ޕީޕީއެމްގެ ޗެއާޕާސަން އަބްދުއްރަހީމް (ކ) އާއި ޔާމީންގެ އިސް ވަކީލު ޖަމީލް: ޔާމީންގެ ވެރިކަން ބަދަލުކުރަން 2018 ގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ޖަމީލް.
04 ނޮވެމްބަރ 2023 - 13:50
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް އެމްޑީޕީ ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުން ދެއްކެވި ވާހަކަތައް ހަނދާނުގައި އެބަހުރި ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ހޫނު ރައްދެއް ދެއްވައިފި އެވެ.
މި މަހުގެ 17 ގައި ރައީސްކަމުގެ ހުވާކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް އެހެން ވިދާޅުވީ، މިދިޔަ ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މި ފަހުން ޔާމީން ޕީޕީއެމްގެ އޮފީހުގައި ލީޑަޝިޕާ ވަކިން ބޭއްވި ބައްދަލުވުންތަކުގައި އެ މަނިކުފާނާ އެންމެ އަރިސްކޮށް ހުންނަވާ ޖަމީލް ވިދާޅުވި ގޮތުގައި އިންތިހާބީ ރައީސް މުއިއްޒުގެ ސަރުކާރަށް ހެދޭނެ އެންމެ ބޮޑު ގޯހަކީ މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނު ގޮތް ހަނދާން ނައްތާލުމެވެ.
"ކިހިނެތް ހޭ [ވެރިކަމަށް] އައީ، ކާކު ހޭ އެންމެ ބޮޑު ގުރުބާނީއެއް ވީ، ރައީސް ޔާމީން. ކޮން ބައެއްގެ މަސައްކަތެއް ހޭ، ދިވެހިރާއްޖޭގެ އެތަކެއް ރައްޔިތުންގެ ބުރަ މަސައްކަތް،" ޖަމީލް ވިދާޅުވެފައި ވެ އެވެ.
އެހެންވެ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އައްޑު އަށް މިހާރު ކުރައްވާ ދަތުރުގެ ތެރޭގައި ރޭ ހުޅުދޫގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މުއިއްޒަށް ވެރިކަން ލިބިވަޑައިގެންނެވި އެ ހިސާބަށް އާދެވުނު ގޮތާއި ވެރިކަން ހޯދަން ކުރި މަސައްކަތަށް އެއްބާރުލުން ދިން މީހުން ހަނދާނުގައި އެބަހުރި ކަމަށެވެ.
އެ މަންޒަރު އަޅުގަނޑުމެންގެ ލޮލަށް އެބަ ފެނޭ، އެ އަޑުތައް އަޅުގަނޑުމެން ކަންފަތަށް އެބަ އިވޭ. އެ ހަނދާންތަކެއް ފިލައިގެން ނުދާނެ،"--- އަބްދުއްރަހީމް
އެއާ ދެކޮޅަށް މަސައްކަތް ކުރެއްވި މީހުންނާއި ގައުމަށް އަނިޔާވެރިވެ، އެމްޑީޕީގެ ސަރުކާރެއް ގެނެސްގެން ގައުމު ސުންނާފަތި ކުރަން މަގުފަހި ކުރުވީ ވެސް ކޮން ބޭފުޅުންތަކެއް ކަން ވެސް ހަނދާނުގައި އެބަހުރި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެމްޑީޕީ އަށް 2018 ވަނަ އަހަރު ވެރިކަން ލިބުނީ ޔާމީންގެ ވެރިކަން ނިންމަން ނުކުތް ބަޔަކު ފެތުރި ދޮގު ވާހަކަތަކެއްގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ހަގީގަތެއް ނެތް ބުހުތާނު ދޮގު ވާހަކަތަކެއް ދައްކައި ޔާމީންގެ އިސްތަށިފުޅުގައި ނާޅުވާކަށް އިލްޒާމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން އިސްވެ، ޕީޕީއެމްގެ ލީޑަޝިޕާ ނުލައި މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވާއިރު، ޖަމީލް އެ ވާހަކަފުޅު އަޑުއައްސަވަނީ - ފޮޓޯ: ނިޝާން އަލީ | މިހާރު
"އެ މަންޒަރު އަޅުގަނޑުމެންގެ ލޮލަށް އެބަ ފެނޭ، އެ އަޑުތައް އަޅުގަނޑުމެން ކަންފަތަށް އެބަ އިވޭ. އެ ހަނދާންތަކެއް ފިލައިގެން ނުދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެ ވާހަކަ ދެއްކެވި ބޭފުޅުން މިއަދު އަޅުގަނޑުމެން ވެރިކަމާ ހަމައަށް އާދެވުނީމާ ވެރިކަމަށް އާދެވުނު ގޮތް ހަނދާން ނެތުނަސް މި ވެރިކަން ގެންނަން މަސައްކަތް ކުރި އަޅުގަނޑުމެންގެ ޓީމަކުން އެ ހަނދާނެއް ނުނެތޭނެ." އޭނާ ވިދާޅުވި އެވެ.
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރަން އައްޑޫ ހުޅުދޫގައި ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.
ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޖަމީލްގެ އިތުބާރު ނެތް މައްސަަލައެއް ނަގައި މަގާމުން ދުރު ކުރި ހިސާބުން ފެށިގެން އެ މަނިކުފާނު ގެންދެވީ ޔާމީނާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
އިނގިރޭސި ވިލާތުގައި ހުންނަވައިގެން ޔާމީނަށް ވައްކަމާއި ހިޔާނާތުގެ އެތައް ތުހުމަތުތަކެއް ޖަމީލް ކުރެއްވި އެވެ. ޔާމީންގެ ވެރިކަމާ ދެކޮޅަށް އެމްޑީޕީ އާއި އެހެނިހެން ސިޔާސީ ޕާޓީތަކާއެކު ފުރަތަމަ އުފެއްދި އިދިކޮޅު އިއްތިހާދުގެ ވެސް ކުރީގައި ޖަމީލް ހުންނެވި އެވެ. ޔާމީންގެ ވެރިކަން ބަދަލުކުރަން އެންމެ އިސްވެ، މަސައްކަތް ކުރެއްވި ޖަމީލް ވަނީ ޔާމީންގެ އަބުރަށް ހުތުރުވާ ގޮތަށް އެތައް ވާހަކަފުޅެއް އެކިއެކި ޕްލެޓްފޯމުތަކުގައި އޭރު ދައްކަވައިފަ އެވެ.
ނަމަވެސް މި ވެރިކަމުގެ ތެރޭގައި ޖަމީލް އަނެއްކާވެސް ޕީޕީއެމާ ގުޅިވަޑައިގެން ޔާމީނާ އެކު، މަސައްކަތް ކުރެއްވި އެވެ. ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލަކީ ވެސް ޖަމީލެވެ.
މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ 11 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވާނެ ކަމުގެ އުންމީދުގައި އަނެއްކާ ވެސް މި އަހަރު ވެރިކަމަށް ކުރިމަތިލައްވަން ނިންމެވިއިރު، ޔާމީންގެ ރަނިންމޭޓަކަށް ވެސް ކަނޑައެޅުއްވީ ޖަމީލެވެ.
ޕީޕީއެމްގެ ލީޑަޝިޕް އެކަހެރިކޮށް، ޔާމީން އެންމެ ފަހުން ބޭއްވި ދެ ބައްދަލުވުމުގައި ވެސް އެންމެ އަރިހުގައި އިންނެވީ ވެސް ޖަމީލެވެ. ޖަމީލް ގެންދަވަނީ މުއިއްޒުގެ ޓީމަށް އެ ބައްދަލުވުންތަކުގައި ވެސް ނުސީދާ ރައްދުތައް ދެއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަތަ
06 November 2023
ޥެރިކަން ލިބުނީ ޔާމީން ފޮޓޯއަށް. ޟުއިޒަކަން ނޫން ވޯޓް މަ ދިނީ. އަދު ދަންނަމޭ. ޢަދި ފެންނާނެ
48343
05 November 2023
ޖަމީލާ އަދޫ އެކަކުއަނެކަށް އެއްޗެހިކިޔާނުހަދާށެވެ.
ކުޑަކަތީބު
05 November 2023
ކުޑަކޮށް އެއްފަރާތަކަށް ޖެެހިލާފަ ޖަމީލު ކާރިން އަހާބަލަ ޔާންބެ އެއީކާކުތޯ، ވަގުތުން ބުނާނެ ބޮޑުވަގަކޭ!
ހާމިދު ޝާހިދު
05 November 2023
މުއިއްޒު ހަގީގަތުގައިވެސް ފެއިލް ވެއްޖެ. ވެރިކަން ލިބުމާއެކު ސޯޝަލް ސެންޓަަރގައި ދެއްކެވިވާހަކަފުޅުން ސަޕޯޓަރުން މާޔޫސްވެއްޖެ. ނަތީޖާއަކަށްވީ، ރައީސް ޔާމީން ދެކެ ނުހަނު ލޯބިވާއެތައް ސަތޭކަ ބަޔަކު އެމަނިކުފާނުގެ ގޭދޮށަށް ފަރިވަޅު ހިފައިގެން ދިއުން. އެރޭ މުއިއްޒު ޔާމީން މަތިން މުޅިން ހަނދާން ނައްޓާލީ އަދުރޭއާއި ޖަނގިޔާ ނާޒިމް ފަދަ މީހުންގެ އަވާގައި ޖެހިގެން. މުއިއްޒަށް ވެރިކަން ހޯދާދިނުމަށް 2022 އިން ފެށިގެން ބޮޑު ޓީމަކުން ދިއައީ މަސައްކަތްކުރަމުން
ހީވެސް ނުވޭ
05 November 2023
އެކުގަ އުޅެފަ ހުކުން ހަލާލް ވާނެ، 17 ގެ ފަހުން ދެން ލައްވާނީ އެހެން އަނގަޔެއް.
އަހުމަދޭ
05 November 2023
އަދި މުއީޒުއަށް ހުވާވެސް ނުކުރެވޭ އެއްޗެހި ކިޔަން ފެށީ. ޖަމީލަށް ކުރަން އިގޭ ކަމަކީ ދޭތެރެ ޖެއްސުން. ތާރީހަށް ބާލާލީމަވެސް އެކަން ވަރަށް ރަނގަޅަށް އިގޭ. ޖަމީލު އަވަހަށް ދުރުކުރޭ.
ސާދަވިލޭރޭ
05 November 2023
އަބްދުއްރަހީމް ސޯ މެން އަބަދު ޒުވާބުކުރާތަން ދެކޭކަށް ވޯޓުދިން މީހުންނެއް ބޭނުމެއްނޫން. ބަސްމަދުކުރަން ޖެހޭ. އަމަލު ގިނަކުރަން ފަސޭހަވާނެ އެއިރުން.
އިސްމާލި
05 November 2023
"ކާކު ހޭ އެންމެ ބޮޑު ގުރުބާނީއެއް ވީ، ރައީސް ޔާމީން." ތިހެން ނުބުނޭ ޖަމީލޫ. މުއިއްޒު ވެރިކަމަށް އައީ ޔާމީން ވި ގުރުބާނީއަކުން ނޫން. ޔާމީން އޮތީ ޖަލުގައި މމޕރސ ފައިސާތައް ފޮރުވައިގެން ނިދަން. މުއިއްޒު ހޮވުނީ އަހަރެމެން އާންމުން ދިން ވޯޓުން. އެ ވޯޓު ދިނީ ލާދީނީ މޑޕ އާއި ދެކޮޅަށް. މުއިއްޒު އަކީ 5 ވަގުތު ނަމާދު ކުރައްވާ، މަޑުމައިތިރި، ކަންކަން އެނގޭ ކިޔަވައިގެން ހުރި ބޭފުޅަކަށް ވާތީ. ކޮންމެހެން ޔާމީން މިނިވަންކުރާކަށް ނޫން. ޔާމީން
ތަމެންދޯ
05 November 2023
މުއިއްޒު އަދި ހުވާ ނުކުރޭ އަދުރޭ މުއިއްޒު އަށް ދެވަނަ ދައުރެއްދޭ ވާހަކަ ދައްކާ އެކަން ތަރައްގީ ކުރަމުންދަނީ ކިޔަވައިގެން ތިބޭ މީހުން މިކަން ކުރާ ގޮތަކީ ދައުރުގެ 3 އަހަރު ނިމުމުން އެ ދައުރުގައި ރައީސަކު ގައުމަށް ކޮށް ދިން ޚިދްމަތް ބަލާ އަދި ގައުމުގައި ނަގާ ޓެކްސް ކުޑަވެ އަދި ތަކެތީގެ އަގު ހެޔޮވެ ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ލިބި އިގްތިސާދު ހަލުވި ދުވެލީގައި ކުރިއަށް ގޮސް ބޭރުގެ ރިޒާރވް ދެގުނަ ވެއްޖެނަމަ ދެން ދެވަނަ ދައުރަކަށް ކޮލިފައިވާނީ
ހަލީމަތު ރަޙްމާ
05 November 2023
ހާދަހާ ދަަރައޭ މިމީހުން ގެ ވިސްނުން ހުންނަގޮތުން. މިއަދު ދެޕާޓީ އެކުވެގެން ޑރ މުޙައްމަދު މުޢިއްޒު އެ ހުރީ ވެރިކަމަށް ގެނެސްފައެވެ. ދެން ޔާމީނެއް ކަމަކު 5 އަހަރު މުޢިއްޒަށް ލަފާ ދިނުމުގައި މަޑުކޮށްލާށެވެ. އަހަރެންވެސް ވެރިކަމަށް އަރައި ޝާނާ ޝައުކަތު ބޭނުމެވެ. އެކަމަކު ވެރިކަމަކީ މާތްﷲ އެވަގުތަކު އިރާދަކުރައްވާ ފަރާތަކަށް ދެއްވާކަމެކެވެ. މުޢިއްޒަކީވެސް ހަމަ މޮޅު ޤާބިލް މީހަކެވެ. ޔާމީންވެސް މައުމޫން ބުނިހާ ގޮތަކަށް ވެރިކަމެއް ނުކުރަމެއްނޫންތޯއެވެ.