ގައުމީ ކުތުބުހާނާގެ އެތެރެ. -- ފޮޓޯ: ބީއެމްއެލް
29 ނޮވެމްބަރ 2023 - 12:33
ބީއެމްއެލްގެ އެހީގައި ގައުމީ ކުތުބުހާނާ އަޕްގްރޭޑް ކޮށްފި އެވެ.
ގައުމީ ކުތުބުހާނާ އަޕްގްރޭޑުކުރުމަށް ބީއެމްއެލްގެ އެހީގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި އެ ތަނުގައި ފޮތް ކިއުމަށް އާއްމުކޮށް ބޭނުންކުރާ ތަނާއި ތަރިކައާ ގުޅުން ހުރި ލިޔުންތަކާއި ފޮތްތައް ހުންނަ ކޮޓަރި ތަރައްގީކުރުމާއި މަޝްވަރާތައް ކުރުމަށް ހުންނަ ބަޔާއި ސައިލެންޓް ރީޑިން ރޫމެއް ހެދުން ހިމެނެ އެވެ.
މި ޕްރޮކެޖްޓުގެ ދަށުން އެ ތަނުގައި ޒަމާނީ ވަސީލަތްތަކާ އެކު އޯޑިއޯ ރިކޯޑު ކުރެވޭނެ ބޫތެއް ވެސް ވަނީ ހަދައިފަ އެވެ. އަދި މި ތަނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ޒަމާނީ ސެކިއުރިޓީ ގޭޓެއް ވަނީ ބަހައްޓައިފަ އެވެ.
އަޕްގްރޭޑިންގެ މަސައްކަތްތަކުގެ ތެރެއިން މި ތަނުގައި އިނގިރޭސިފޮތް ބަހައްޓާފައި ހުންނަ ސެކްޝަނާއި ދިރާސާތައް ކުރުމަށް ހާއްސަކޮށްފައިވާ ކޮޓަރި ވަނީ ތަރައްގީކޮށްފަ އެވެ. އަދި އެ ތަނުގައި ހުރި ކޮމްޕިއުޓަރުތައް ވެސް ވަނީ އަޕްގްރޭޑު ކޮށްފަ އެވެ.
ބީއެމްއެލްގެ އެހީގައި ކުތުބުހާނާއަށް ގެނައި ބަދަލުތައް ބެލުމަށް އެ ބެންކުގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ ކުތުބުހާނާ އަށް މިއަދު ޒިޔާރަތްކުރައްވައިފަ އެވެ.
ބީއެމްއެލްގެ އެހީގައި ގައުމީ ދާރުލްއާސާރުގައި ވެސް އަޕްގްރޭޑިންގެ ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝޯމޭން
29 November 2023
ކަލޭމެން ތިކަން ނުކޮށް ލުއިލޯނުތަކާ ހައުސިން ލޯނުތަކާ އެއްޗެހީގެ އިންޓަރެސްޓު ރޭޓު ތަންކޮޅެއް ކުޑަކޮށްބަލަ. ރައްޔިތުން އަނގަޔާ އަތާ ދިމާނުވެގެންއުޅޭއިރު ދިވެހިންގެ ބޭންކު ދިވެހިން ފެލައިގެން ލާރިތައް ގިނަކަމުން ހަދާނެގޮތް ހުސްވެގެން ސަރުކާރަށްވުރެ ގިނަ ތަރައްގީގެ މަޝްރޫއު މިމީހުން އެބަހިންގާ. އަޖައިބެއް އަޅެނުވާނެތަ؟
ކުތުބުން
29 November 2023
ޤައުމީ ކުތުބުޚާއަކީ މިއަދު އޮންލައިންކޮށް ބަލައިލެވެންޖެހޭނެ ތަނެއް. މެންބަރޝިޕް އޮންނަ ކޮންމެ މީހަކަށް އޮންލައިންކޮށް ފޮތް ނުކިޔޭނަމަ އަޕްގްރޭޑްއޭ ކިޔާކަށް ނުވާނެ. ރާއްޖޭގެ ތާރީޚު ކިޔަވަން ބޭނުންވާ މީހަކަށް 18 ވަނަ ގަރުނުގެ އެއްވެސް ލިޔުމެއް ތިޔަ ތަކުން ހޯދުމަކީ ނުވާނެ ކަމެއް. ޤައުމީ ކުތުބުޚާނާއަށްވުރެ ގިނައިން ނައިފަރުގައި ހުންނަ ކުތުބުޚާނާއިންވެސް މާ އަގުހުރި ދުވަސްވީ ލިޔުންތައް ފެންނާނެ.
ޙގސނސ
29 November 2023
ވަރަށް ރަގަޅުކަމެއް. ތިތާނގެ ހާލަތު ގޯސްކޮށް އޮންނަތާ ކިތަންމެ ދުވަހެއް. ފޮތްތައް ވެސް އެހައި މަދު. ޚާއްޞަކޮށް ގައުމީ ކުތުބުޚާނާ ގައި ދިވެހި ފޮތް ތައް ވަރަށް ނެތް. އޯލެވެލް އޭލެވެލް ކުދިންނަކަށް އިނގިރޭސި ފޮތް ހެނެއް ދިވެހި ފޮތެއް ޑައުންލޯޑްސް ނުކުރެވޭނެ. ތިތަނުގައި ފޮތް ގިނަކުރުމުގެ ޙަރަކާތެއް ވެސް ބާއްވަންޖެހޭ