ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ފަލަސްތީނަށް ރާއްޖެއިން ދެ މިލިއަން މަސްދަޅު ހަދިޔާކުރަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
24 އޮކްޓޯބަރ 2023 - 21:59
ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ރާއްޖެއިން ދެ މިލިއަން މަސްދަޅު ހަދިޔާކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުވެ، އަދި އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ފަލަސްތީނުގެ މީހުންނަށް އެހީވުމުގެ ގޮތުން ރާއްޖެ އިން ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ. އެއީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ތިބިކަން ދައްކުވައިދޭނެ ކަމެއް ކަމަށް ވެސް ޝާހިދުގެ ޓްވީޓްގައިވެ އެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ރާއްޖެ އިން ވަނީ ކުށްވެރިކޮށްފަ އެވެ. ރާއްޖެ ހިމެނޭ ގޮތަށް ގިނަ ގައުމުތަކެއް ބައިވެރިވެގެން އދ. ގެ އާންމު މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.
ފަލަސްތީނަށް އެހީވުމުގެ ގޮތުން ދިވެހިންނާއި ރާއްޖޭގެ ވިޔަފާރިތަކުން ވެސް ވަނީ އެތައް މިލިއަން ރުފިޔާއެއްގެ އެހީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯނު
26 October 2023
ޢެހެންނަމަވެސް ރާއްޖެ ދަވާނުލާ ކަމަށްނުވާނެ.
ފިނޮޅު
25 October 2023
ސީސައިޑް ފިނޮޅު ރިސޯޓުގެ ގެސްޓް ޝޮޕް އޯނަރަކީ އިޒްރޭލް މީހެއް، ކީއްވެ އެމީހުންނަށް ރާއްޖޭގައި ވަޒީފާ އަދާކުރެވެނީ!
ފަރުދެއް
25 October 2023
ޝުކުރިއްޔާ ރައީސް
އައްޓަމަސް
25 October 2023
މަސްދަޅު އެކަންޏެއް ނޫން ހަދިޔާކުރަންވީކީ ޙާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް މާލީގޮތުންވެސް އެހީވާންވީ, މަޖިލިސްއަށް ބޮޑުބަޖެޓު ދިނުމައްވުރެން މިކަން މުހިންމު
ގާހިރާ ވަހީދު
25 October 2023
ތައިލެންޑްގައި ބަންދުކޮށްގެން ގެންގޮސް މިސްރުގައި ވިއްކާ މަސްދަޅު ރާއްޖެއަށް ވުރެ މާއަގުހެޔޮ. ޢެތަނުން ގަނެގެން ތިދޭގޮތަށް ހަދާފިއްޔާ ޚަރަދު ކުޑަވާނެ. ޑޮލަރަކަށް 2 މަސްދަޅު ލިބޭނެ.
ކިރު ސައި
25 October 2023
ޝުކުރިއްޔާ ރައީސް. އޯގާތެރިކަމާއި އިހްސާންތެރިކަން އަމަލުން ނަމޫނާދައްކަވަމުން ތިގެންދަވަނީ. އަބަދުވެސް އޯގާތެރި ހިތްހެޔޮ ރައީސް. މަނިކުފާނަށާއި ގައުމުގެ ރައްޔިތުންނަށް އުފާވެރި ދުވަސްތަކަކަށް އެދެން.
ސަރީފާއްތަ
25 October 2023
ވޯޓުން ބަލިވުން ގަބޫލްކުރައްވާ އެއްމެ ރީއްޗަށް ވެރިކަމުން ވަކިވެވަޑައިނަންނާ ރައީސް އިބޫ. އިބޫ ވެރިކަން ކުރެއްވީ އިހްލާސްތެރިކަމާއި އެކު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުއްދުމުގައެވެ. އޯލް ވޭސް ލަވް ޔޫ. މެޑަމް ގެ ސާދާ ދިރިއުޅުއްވުން އަދި ރީތި ހެދުންތައް ޒަމާނަށާއި ފެޝަނަށް ފެތޭ.
މާރިޔާ ބާރަށް
25 October 2023
ހަރަދު ކުރުމާއި، ވެންޓިލޭޓަރު ކަހަލަގެ މައްސަލަތަކުގެ ބަފާތީ
ހާލު ދޫ
25 October 2023
ނޫސް ކިޔާ ވަކި މީހަކާ ދިމާ ނުކުރާނަމަ ، އެނގޭނެ ވެންޓިލޭޓަރުގެ ފައިސާ ދުބާއީ ކުންފުންފުނަޏަކަށް ދިން ކަމާއި، އެމީހުން އެެއްޗެހި ފޮނުވަން ފެށިކަމާއި، އޭގެ ފެންވަރު ދަށް ކަމުން ގަބޫލު ނުކުރި ކަމާއި، އެ ފައިސާ ދިވެއްސަކަށް ނުލިބޭކަން.
ގޮލްޑަރ މިޔާ
25 October 2023
ދެމިލިޔަން ދަޅަކީ ދެމިލިޔަން ޑޮލަރު. ސާބަސް ރައީސްގެ ނިއްމުމަށް.
މަނާލް އައިމަން
25 October 2023
އަދި އެންމެ ސަޅި ކަމަކީ މި ރުފިޔާ ރާއްޖޭގަ ރޯލް ވާ ކަން
އަލީއުލާ
25 October 2023
ވަރަށް ބޮޑު މައްސަލައެއް. ދެ ލައްކައަށް ވުރެ ގިނަ މަސްދަޅު ޖެހޭނެ ކޮމިޝަން ގޮތުގަ ނަގަން. އެ ބަހައްޓާނީ ކޮންތާކު؟