ޚަބަރު / ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

އަމީނީމަގުގެ ބާކީ ބައި ހަދަން ފަށާނީ އަންނަ މަހު: އަކްރަމް

އަމީނީ މަގުގައި ތާރު އެޅި ހިސާބުން މީހަކު ދުއްވާފައި ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

20 ސެޕްޓެމްބަރ 2023 - 15:13

24 comments

އަމީނީމަގުގެ ބާކީ ބައި ހަދަން ފަށާނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ފަހު ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އަލަށް ހަދަމުން އަންނަ މަގުގެ ފަހު ސެގްމެންޓު ފަށަން ފުރަތަމަ ނިންމީ މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ކަމަށެވެ. ނަމަވެސް، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރަށްފަހު މަގު ހަދަން ފަށާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމަށްފަހު މަސައްކަތް މެދުކަނޑާލީ، ވޯޓުލާ ދުވަހު މަގު ބަންދުކޮށްފައި އޮވެއްޖެ ނަމަ ގިނަ ބަޔަކަށް ދަތިވާނެތީ އެވެ.

އަމީނީމަގުގައި ދެން ތާރުއަޅަން ޖެހޭނީ ކުޑަ ތަންކޮޅެއްގަ އެވެ. ނަމަވެސް، އެއީ، އެ މަގުގައި އެންމެ ބާރުބޮޑު ހިސާބެވެ. ވިލިމާލެ ފެރީ ޓާމިނަލާއި އައިޖީއެމްއެޗްގެ ބޭރު މަގާ ގުޅޭ ހިސާބަށް ވުމުން އެ މަގުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަތުރުކުރެ އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ބާކީބައި ބަންދުކޮށް، އާއްމުންނަށް ދަތިނުވާނެ ގޮތަކަށް ބަދަލުތައް ގެންނާނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީމަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ.

24 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 0%
icon angry icon angry 41%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން

21 September 2023

ދެން ނަސަންދުރަ ކުރިމަތިން ބޭރު މަގުގަ ތާރުއަޅާ ރަގަޅު ފެންވަަރަކަން އެމަގު ތަރައްގީ ކޮއްލަދިނުން އެދެން. ކޮންމެ ވެރިއަކު ހޮވުނު ކަމުގައި ވިއަސް. އެމަގުން ދުއްވަން ޖެހޭތީ ވަޅުގަނޑު ގަނޑައް ޖެހި ޖެހި އުނަގަނޑުގަ ރިއްސާ. މިހާރު މާލޭގެ ހުރިހާ މަގެއްވެސް ރަގަޅު ފެންވަރަކަން ހަދަން ވެއްޖެ.

The name is already taken The name is available. Register?

އަލީ

21 September 2023

ވަރަށް ފަސޭހަވެއްޖެ, ހުރިހާމަގެއްވެސް މިހެން ހެދޭނެނަމަ, އަދީގެންވެސް ފަސޭހައިން ޕާކުކުރެވޭނެ ގޮތަށްހެދޭތޯބަލައިދީ ސައިލުވެސް ހިމެނޭގޮތަށް

The name is already taken The name is available. Register?

ކޮކާ

21 September 2023

ތިހެން އަންނަ މަސް އަންނަ އަހަރު ކިޔާލަ ކިޔާލަ ތިބޭ. އެއީ ތިމީހުންނަށް ވާވަރަކީ

The name is already taken The name is available. Register?

އަޑަފި

20 September 2023

ކޮބައިހޭ 84 މިލިޔަންރުފިޔާގެ އެގްރިމެންޓް، އެ ނުދައްކަން ތިޔަ އުޅުއްވަނީ ކީއްވެގެންހޭ، ކޯއްޗެއްފޮރުވަންހޭ.

The name is already taken The name is available. Register?

މައުލޫމާތު

20 September 2023

މައުލޫމާތު ބޭނުމިއްޔާ އިންފޯރމޭޝަން ކޮމިޝަނަރ އޮފީސް މެދުވެރިކޮއް ހޯދަންވީނުން. ތިހާ ބަލަން ބޭނުމިއްޔާ. ގޭގަ އޮއްވާ މޫކޭ ނާއްނާނެ އެދައްކާކައް

The name is already taken The name is available. Register?

300 މުއިއްޒު

20 September 2023

މުއިއްޒު މަޖީދީ މަގު ހެދި ކޮންޓްރެކްޓް ބަލާބައް ގޮސް

The name is already taken The name is available. Register?

މެއުލާމާތު

21 September 2023

މައުލޫމާތު... ނޭގޭތަ އިންފޮރމޭޝަން ކޮމިޝަނަރ ބުނެގެންވެސް ނުދިންކަން އަދި ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ނުދޭންވެގެން ހައިކޯޓަށް ދިއައިމަ މައުލޫމާތު ދޭން ހައިކޯޓުން އެންގިކަން. އެ އެއްބަސްވުންވެސް ގައުމީ ސަލާމަތަށް ނުރައްކާވާތީބާ ނުދެނީ.

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރ

20 September 2023

ޝުކުރިއްޔާ އިބޫ! މަނިކުފާނުގެ ވެރިކަމުގަ މާލޭ ރައްޔިތުންނަށް ހައްގުވާ މިންވަރަށްވުރެއް އިތުރަށްވެސް މާލެ ތަރައްގީވެއްޖެ. އަމީނީމަގު %98 ތާރުއެޅުމާ، ހަޅުމާލެ ފޭސް2ގަ ޓިނުސުކޫލެއް އެޅުމާއި އަދި ބުރިޖްތަބުޖެހުމަށް ދަބަރުޖެހި 5ހޮޅިއަކީ މާލޭ ރައްޔިތުންގެ %75 ވޯޓްދޭންޖެހޭފަދަ ބޮޑެތި ބިޔަތަރައްގީ. އަދިވެސް އެއްފަހަރު ޝުކުރިއްޔާ

The name is already taken The name is available. Register?

ރޯޑް

20 September 2023

ތިޔަތަނުގައި ފުޑް ކޯޓް އެޅީ ބޮޑު މޮޔައެއް، ކަޑައެޅިގެން އިނގޭ އެއީ ބޭރު މައިމަގުކަން. ދެންވެސް ޓީޖެޓީ ނަގައި ބޭރަށް މަގު ބަދަލު ކުރަން ވިސްނަވާ!

The name is already taken The name is available. Register?

ހޯހޯހޯ

21 September 2023

ބަދަލުކުރަންވީ ރާއްޖޭގެ ވެރިކަން އެހެން އަތޮޅަކަށް ނުވަތަ ރަށަކަށް. އެހެންނޫނީ މާލެއަކަށް ހައްލެއް ނެތް.

The name is already taken The name is available. Register?

މުއިއްޒު 2.0

20 September 2023

މުއިއްޒުގެ 300 މިލިއަނައް ގާ ބަދަލު ކުރި މަޖީދީ މަގައް ވުރެ މާ ރަނގަޅު ފެންވަރެއްގަ އަމީނީ މަގު އެ ނިންމަނީ. ބަދަލު ނުކުރާ އެންމެ ހޮޅި އެއްވެސް ނެތި. މަގު ހެދީ އޭ ބުނަން ގާ އެކަނި ބަދަލުކޮށްފަ އަޑީގަ ފޮރުވާލީ އެއް ނޫން

The name is already taken The name is available. Register?

ހޯހޯހޯ

21 September 2023

އެކަމަކު އެންމެ މަގެއް ހެދުމަށް 05 އަހަރު ހޭދަކުރުމަކީ މިޒަމާނުގައި އިންސާނުން ޤަބޫލުކުރާނެ ކަމެއްނޫން. ދެން ދެ ކޮނޑުހުޅު ނެއްޓެންދެން ބާރަަށް އަތްޖަހާ.

The name is already taken The name is available. Register?

މައިބަދަ

20 September 2023

މައިބަދައިގެ ތަދު ލުއިވެއްޖެ. ސުކުރިއްޔާ ޢިބޫ. މީ ހަމަ ބެސްޓް. ހުރިހާ މަގެއް ވެސް ހައްދަވާ ދެއްވާ

The name is already taken The name is available. Register?

ހޯހޯހޯ

21 September 2023

ބާކީ ކިތައްމަގު؟ ކޮންމެ މަގަކަށް 05 އަހަރުގެ ދައުރެއް. ކެތްވާނެބާ؟

The name is already taken The name is available. Register?

ބޮޑުމީހާ

20 September 2023

ދައުރެއް ހޭދަވެގެން މިދިޔައީ އަމީނީ މަގެއް ނުނިމި. މިވަރުންވެސް ކޮންމެ ރެޔަކު ކަންމަތީ ޖަލްސާތަކަށް މީހުން އެއްކޮށްގެން ކޮންމެވެސް ފޮންޏެއް އެބަކަނޑާ

The name is already taken The name is available. Register?

ބަކަރިބޯ

20 September 2023

1 ދައުރާ ބައިގަ އިންފްރާސްޓްރަކްޗާ މިނިސްޓަރަކަށް ހުރި މީހާއަށް އެމަގު ހަދަން ނުވެސް ފެށުނު!

The name is already taken The name is available. Register?

ގަމާރު 2.0

20 September 2023

ރަނގަޅައް ލިޔެފަ ހުރި އެއްޗެއް ކިޔާބައް. އެެއޮތީ ލިޔެފަ ދޯ މިދިޔަ އަހަރޭ މަސައްކަތް ފެށީ.

The name is already taken The name is available. Register?

ގަމާރު 3

20 September 2023

2020 ގަ ހަދަން ފެށީ

The name is already taken The name is available. Register?

އަމީނީ 2022

20 September 2023

2022 ވަނަ އަހަރު އަމީނީ މަގު ހަދަން ސޮއެ ކުރީ ގަމާރާ

The name is already taken The name is available. Register?

ހަސީންބެ

20 September 2023

ތިތާ ނެތެއް ނޫން ދުއްވާނެ ތަނެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454