އިޒްރޭލުން ގާޒާއަށް މިއަދު ބޮން އަޅަނީ: ދެ ފަރާތުގެ ހަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި
07 އޮކްޓޯބަރ 2023 - 21:49
ފަލަސްތީނާއި އިޒްރޭލާ ދެމެދު މިއަދު ބަދަލުކުރަން ފެށި ހަމަލާތަކުގައި މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން މަރުވެ އަދި އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް މިއަދު ހެނދުނު އެއްގަމާއި ވައިގެމަގުން ހަމަލާދޭން ފެށުމާ އެކު، އިޒްރޭލް ސިފައިން ވަނީ ރައްދުގައި ފަލަސްތީނުގެ ގާޒާއަށް ރޮކެޓް ހަމަލާދޭން ފަށައިފަ އެވެ.
ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް ގާޒާއިން 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ހަމާސްގެ ރޮކެޓް ހަމަލާތަކުގައި އިޒްރޭލްގެ 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 1،000 އާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ ޒަހަމްވެފަ އެވެ.
އިޒްރޭލްގެ ސިފައިންގެ ބައެއް މީހުން ހަމާސްއިން ވަނީ އަތުލައިގެންފަ އެވެ. އެހެންވެ، މީހުން ސަލާމަތް ކުރުމާއި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އިޒްރޭލުން ވަނީ ދީފަ އެވެ.
މިއީ ފަހުގެ ތާރީހެއްގައި އިޒްރޭލަށް ހަމާސްގެ މިހާ ވަރުގަދަ ހަމަލާތަކެއް އަމާޒުވި ފުރަތަމަ ފަހަރެވެ. ހަމާސްއިން ވަނީ އިޒްރޭލުން ހިފާފައިވާ ބައެއް ބިންތަކަށް ވެސް ވަދެގަނެ، އެތަންތަނުގެ ކޮންޓްރޯލް އަތުލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާފިސްތޯލަ އަބްދުﷲ
08 October 2023
ކަލޭމެން ރުޅި އަޔަސް ހެޔޮ. ހަގީގަތް ހޯދާ ބެލީމާ އިނގޭނެ... ހަގީގަތަކީ މިއީ ދީނީ ކަމެއް ނޫން. މުސްލިމުންގެ ހައްގުގަ ކުރާ ޖިހާދެއްވެސް ނޫން. މިއީ މުހައްމަދުގެފާނުގެ ރަސޫލުކަން ގަބޫލުނުކުރާ އިޚްވާނީން ނުވަތަ ފާރިސީންގެ ޕޮލިޓިކަލް ރޭވުން. ފަލަސްތީނު ވީރާނާކޮށްލަނީ.. އީރާނު އިޒްރޭލާ ހަނގުރާމަކުރަނީ ފަލަސްތީނު މީހުން އައްޑަނަޔަކަށް ނަގައިގެން. ރަސޫލާގެ ރަސޫލުކަން ގަނޫލުނުކުރާ ބަޔަކު މުސްލިމުންނަށް ހެވެއް ނޭދޭނެ. ތިޔައީ ޕޮލިޓިކަލް ގޭމެއް
ދުނިޔެ
08 October 2023
1940 އަހަރުތަކުެތެރަެގައި ފަތީނު އަށް ދުނިޔޭބޮޑުބާރުގެގޮތުގާ އޮތް އެމެރިކާއާއި އިގިރޭސްސިންގެ ނުބައި ވަރުގަދަރޭވުމުގެސަބަބުން ފަލައްތީނުގާ ފައިހަރުކޮއްގެންތިބި ޔަހޫދީންބައިގަޑު މިަދުމިވަނީގައުމަކަށްހަދާފައެ އެހެންކަމުންހަމާސުން ކުރަމުންގެންދާ ވަތޮނީ ޖިހާދައް މަރުހަބާ އަދިތިޔަކުރެވެނީ އެމެރިކާ އަށް ހަނގުރާމަ ފަލަސްތީނުންމަރުގެން ދިޔައާއިލާތަކަށް ތައުޒިޔާދަންވަން
ޙަމަލާ
08 October 2023
ފަހުގެ ތާރީޚެއް ނޫން. މުޅި ތާރީޚުގައި ވެސް ޙަމާސް އިން އިޒްރޭލަށް ދިން އެންމެ ބޮޑު އަދި ވަރުގަދަ ޙަމަލާ މީ.
ގުއިޓައްޕަންއައްޔައްޕާ
07 October 2023
އިޒުރޭލޭކިޔާފަ ބޭރުބަޔަކު ފަލަސްތީނަށް އަރައި މުޅި ގައުމު ހިސާރުކޮށް މީހުން މަރައި ހުސްކުރަމުން ނުފޮރޮއްޕާނަކަށް ވެގެން އުޅޭއިރު ދުނިޔެ ކަމަކަށް ނަހަދައިތިބެ މިރޭ ރޮކެޓުގަޑެއް ޔަހޫދީންގެ ތެރެއަށް ވެއްޓުނީމަ ކުއްލިއަކަށް އެމެރިކާ ހުޅަގުގެ މީޑިއާތައް ކޮއްޅަޖެހިގެން މިއުޅެނީ ކިހިނެތްވެގެންބާ.
ދޭސީ
09 October 2023
ބޭރު ބަޔަކު؟ ބަނީ އިސްރާއިލް ގައުމު ރަސޫޅުން ޒަމާނުއްސުރެ އޮތީ ފަލަސްތީންގަ
ކަލޯ ބެއްޔާ
09 October 2023
ދޭސީ..ކަލޯ ހީކުރަނީ މިހާރު އެތިބަ ޔަހޫދީންނަކީ ބަނީ އިސްރާއީލުންކަމަށްތަ؟؟ކޮންމެ ޔަހޫދީއެއް ނިސްބަތެއް ނުވާނެ ބަނީ އިސްރާއީލަކަށް..ޔަހޫދީންނޭ މިކިޔަނީ މޫސާގެފާނުގެ ރިސާލަތަށް ތަބާވި މީހުންނަށް..މޫސާގެފާނަށް ބާވާލެއްވި ތައުރާތުގަވާ ޝަރީޔަތަށް މިކިޔަނީ ޔަހޫދިއްޔާ..ބަނީ އިސްރާއީލުންނޭ މިކިޔަނީ ޔައުޤޫބުގެފާނުގެ 12 ދަރިކޮޅަށް..މިހާރު ފަލަސްތީނުގަ އެތިބަ ޔަހޫދީންނަކީ ޔޫރަޕުން ހިޖުރަކުރި ބައެއް..
ޑިސްއޮނަރަބަލް ޑީޑީ
07 October 2023
އިޒްރޭލުން 100، ފަލަސްތީނުން 200. އެހެންވީމާ މިހަނގުރާމައިގާ މުސްލިމުންނަށް ލިބެމުންމިދަނީ ކުރިންކުރެވިދިޔަ ހަނގުރާމަތަކާ ބަލާފާ ވަރަށްބޮޑު ކާމިޔާބެއް. އަލްޙަމްދުލިﷲ.
އަނިފަން
07 October 2023
ހަމާސްއަށް ކާމިޔާބު މިންވަރު ކުރައްވާށީ!
ޒިންދާބާދު
07 October 2023
ފަލަސްތީނު ޒިންދާބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން ޑައުން ފަލަސްތީނު ޒިންދާބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން ޑައުން ފަލަސްތީނު ޒިންދާބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން ޑައުން ފަލަސްތީނު ޒިންދާބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން ޑައުން ފަލަސްތީނު ޒިންދާބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން ޑައުން ފަލަސްތީނު ޒިންދާބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން ޑައުން ފަލަސްތީނު ޒިންދާބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން ޑައުން