ޅ.ނައިފަރުގެ ހައުސިން ޔުނިޓެއް. އެ ރަށުގައި ވަނީ 100 ހައުސިން ޔުނިޓް އަޅާފައި-- ފޮޓޯ: ޓްވިޓާ
03 އޮކްޓޯބަރ 2023 - 13:38
މި ސަރުކާރުން ފެށި 21 ހައުސިން ޕްރޮޖެކްޓްގެ މިހާތަނަށް ނިމިފައި ވަނީ ހަ ޕްރޮޖެކްޓެއް ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދުނު މައުލޫމާތުގެ ޖަވާބުގައިވާ ގޮތުން، 2019 އިން ފެށިގެން މިއަހަރުގެ ނިޔަލަށް އެ މިނިސްޓްރީން 21 ރަށެއްގައި ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފެށި ކަމަށެވެ. އެ ހައުސިން ޔުނިޓްތަކުގެ އަގު 1.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
ޕްލޭނިން މިނިސްޓްރީން އަތޮޅު ތެރޭގައި ހިންގާ އެންމެ ބޮޑު ހައުސިން ޕްރޮޖެކްޓް ހިންގަނީ ހދ. ކުޅުދުއްފުށީގަ އެވެ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓަށް 440 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ދެވަނަ އަށް އެންމެ ބޮޑު މަޝްރޫއުއެއް ހިންގަނީ ގދ. ތިނަދޫގަ އެވެ. އެ ރަށުގައި ހަދާ 200 ހައުސިން ޔުނިޓަށް 254 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.
ސަރުކާރުން މިހާތަނަށް ނިންމާފައި ވަނީ ކުޅުދުއްފުށީގެ 105 ހައުސިން ޔުނިޓާއި ޅ. ނައިފަރާއި ޅ. އޮޅުވެލިފުއްޓާއި ބ. ތުޅާދު އާއި ތ. ތިމަރަފުށި އަދި ހއ. ނޮޅުވަރަންފަރުގައި ވެސް 100 ހައުސިން ޔުނިޓް އަޅައިފަ އެވެ.
ޕްލޭނިން މިނިސްޓްރީން ރަށްރަށުގައި ފެށި ހައުސިން ޕްރޮޖެކްޓްތަކުގެ ތަފްސީލު
ހައުސިން ޔުނިޓް އެޅުމަށްޓަކައި އެންމެ ގިނަ ޕްރޮޖެކްޓް ޕްލޭނިން އިން ހަވާލު ކުރީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ ކުންފުނި، ދޮންބޭސް ޕްރައިވެޓް ލިމިޓެޑަށެވެ. އޭނާގެ ކުންފުންޏަށް ހަ ޕްރޮޖެކްޓެއް ހަވާލުކޮށްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ޕްރޮޖެކްޓް ހަވާލު ކުރީ އާރްސީސީ އާއި އެސްޖޭ ކޮންސްޓްރަކްޝަނަށެވެ. އޭގެއިން ކޮންމެ ކުންފުންޏަކަށް ފަސް ޕްރޮޖެކްޓް ހަވާލުކުރި އެވެ.
ސަރުކާރުން ހިންގާ ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ ދަށުން ތ. ވިލުފުށީގައި ހިންގާ ޕްރޮޖެކްޓްގެ 66 ޕަަސެންޓް ވަނީ ނިމިފަ އެވެ. ހއ. ދިއްދޫގެ ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ 39 ޕަސެންޓް ނިމުނު އިރު ގއ. ވިލިގިނލީގައި ހިންގާ މަޝްރޫއުގެ 28 ޕަސެންޓް ވަނީ ނިމިފަ އެވެ. ބާކީ ހުރި 14 ޕްރޮޖެކްޓްގެ މަސައްކަތް ގޮސްފައިވާ ހިސާބު އުޅެނީ 20 ޕަސެންޓަށް ވުރެ ދަށުގަ އެވެ.
މި ޕްރޮޖެކްޓްތަކުގެ އިތުރުން ޓެންޑާ މަރުހަލާ އާއި ޓެކްނިކަލް އިވެލުއޭޝަން ޕްރޮސެސްގައި ހައުސިން ޔުނިޓް އެޅުމުގެ ފަސް ޕްރޮޖެކްޓެއް އެބަ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަދީޖާ އަޙްމަދު
03 October 2023
އެމް.ޑީ.ޕީ ގެ ކޮންމެ ސަރުކާރެއްގައި ހައުސިން މިނިސްޓަރ ކަމަކީ އަސްލަންޓޭ އަަށް ހިބަކޮށް ދީފައި އޮންނަ މަޤާމެއް. އަސްލަންޓޭ ރިޓަޔަރ ކުރަންޖެހޭކަން ވަރަށް ސާފުކޮށް މިފެންނަނީ .
އެދުރުބޭބެ
03 October 2023
އެހްނެވީމަ ކާނަލް ނާޒިމް މިސަރުކާރަށް ޖެއްސުމަކަށްތާ ތިޔަ ޕްރޮޖެކްޓް ތައް ނަގައިގެން ފިނިހަކަ ދުވެލީގަ ތިޔަ ގެންދަނީ. އާރުސީސީ އަކީ ނާޒިމް ހިންގާ އާއިލީ ކުންފުނި.
ޗޯރޭ
03 October 2023
5 އަހަރޭ ކަލޯ. މިވަރު މީހުންނަށް 10 އަހަރު ދިނަސް ނުވާނެ
ބޮޑުމީހާ
03 October 2023
އޯގާތެރިވެރިކަމެއްގަ ނަންބޯޑު އަޅުވައިގެން ކުރެވުނުހާވެސް ކަމަކީ ދައުލަތް ދަރުވާލުން. 5 އަހަރުން ބޯހިޔާވެހިކަމަށް 1.9 ބިލިއަން ރުފިޔާ. ބަދަލަށް 1.4 ބިލިއަން ރުފިޔާ. އޯގާތެރިވީ ކޮންބަޔަކަށްކަން ވަރަށް ސާފުކޮށް މިއޮތީ ފެންނަން
ވިސްނަބަލަ
03 October 2023
ކަލޭމެން ހަދާން އެބަހުރިތަ ކޮވިޑް . ޢަހަރުމެންހާ ތަނަވަސްކޮށް ކައިގެން ބޮއެގެން ހުރިހާ ކަމެއް ފުދިގެން އުޅުނު ގައުމެއް އެބައޮތްތަ؟ ހަމައެކަނި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތަކީ އިމާރާތްތަކެއް ނޫން. ދަތިނުވެ ކޮވިޑްފަދަ ނުރައްކާތެރި ހާލަތުގަ ދިވެހި ރައްޔިތުންނަށް އުޅެން ލިބުމަކީ ވެސް މި ސަރުކާރުން ރައްޔިތުންނަށ ކޮށްދިން ކަންތައްތައް.
އެއްކަލަ މީހާ ދޯ
03 October 2023
ތިޔަ ތަފުސީލުތައް ހަމަ ލިޔެލަން ކެރުނީ އިންތިޚާބު ނިމުނުފަހުން ދެއްތޮ؟
ކަތްދައްތަ
03 October 2023
މިހާރު ހުންނާނީ ފުލްކޮށް ޕޭކޮށްފަ. އަދި ތިޔަ ހައުސިން ޕްރޮޖެކްޓްތައް ދެވަނަ ފަހަރަށް އަންނަ ސަރުކާރުން އެސަރުކާރުގެ މެންބަރުންނާ މިނިސްޓަރުންގެ ކުންފުނިތަކަށް ދިނުމަށް ބިޑަށް ހުޅުވާލާނެ. އޭރުން ދެެވަނަ ޕޭމަންޓް އެހެން ބަޔަކަށް ދެވޭނެ. ރައްޔިތަކާ ހަމައަށް ތިޔައިން ފުލެޓެއް އަންނާނީ އެވަރުގެ ހައެއްކަތަން ހަދާނެ ރުފިޔާ ޚަރަދުކޮށްފަ. ދެން އަގު ބޮޑުވެގެން ރައްޔިތުން ޝަކުވާ ކުރާއިރު އަނެއް ރިޔާސީ އިންތިޚާބު އޮންނާނީ ބޯމަތީގަ. ދެން ކުލިކަޑަން ވަޢުދުވޭ.
ދޮން އައިސަ
03 October 2023
އިންތިހާބީ ސަރުކާރަށް ގޮވާލަން ނިމެމުންއަންނަ ސަރުކާރުން ގެ ދަރަންޔާއި އަރަނި އަދި ހެދީކިތަށް ބަނދަރުތޯ އެޅީކިތަށް ނަރުދަމާތޯ ކިތަށް ފެންޕުލާންޓު ބެހެއްޓިތޯ ކިތަށް ކލޯމީޓަރ މަގުހެދިތޯ މިކަހަލަ ކަންތަށް އެމީހުން ލައަވައި ރައިޔަތުން ނަށް ހާމަކޮށްފައި ސަރުކާރާއި ހަވާލުވުމަށް. ނޫނީ ފަހުން ބުނާނެ ތިމަންނަމެން ފޭބިއިރު މިތަށް މިލޔަނުން ލާރިހުއްޓޭ މިއެނި އެވެނި ކަމެއް ކުރީމޭ.
އީސަދަރި
03 October 2023
މިވަރުންވެސް އަދިވެސް ދެންވިއްޔޯ އިތުރު ދައުރެއް ކަމެއް ނުވާތާ ދެރަވެސްވާން އެގެނީކީ ނޫންވިއްޔަ
ދެރަވާންޖެހޭ ސަބަބެއް ނެތް
03 October 2023
ޝައްކެއްވެސް ނެތެވެ. އިތުރު ދައުރެއް ދިންނަމަ ތިކަންކަން ނިންމާނެއެވެ. މިހައިތަނަށް ބައެއް ޕްރޮޖެކްޓްތައް ނުނިންމުނު ސަބަބަކީ ކޮވިޑްގެ ޢާލަމީ ވަބާގައިޖެހި މުޅި ދުނިޔެ 1/2 2 އަހަރަށް ހުއްޓުމެވެ. "އީސަދަރި" ތިއުޅެނީ އެކަން ހަނދާން ނެތިގެންނެވެ. ކޮންމެ ވެރިކަމެއް ވެސް ނިމޭއިރު ފުރިހަމަ ނުކުރެވޭ މަސައްކަތްތަކެއް ހުންނާނެ އެވެ. އެބައި ނިންމާނީ އަލަށް އިންޠިޚާބުވާ ސަރުކާރަކުންނެވެ.
ދެރަވާންޖެހޭ
04 October 2023
ޔާމީނަށް އިތުރު ދައުރެއް ދިންނަމަ ކޮށްލާނެ ކަންކަން މާ ގިނަވެފަ ފުރިހަމަވީސް. ކޮވިޑްގެ ވާހަކަ ދައްކާއިރު ގައުމު ދަރާހުލިކޮށްލައިގެން ކަންކަން ނުކުރެވޭނެ އެއްވެސް ބަޔަކު ނުތިބޭނެ. ކޮވިޑްގަ ހިތުހުރިހާ އަރާމެއްގަ އުޅެންވެގެން މެނޭޖްކުރަން ނޭނގުނީމަ ފަހުން ދައްކަންޖެހުނު އަގު މާ ބޮޑުވެއްޖެ.
މަހަށްދޭބަލަދެން
03 October 2023
ކޮބާ ތަމެންގެ ކައްޕަޅި ވެރިކަމުގައި ކުރި ކަންކަން މިއެގިގެންދަނީ ދޯ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..