މާލެ- މޭއި 18، 2021: އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅަށް މާލޭގައި ކުރިން ބޭއްވި ހަރަކާތެއްގައި ފަލަސްތީނު ދިދަ އާއި ދިވެހި ދިދަ ހިފައިގެން އާއިލާއެއް ގޭގެ ދޮރުމަތީގައި ޝުއޫރު ފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
11 އޮކްޓޯބަރ 2023 - 13:01
ފަލަސްތީނުގެ މީހުންނާ އެކު ދިވެހިން ތިބިކަން އަންގައިދޭން އަންނަ ހުކުރު ދުވަހު ހަވީރު މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.
އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް، ހުކުރު ދުވަހު ހަވީރު މާލެ އާއި ރަށްރަށުގައި ވެސް އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާ ވެފަ އެވެ. ބަދަލުގައި އިޒުރޭލުން ވެސް ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.
މާލެ- މޭއި 18، 2021: އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅަށް މާލޭގައި ކުރިން ބޭއްވި ހަރަކާތެއްގައި ފަލަސްތީނު ދިދަ އާއި ދިވެހި ދިދަ ހިފައިގެން މީހަކު ޝުއޫރު ފާޅުކުރަނީ --.ފޮޓޯ: ނިޝާން އަލީ | މިހާރު
މި ހަރަކާތްތައް އިންތިޒާމު ކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓުތަކުގައިވާ ގޮތުގައި، ހުކުރު ދުވަހު ހަވީރު މާލޭގައި ސައިކަލު ބުރެއް ބާއްވާނެ އެވެ. އެ ސައިކަލު ބުރު ފަށާނީ އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ރަސްފަންނު ސަރަހައްދުންނެވެ.
ރަށްރަށުގައި އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރުން ފެށިގެން ހިނގާލުންތައް ވެސް ބާއްވާނެ އެވެ.
ފަލަސްތީނަށް އެހީ ފޮނުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑުތައް ވެސް ވަނީ ހުޅުވާލައިފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް 2021 ވަނަ އަހަރު ވެސް ރާއްޖޭގައި ބޮޑު ހަރަކާތެއް ބޭއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްޔޭ
15 October 2023
މީ މަޖާކަމެއް ސައިކަލްގަ ފަލަސްތީނުގެ ދިދަ ހިފައިގެން މުޅި މާލޭގަ ބުރުތަޅާލާއިރު ބިޓުން ތިބެނީ ބަލަން.
ނަށީދު
14 October 2023
ހަތިޔާރާ އެކު ތަ؟
ވާން
12 October 2023
ދުޢާކުރަން ބޭނުންނަމަ ދުޢާކުރަންވީ. މަގުމައްޗަށް ނިކުންނަ މީހުން މަގުމައްޗަށް ނިކުންނަންވީ. ފޮޓޯލާން ބޭނުން މީހުން ފޮޓޯ ލާންވީ. ފައިސާ ދޭނެ މީހުން ދޭންވީ. މި ހުރިހާ ކަމެއް ކުރެވޭނެ މީހުން ހުރިހާ ކަމެއް ކުރަންވީ. ވަކި ކަމެއް މިވެނިކަމަކަށްވުރެ ރަގަޅުކަމަށް ބުނެ އެކަން އެކަނި ކުރަންވީ ކަމަށް ކިއުމުގެ ބޭނުމެއް އެބަ އޮތްތަ؟ ކޮންމެ ކަމެއް ހިނގާނީ މާތްﷲ ރާއްވަވާފައިވާ ގޮތަށް. އެކަމެއްގެ އަސަރު އެންމެ ފުރިހަމަ ޒާތުގަ ކުރެވިގެން ނަތީޖާއާ ހަމައަށްދާނެ
ސަހަރޯ.
11 October 2023
ދިވެހިންގެ ތެރޭގައިވެސް މުސްލިމުންގެ މައްޗަށް ރަޙުމެެއް ނެތް މުނާފިގު ހިތްތަކުގެ ވެރިން ތިބިކަން މިއީ ހިތާމަހުރި ކަމެެއް.
ިސިއުއުުަހަޖ
11 October 2023
ދިވެހިންގެ ޓުރެންޑު: ކަމެއް ވާއިރަށް ލަވަ ހެދުމާ ރައިވަރު ހެދީމަ ރަނގަޅުވާނެ
އެޗް އެމް
11 October 2023
ވަށައިގެން ތިބި މުއްސަދި އަރަބިން ނޫޅޭ ފަލަސްތީނަށް ރަގަޅު ގޮތްހޯދަދޭކަށް. އެޗް އެމް
ކިރު ސައި
11 October 2023
ސޯސަލް މީޑިއާއަށް އަޕްލޯޑްކުރަން ފޮޓޯކޮޅެއް ނަގާލާފަ ގެއަށް ދިޔައިމަ ނިމުނީ. ހުރިހާވެސް މައްސަލައަކީ ހައްދުފަހަނަ އެޅި ހަރުކަށި މީހުން.
ބޮޑޭން
11 October 2023
ހައްދު ފަހަނައެޅި ހަރުކަށި ޔަހޫދީންނަކަށް ހަޖަމެއް ނުވާނެ ދުނިޔެ އޮތީ ފަލަސްތީނާއެކުކަން އެނގުނީމައެއް. ސޯސަލް މީޑިޔާއަށް ލާ ފޮޓޮއަކުންވެސް ފަލަސްތީނުމީހަކަށް ސިކުންތުކޮޅެއްގެ ހިނިތުންވުން ލިބުންވެސް އެއީ އަހަރެމެންގެ ތެރެއިން ގިނަ ދިވެހިން އުފާކުރާނެކަމެއް.
ފާތުމާ ފުޅު
11 October 2023
ހާދަަހާ ދެއްކުންތެރި ބައެކޭ މިކަހަލަ ތާކުން ތާކު ނުޖެހޭ ކަންތަކައް ނުކުންނާނީ. ގޭގަ ތިބެގެން ދުޢާ އެއްކޮއްލަން ވެސް ނުކެރޭ މީހުން ގިނަފަހަރު މިތަންތާގަ އުޅޭނީ ??♀️
1206
11 October 2023
ތިޔަ ކަހަލަ ކޮމެންޓުތަކަކީ ފިތުނަ އުފައްދަން ލިޔާ ކޮމެންޓު. މީސްތަކުންގެ ހިތް ތިބާ ކޮނެގެން ބެލީތާ، އެ މީހުން ފަލަސްޠީނަށް ދުޢާ ނުކުރާ ކަމަށް ތިޔަ ބުނަނީ. މުސްލިމުންނަކީ ޢަމަލާއި ބަހާއި ވިސްނުމުގައި ވެސް މުޞްލިމުން. އެއި އެކަތި ދޫކޮށް، އަނެއް ބަލައި ލިބިގަތުމުން އެކަނި މުސްލިމަކަށް ނުވެވޭ.
ތާކުޖެހުން
11 October 2023
ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތަކުގަ ބާއްވާ މިކަހަލަ ހަރަކާތްތަކުން ކުރާނެކަމަށް ނިކަމެތި އަޅުގަނޑުގެ ސިކުނޑިއަށް ވިސްނުނު 3 ފައިދާއެއް: 1. ދުނިޔޭގެ ރައްޔިތުންގެ މެދުގައި ފަލަސްތީނުގު ރައްޔިތުންނާއި މެދު އޮތް ކުލުނު އިޒްރާއީލާއި އެމެރިކާ ހިމެނޭނެހެން ގައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކަށް ފެނުން 2. ފަލަސްތީނުގެ ރައްޔިތުންނަށްވެސް އެކަން އެނގި ހިތްވަރު އާލާވުން 3. އެމީހުންނަށް އެހީ ފޯރުކޮށްދޭން ފައިސާ ލިބުން
@1234
11 October 2023
ވަރަށް ރަނގަޅު ވާހަކައް.
35 އަހަރު ކުރީގެ މިނިސްޓަރެއް
11 October 2023
ފަލަސްތީނާއެކު ދިވެހިންނެއް ނެތެވެ. ފަލަސްތީނާއެކު ތިބިނަމަ ޔަހޫދީންނަށް ދިވެހިރާއްޖެއިން އެއްބާރުކުން ނުދޭނެއެވެ. ފާއިތުވީ ދެދުވަސްތެރޭވެސް އިޒްރޭލުގެ އެތައް ބަޔަކަށް ދިވެހި ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ. ރާއްޖޭގެ އެތައް ރިސޯޓަކާ ގެސްޓުހައުސްތަކުގާ އިޒުރޭލު ޔަހޫދީން ރޭވެސް އަރާމުކޮށްފިއެވެ. މިއީ ފަލަސްތީނާއެކު ދިވެހިން ތިބުން ތޯއެވެ؟ މީގެ 50-40 އަހަރުކުރިން އިޒްރޭލުގެ މީހުންނަށް މިގޮތަކަށް ރާއްޖެ ނާދެވެއެވެ.
މަގޭނަމުގަރިސޯޓެއްނެތް
11 October 2023
ތީކީ ދިވެހިން ބޭނުންވެގެން ކުރާ ކަންކަމެއް ނޫން. ތީ ރިސޯޓު އޯނަރުން ބޭނުންވެގެން ކުރާ ކަންކަން. އޮޅުވާނުލާ.
މ.އައިޒިއާ ، އިބްރާހިމް
11 October 2023
މައުމޫނުގެ ދުވަސްވަރު އިސްރާއީލުގެ ޕާސްޕޯޓުގަ ރާއްޖެ ނާދެވޭ
ސާމިހް ކެޕްޓަން
11 October 2023
ހިންގާލުން ނިމޭއިރު އިސްރާއިލު ސިފައިން ބިރުން ހަނގުރާމަ ހުއްޓާލާނެ. ސަލަފު މީހުން ތިކަހަލަ ހިނގާލުން ނުރާވާ ދޭބަޔަ ފަލަސްތީނަށް ހަނގުރާމައިގަ ބައިވެރިވާން.
ލަދުކޮބާ.
11 October 2023
ދޮންކަލޯ ހިނގާލުމެއް ބާއްވަން މިއުޅެނީ އަލަކަށް ނޫން، ފޮނު ނާރުވާ ކަލޭ ދޭބަލަ ޔަަޙޫދީން ކައިރިޔަށް
1206
12 October 2023
ކީއްވެ ޞަލަފް؟ އެއީ މިލިޓަރީ ޖަމާޢަތެއް ނޫން! އެއީ މަދަނީ ބަޔެއް. ގޮވާލި ނަމަ ރަނގަޅު، ފިލަޞްޠީނުގެ މުސްލިމުންގެ ހައްގު ދިވެހި އަސްކަރީ ސްޕެޝަލް ފޯރސަސް ޕްލެޓޫނެއް ބަރު ހަތިޔާރާއެކު ޣައްޒާ އަށް ދިވެހި ސަރުކާރުން ފޮނުވަން. ކިއެއްވެ އެހެން ގޮވާނުލީ. ތިޔަ ގޮވުން އިޚްލާޞްތެރި ނޫންކަން އެއިން އެނގުނީ.