ހުޅުމާލެ ސައުތު ވެސްޓު ހާބަރު ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ކުރެހުމެއް: އެ މަޝްރޫއު ހަވާލުކުރީ ޖީޕީއެލް ހޯލްޑިންގްސް ކުންފުންޏާ --
04 އޮކްޓޯބަރ 2023 - 17:38
ހުޅުމާލެ ސައުތު ވެސްޓް ހާބަރު ތަރައްގީ ކުރުމުގެ މަޝްރޫއު، ޖީޕީއެލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
އާބަންކޯއިން މިއަދު ބުނީ މިވަގުތު މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވަނީ އެންމެ ޖެޓީ ހާބަރެއް ކަމަށްވާތީ އެތަނުގައި ޖާގައިގެ ދަތިކަން އެބަހުރި ކަމަށާއި އެކަމަކު މި މަޝްރޫއުގެ ދަށުން އެ ކަންކަމަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.
ހުޅުމާލެގައި މިވަގުތު ކަމް ކާގޯ ވެސެލްއަށް ހާއްސަކޮށްގެން ބަނދަރެއް ނެތުމުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ވެހިކިއުލާ ހާބަރެއް ތަރައްގީ ކުރާނެ ކަމަށާއި އަދި އޭގެ ސަބަބުން، ޑިންގީ ގެންގުޅޭ ފަރާތްތަކަށް ވެސް ފަސޭހަ ވެގެން ދާނެ ކަމަށް އާބަންކޯއިން ބުންޏެވެ.
ހުޅުމާލެ ސައުތު ވެސްޓު ހާބަރު ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ކުރެހުމެއް --
މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޕާކިން ޒޯނެއް ތަރައްގީ ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެކަމުގެ ސަބަބުން މާލެ ސަރަހައްދުގައި އުޅަނދު ޕާކު ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށާއި އެގޮތުން ކާރާއި ސައިކަލުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ޕާކިން ޖާގަ ގާއިމް ކުރެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ކޮމާޝަލް ޑެވެލޮޕްމެންޓަށް ތަފާތު އެކި ޖާގަތައް ހިމަނައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާސިމް
05 October 2023
އިބޫ ސޯލިހު ހުވާކުރިދުވަހުވެސް ހައުސިން މިނިސްޓްރީން ދިޔައީ ފްލެޓްތަށްވެސް ބަހަމުން. މީކުރިންބިޑްކުރެވި އެވޯޑްކުރެވެންވާކަމެއްވިއްޔާ މައްސަލައެއްނެތް.
ޙުސެންބެ65
04 October 2023
އާ ޕްރޮޖެކްޓްތައް ނުހިންގަން ކުންފުނިތަކަށް އަންގައިފި.....މިވީ ކިހިނެއް
ދޮހޮއްތު
04 October 2023
މިވަގު މިސަރުކާރުން މީސްމީހުނާ ޕުރޮޖެކްޓް ހަވާލުކުރުން ރަނގަޅެއް ނޫން …
ބްރޯސް
04 October 2023
ތެދެެއް.. ވައްކަން "ރަނގަޅަށް" ކުރަން އެނގޭކަން ސާބިތުކޮށްދީފައި އޮތް ޕީޕީއެމް ސަރުކާރަށް މިކަން ދޫކޮށްލުން ބުއްދިވެރީ. އޭރުން ބޮޑުއެއްޗެއް ނެގޭނީ.
ކެންސީ
04 October 2023
ކޮން ޖީޕީ އެލް އެއް ތަ. އަނެއް ލާރިގަނޑު ތި ކަޓުވާލަނީ
މިވީ ކިހިނެއް؟
04 October 2023
އައު ވެރިކަން އަންނަ މަހު، މިއަދު ކީއްވެ މިކަހަލަ ބޮޑު އެގްރީމެންޓެއްގައި މި ސޮއި ކުރެވުނީ؟ ވެރިކަމުގެ އެންމެ ފަހު އަހަރު ވާންޖެހޭނީ އިންތިޚާބުގެ 6 މަސް ކުރިން އެންމެހާ އައު ކަންކަން ކުރުން ހުއްޓާލަންޖެހޭ މުއްދަތަކަށް. މިއީ ގާނޫނު އަސާސީއަށް ގެންނަންޖެހޭނެ އިސްލާހެއް.
މުޑަހަންޖާ
04 October 2023
ކ.ހުޅުމާލެއަކީވެސް ވަކިރަށެއްގެ މީހުނަށް ބަންޑާރަގޯތިދޭ ރަށަކަށްވެފައިވާއިރު ދައުލަތުގެ ފައިސާއިން ރާއްޖޭގެ އެހެން ރަށްރަށާ ތަފާތުގޮތްގޮތަށް ރަށުގެ ތަރައްގީގެ ކަންކަން ހިންގުމަކީ ނަސްލީ ތަފާތުކުރުން. ކ.ހުޅުމާލޭގެ ބަނދަރުވެސް ހުންނަންޖެހޭނީ ރާއްޖޭގެ އެހެން ރަށްރަށުގެ ބަނދަރާއި އެއްޑިޒައިނަކަށް. އެހެނެއްނޫން ކ.މާލޭމީހުންއަތުން ވަކިން ޗަންދާނަގައިގެން އޭސީކޮށްފަ ބަނދަރެއް ހެދިއަސް އަހަރެމެން ދައްކާނެ ވާހަކައެއްނެތް.
ޓަތޫރަ
04 October 2023
ސުކުރިއްޔާ އިބޫ