ކުޅިވަރު / ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޓީ20 ވޯލްޑް ކަޕް އޭޝިއާ ކޮލިފައިން: އަޒްޔާނާއި އާދަޅޭ ގިނަ ލަނޑުތަކެއް ހެދި ނަމަވެސް ރާއްޖެއަށް މެޗެއް ނުލިބުނު

ޓީ20 ވޯލްޑް ކަޕް އޭޝިއަން ކޮލިފައިން މުބާރާތް ފެށުމުގެ ކުރިން، ރާއްޖެ ހިމެނޭ ގުރޫޕްގެ ޓީމުތަކުގެ ކެޕްޓަނުން ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ގަތަރު ކްރިކެޓް އެސޯސިއޭޝަން.

ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ވޯލްޑް ކަޕް އޭޝިއާ ކޮލިފައިން މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗުގައި ކެޕްޓަން އާދަމް އުމަރު (އާދަޅޭ) އާއި ވައިސް ކެޕްޓަން އަޒްޔާން ފަރުހަތު ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ގައުމީ ކްރިކެޓް ޓީމު ބަލިވެއްޖެ އެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖޭން އިއްޔެ ކުޅުނީ ސައުދީއާ ދެކޮޅަށެވެ. އެ މެޗު ސައުދީން ކާމިޔާބު ކުރީ 62 ލަނޑުންނެވެ.

އިއްޔެގެ މެޗުގައި ސައުދީ އަށް ޓޮސް ދިމާވެގެން ފުރަތަމަ ނިންމީ ކުޅޭށެވެ. ސައުދީން ވަނީ 20 އޯވަރު ތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން 172 ލަނޑު ހަދައިފަ އެވެ. މި އިނިންސްގައި ރާއްޖޭން އެންމެ ރަނގަޅަށް އުކީ މައުރޫފް އަމީލް އެވެ. އޭނާ އުކި ހަތަރު އޯވަރުގައި ސައުދީން 24 ލަނޑު ހެދިއިރު ދެ ކުޅުންތެރިން ނުބައިކުރި އެވެ.

ޖަވާބުގައި ރާއްޖޭން ކުޅެން އަރައި 20 އޯވަރު ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 110 ލަނޑެވެ. ރާއްޖޭގެ އިނިންސް ފަށައިގެން ވަރަށް ރަނގަޅަށް ކުޅުނެވެ. ކުޅުންތެރިއަކު ނުބައި ނުވެ ކުޅެމުން ދަނިކޮށް ރާއްޖެއަށް މައްސަލަ ދިމާވީ 10 ވަނަ އޯވަރު ނިމެން ބޯޅައަކަށް ވެފައި ވަނިކޮށް އާދަޅޭ ނުބައި ވުމުންނެވެ. އޭރު ރާއްޖޭން ވަނީ 69 ލަނޑު ހަދައިފަ އެވެ. އާދަޅޭ ނުބައިވީ 25 ބޯޅައިން 28 ލަނޑު ހަދައިފަ އެވެ.

ސައުދީއާ ދެކޮޅަށް ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 44 ބޯޅައިން 43 ލަނޑު ހެދި އަޒްޔާނެވެ. އާދަޅޭއާ އެކު އޯޕަނިންގައި އެރި އަޒްޔާން ނުބައިވީ 13 ވަނަ އޯވަރުގަ އެވެ.

މި މެޗުގައި ސްރީލަންކާއަށް އުފަން ތަރިންދު ކުޝާލް ރޮޑްރިގޯ އާއި ސަވިންދުރަ އަމަރަދާސަ ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ޓީމަށް ކުޅެފަ އެވެ.

ކޮލިފައިން މުބާރާތަށް ފުރުމުގެ ކުރިން ރާއްޖޭގެ ޓީމް ލަންކާގައި ކުޅުނު ޓްރޭނިން މެޗެެއގެ ކުރިން.-- ފޮޓޯ: ސީބީއެމް

ރާއްޖޭގެ ދެވަނަ މެޗުގައި މިއަދު ކުވެއިތާ ދެކޮޅަށް ކުޅެ ބަލިވީ ހަތް ވިކެޓުންނެވެ. މި މެޗުގައި ކުވެއިތަށް ޓޮސް ދިމާވުމުން އެޓީމުން ނިންމީ އުކާށެވެ. މި އިނިންސްގައި ރާއްޖޭން ވަނީ 20 އޯވަރު ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން 100 ލަނޑު ހަމަކޮށްފަ އެވެ.

މި މެޗުގައި ވެސް ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ އަޒްޔާނެވެ. އޭނާ ވަނީ 46 ބޯޅައިން 29 ލަނޑު ހަދައިފަ އެވެ. އާދަޅޭ ވަނީ 20 ބޯޅައިން 28 ލަނޑު ހަދައިފަ އެވެ.

ކުވެއިތު މޮޅުވީ ޖަވާބުގައި ކުޅެން އަރައި 12.2 އޯވަރު ތެރޭ ތިން ކުޅުންތެރިން ނުބައިވެގެން 103 ލަނޑު ހަދައިގެންނެވެ. މި އިނިންސްގައި ރާއްޖޭގެ ލީމް ޝަފީގް ވަނީ ދެ ވިކެޓު ނަގައިފަ އެވެ.

އޭޝިއާގެ ކޮލިފައިން މުބާރާތުން އަންނަ އަހަރުގެ ޓީ20 ވޯލްޑް ކަޕަށް ދާނީ، ފައިނަލް މެޗު ކުޅޭ ދެ ޓީމެވެ. ރާއްޖެ ހިމެނެނީ ރީޖަނަލް ކޮލިފައިން ގުރޫޕް އޭގަ އެވެ. ރީޖަނަލް ފައިނަލް ބުރަށް ހޮވޭނީ ގުރޫޕްގެ އެއްވަނަ ޓީމެވެ.

ރާއްޖެ ހިމެނޭ ގުރޫޕުގައި ސައުދީ އަރަބިއްޔާ އާއި ކުވެއިތުގެ އިތުރުން ހިމެނެނީ ކޮލިފައިން މުބާރާޓް ހޯސްޓު ކުރާ ގަތަރެވެ. ގުރޫޕްގެ ފަހު މެޗުގައި ގަތަރާ ދެކޮޅަށް ނުކުންނާނީ އަންނަ އާދިއްތަ ދުވަހު ހެނދުނު 11 ޖަހާއިރެވެ.

ކޮލިފައިން މުބާރާތަށް ދިޔުމުގެ ކުރިން ރާއްޖޭން ވަނީ ސްރީލަންކާގެ ކޯޗު، ޕަސިންދު ލިޔަނާރަޗީގެ އިރުޝާދުގެ ދަށުން ސްރީލަންކާގައި ކޭމްޕު ކޮށް، ހަތަރު ޓްރޭނިން މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ރާއްޖޭގެ ޓީމުން ދެ މެޗު ކާމިޔާބު ކޮށްފައި ވެއެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރއޕ ގައުމީ ޓީމު

01 October 2023

ލަންކާ ކުޅުންތެރިން ރާއްޖޭ ގައުމީ ޓީމަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454