހީމާއި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 ސެޕްޓެމްބަރ 2023 - 23:11
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޖޭޕީގެ މެމްބަރުންގެ ތާއީދު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދިނުމަށް ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ އެދިވަޑައިގެންފި އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މުއިއްޒާ އެކު ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝަހީމް އެ ކަމަށް އެދިވަޑައިގަތީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖޭޕީން ނިންމާފައި ވިޔަސް އެ ޕާޓީގެ ނަން ބޭނުން ނުކޮށް، އެ މެމްބަރަކު ރުހޭ ކެންޑިޑޭޓަކަށް ތާއީދު ކުރިޔަސް ނުވަތަ ވޯޓު ދޭން ފެނިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވުމާ ގުޅިގެންނެވެ.
އެހެންވެ، ޝަހީމް އެދިވަޑައިގަތީ "ޖޭޕީގެ އެންމެހާ މެމްބަރުން" މުއިއްޒަށް ތާއީދު ކޮށްދިނުމަށެވެ،
"ޖޭޕީގެ އެންމެހާ މެމްބަރުން ޑރ. މުއިއްޒަށް ތާއީދު ކޮށްދެއްވުމަށް ނުހަނު އަދަބު އިހުތިރާމާ އެކު އެދެން. އަޅުގަނޑުމެން އެންމެން ގުޅިގެން މި ގައުމު ތަރައްގީކޮށް، ބިނާ ކުރެވޭނެ،" ޝަހީމްގެ ޓުވީޓުގައި ވެ އެވެ.
މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 5،460 ވޯޓު ލިބިވަޑައިގެންނެވި ގާސިމް މިރޭ ވިދާޅުވީ، ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީން ނިންމީ މިދިޔަ ދުވަސްތަކުގައި ކޯލިޝަން ހަދައިގެން ތިން ފަހަރަށް ވެސް ލިބުނު ހިތި ނަތީޖާ އަށް ބެއްލެވުމަށް ފަހު ކަމަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައި ދެ ވަނަ އަށް ދަތުރުކުރެއްވީ މުއިއްޒެވެ. މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 86،161 ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށދދފފފ
19 September 2023
ނުކުރާނަން?????
ސަނދުބަރަކަ
18 September 2023
ޕީޕީއެމް އަކީ އަނިޔާކޮށް ޤާސިމް ޖަލަށްލާ. ނުވިތާކަށް އައިސީޔޫގައި އޮތް ދުވަހު ޝަރީޢަތް ކެންސަލްވެސް ނުކޮށްދީ ޙުކުމްކޮށްފަ. އެކަމަކު ކޯޓުތަކުން އމީހުން ހުން އައިސްގެން ޑޮކްޓަރަށް ދެއްކީމަ ވެސް ޝަރީޢަތް ފަސްކޮށްދޭ. އެފަދަ ފަސޭހަތަށްކޮށްދޭ ތަންތަނަށް އަތްބާނާ، ފުރާޅުން ޓިނުނަގައި ސްޕްރީމް ކޯޓް ފަނޑިޔާރުން ޖަލަށް އަޅާލި ބައެއް. ޕީޕީއެމް ޤާސިމް ބޭނުމެއް ނުވާނެ.
ޢަލީ ބަލީ
18 September 2023
ބަލަ މިއުލެނި ޕީ އެން ސީ ގެ ޑޮކްޓަރ މުއީޒު ވެރިކަމަށް ކުރިމަތި ލައިގެން .
ހުމޭދާ ޖޭޕީ
18 September 2023
އޮނަރަބަލް ޤާސިމަށް އެންމެ ބޮޑު އަނިޔާދީ ނުވިތާކަށް ޤާސިމުގެ ދަރިކަލުން ސިޔާދު ޤާސިމް ވެސް ކުށަކާ ނުލާ ހައްޔަރުކޮށް ޖަލުގައި އަނިޔާކުރި ބަޔަކު ލަދުފުޅުނުގަންނަނީތޯ؟ ފެންވަރު ދަށީ ހަމަ!
ފޭލި
18 September 2023
ޖޭޕީގެ މެމްބަރުން ކީއްކުރަންތޯ މުއިއްޒަށް ތާއީދު ކުރަނީ. ޖޭޕީގެ ލީޑަރު އަނެއްކާވެސް ގެންގޮސް ޖަލަށްލާ އެމަނިކުފާނުގެ ވިޔަފާރިތަކަށް ދަތިކޮށް ކުށްޔަށްނަގާފައިވާ ތަންތަން އަނބުރާ ދައުލަތަށް ނެގުމަށް މަގުފަހި ކުރުމަށްތޯ؟
ބަރުބާދު
18 September 2023
ފޭލި އޮޅާލައިގެން ތިޔަހުންނެވީ މޫނުމަތީގަތޯ؟. ތިޔަކިޔޭ އެއްޗަކާ މުއިއްޒުއަކާ ކޮންކަމެއްތޯ؟.
ބޮޑުރިޔާ
18 September 2023
މީހުންނަށް އަނިޔާ ދޭއިރު ތިމާ އެކަން ނުހުއްޓުވައި އެކަމުގައި އަތް ޖަހަންހުރެ ދެން މިއެދެނީ ހަމަ އެމީހުންނަށް ވޯޓްދޭ މީ އަޅެފަހެ ގަރަހިތައެއްތަ
ބުނަންޖެހޭވާހަކަ
18 September 2023
ތިކަން ވާކަށް ނެތް. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ހަނދާން ނުނެތޭވަރުގެ ބޮޑެތި އަނިޔާތައް ދީފައި. އެކަމުގައި މުއިއްޒުގެ ދައުރު ވަރަށް ބޮޑު. އަދި މުއިއްޒު ވެރިކަމަށް އަންނަނީ ޔާމީން މިނިވަން ކުރުމުގެ ވަޢުދާއެކު. އެފަދަ ކަމެއްގައި ޖޭޕީގެ މީހުން ބައިވެރިވުމަކީ ޖޭޕީގެ ލީޑަރަށް ކުރެވޭ މަލާމާތެއްކަމުގައި ނޫނީ އަހަރެން ނުދެކެން. މިހެންވެ ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ މުއިއްޒުއަށް ތާއީދު ކޮށްދެވޭކަށް ނެތް.
ނަންމާ
18 September 2023
މުއިއްޒު އަކަށް ނުވާނެ ތިކަމެއް އެހެން ކަމަކާ އުޅޭ
އައްމަޓީ
18 September 2023
ސިޔާސީ ހަތުރުންނަކީ މިތުރުންނެވެ. ސިޔާސީ މިތުރުން ހަތުރުންނަށްވާފަހަރުވެސް އާދެއެވެ. ސިޔާސީ ކަންކަމަކީ އެނބުރޭ ވަހުތާނެއްކަލަ ކަންކަމެވެ. ސިޔާސީކަމަކީ ސިޔާސަ މީހުންގެ ކިބައިގައި ބޮޑަށް ހުންނަކަމެކެވެ. ސިޔާސީ ކުލައިން ޖަރީވުމަކީ ވަރަށް ގިނަމީހުން ގަޔާވާކަމެކެވެ.
މުކޭ.
18 September 2023
ޖޭޕީ ގިނަމީހުންނަކީ މިހާރުވެސް ޕޕ ގެ ސަޕޯޓަރުން އެއީ ޖޭޕީ މީހުން ނެދޭ އެހެން ގައުމަކުން އެހާ ބޮޑައް ދާހިލީ ކަންކަމައް ނުޕޫޒުފޯޜުވާތަން ދެކޭކައް މިހާުރުވެސް ވޯޓުގަވެސް އެމީހުން ހީވަނީ ފަޔައް ހިނިއަރައިގެން ދުވާހނެް
މަހުޖަނު
18 September 2023
ސުމޮން! ވާނުވާ ނޭނގެނީއެއް ނޫން. އެއްވެސް ވަރަކަށް ވިސްނަން ބޭނުން ނުވަނީ. ޔާމީން ސަރުކާރާ އިބޫ ގެ ސަރުކާރުގެ ކަންތައް ތައް ހުރިގޮތުގެ ޑީޕް ސްޓަޑީ އެއް ހަދާލަބަލަ. އޭރުން ކޮންމެވެސް ވަރަކަށް ފަހުމްވެދާނެ ތޯއްޗެ