ކައިލީ ޖެނާ.
10 އޮކްޓޯބަރ 2023 - 07:14
ކައިލީ ޖެނާ އިޒުރޭލަށް ސަޕޯޓްކޮށް އިންސްޓަގްރާމް ކުރި ޕޯސްޓަކާ ހެދި، އެއް ދުވަސް ތެރޭގައި މިލިއަނެއްހާ ފޮލޮވާސް އޭނާއަށް ގެއްލިއްޖެ އެވެ.
ކައިލީ މިދިޔަ ހޯމަ ދުވަހު އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރި ޕޯސްޓެއްގައި އިނީ އިޒުރޭލުގެ ދިދައިގެ ފޮޓޯއެކެވެ. އަދި އެ ފޮޓޯގައި "އައި ސްޓޭންޑް ވިތު އިޒުރޭލު" ލިޔެފައިވެ އެވެ.
ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާވެފަ އެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވަމުން ދާއިރު، އެމެރިކާގެ ބައެއް ސެލެބްރިޓީން ވަނީ އެ މީހުން އިޒުރޭލަށް ސަޕޯޓްކުރާ ކަން އަންގައިފަ އެވެ. އޭގެ ތެރޭގައި ކައިލީ ވެސް ހިމެނެ އެވެ.
Kylie Jenner loses around a million Instagram followers following her support for Israel. pic.twitter.com/asbZfOXoxE
— Pop Tingz (@ThePopTingz) October 9, 2023
ކައިލީ އެ ޕޯސްޓް ކުރިތާ މާ ގިނައިރުތަކެއް ނުވެ ޑިލިޓް ވެސް ކޮށްފި އެވެ. އޭނާ ޕޯސްޓު ޑިލިޓްކޮށްލީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ފަހުންނެވެ.
އެ ޕޯސްޓުކުރި އިރުގައި ކައިލީގެ ފޮލޮވާސްގެ އަދަދު އުޅުނީ 400 މިލިއަނަށް ވުރެ މަތީގަ އެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 399 މިލިއަނަށް ވެއްޓިފަ އެވެ.
އިޒުރޭލަށް ސަޕޯޓްކޮށް ޕޯސްޓުކުރި މަޝްހޫރު ތަރިންގެ ތެރޭގައި މެޑޯނާ، އެމީ ޝޫމާ، މާކް ހެމިލް، ނެޓަލީ ޕޯޓްމަން، ގަލް ގެޑޯ، ޖެމީ ލީ ކާޓިސް، ނީނާ ޑޮބްރޭވް، ސޯފިއާ ރިޗީ އަދި އޭޝްލީ ޓިސްޑޭލް ހިމެނެ އެވެ. އެ އެންމެނަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިމް ކާޑޭޝިއަން
10 October 2023
ކައިލީ ވެސް އުޅޭ ގޮތެއް.. އެކަމަ މިއުޅޭ ލަވަކިޔުންތެރިާ ޒާރާގެ ފިރިމީހާ އިޒްރޭލަށް ތާއީދުކުރި ވާހަކަ ނޫހުގަ ނެތީ ކީއްވެ؟
އަލީރާޖާ
10 October 2023
ކައިލީގެ 1 މިލިއަން ފޮލޮވާރސް ގެއްލުނީ މާޗު މަހު އެހެން ކަމަކާ ގުޅިގެން. ތާކު މީހަކު ހަމަ ލިޔެލާ ޓުވީޓަކީ ތެދުކަމަށް ބަލާކަށް ނުވާނެ.
ކައިލީ (ސޮރީ ފަލަސްތީން)
10 October 2023
އޭ ބަލަ އަލީ ރާޖާ.. އެފަހަރު އެއީ ސެލީނާ ކުޅުނު ވިކްޓިމް ޑްރާމާ އާ ހެދި ގެއްލުނު ފޮލޯވަރުން.. މި ފަހަރު އިޒްރޭލަށް ތާއީދު ކުރީމަ.. ނޭނގެންޏާ ކޮމެންޓް ނުކުރޭ.. އެނީވޭސް ކައިލީ އަށް އެކަން ކުރެވުނީ އޮޅިގެން.. އޭނާ ރައްޓެހި ބެއްލާ ހަދީދް އަކީ ޕަލަސްތީން މީހެއް
ޝަމްސް
10 October 2023
ކަލޭ ކާރީގައި ބުނެފައިި ދޯ އެއެންމެން ގެއްލުނީ.
ތ5ފ6
10 October 2023
ކޮމެންޓޭމެން މާ މޮޅުވާނެ.. ކޮމެންޓޭމެން ކަޅިހި ބާނަ ބާނަ ތިބޭތީ މައްސަލަޔަކީ
ޓީޖެޓީ
10 October 2023
ތިޔަ ބުނާ ސެލެބްރިޓީންނަކީ އަހަރުމެންގާތު އެއްވެސް ބައެއް ނޫނެވެ.