އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ" ފެށުމުގެ ރަސްމިއްޔާތެއްގެ ތެރެއިން: އެ ކުންފުނީގެ ހިއްސާގެ މޫނުމަތީ އަގު ފަސް ރުފިޔާ އަށް ދަށްކޮށް، ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކާ ގޮތަށް ވަނީ ނިންމާފައި.---މިހާރު ފައިލް ފޮޓޯ
05 ފެބުރުއަރީ 2017 - 15:23
އެމްޓީސީސީގެ ހިއްސާގެ މޫނުމަތީ އަގު ފަސް ރުފިޔާ އަށް ދަށްކޮށް، ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކާ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ކުންފުނިން ނޫސްބަޔާނެއްގައި ބުނީ، މިހާރު ތިބި ހިއްސާދާރުންނަށް އިތުރު ހިއްސާ ގަތުމުގެ ފުރުސަތު ދިނުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި ބޯޑުގެ ނިންމުން ހިއްސާދާރުންގެ ގަރާރަކުން ފާސްކުރުމަށް އެދި ހުށަހެޅުމަށް މިމަހު ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނީގެ ހިއްސާއެއްގެ މޫނުމަތީގެ އަގަކީ 50ރ. އެވެ.
އެމްޓީސީސީން ބުނިގޮތުގައި މިހާރު ހިއްސާ ގަނެފައިވާ މީހުންނަށް އެ ކުންފުނީގެ އިތުރު ހިއްސާ ގަތުމުގެ ފުރުސަތު ދިނުމުން، ކުރިން ދޫކޮށްފައިވާ ކޮންމެ ހިއްސާއަކަށް 10ރ. ލިބޭނެ އެވެ. އަދި ހިއްސާއެއްގެ މޫނުމަތީގެ އަގު ފަސް ރުފިޔާގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ހިއްސާ ފަޅިކުރުމަކީ މިވަގުތު އެމްޓީސީސީގެ ހިއްސާދާރުންގެ ގޮތުގައި ތިބި މީހުންނަށް ކުންފުނީގެ އިތުރު ހިއްސާ ގަތުމަށް ދައުވަތު ދިނުމެވެ. އެ ކުންފުނިން ނިންމާފައި ވަނީ ހިއްސާ ފަޅިކުމަށް ފަހު، މިހާރު ތިބި ކޮންމެ ހިއްސާދާރަކަށް ފަސް ރުފިޔާގެ މޫނުމަތީގެ އަގުގެ ހިއްސާއެއް 62ރ. އަށް ވިއްކުމަށެވެ. އަދި އޭގެ ތެރެއިން ބާކީވާ ހިއްސާ އާއްމުންނަށް ވިއްކަން ހަމަޖެހިފައި ވަނީ ހިއްސާއެއް 112ރ.ގެ ރޭޓުންނެވެ.
އެމްޓީސީސީގެ ބޯޑު މެމްބަރަކު "މިހާރު"އާ ވާހަކަދައްވަމުން ވިދާޅުވީ ބޯޑުން ނިންމާފައި ވަނީ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ފަހު، ހިންގާ ގަވައިދަށް ބަދަލު ގެނައުމަށް ކަމަށެވެ. އަދި އެ ބަދަލަށް ފަހު ހިއްސާ ވިއްކުމުގެ މަސައްކަތް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް، އަންނަ އޭޕްރީލް މަހު ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހިއްސާ ގަތުމަށް ފުރަތަމަ ފުރުސަތު ދެނީ ހިއްސާދާރުންނަށް. މިހާރު ވެސް ކުންފުނީގެ ކޮންމެ ހިއްސާދާރަކަށް ހިއްސާއަކަށް ބޯނަސް ހިއްސާއެއް 2015 ގައި ވަނީ ދީފައި. ހިއްސާދާރުންނަށް ގަތުމުގެ ފުރުސަތު ދިނުމަށް ވަކި މުއްދަތެއް އަދި ކަނޑައެއް ނާޅާ،" މެމްބަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބޫ
06 February 2017
ޢެއްވެސް ބޭފުޅަކު ހިއްސާ ނުގަންނާތި ސަރުކާރުން އެމް ޓީ ސީ ސީ އަށް ދޭން އޮތް ފައިސާ ނުދީ އަނެއް ކާ ހިއްސާ ވިއްކައިގެން ފައިސާ ހޯދަން
ފައިސަލް
05 February 2017
ކުންފުނިތަށް ބަގުރޫޓް ވީމަ ނުއަގުގަވެސް ވިއްކާނެ، ތީ ރައްޔިތުން ލޮލުގަ އަޅުވާ އަދުނެއް.
ދިސްވޭ
05 February 2017
އެމްޓީސީސީގެ ހުރިހާ ހިއްސާ އެއް ގަނެލަންވީ ސަރުކާރުން ގަނޑު ކޮށް. އެއިރުން ސަރުކާރަށް އެމްޓީސީސީގެ ބޯރޑް ގެ އަގްލަބިއްޔަތު ލިބުނީ އެއް ނޫންތޭ. 5 ރުފިޔާ ގެ ހިއްސާ އެއް 10 ރުފިޔާ ގެ ރޭޓުން ޕެންޝަން ފަންޑް ގައި ހުރި ފައިސާ އިން ގަނެލީމާ ނިމުނީ އެއް ނޫންދޯ. އެއިރުން ދެން އެމްޓީސީސީ އަށް ސަރުކާރުން ގެންނަން ބޭނުންވާ ކުރިއެރުން ބާރަށް ގެންދެވޭނީ. އާންމު ހިއްސާ ދާރުން އެމްޓީސީސީ ކުރިއަރުވަން ކުރާ އެެއްވެސް މަސައްކަތެއް ނޯވެއެވެ.
ާްއަފީފު
05 February 2017
ކޮންބައެއްގެ ފައިސާ އެއްހޭ ޕެންޝަންޑުގައި ހުރީ
ދޫނި
05 February 2017
ކަލޯ ހިއްސާ ވިއްކަނީ ކީއްވެގެން ކީއްކުރަން ކަން ނޭގެންޏާ ތިކަހަލަ ކޮސް ގޮވާނެ. އާންމު ހިއްސާދާރުންނަކީ ކުންފުނީގެ ދުވަހުން ދުވަހަށް ހިންގުމުގެ އެއްވެސް ވަރަކަށް ބައިވެރިވާ ބަޔެއްވެސް ނޫން.
ދެކޮޅުވެރިޔާ
05 February 2017
މޫނުމަތީގެ 5 ރުފިޔާގެ ހިއްސާއެއް 112 ރުފިޔާއަށް. ހިއްސާއަކަށް ފައިސާ ބަހާއިރު މޫނުމަތީ 5 ރުފިޔާގެ ހިއްސާއަކަށް 5 ރުފިޔާ (%100) ދިނަސް އެމީހަކަށް 112 ރުފިޔާ، ފުލް އިންވެސްޓުމަންޓު ކަވަރުވާނީ 22.4 އަހަރުން ނުވަތަ 23 އަހަރުން. އެއީ 5 ރުފިޔާގެ ހިއްސާއަކަށް 5 ރުފިޔާ ދީފިއްޔާ. ނަމަވެސް ގަބޫލު ކުރެވެނީ ހިއްސާގެ މޫނުމަތީ އަގަކީ 5 ރުފިޔާ ކަމަށްވާނަމަ އެންމެ ގިނައިންވެސް ހިއްސާއަކަށް ދޭނީ 1 ރުފިޔާ (%20) ކަމަށް. އެހެންކަމަށްވާނަމަ 112 ރުފިޔާއަށް ފައިދާވާން އަދި ފަށާނީ 112 އަހަރު ފަހުން. އެންމެ ފައިދާބޮޑު ދިރާގު ތަންތަނުންވެސް 80 ރުފިޔާގެ ހިއްސާއަކަށް އަހަރަކު ދެނީ 5 ރުފިޔާ އާއި 10 ރުފިޔާއާ ދެމެދުގެ މިންވަރެއް. އެ މިންގަނޑުން ބަލާނަމަ ފަހަރުގައި އެމްޓީސީސީއިން ހިއްސާ ގަންނަ މީހަކަށް ފައިދާވާން ފަށާނީ އިންވެސްޓު ކުޜާތާ 150 އަހަރު ފަހުން. ޝުކުރިއްޔާ.
މުޙައްމަދު
05 February 2017
ވަރަށް ރަނގަޅު ކޮމެންޓެއް.. ސާބަސް... ނުވިސްނޭ ދިވެހިން 112 އަށްވެސް ހިއްސާ ގަންނާނެ!!!! ރާއްޖޭގެ ޝެއަރ ބާޒާރުގެ ހިތުހުރިގޮތަކަށް ޝެއަރ ވެލިޔު ބަދަލުގެނެވެނީ އުސޫލުތައް އެނގޭ ބަޔަކުނެތިފައި "ސޭފްޓީ ނެޓްގަ" "ލޯވަޅު" ގިނަކަމުން
މުހައްމަދު
06 February 2017
ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ހިއްސާއަކަށް ޖެހޭނެ ކަމަށް ލަފާކުރާ މިންވަރު ހާމަކޮށްދެއްވާށެވެ. އޭރުން ހިއްސާ ގަންނަން މިތިބީ ތައްޔާރަށެވެ.
ފޭސްވެލިއު
05 February 2017
ފޭސްވެލިއު 5 ރުފިޔާ. ވިއްކަނީ 112. ފައިދާ އަހަރަކު ހިއްސާއަކަށް 4 ރުފިޔާ. ރިކަވަރީ 28 އަހަރު. ކަލޭމެނަށް ނިކަންރަނގަޅަށް ތިކަންކުރަން އެބަ އެނގޭ. ވަރަށް ސަލާން