ސީއެޗްއެސްއީގެ އާ އިމާރާތުގައި، އެ ސްކޫލުގެ ނަން ބޯޑު ހަރުކޮށްފައި.-- ފޮޓޯ: ސީއެޗްއެސްއީ
29 ނޮވެމްބަރ 2023 - 14:04
މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލު، ސީއެޗްއެސްސީ ހުޅުމާލެއަށް ބަދަލުކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މިނިސްޓްރީގެ ޒަމާންވީ ސިޔާސަތަކީ އެ ކުއްޖަކު ދިރިއުޅޭ ތަނާ ވީހާ ވެސް ކައިރިން ތައުލީމް ފޯރުކޮށްދިނުން ކަމަށެވެ. ނަމަވެސް، ހުޅުމާލޭގައި އާބާދީ އިތުރުވަމުން ދިއުމަކީ، މާލޭގައި ގިނަ ދުވަސްވަންދެން ހިންގަމުން ދިޔަ ތައުލީމީ މަރުކަޒު ބަންދުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް، އާ ސަރުކާރުގެ މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު، ސީއެޗްއެސްއީ މިހާތަނަށް ހިންގީ އަމީނިއްޔާ ސްކޫލުގެ ބިއްދޮށުގަ އެވެ. އެކަމަކު، އެ އިމާރާތް ބޭނުންކުރުން މިދިޔަ އޮގަސްޓް މަހު ހުއްޓާލުމަށް ފަހު، ސީއެޗްއެސްއީ ބަދަލުކުރީ ހުޅުމާލޭގައި އަލަށް ހެދި އިމާރާތަށެވެ.
މިނިސްޓަރު ވިދާޅުވީ މާލެއަކީ ކެޕިޓަލް ސިޓީއަށްވާއިރު، އެ ތަނުގައި އޭ ލެވެލް އަށް ކިޔަވައިދޭ ސްކޫލެއް ހުންނަން ޖެހޭނެ ކަމަށެވެ.
ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާއަށް، އަންނަ އަހަރު ކިޔަވައިދޭނީ އެއް ދަންފަޅިއަށް https://t.co/yaGMux4hXq
— Mihaaru (@Mihaarunews) October 18, 2023
ނަމަވެސް، ސީއެޗްއެސްއީ ކުރިން ހިންގި އިމާރާތް އަމީނިއްޔާ އަށް ދޭން ނިންމާފައިވުމާ އެކު، ދެން ހުރި ކަންކަމަށް ބެލުމަށްފަހު ގޮތްތަކެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"..ހުޅުމާލޭގައި ދަނީ އާބާދުވަމުން. ހުޅުމާލޭގައި އޭ ލެވެލް ސްކޫލެއް ގާއިމްކުރުމަކީ، މާލެއިން މުޅިން ސަރުކާރުން ފޯރުކޮށްދޭ ތައުލީމުގެ ތެރެއިން އޭ ލެވެލް ސްކޫލު ދޫކޮށްލަންޖެހޭ ސަބަބެއް ކަމަށް ނުދެކެން،" އޭނާ ވިދާޅުވި އެވެ.
"މި ފުރަ މާލޭގައި އޭ ލެވެލްއަށް ކިޔަވާނެ ސްކޫލެއް ހަމަ ހުންނަން ޖެހޭނެ [ކަމަށް] ގަބޫލުކުރަނީ."
މިނިސްޓަރު ވިދާޅުވީ ރަސްމީ ތައުލީމް ފޯރުކޮށްދޭންޖެހޭ އުމުރަށް ވުމުން އެ ކުދިންނަށް ރައްކާތެރިކަމާއި ކިޔަވަން ހުޅުމާލެއަށް ދަތުރުކުރުމުގައި ގޮންޖެހުން ހުރި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހު
30 November 2023
މާލޭގައި ހަމައެކަނި އޭލެވެލް ކިޔަވަދޭ ސްކޫލްއޭ ބުނީމަ އަޖައިބުވެއްޖެ. އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް. ވިލާ ހައި ސްކޫލް، މެޕްސް ހައި ސްކޫލް ކޮބާ؟ އެވެސްހަމަ ހިލޭ ރަނގަޅު ފެންވަރަށް އޭލެވެލް ކިޔަވަދޭ ސްކޫލް. މިނިސްޓަރަށް މިކަން ނޭގެނީބާ؟
ހެހޭ
30 November 2023
މާލޭގައި ހަމައެކަނި އޭލެވެލް ކިޔަވަދޭ ސްކޫލްއޭ ބުނީމަ އަޖައިބުވެއްޖެ. އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް. ވިލާ ހައި ސްކޫލް، މެޕްސް ހައި ސްކޫލް ކޮބާ؟ އެވެސްހަމަ ހިލޭ ރަނގަޅު ފެންވަރަށް އޭލެވެލް ކިޔަވަދޭ ސްކޫލް. މިނިސްޓަރަށް މިކަން ނޭގެނީބާ؟
ރޯޒަސް
30 November 2023
"އެ ކުދިންނަށް ރައްކާތެރިކަމާއި ކިޔަވަން ހުޅުމާލެއަށް ދަތުރުކުރުމުގައި ގޮންޖެހުން ހުރި ކަމަށެވެ"" މިނިސްޓަރު މިހެން ބުނާއިރު މިއޮތް ހުރިހާދުވަހު ހުޅުމާލެއިންވެސް އެތައް ސަތޭކަކުދިންނެށް މާލެއަށް ތިބުނާ ރައްކާތެރިކަން ނެތް ގޮތައް ދަތުކުރި.
އައިމިނާ
30 November 2023
އައްޑޫ ކުދިންވެސް .ލާމު ކުދިންވެސް އެހާ ދިގުދަތުރުކުރޭ. މާލޭ ބޭފުޅުން ޖެހޭނީ ގޭ ދޮރުމަތީ އިސްކޫލް ހުންނަން. 3 ފިޔަވަޅުވެސް އަޅައިގެން ނުވޭ. އަޖާއިބު ހީވޭ.
ފިރުޝާން އަލީ
30 November 2023
ވަރަށް ރަނގަޅު ވާހަކައެއް. ފުރަ މާލޭގައި އޭ ލެވެލްއަށް ކިޔަވާނެ ސްކޫލެއް ހަމަ ހުންނަން ޖެހޭނެ.
ޖުން
30 November 2023
ކޮންމެ ކުއްޖަކީ ސައިކެއް ނޫނީ ކާރެއް އޮންނަ ކުއްޖަކަށް ނުވެދާނެ. އެހެން ކަމުން އޭ ލެވެލް ކިޔެވޭނެ ގޮއްތަށް ހުޅުމާލޭގަ ވެސް އަދި މާލޭގަވެސް ހުރުން މުހިންމު.
ޤާއިދު
30 November 2023
މާލޭގަ އުޅޭ މީހުން ދުވަހަކުވެސް މަދެއް ނުވާނެ. އެހެން ކަމުން މާލޭގަވެސް އޭލެވަލް ކިޔެވޭނެ ގޮތް ހަމަޖެހިފަ ހުންނަން ޖެހޭ.
މުއާދު
30 November 2023
ގިނަ ދަރިވަރުންނާ ބެލެނެވެރިންގެ ވަރަށް ގިނަ ޝަކުވާތަކެއް އެބަހުރި ތިކަމުގަ. މާލޭގަ އާ ހުޅުމާލޭގަވެސް ހުރުން އެންމެ ރަނގަޅީ.
ލަބާން
30 November 2023
ދެކޮޅުގަވެސް ސްކޫލް ހުރުން މުހިންމު. މާލޭގައި އުޅޭ މީހުންވެސް މަދެއް ނޫން ވަކި.
މޫސާ ކަލޯ
30 November 2023
ސްކޫލް ކުއްލިއަކަށް ހުޅުމާލެ ބަދަލު ކޮށްލުމުން ވަރަށް ދަތިވޭ އަސްލުވެސް. މިކަން ކުރިން އޮތް ގޮތަށް ބަދަލް ކޮށްދެއްވިއްޔާ ވަރަށް ރަނގަޅު.