ކުޅިވަރު / އޭޝިއަން ގޭމްސް

އޭޝިއަން ގޭމްސްގެ ގަދަ 16 އަށް ދަތުރުކޮށް ނަބާހާ ބަލިވީ ދުނިޔޭގެ އެއްވަނަ އަތުން

ނަބާހާ އިއްޔެ ކުޅުނު އަންހެން ސިންގަލްސް މެޗުގައި، އެއީ އޭޝިއަން ގޭމްސްގެ ތާރީހުގައި ވެސް ބެޑްމިންޓަން އަންހެން ސިންގަލްސް އިވެންޓުން ރާއްޖޭން ހޯދި ފުރަތަމަ މޮޅު.-- ފޮޓޯ: އިސްމާއިލް ތޯރިގު/ އެމްއޯސީ

ޗައިނާގެ ހަންގްޒޫ ސިޓީގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި ރާއްޖޭޣެ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު ސިންގަލްސް އިވެންޓުގައި ތާރީހީ މޮޅެއް ހޯދައިފި އެވެ.

ނަބާހާ ވަނީ އިއްޔެ އޮތް ސިންގަލްސް އިވެންޓްގައި ކުޅުނު މެޗުގައި 2-1 ސެޓުން އިރާނުގެ ޔެގާނޭ ކަރުމާނީ ބަލިކޮށް ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ.

ފުރަތަމަ ސެޓްގައި 20-22 އިން އިރާނު ކުޅުންތެރިޔާ މޮޅުވި ނަމަވެސް، ޖެހިގެން އައި ދެ ސެޓު ނަބާހާ ކާމިޔާބު ކުރީ 21-13، 21-17 އިންނެވެ. މިއީ ބެޑްމިންޓަން އަންހެން ސިންގަލްސްގައި ރާއްޖޭން އޭޝިއަން ގޭމްސްގައި ހޯދި ފުރަތަމަ މޮޅެވެ.

އެހެން ނަމަވެސް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ކުޅުންތެރިޔާ، ދެކުނު ކޮރެއާގެ އަން ސޭ ޔަންގް އާ ދެކޮޅަށް މިއަދު ކުޅުނު ގަދަ 16 ގެ މެޗުގައި ނަބާހާ ވަނީ 21-4، 21-5 އިން ބަލިވެފަ އެވެ. ދުނިޔޭގެ ރޭންކިންގައި ނަބާހާ އޮތީ 205 ވަނައިގަ އެވެ.

ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާއާ ދެކޮޅަށް ނަބާހާ މިއަދު ކުޅުނު ގަދަ 16 ގެ މެޗަށް ފަހު.-- ފޮޓޯ: ނައިޝަމް ވަހީދު/ އެމްއޯސީ

އަންހެން ސިންގަލްސްގައި އާމިނަތު ނަބީހާ އަބްދުއްރައްޒާގު ވެސް އިއްޔެ ވާދަކުރި އެވެ. އެ މެޗުން އޭނާ ބަލިވީ ދުނިޔޭގެ ރޭންކިންގެ 18 ވަނައިގައި އޮތް ދެކުނު ކޮރެއާގެ ކިމް ގާ އެޔުން އަތުން 21-1، 21-2 އިންނެވެ.

ފިރިހެން ސިންގަލްސް އިވެންޓުގެ މެޗުތައް ވެސް އިއްޔެ ކުޅުނެވެ. ދުނިޔޭގެ ރޭންކިންގެ 36 ވަނައިގައި އޮތް ތައިލެންޑުގެ ކަންޓަފޯން ވަންގްޗަރޮއެން އާ ވާދަކޮށް ރާއްޖޭގެ ޒަޔާން ޒަކީ ބަލިވީ 21-3، 21-5 އިންނެވެ. އަދި ރޭންކިންގެ 81 ވަނައިގައި އޮތް ސިންގަޕޫރުގެ ޖޭސަން ޓެހް އާ ވާދަކޮށް ނިބާލް އަހުމަދު ބަލިވީ 21-8، 21-12 އިންނެވެ.

އަންހެން ޑަބަލްސް އިވެންޓުގައި ނަބާހާ އާއި ނަބީގާހެ ޕެއާ ވަނީ އިންޑިއާގެ ޓްރީސާ ޖޮލީ އާއި ގާޔަތުރީ ގޯޕީޗާންދުގެ ޕެއާ އަތުން 21-14، 21-12 އިން ބަލިވެފަ އެވެ. އިންޑިއާ ޕެއާ އަކީ މިދިޔަ އަހަރު އޮތް ކޮމަންވެލްތު ގޭމްސްގައި ލޯ މެޑަލް ހޯދި ޒުވާން ޕެއާ އެކެވެ.

އިއްޔެގެ ޑަބަލްސް މެޗުގައި މައިސާ އާއި އަފްނާންގެ ޕެއާ ކުލުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިސްމާއިލް ތޯރިގު/ އެމްއޯސީ

އަންހެން ޑަބަލްސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ ދެވަނަ ޕެއާ ކަމަށްވާ މައިސާ ފަތުހުﷲ އިސްމާއިލާއި އައިޝަތު އަފްނާން ރަޝީދު ވާދަކުރީ އިންޑިއާގެ އަޝްވިނީ ޕޮންނައްޕާ އާއި ތަނީޝާ ކްރެސްޓޯގެ ޕެއާއާ ދެކޮޅަށެވެ. މެޗުގެ ދެވަނަ ސެޓުގައި މައިސާ އަށް އަނިޔާވެގެން ރާއްޖެއަށް ޖެހުނީ މެޗު ދޫކޮށްލާށެވެ. މެޗުގެ ސެޓްތައް ނިންމާލީ 21-2، 12-2 އިން އިންޑިއާގެ ޕެއާ ކުރީގައި އޮވެގެންނެވެ.

މިދިޔަ ހޯމަ ދުވަހު ފިރިހެން ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ޕެއާތައް ވާދަ ކުރި އެވެ. ފިރިހެން ޑަބަލްސްގައި އަހުމަދު ތޯއިފް އާއި ޒަޔާން ޒަކީގެ ޕެއާ ވަނީ ހޮންގްކޮންގްގެ ލޯ ޗުއެކް ހިމް އާއި ޔެއުންގް ޝިން ޗޮއި އަތުން 21-6، 21-9 އިން ބަލިވެފަ އެވެ. އަދި އަހުމަދު ނިބާލް އާއި މުހައްމަދު އަޖުފާން ރަޝީދުގެ ޕެއާ ބަލިވީ ނޭޕާލްގެ ޖަވިން އަޗާރުޔާ އާއި ބިޝްނޫ ކަޓްވާލް އާ ވާދަކޮށް 21-17، 21-18 އިންނެވެ.

މިކްސްޑް ޑަބަލްސްގައި ދެކުނު ކޮރެއާގެ ސިއޯ ސިއަންގް ޖާއެ އާއި ޗާއެ ޔޫ ޖަންގްގެ ޕެއާއާ ވާދަކޮށް ޒަޔާނާއި ނަބާހާގެ ޕެއާ ބަލިވީ 21-7، 21-4 އިންނެވެ. އަދި ނިބާލް އާއި ނަބީހާގެ ޕެއާ ބަލިވީ ތައިލެންޑްގެ ސުޕަކް ޖޮމްކޯ އާއި ސުޕިއްސަރާ ޕޭވްސަމްޕްރަންއާ ވާދަކޮށް 21-6، 21-9 އިންނެވެ. ތައިލެންޑު ޕެއާ އަކީ ދުނިޔޭގެ މިކްސްޑް ޑަބަލްސް ރޭންކިންގެ 12 ވަނައިގައި އޮތް ޕެއާއެކެވެ.

އޭޝިއަން ގޭމްސްގައި ބެޑްމިންޓަން ފެށީ ޓީމް އިވެންޓުންނެވެ. އެންމެ ފަހުން އޮތް 2018 ވަނަ އަހަރުގެ ގޭމްސްއެކޭ އެއްގޮތަށް މިއަހަރު ވެސް ރާއްޖޭގެ އަންހެން ޓީމު ކުއާޓާ އިން ޖާގަ ހޯދި އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ކުޅުނު ކުއާޓާގައި ރާއްޖެ ވަނީ ސީދާ ތިން ގޭމުން ދެކުނު ކޮރެއާ އަތުން ބަލިވެފަ އެވެ. ކުއާޓާ މެޗުގެ ފުރަތަމަ ގޭމުގައި ނަބާހާ ބަލިވީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ އަން ސޭ ޔަންގް އާ ވާދަކޮށް 21-1، 21-5 އިންނެވެ. ދެވަނަ ގޭމުގައި ކިމް ގާ އެޔުން އަތުން ނަބާހާ ބަލިވީ 21-7، 21-4 އިންނެވެ. އަދި ތިންވަނަ ގޭމުގައި އަފްނާން ވަނީ 21-3، 21-1 އިން ކިމް ގަ ރާމް އަތުން ބަލިވެފަ އެވެ.

ފިރިހެން ޓީމް އިވެންޓުގައި ވާދަކުރި ރާއްޖޭގެ ޓީމް މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗުން ބަލިވީ ޗައިނީޒް ޓައިޕޭ އަތުން ސީދާ ތިން ގޭމުންނެވެ. ޒަޔާން ޒަކީ ފުރަތަމަ ގޭމުގައި، ދުނިޔޭޣެ ރޭންކިންގެ 13 ވަނައިގައި އޮތް ޗޮއު ޓިއެން ޗެން އަތިން ބަލިވީ 21-8، 21-1 އިންނެވެ. މިވަގުތު ރޭންކިންގެ 25 ވަނައިގައި އޮތް ވަންގް ޒޫ ވޭ އަތުން ދެވަނަ ގޭމުގައި ނިބާލް ބަލިވީ 21-7، 21-10 އިންނެވެ. އަދި ފަހު ގޭމުގައި ޗީ ޔޫ ޖެން އާ ވާދަކޮށް އަޖްފާން ބަލިވީ 21-4، 21-5 އިންނެވެ.

4 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިކިލީކްސް

11 October 2023

ބަލިވެއްޖެއެއްނު. ގަދަ 16 އިން އެލިމިމޭޓް ވީއެއްނު. ބޭކާރު ހަރަދުކޮށް ރައްޔިތުން ދަރަނިބޮލުންނަށް ހަދާފަ، މިނިސްޓަރުން ކަޓުނެގުމުގަ.

The name is already taken The name is available. Register?

ލަދުޖް

07 October 2023

ރަގަޅު ބަޔަކާ ޖެހުނީމަ އަސްލު ފެންވަރު މީ؟ވަރަށް ގިނައިން ދުން އަރުވާތަން ފެނޭ

The name is already taken The name is available. Register?

ސަޕޯޓަރެކޯ

06 October 2023

ކިހިނެއް މޮޅުވާނީ؟ ވަކި ވަރަކަށް ނޫނޭ ސިގިރެޓު ބޮނީ މި ދެކުދިން. ރެސްޓޯރަންޓަކުން މިދެމީހުން ފެނުނިއްޔާ ފެންނާނީ ސިގިރެޓު ބޯން ތިއްބަ. އަނެއްކާ ފުލުފުލުން ރޯކޮށްލަނީ. ވަރުގަދަ ފިރިހެނަކުވެސް އެވަރަށް ނުބޯނެ. އެބުއިން ހުއްޓާލަނިކޮށް މޮޅުކުރުމެއް ދެއްކިދާނެ.

The name is already taken The name is available. Register?

އަލްމުދިޝް

06 October 2023

މިކިޔެނީ ދުނިޔޭގެ ރޭންކިން ގައި އޮތް 10 ކުން މަތީގެ ކުދިންގެ ވާހަކައެވެ،. އެކަމަކު ބަލިވީ ކަމުގަ ބުނަނީ ދުޔޭގެ އެއްވަނަ ކުޅުން ތެރިޔަގެ އަތުންކަމަށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454