ސްރީލަންކާގައި 2013ގައި އެއިޑްސް އިތުރުވުމުން ހޭލުންތެރިކުރުމަށް ބޭއްވި ހިނގާލުމެއް.-- ފޮޓޯ: އިޝާރާ/ލަންކާ
01 ޑިސެމްބަރ 2023 - 11:12
ސެޕްޓެމްބަރު މަސް ނިމުނުއިރު ސްރީ ލަންކާގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުގެ ތަފާސްހިސާބުން ދައްކައިފި އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ނޭޝަނަލް އެސްޓީޑީ އެންޑް އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމްގެ ނަތީޖާދެއްކި ގޮތުގައި ސެޕްޓެމްބަރުގެ ނިޔަލަށް އެޗްއައިވީގެ 485 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން 43 މީހަކު ވަނީ މަރުވެފަ އެވެ.
އެއީ މިދިޔަ އަހަރާ އަޅާބަލާއިރު ބަލި ޖެހުނު މީހުންގެ 13 ޕަސެންޓް އިތުރު ވުމެއް ކަމަށް ވެސް އެ ގައުމުން ބުނެ އެވެ. މިދިޔަ އަހަރު އެޗްއައިވީ ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ 427 ކޭސް އެވެ.
ސެޕްޓެމްބަރުގެ ނިޔަލަށް ރިޕޯޓުކޮށްފައިވާ ކޭސްތަކަށް ބަލާއިރު އޭގެ ތެރޭގައި ހިމެނެނީ އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ 72 ފިރިހެނުންނާއި ހަތް އަންހެނުންނެވެ. ބާކީ ތިބި މީހުންނަކީ 25 އަހަރުން މަތީ މީހުން ކަމަށް ނޭޝަނަލް އެސްޓީޑީ އެންޑް އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
ދެހާސް ނުވަވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްފައި ވަނީ މި އަހަރުގެ އެޕްރީލް އިން ޖޫން މަހާ ހަމައަށް ކަަމަށް ވެސް އެ ތަފާސްހިސާބުން ދައްކަ އެވެ.
ލަންކާ ސަރުކާރުން ހާމަ ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2009އިން ފެށިގެން މިހާތަނަށް އެއިޑްސް ޖެހިފައިވާ ފިރިހެނުންގެ އަދަދަކީ 4،095 އެވެ. އަދި އަންހެނުންގެ އަދަދަކީ 1،395 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޑަ
01 December 2023
ސުޕާތަ ބަންދުކޮބަލަ ޓެސްޓުނުކޮ ހަރާންކަންތަ ހުޓުވާކަނޫން ކޮގެން ބަލިޖެހިދާނެތީ
އަސޭލ
01 December 2023
ޜާއްޖޭގެ ސްޕާއަދި މަސާޖުޕާލާ ތަކުގަ ތިބޭމީހުން އެއިޑްސް އައް ޓެސްޓުކުރަން ފަށަން ވީހުންތޯ. އަދި ވަޒީފާތަކުގައި އުޅޭ ބޭރުމީހުންވެސް އެބަޖެހޭ ގަވައިދުން ޓެސްޓުކުރަން. އަލަމްގިރި އެހިންގި ކަންކަމުން އެބައެންގޭ ފުޅާކޮއް މިޒާތުގެ އަމަލުތައް ހިންގާކަން އަދި ހަށިވިއްވާ ބޭރު މީހުންވެސް ބަލާބަރައް ގެނެން އެކަންވެސް ކުރޭ. ޓެކުސް އިވޭށަން ގާނުނެއް ހަދާ މިޒާތުގެ ކުއްކޮއްގެން އަދި ޑުރުވިއްކައުގެން ހޯދާފައިސާ ދައުލަތައް ނެގޭ ގޮތައް ހަދާބަލަ
އަސޭލާ
01 December 2023
އެމީހުން ޓެސްޓް ކޮޮށްފަ އަދިވެސް އެތަންތަނަށް ދާން ދޯ ތި ހިޔާލުކުރަނީ. އެތަންތައް ބަންދެއްނޫންތަ ކުރަންވީ!
ކޮރަލް
01 December 2023
މާލޭގަ ވެސް މަސާޖް ޕާލާ ނެތް މަގެއް މިހާރު މަދުވާނެ އެވެ. ނަމުގަ މަސާޖް ޕާލާ ކުރަނީ ފާހިޝް އަމަލު ތަކެވެ. މެޑީކަލް ނުހަދާ ބިދޭސީން ވެސް ވ ގިނަ އެވެ. ވީމާ އަސްލު އަދަދު ތައް ނޭނެގެ އެވެ.