އިޒްރޭލުން ގާޒާއަށް ބޮން އަޅަނީ: އެކަން ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައި.
07 އޮކްޓޯބަރ 2023 - 23:29
ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް މިއަދު ދޭން ފެށި ކުއްލި ހަމަލާތަކާ އެކު، އޭގެ ރައްދުގައި އިޒްރޭލުން ވެސް ހަމަލާ ބަދަލުކުރަން ވަނީ ފަށައިފަ އެވެ. މިހާތަނަށް ދެ ގައުމުން މަރުވި މީހުންގެ އަދަދު 300 އަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ ދިވެހި ސަރުކާރާއި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަމަށެވެ. އަދި ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފަމުންދަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފަށް ކަމަށް ގަބޫލުކުރާ ކުރުން ވެސް ބަޔާނުގައި ތަކުރާރުކޮށްފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ދާއިމީ ހައްލެއް ލިބެން އޮތީ "ޓޫ ސްޓޭޓް" ވުޖޫދަށް ގެނެސް، 1967 ގައި ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެގެން ކަމަށެވެ.
Statement by the Government of Maldives on the escalation of violence in the Gaza strip
— Ministry of Foreign Affairs 🇲🇻 (@MoFAmv) October 7, 2023
📃 Press Release | https://t.co/sobGLxzD7K pic.twitter.com/tBot7uAruR
މިއީ ފަހުގެ ތާރީހެއްގައި ހަމާސް އިން އިޒްރޭލަށް ދިން އެންމެ ވަރުގަދައެއް ހަމަލާއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަމަނަުގެ މައުސޫމާ
08 October 2023
ކޮބާ ޔަމަނުގެ ވާހަކަވެސް ދައްކާލަމާ، ސައޫދީ އެރެބިޔާ އިސްވެ އޮވެ އެގައުމު އެއޮތީ ސުންނާފަތި ކޮށްލާފަ. އެކަން ވެސް ކުއްވެރި ކޮއްލަބަލަ.
ސައުދީ ކައުސަރާ
08 October 2023
ޔަމަނުގެ ބަޔަކު ނުކުމެ ރައްޔިތުން ހޮވާފައި ހުރި ވެރިމީހާ ގައުމުން ބޭރުކޮށް މުޅި ޔަމަނަށް އަތް ގަދަ ކުރީމަ އަވަށްޓެރިން ނުތިބޭނެ ބަލާކަށް.
1206
08 October 2023
މި ބުނާ ދެ ދައުލަތް އެއީ ހަމަ އިންސާފުބާ؟ ކީއްވެބާ ދެ ދައުލަތް އިންސާފު ވަނީ. އަހަރުމެންގެ މި ގައުމުގައި މިހާރު މި އުޅޭ ބަންގާޅީން، މީގެ 50 - 70 އަހަރު ފަހުން މި ދިވެހިރާއްޖޭގައި އެ މީހުންނަށް ވަކި ދައުލަތެއް އުފެއްދުމަށް ދައުވާކޮށްފި ނަމަ އަހަރުމެންގެ ޖަވާބަކަށް ވާނެތޯ 2 ސްޓޭޓް ސޮލިއުޝަން. ނޫނީ. ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަށްތަކުން ގޮވައިލައިފި ނަމަ އަހަރުމެން އިޖާބަ ދޭނަމުތޯ؟
LaamuonlineDOTcom
08 October 2023
މިތިބީ ފަލަސްތީނާއެކުއޭ ހުރިހާ މުސްލިމުވެރިން އަބަދުވެސްކިޔަނީ، ޔާސިރުއަރަފާތުގެ ދުވަސްވަރުންފެށިގެންވެސް އިވޭވާހަކައަކީ މިތިބީ ފަލަސްތީނާއެކުއޭ، ނަމަވެސް އަމަލީގޮތުންކުރެވޭކަމެއްފެންނާކަށްނެތް މާނައަކީ މިތިބީ ފަލަސްތީނާއެކުއޭބުނުންފިޔަވައި އިސްލާމީއުންމަތުގެ ވެރިން އެކަށީގެންވާ އެއްވެސްކަމެއް ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ނުކުރެޔޭ!
1206
08 October 2023
މާތް ﷲ ވަނީ އަންގަވާފައި. އަހަރުމެން އެ އިލާހަށް ކިޔަމަންނުވާ ނަމަ، އަހަރުމެން ފިޔަވައި ކިޔަމަންވާނޭ އެހެން ބަޔަކު ގެންނަވާނޭ ކަމަށް. މިހާރު މި ފެންނަ ފެނުމަށް ބަލާއިރު، އަހަރުމެންގެ މިހާރު މިތިބަ މުސްލިމުންގެ ކިބައިން އިސްލާމީ މުޅި އުންމަތުގެ ނިސްބަތު ހެވެއް އައިސްދާނޭ ކަމާ މެދު ޝައްކު. ފަލަސްޠީނު މިނިވަން ނުކުރެވި ޤަރުނަކާއި ގާތް ވަނީ. އެހެންވީމާ އަހަރުމެންގެ އީމާންކަން ހަގީގަތުގައި ވެސް ރަނގަޅުތޯ ސުވާލު އުފައްދަން މި ވަނީ ޖެހިފައި. ހިތާމަހުރި.
މަޑީ
08 October 2023
އެމްސީ ހަމީދު ބުނާނެ ދެން ދިވެހި ސަރުކާރުވެސް އެސްޓިރިމިސްޓު ވެއްޖޭ.
ހހހހ
08 October 2023
ޒަކަރިއްްޔާ މަންސޫރު އެހެން ބުނާނީ.