18 އޮކްޓޯބަރ 2023 - 11:48
ރަބާތު (އޮކްޓޫބަރު 18) - ޖަރުމަންގެ ބެޔާން މިއުނިކަށް ކުޅޭ މޮރޮކޯގެ ޑިފެންޑަރު ނުސެއިރު މަޒްރޫއީ ސޯޝަލްމީޑިއާގައި ފަލަސްތީނަށް ތާއިދު ކުރުމާ ގުޅިގެން، ބެޔާން މިއުނިކުން ކަންބޮޑުވެއްޖެ އެވެ.
މަޒްރޫއީގެ ސޯޝަލް މީޑިއާ ޕޯސްޓުތަކާ އެކު ބެޔާނުން ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. މިވަގުތު ގައުމީ ޓީމާއެކު ހުރި މަޒްރޫއީ އަށް ބެޔާނުން ވަގުތުން ގުޅައި، އޭނާ އެނބުރި މިއުނިކަށް އައުމުން "ވަރަށް ފުން ޒާތީ މަޝްވަރާއެއް" ކުރަން ނިންމާފައި ވާކަމަށް އެ ބަޔާނުގައި ބުނެ އެވެ.
ބެޔާނުން ބަޔާން ކުރާ ގޮތުގައި އެ ކުލަބުން ވަކި އުސޫލުތަކަކަށް އަމަލުކުރުންމަތީ ދެމިހުންނަ ކަމަށާއި، ތިބީ އިސްރާއީލާ އެކު ކަމަށެވެ. އަދި އިސްރާއީލަށް ދެމުން ގެންދަނީ "ޓެރަރިސްޓް ހަމަލާތަކެއް" ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
"ބެޔާން މިއުނިކުގެ އުސޫލުތައް މި ކުލަބުގެ ކޮންމެ މުވައްޒަފަކަށް އަދި ކޮންމެ ކުޅުންތެރިއަކަށް ވެސް އެނގޭނެ. އެ ކަންކަން އަހަރެމެން ހުންނާނީ ވަރަށް ފާޅުކޮށް އާއްމުންނަށް ވެސް ހާމަ ކޮށްދީފައި،" ބެޔާނުން ނެރުނު ބަޔާނުގައި ވެއެވެ.
ފަލަސްތީނަށް ތާއީދުކުރުމާ ގުޅިގެން ޖަރުމަންގެ މީޑީއާތަކުން ވަނީ މަޒްރޫއީ އަކީ "ޓެރަރިޒަމަށް ތާއީދުކުރާ ކުޅުންތެރިއެއް" ކަމަށް ބުނެ ފާޑު ކިޔައިފަ އެވެ.
ޖަރުމަންގެ ނޫސް ސްޕޯޓްބިލްޑް އިން ވަނީ މަޒްރޫއީ އަކީ "ޓެރަރިޒަމަށް ތާއީދުކުރާ، ކުށެއް ނެއް އާއްމުން މަރަން ހިއްވަރުދޭ" ފަރާތެއް ގޮތުގައި ސިފަކޮށް، ހަނގުރާމައިގައި މަރުވި އިސްރާއީލު މީހުންގެ ހަނދާން އާކުރާ ހަރަކާތަކަށް ބުންޑެސްލިގާއިން ތައްޔާރުވަމުން އަންނައިރު ހާމަކަން ބޮޑުގޮތެއްގައި ފަލަސްތީނަށް ތާއީދުކުރުމުގެ މަގުސަދާ މެދު ސުވާލު އުފައްދައި ޖަވާބުދާރީ ވާން ގޮވާލައިފަ އެވެ. އަދި ހަމާސްގެ ލޭއޮހޮރުވުންތަކާ ދުރު ވާން ވެސް އެ ނޫހުން ވަނީ މަޒްރޫއީ އަށް ގޮވާލައިފަ އެވެ.
ބެޔާނުގެ ނޫސްބަޔާނާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ބެޔާނާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ނެދަލެންޑްސްގެ އަޔެކްސް އިން ކެރިއަރު ފެށި މަޒްރޫއީ، 25، ބެޔާނަށް ބަދަލުވީ މިދިޔަ ސީޒަންގަ އެވެ. މިދިޔަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލް ކުޅުނު މޮރޮކޯ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި މަޒްރޫއީ ވަނީ މިހާތަނަށް ގައުމީ ޓީމަށް 24 މެޗު ކުޅެދީ، ދެ ގޯލު ޖަހައިފަ އެވެ.
މަޒްރޫއީގެ އިތުރުން ވެސް މޮރޮކޯ ގައުމީ ޓީމުގެ ކުޅުންތެރިން ކަމަށްވާ ހަކީމް ޒިޔެޝް އާއި އަބްދުލްހަމްދީ ސަބީރީ ވެސް ވަނީ ސޯޝަލްމީޑީއާގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅު ކޮށްފަ އެވެ.
ޕީއެސްޖީއަށް ކުޅޭ އަޝްރަފް ހަކީމީ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ނިމިދިޔަ ފީފާ ވޯލްޑް ކަޕްގައި މޮރޮކޯ އިން އަރަބި ދުނިޔެ ފަހުރުވެރި ކޮށްދިންއިރު، ފަލަސްތީނު ރައްޔިތުން މޮރޮކޯ އަށް ކުރި ސަޕޯޓު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި، ފަލަސްތީނުން ވަނީ މޮރޮކޯ ޓީމުން ހިތްވަރެއް ލިބިގެންފައި ކަމަށެވެ. އަދި މޮރޮކޯ ޓީމު ތިބޭނީ އަބަދުވެސް ފަލަސްތީނާއެކު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ީީިހިންހަލާކު
20 October 2023
ޖަރުމަނައްވެސް ބަޔާން އަށް ވެސް އުމުރަށް ސަލާމް ވަށްސަލާމް.
ތުއްތުބޭ
19 October 2023
ކޮންމެވެސް ވަރަަކަށް ބަޔާނަށް ސަޕޯޓުކުރިން. އެކަމަކު ދެން ދުވަހަކު ވެސް ކުޑަވެސް ސަޕޯޓެއް ބަޔާނަށް ވެސް ބަޔާނުގެ އެ ޔަހޫދީ ފިކުރުގެ ކުޅުންތެރިއަކަށް ވެސް ނުކުރާނަން. ބަޔާނަށް ސަޕޯޓުކުރާ ހުރިހާ ދިވެހިންނަށް ގޮވާލަން ބަޔާނަށް ސަޕޯޓުކުރުން ވަގުތުން ހުއްޓާލުމަށް. އެފިކުރުގައި ތިބިހާ ދުވަހަކު ބަޔާނަށް ކާމިޔާބު މިންވަރު ނުކުރައްވާށި. އާމީން
ފަލަސްތީން
18 October 2023
ބަޔާންއަށް ދުވަހަކުވެސް ކާމިޔާބީއެއް މިންވަރު ނުކުރައްވާށިއެވެ.
ސޮހޮލު
18 October 2023
އާމީން
ޖަރުމަނު ގޫބެރާ
18 October 2023
ބެޔާނަށް ސަޕޯރޓްކުރުން ދިވެހިންވެސް ހުއްޓާލަން އެބަޖެހޭ. ތަންކޮޅެއް މަތީގައި އުޅޭ ބައެއް އެއީ. ގަތަރު ވޯލްޑްކަޕް ގައިވެސް ރެއިންބޯ އާމް ބޭންޑް ނޭޅިގެން ޖަރުމަނު މީހުން އުޅުނު ވައްތަރު އަދި ހަނދާން ނުނެތޭ.
ާއަހުމޭ
18 October 2023
މިޖަރުމަނޭ ދޯ 6 މިލިއަން ޔަހޫދީން މަރާލައި ފަލަސްތީނައް މިބައިގަނޑު ފޮނުވާލީ
ޔަހޫދީ ކްލަބް
18 October 2023
ދިވެހިން މޮޔަވެގެން އުޅޭ ކްލަބް ތަކުގެ ހާލަތު
ރަމީޒުލް ބޮނޑަވަކި
18 October 2023
މަށަކީ ބަޔާންގެ ހާޑުކޯ ފޭން އެއް، ނަމަވެސް މިއަދަށް ފަހު ބަޔާން އަށް ކުރި ތާއީދު އަނބުރާ ގެންގޮސްފިން. ކަބަސްއޫރުތަކަށް ހަލާކު ހުރި.
ލެއްގިކޮމިޝަނަރގެ ބަފާގެ ބޭބެގެ ވައިފް
18 October 2023
ބެޔާން މިއުނިކަށް އަހަރުމެން ކުރި ތާއީދު އަނބުރާ ގެންދަން ނިންމައިފިން.
ދެރަކަމެއްނުން މީވެސް ދެން
18 October 2023
އަނގަމަތީ އަތް އަޅައިގެން ފޮޓޯނަގާބަލަ ފަލަސްތީނަށް ތާއީދު ނުކުރަންޏާ. މުސްލިމެއް ނަފްސުގެ ދިފާއުގަވެސް ހަމަލައެއް ދީފިއްޔާ އެއީ ޓެރަރިޒަމް. ބައްޔެއްނުން. ފަރަންޖީއަކު އެކަން އެހެންކޮށްފިއްޔާ ސެލްފް ޑިފެންސް.
1206
18 October 2023
އެ ކުޅުންތެރިޔާ އަށް ތާއީދުކޮށް މުސްލިމުން ތެދުވަންވީ ވަގުތު މިއީ. ޖަރުމަނު މީހުން ހަނދާން ނެތުނީތާ، ފަރަންސޭސި މަގުފޭރޭ މީހުން ކިބައިން ޖަރުމާނުން ސަލާމަތް ކުރުމަށް އެހީ އަކަށް އުސްމާނީ ޚިލާފަތުގައި އެދުމުން މުސްލިމުން އަސްކަރިއްޔާގެ ޔުނިފޯރމް ފޯރުކޮށްދީގެން އޭރުގެ އިސްލާމީ ދައުލަތުން ޖަރުމާނީންނަށް ވެދިން އެހީ. އިސްލީމާ އަސްކަރީ ޔުނިފޯމް އެޅުވި ޖަރުމަނީން ފެނުމުން ފަރަންސޭސި މަގުފޭރޭ މީހުންގެ ކަންތައް އިސާހިތަކު ކެނޑި އަމާންވި.