ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯމަ ދުވަހު ކޯޓަށް ހާޒިރުވެވަޑައިގެންނެވި ވަގުތު: މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންނެވުމުގެ ހުއްދައަކަށް ޔާމީން މިހާތަނަށް އެދިފައިނުވޭ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
15 ނޮވެމްބަރ 2023 - 19:01
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ދޭން ނިންމާފައި ވިޔަސް އެފަދަ ހަފުލާއަކަށް ވަޑައިގަތުމުގެ ހުއްދައަކަށް އެމަނިކުފާނު އެދިވަޑައިގެންފައިނުވާ ކަމަށް ކަރެކްޝަންސުން ބުނެފި އެވެ.
ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވާ ޔާމީނަށް ރައްޔިތުންގެ މަޖިލީހުން ވަނީ ދައުވަތު ދެއްވައިފަ އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންގެ އަހުމަދު މުހައްމަދުފުޅު އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި، ޔާމީނަށް ދައުވަތު ދެއްވާ ނަމަ އެކަން ޕްރިޒަންސްއަށް އަންގަން ޖެހޭނެ އެވެ. ޔާމީނަށް ވަޑައިގެންނެވޭތޯ ނުވަތަ ނޫންތޯ ނިންމާނީ އެއަށް ފަހު ކަމަށް ވިދާޅުވި އެވެ.
ޔާމީނަށް ދައުވަތު ދީފައިވާކަމަށް މަޖިލިސް އިދާރާއިން ބުނި ނަމަވެސް، ދައުވަތު ދީފައިވާކަން އަންގާފައިނުވާ ކަމަށް ވެސް ކަރެކްޝަންސްގެ އޮފިޝަލު މިއަދު ވިދާޅުވި އެވެ. އަދި މިހާތަނަށް އެފަދަ ހުއްދައަކަށް ޔާމީން ވެސް އެދިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވި އެވެ.
ޖަލު ހުކުމެއް އިއްވާފައި އޮތަސް، ރިޔާސީ އިންތިހާބަށް ފަހު، މިދިޔަ އޮކްޓޫބަރުގައި ޔާމީން ގެއަށް ބަދަލުކުރި އެވެ. އެއަށްފަހު މާލެ ތެރޭގައި އުޅޭވޭގޮތަށް ޝަރުތު ތަކަކާ އެކު މިދިޔަ މަހު 28 ގައި އިތުރު ލުއިތަކެއް ދިނެވެ. އެއީ ބޭސްފަރުވާ އާއި ކަސްރަތުކޮށް އުޅުމަށް އިތުރު ލުއިތަކަކަށް ޔާމީން އެދިވަޑައިގެންފައިވާތީ ދެއްވި ލުއިތަކެކެވެ.
ޔާމީން ގެއަށް ބަދަލު ކުރުމަށް ދީފައިވާ ލުއިތަކުގެ ތެރޭގައި އެފަދަ ހަފްލާތަކަށް ވަޑައިގަތުން ނުހިމެނެ އެވެ.
ޔާމީން ގޭބަންދަށް ބަދަލުކޮށް ލުއިދީފައިވަނީ، ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް މުއިއްޒު ކާމިޔާބު ހޯދެއްވުމާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމަ
16 November 2023
ޔާމީން ބޭނުންގޮތަކަށް އުޅެން ތިހުރީ ދޫކޮށްފައި ދެން އަތެއްނުވާނެ ހުކުމްވެސް ބާތިލްކުރާނެ މިޤައުމު ނޫނިއްޔާ ނޯންނާނެ ދައުލަތުގެ އިސްވެރިން ވައްކަންކުރިޔަސް ކޯޓްތައް ބޭނުންކޮށްގެން ސަލާމަތްވާނެ އިތުރު އެހެންގައުމެއް. ޔާމީނުގެ މައްސަލަ ހައިކޯޓުން ނިންމާނީ މައްސަލަ ސާބިތުނުވާކަމަށް ދެންކޮން ޢަދުލު އިންސާފެއްގެވާހަކަތޯ ދެއްކޭނީ!
އިންތިގާލީ ކޮމެންޓު ގުރޫޕު
15 November 2023
ވާއު. ވާއު. މުއިއްޒު ހުވާކުރާތަނަށް ދައުވަތު ފޮނުވައިފި. ވާއު. ވާއު.
ރިހާކުރުފުޅި ވަގަށްނެގި މީހާ
15 November 2023
މަ ބަލާނަން އެއްކަލަ ހުސް ގޮނޑި ބައިންދާފަ އިނދޭތޯ، ރައީސް ޔާމީން ޖަހާފަ.
ބަލިމީހާ
17 November 2023
ނެތޭ. މަވެސް ބެލީމޭ އެ ގޮނޑި ކުރީބަރީގައި އިންތޯ؟ މުނިސިޕަލްޓީ މީހުން ތިބީ. ޕީޕީއެމް ޖަމީލު ވެސް ފެނުނު ފަހަތުން.
އަލްމުދިޝް
15 November 2023
ކޮންމެ ތާކު ހުސްގޮޑި އެއްގެ ޓައިމް ހަމަވީމާ އެކަން ޔާމިންވެސް ގަބޫލު ކުރައްވާނެ ކަންޔަގީނެވެ. އެއްކޮށް މިނިވަން ކުރި އަދީބުމެން ފަދައިން ޔާމިން މިނިވަން ނުކޮށް އެބަޔަކާއެކު ރުހުމުގައި މުއިއްޒު ހުންނަވާ މަންޒަރު ޔާމިން ބެއްލެވުން މިވަގުިތަށް މުހިންމެއް ނޫނެވެ. - ޔާމިން އަށް ހެޔޮއެދޭ މެންބަރެއް -
ކިސް
15 November 2023
ޔާމިނު ބޭނުންވެގެން ހޮވިފައިހުރި ބޭފުޅެއްނޫން މުއީޒަކީ އެހެންވެ ތިރަސްމީއްޔާތަށް ނުދާނެ. ޔާމިނު އަދުރޭކައިރީ ބުނީ އެކަކުވެސް ކުރިމަތިލިޔަދީގެން ނުވާނެކަމަށް.
ލަތީފު
15 November 2023
ރައީސް އިބޫ ދެންކުރަންވީކަމަކީ ރައީސް ޔާމީނައް މައާފުދިނުން.
އަލްމުދިޝް
15 November 2023
އޭރުން އިބޫ ހުދުކާފޫރަށް މުއިއްޒު ހަދާނެ ހެއްޔެވެ؟
ސަސި.
15 November 2023
ޔާމީނުހިތަކަަށް ކުޅަދާނައެއްނުވާނެ އޭނާ ނޫން މީހަކު ހުވާކުރާތަން ބަލާކަށް. އެހެންވެދޯ ފުރަތަމަ ބުރު ވޯޓުވެސް ނުދިނީ. އެހެން ނޫނަސް ޖަލްސާތަކަށް ދާންވާނީ މިނިވަނުން.
ބަގުޑި
15 November 2023
ހިތަކަށް ކެތެއްނުވާނެ މުއިއްޒު ހުވާކުރާތަން ބަލަން އިންނާކަށް