18 ސެޕްޓެމްބަރ 2023 - 15:14
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު ވެރިކަން ކުރާނެ ނިޒާމަކާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ތާއީދު ކުރާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،839 ވޯޓާ އެކު ތިން ވަނައަށް ދިޔަ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީ އާއި ޕީޕީއެމް އަށް ހުށަހަޅާފައި ވަނީ މި މަހު 25 ގައި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
އެ ހުށަހެޅުމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ނިޒާމް ބަދަލު ކުރުމާ ގުޅޭ ވޯޓެއް ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ދެވަނަ ބުރުގެ އިންތިހާބަށް ވެސް ވަރަށް ބޮޑަށް ނުފޫޒު ފޯރާނެ ކަމަށެވެ.
އެހެން ނަމަވެސް ދެވަނަ ބުރަށް ފަހު ޑިމޮކްރެޓްސް އިން ހުށަހަޅާ ތާރީހެއްގައި ނިޒާމީ ވޯޓެއް ބާއްވަން ތާއީދު ކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"އެ ބޭފުޅުންނަށް އެ ޖަވާބު ދީފައި ވާނެ. ތިރީހުގެ ކުރިން އެކަމެއް ނުކުރެވޭނެ ކަމަށް އެހެން ނަމަވެސް އޭގެ ފަހަށް ތާއީދު ކޮށްދޭނެ ވާހަކަ." ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން އެ ޕާޓީ އަށް ތާއީދު ކުރާނެކަން ނުވަތަ ނޫންކަން އަދިވެސް އެނގިވަޑައިގެންފައެއް ނުވެ އެވެ.
އެހެން ނަމަވެސް އިންތިހާބުގެ ދެވަނަ ބުރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށާއި ޑިމޮކްރެޓްސް އެކުގައި ތިބެއްޖެ ނަމަ އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މި މަހު 30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން އަމަލު ކުރާނެ ގޮތެއް މިރޭ ހާމަ ކުރަން އެ ޕާޓީން ވަނީ ނިންމައިފަ އެވެ.
އެ ޕާޓީން ވަނީ ނިޒާމް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޘާމް
19 September 2023
ނިޘާމް ބަދަލެއް ނުކުރެވޭނެ. ވޯޓްނަގަން ދައުލަތުން ފައިސާ ޚަރަދެއްވެސް ނުކުރެވޭނެ. ކިހިނެތްވެގެންތޯ ތިޔައުޅެނީ؟ 30 ސެޕްޓެމްބަރ ގައި ނަގާ ވޯޓުން އެނގޭނެ ކަންކުރާންވީގޮތް. ނިޘާމާޢި ނުކުޅެ ޓްރާންސިޝަން ކަންކަން ރަނގަޅަށް ގެންދަވާނެކަމަށް އުންމީދުކުރަން.
ރަދުން999
18 September 2023
ސިޔާސީ މީހުން ނިޒާމާ ބޭހޭ އިންތިހާބުގެ ވާހަކަ ދައްކާއިރު އަހަރެމެން މާލޭގައި އުމުރު ދުވަހު އުޅެ ރަޖިސްޓްރީވެފާ ތިބި އެތައްހާސް މީހުން މިތިބީ ގޯތި ނުލިބި ބާކީ ކޮށްލާފަ. ނިޒާމު ބަދަލުކުރުންތޯ ނުވަތަ ރައްޔިޔުން ގެ މެދުގައި ހަމަހަމަ ކުރުންތޯ؟ ބޮޑު ބަޔަކަށް ނާއިންސާފުވުންތޯ ކޮންގޮތަކަށް ކަންކުރިއްޔާތޯ ވޯޓް ލިބޭނީ؟
އޮނަރަބްލް އަފީފު ދީދީ
18 September 2023
ރާއްޖޭގައި އޮތީ ރަސްކަމެއްގެ ސިފައަށް ހިންގާ "ނަމެއްގައި" ޖުމްހޫރީ ވެރިކަމެއް. އޭގެބަދަލުގައި "އެއްރަށްދައުލަތް ސިޔާސަތާއި، ނަސްލީ ތަފާތުކުރުން ނުވަތަ ރޭސިސްޓް އުސޫލުތަކަށްނުރުހޭނެ ތަހުޒީބުދައުލަތްތަކުގައި ވެރިކަންކުރާފަދަ "ފެޑަރަލް ޕާލަމެންޓަރީ ސިސްޓަމަކަށް" ހިންގާވެރިކަމެއް ޤާއިމްކުރާންޖެހޭ. # އެކަމަކު މިދެންނެވިފަދަ ނިޒާމެއްހޯދުމުގެ ބަދަލެއްގެގޮތުން ނުވަތަ އެކަމަށްޓަކާ ދެވޭ އުޖޫރައެއްގެ ގޮތުންވެސް މިހާރުގެވެރިކަން ދަމަހައްޓާން ހެޔޮ ނުވާނެ.
ހަމަ އަހާލީ!
18 September 2023
ހައްދުފަހަނަޅާފައިވާ ފިކުރާއި ލާދީނީ ފިކުރާއި ދަރަނި ވެރިންގެ ފިކުރު އެކުލެވޭ ކޯލިޝަނަކުން ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންގެ ވޯޓް ހޯދަން މަސައްކަތްކުރައްވަމުން ، އެ ރައްޔިތުންގެ އަތުގައި އޮތް ވެރިއަކު އިޚްތިޔާރުކުރުމުގެ ހައްގު ނިގުޅައިގަންނަން ކުރާ މަސައްކަތުގައިވެސް ބައިވެރިވެ ވަޑައިގަންނަވަނީ މަނިކުފާނަށް ރައްޔިތުންގެ ތާއީދު ނެތަތީވެ އެކަމާއި ކޯފާވެގެން ތޯ؟
އެއްބައެއް
18 September 2023
ވަކި ޕާޓީއެއް ހެދިއަސް މިޒާޖުގެ ގޮތުން އެއްބައެއް ތިއީ. ވަކިވެގެން ގޮއްސަވެސް އަނބުރާ ގޮސް ހަމަ އަލުން އެކުވުން އޮތީ. ގައުމު ހަލާކުކުރަން ފެއްޓުމުގެ ބާނީން ތި ރީނދ ޕާޓީއަކީ. ފަހުން އެއްބަޔަކު ނޫކުލަ ޖެއްސިއަސް ވާނީ ހަމަ އެކައްޗަކަށް.
ބޮޑުމީހާ
18 September 2023
އަންނިއަށް ހެޔޮ ނަސޭހަތެއް ދޭން އޮތީ. އިބޫ ސޯލިހަށް އިތުބާރު ނުކުރާތި. ކިތަންމެ މަޑުން ހުއްޓަސް އަންނިގެ ސިޔާސީ މަސައްކަތުގެ ހުރިހާ ފޮނިމީރުކަމެއް ލިބުނީ އިބޫސޯލިހަށް. ދެވަނަ ބުރުން އިބޫ މޮޅުވެއްޖެއްޔާ ޑިމޮކްރެޓުންގެ ސިޔާސީ ހަޔާތް ކަފުުންވީ. މިވަރު އަންނިއަށް އަންޑަސްޓޭންޑް ވާނެކަމަށް ދެކެން.
ވާދޫ މޯޑް
18 September 2023
ފޭކް. ހިތުން ނަޝީދު ހައްދާލީ؟؟؟؟
ނާޑުވާ
18 September 2023
މިހާރު ބެއްޖެ ކަންނޭނގެ އަންނި އަށްވެސް އެނގެން ރައްތިތުން ތިބި ގޮތް. މިފަހަރު ފެނޭ ތި ވޯޓެއް ނަގާފަ ރައްތިތުން ބަރުލަމާނީ ބޭނުން ނުވާކަނއ އަންނި އަށް ސާފުކޮށްދޭން. ދައުލަތުން ޚަރަދެއް ދިޔަޔަސް ތިކަލޭގެ މައިތިރި ވާނެ ދޯ.
މޮޔަނުވޭ
18 September 2023
ނުވާނެ ތިކަމެއްދެނެއް. ވުޖޫދުންވެސް ފޮހެވިގެންދާނެ ތިއެތި ނޮވެމްބަރާއި ހަމައަށް އެނބުރޭއިރު އިންޝާﷲ.
ރަދީފްއޮފިޝަލް
18 September 2023
ރައްޔަތުންގެ ޓެކްސް ފައިސާއިން 40 މިލިއަން ރުފިޔާ ގެއްލުން ނޫންކަމެއް ތިޔާ ވޯޓުން ނުވާނެ.