ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވާހަކަ ދައްކަވަނީ:ޓްރާސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް މިއަދު ވަނީ ޑިޖިޓަލް ކޮށްފައި.-- ފޮޓޯ: މިނިސްޓްރީ
12 ނޮވެމްބަރ 2023 - 22:06
ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް، އެއްތަނަކުން ލިބޭގޮތަށް ބަދަލުކޮށްފި އެވެ.
މިނިސްޓްރީގެ ހިދުމަތްތައް މީގެ ކުރިން ހޯދުމަށް ފޯމު ޑައުންލޯޑު ކޮށްގެން ފުރައި ސްކޭންކުރުމަށްފަހު ޖެހެނީ އަޕްލޯޑު ކުރާށެވެ. ނަމަވެސް މިއަދު އަލަށް ތައާރަފްކުރި "ޓްރާންސްޕޯޓް އޮންލައިން" މެދުވެރިކޮށް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ އެވެ.
އޭގެ ތެރޭގައި އެއްގަމާއި ކަނޑު އުޅަނދުތަކުގެ ރަޖިސްޓްރީއާ ގުޅޭ ހުރިޙާ ހިދުމަތެއް ވެސް ހިމެނެ އެވެ.
"ޓްރާންސްޕޯޓް އޮންލައިން" ތައާރަފްކުރުމަށް މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ މިއަދު ފެށިގެންދިޔަ ހިދުމަތަކީ ރައްޔިތުންނަށް ވަރަށް ފަސޭހަވެގެންދާނެ ހިދުމަތެއް ކަމަށެވެ.
"ދުނިޔޭގެ ހުރިހާ ދިމާލެއްގައި މިހާރު ކުރިއަރައިގެން ނުވަތަ ކުރިއަރަމުންދާ ކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިޖިޓަލް ދުނިޔެއަކާ ދިމާއަށް ދިޔުން. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އެކި އެކި މުއައްސަސާތަކުން އެކި އެކި އިދާރާތަކުން ކުރާ އެންމެ ބޮޑު މަސައްކަތަކީ އެއީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނަހުލާ ވިދާޅުވި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއް-- ފޮޓޯ: މިނިސްޓްރީ
މިއަދު ތައާރަފް ކުރެވިގެން ދިޔަ ޓްރާންސްޕޯޓް އޮންލައިން ނިޒާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ މި ހިދުމަތަކީ މިނިސްޓްރީއާއި ރައްޔިތުންނާ ދެމެދު މުއާމަލާތް ކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މިއަދުން ފެށިގެން ތިޔަ ބޭފުޅުން ޖެހިވަޑައެއް ނުގަންނަވާނެ ހިދުމަތް ހޯދުމަށް މިނިސްޓްރީއަށް ދުރުވާކަށް. މިނިސްޓްރީއަށް އެއްޗެއް ހުށަހަޅަން ނޫނީ ބަލާ އަންނަން ވީހާވެސް މަދުން އަންނަން ޖެހޭގޮތަށް މިހާރު މިއޮތީ. ކޮންމެހެން ލާޒިމް ކުރާ ޑޮކިއުމަންޓެއް ފިޔަވައި އަޅުގަނޑުމެން ނާންގާނެ ގެންނާކަށް،" އޭނާ ވިދާޅުވި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވާހަކަ ދައްކަވަނީ .-- ފޮޓޯ: މިނިސްޓްރީ
މި ހިދުމަތުގެ ސަބަބުން ރައްޔިތުންގެ އިތުރުން މިނިސްޓްރީގެ މުވައްޒަފުންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށް އަލީ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށްފައި ވާއިރު، މިދިޔަ ފެބްރުއަރީ މަހު ވަނީ އޮންލައިން ލައިސަންސް ތައާރަފް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
14 November 2023
ނަހުލާ ވަޒީރު ކަމަަށް އާއިރު ވަރަށް ރީތިކޮށް ކުރި މިހާރު މީހާވެސް ފަލަވެފަ މޭކަޕްވެސް އޯވަރ އަދި ޑްރެސިންގ ވެސް.
އާދި
13 November 2023
އުންމީދަކީ ޓެކުސީ ޑުރައިވަރުން ސައިޒު ކޮއް ސީދާ ގާނޫނަކައް ފައްތާއިގެން ޓެކުސީގެހދުމަތް ދިނުން
އަބްދުﷲ އަލީ
13 November 2023
ހަމަ ބުނެލަން ބޭނުމީ މިހާރު ނޫސް ވަރެއް ނެތޭ. ޙާއްސަކޮށް ޙަބަރު އަޑުއަހާލެވޭތީ. ހުރިހާ ހަބަރެއް އެކުއްޖާ ކިޔާތީ އޭނާއަށް ހަމަ ސާބަސް
ވާނުވާނޭގެ
13 November 2023
މިނިސްޓްރީގެ ވެބްސައިޓަށްވަދެގެން އުޅެއުޅެވެސް އޮންލައިންކޮށް ޚިދުމަތް ލިބޭނެގޮތެއް ނުވި.. އެ ލިންކެއް ފެންނާކަށްނެތް. ރައްޔިތުންނަށް މައުލޫމާތު ދީގެންދޯ އެ ބޭނުން ކުރަންއެގޭނީ.. މިނިސްޓަރ ޕޯޑިއަމަށް އަރާ އޮންލައިން ކޮށްފީމޭ ބުންޏަސް އަދި ރައްޔިތުންނަށް އެއިންވާ ފައިދާއެއް ނޯންނާނެ.
ބްރޯސެފް
13 November 2023
ތިހާ ގަމާރުވެގެން މިދުނިޔޭގަ އުޅޭނީ ކިހިނެއް؟ ޓްރާންސްޕޯރޓް މިނިސްޓްރީ ވެބްސައިޓަށް ވަންނައިރަށް އެފެންނަ އީ-ޕޯރޓަލް ލިންކްއަށް ފިއްތާލަބަލަ. ޢެވަރުކަމެއް ކޮށްލަން އިންގެންވާނެދޯ ކަލެއަށް ވަކިން 3 ގަޑިއިރުގެ ކްލާހެއް ނަގައިނުދީވެސް.
ޢަލީ މަދީނޫ
13 November 2023
ތިޔާ ޕޯޓަލް އެެއްނުފެނޭ. ޙަމަ ކުރިން އިންނާ އީޕޯޓަލް އިނީ
އަބްދުއްސަމަދުބެ
13 November 2023
ލިންކު ދީބަލަ. ހޯދާހޯދާ ނުފެނުނު. ގުޅީމާ ލައްވާލަނީ ކިއުނަންބަރު 30 ގާ. ދެން ގަޑިދެގަޑިއިރު ނަންބަރުޖެހެންދެން ކިއުގާ މަޑުކުރާންވީ؟
ޑްރައިވަރ
13 November 2023
މިހާތަނަށް ވޭތުވެ ދިޔަ 45 އަހަރުތެރޭ ތައުލީމީގޮތުން އެންމެ ނުކިޔަވާހުރި ވަޒީރު ، މުއްސައްޖެއްގެ އަންބަކަށްވުމުން ވަޒީރުކަމަށް އައްޔަން ކުރެވުނު ނާގާބިލު ވަޒީރެއް ،
ނާގަަބިލު
13 November 2023
ކޮބާ ނާގާބިލުވެފަ އެކޮއްދިން ކަންތަކަކީ ކިހާބޮޑު މަސައްކަތެއް
ވަން ގޯވް އޮންލައިން
13 November 2023
ސަރުކާރުގެ އޮފީސްތަކުން ކުރާ މަސައްކަތް މެނުއަލް ކޮށް ކުރާއިރު 3 ދުވަހުން ނިމޭކަންތައް އޮންލައިން ވީމަ ނިމެނީ، 20 ދުވަހުން މުޅިންވެސް ޕްރޮސެސިންގަ ދެން މިނިސްޓްރީ އަށް ގުޅުމުން ބުނަނީ، ވަން ގޯވް ބަލާށޭ، ދުވަހަކު ނިމޭތަނެއްނާދޭ ތިކަމުގާ މުއައްޒަފުން އިތުރަށް ކައްނެއްވުމާ މަކަރުހެދުން ނޫންކަމެއް ނުވޭ.
2023
13 November 2023
ބޮންޖޯރުނޯ ކަމަނާ ތިތަނުން ތަސްބީހަ ފައެއްޗެއްދީފަނަންތޯ.. ބޮއިހަލަކި
ގާސިމް
12 November 2023
ޓިޔަ ޚިދުމަތް ލިބެނީ ކޮން ވެބްސައިޓް އަކުންތަ؟