ކުރީގެ ރައީސް ޔާމީނާއި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން ސަލާން ކުރައްވަނީ: އޭނާއަށް ވުރެ ޔާމީނަށް ހެޔޮއެދޭ މީހަކު ނުހުންނާނެ ކަމަށް ޣައްސާން ވަނީ ވިދާޅުވެފައި
01 ޑިސެމްބަރ 2023 - 19:22
ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިސްވެ ހުންނަވައިގެން އެ ޕާޓީގެ އިސް ޓީމެއް ކ. ހުރައަށް މިއަދު ވަޑައިގަތުމުން، ހުސްގޮނޑިއެއް ހިފައިގެން ބަޔަކު އެ ބޭފުޅުންގެ ފަހަތުން ހިނގީ "ބައެއްގެ އިޝާރާތަށް" ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
"ޝައްކެއް ވެސް އެއީ ބައެއްގެ އިޝާރާތަށް ހިންގި ކަމެއް. ހަމަ ބަޔަކު އަޑީގައި ތިބެގެން ކުޅުނު ޑްރާމާއެއް،" ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން "މިހާރު" އަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޓީމު ހުރައަށް ފޭބި ވަގުތު ޕީޕީއެމް ކުލައިގެ ހުސްގޮނޑިއެއް ހިފައިގެން ތިބި ބަޔަކު "ގޮނޑި އަށް ބައްލަވާ" ކިޔަމުން ފަހަތުން ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ މީހުން އެގޮތަށް ކަންތައް ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގެ ޖަލްސާތަކުގައި ޔާމީނަށް ހާއްސަ ގޮނޑިއެއް ހުސްކޮށް ބަހައްޓާފައިވާތީ އެވެ.
ނަމަވެސް ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމަށް ފަހު، އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވާފައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.
ޕީޕީއެމްގައި ޔާމީނާ އެންމެ ގާތުން މަސައްކަތް ކުރެއްވި ޣައްސާން ވިދާޅުވީ، ހުރާގައި މިއަދު އެ ބޭފުޅުންނާ ދެކޮޅަށް އަޑުއުފުލި ޓީމުގެ ބައެއް މީހުންނާ ވާހަކަ ދައްކަވައި ހަގީގަތް ސާފުކޮށްދެއްވި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މިއަދު ޕީއެންސީ އަށް ސޮއިކޮށްފައިވާ ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.
އަނެއްކާ ރައީސް ޔާމީން ޖަލަށް ލާފައި ހުރި އިރު ބައެއް ބޭފުޅުން ތިއްބެވީ ސަރުކާރާ އެކު. ރައީސް ޔާމީންގެ ދިފާއުގައި ވެސް ނުނިކުމޭ. އެހެންވީމާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސް ޔާމީންގެ އަރިހުގައި މިހާރު އެ އުޅުއްވަނީ އެ މަނިކުފާނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންތަކެއް ކަމެއް،"--- ޣައްސާން
"އަޅުގަނޑު އެ ބޭފުޅުންނަށް ދެންނެވިން އަޅުގަނޑަށް ވުރެ ބޮޑަށް ރައީސް ޔާމީނަށް ހެޔޮއެދޭ މީހަކު ނުހުންނާނެއޭ. އެ މަނިކުފާނު ޕާޓީ ދޫކުރެއްވި ކަމަށް ވިދާޅުވިއިރު އަޅުގަނޑަކަށް ނޭނގެއޭ. މައްސަލައެއް އުޅޭ ކަމެއް ވެސް ވިދާޅެއް ނުވެއޭ. އަޅުގަނޑުމެންނަށް އެއްވެސް ކަމެއް އަންގާނުލައްވައޭ،" ޣައްސާން ވިދާޅުވި އެވެ.
"އެ ބޭފުޅުންނަށް [ޕީޕީއެމްގެ ޓީމާ ދެކޮޅަށް ހުރައިން ނުކުތް މީހުން] ކަންކަން ރަނގަޅަށް އެނގިވަޑައިނުގަންނަވާތީ އެ ނުކުތީ. ފަހުން ހުރިހާ ކަމެއް ސާފުކޮށްދިނިން އަޅުގަނޑުމެން."
ޣައްސާން ވިދާޅުވި ގޮތުގައި، ޕީޕީއެމް ވެރިކަން ކުރި ޒަމާނުގައި ވެސް ޕީއެންސީ އޮތީ ޕީޕީއެމަށް އެހީތެރިވާ ޕާޓީއެއްގެ ގޮތުގަ އެވެ. އެހެންވެ، މިހާރުގެ ރައީސް ޑރ. މުއިއްޒު ނިސްބަތްވާ ޕީއެންސީ މިއަދު ވެރިކަން ކުރާއިރު ޕީޕީއެމް ވާން ޖެހޭނީ ޕީއެންސީ އަށް އެހީތެރިވާ ޕާޓީއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ގޮތަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން އަޅުގަނޑުމެން މި ހިންގަނީ ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމުގެ މެމްބަޝިޕް ޑްރައިވެއް. ދައުލަތުން ޕާޓީތަކަށް ފައިސާ ދޫކުރަނީ ވެސް ވަކިވަރަކަށް މެމްބަރުން ތިބީމާ. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މި އުޅެނީ،" ޣައްސާން ވިދާޅުވި އެވެ.
އޭނާގެ ވާހަކަތަކުގައި، ޔާމީނާ އެކު މިހާރު އެންމެ އަރިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް ވެސް ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ދެކޮޅަށް އެންމެ ގަދައަށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި އަދި ޔާމީނަށް އެ ބޭފުޅުން ހެޔޮ އެދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަނެއްކާ ރައީސް ޔާމީން ޖަލަށްލާފައި ހުރި އިރު ބައެއް ބޭފުޅުން ތިއްބެވީ ސަރުކާރާ އެކު. ރައީސް ޔާމީންގެ ދިފާއުގައި ވެސް ނުނިކުމޭ. އެހެންވީމާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސް ޔާމީންގެ އަރިހުގައި މިހާރު އެ އުޅުއްވަނީ އެ މަނިކުފާނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންތަކެއް ކަމެއް،" ޔާމީންގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވީ، އެ ބޭފުޅުން ތިއްބެވީ "ރައީސް ޑރ. މުއިއްޒާ އެކު ގަދަކޮށް" ކަމަށެވެ. އަދި ވިދާޅުވީ ރައީސްކަން ޑރ. މުއިއްޒަށް ލިބިވަޑައިގަތީ ޔާމީނަށް ފުރުސަތު ގެއްލި، ޔާމީން ވެސް ކަން ގަބޫލު ކުރެއްވުމުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަރުމޯ
03 December 2023
އެޭ މިހަރަ ގުރަޔާ އެވެ. އަހަރެން ކަލޭ ދެކެ އިންތިހާއަށް ލޯބިވެއެވެ.ކޮށީގައި ބަންދުކުރީ ގެއްލިދާނެތީއެވެ.
ގަސްގަސް
03 December 2023
ރައިސް ޔާމީން ކުއްކޮށްފަ ވާނަމަ އަދަބު ލިބެން ޖެހޭ... ކުށެއް ނުކުރާނަމަަ މިނިވަން ކުރަން ވާނީ އޮންނަ ގޮތެއްގެ މަތިން... ދެން ހަމަ މިނިވަން ކުރުމަކީ ބޭއިންސާފެއް...
ބތަށި
02 December 2023
މިވަރުގެސަރުާރެއެެް ދުވަހަކުވެސް ފެންނާނެބާއޭ ހިތަށްއަރަނީ
ފިޔަވަޅު
02 December 2023
މަ ވޯޓް ދިނީ ތި ހުސްގޮނޑިޔަކަށްނޫން . އަދި ޔާމީން ފޮޓޯ އަކަށް ވެސް ނޫން . . ޑރ މުއިއްޒަށް
ޑރ. ރާމީ ޙަސަން މަނިކު
02 December 2023
އަޅުގަނޑު ގެ ދަރިންނަށް ކާންދޭނީ ޙަލާލު ތަކެތި! މި ބުނީ ކީކޭ-ކަން ކިޔުންތެރިން ވިސްނާލާ!
ކޮރަލް
02 December 2023
ޔާމީން އަދިވެސް އެހުރީ ބަންދުގަ އެވެ. މިނިވަނެއް ނުވެ އެވެ. އެކަމު މިނިސްޓަރު ކަން އެތައް ބަޔަކަށް ލިބިެއްޖެ އެވެ. މަޖްލިސް އިންތިހާބަށް މަސައްކަތް ފަށައިފި އެވެ. ޕީޕީއެމް ، ޕީއެންސީ ވެރިކަމެކެވެ. ޔާމީން މިނވަނެއް ނުވެ އެވެ. އަދީބު މިނިވަން ވެއްޖެ އެވެ. މުއިއްޒު އަށް ވެރިކަން ލިބިއްޖެ އެވެ.
ގަސްގަސް
03 December 2023
ކުއްވެރިން ހަމަ އެހެން ދޫކުރާކަށް ނުޖެހޭ!!!
ބޮގޭ
04 December 2023
"ކުއްވެރިން ހަމަ އެހެން ދޫކުރާކަށް ނުޖެހޭ!!!" އެއީ ވެރިކަން ލިބުނު ފަހުން އެކަން އޮތްގޮތްބާ؟ ވެރިކަން ލިބުމާއެކު "ހަރާން ހުކުމް" "ހަލާލު" ވެއްޖެ. އުޞޫލުތަކެއް އޮންނަކަން އެނގިއްޖެ. "ކުރިން ބުނި ހުރިހާ އެއްޗެއް ކެންސަލް ވެއްޖެ!" ބޮދުވަރު ދޯ؟
ށަވިޔަނި
02 December 2023
ޣައްސާނުގެ ވާހަކަ ކައިރިމާޒީއަށް ބަލާއިރު ހަމަނުޖެހެއެވެ. ދަރިއަކު ބަފައަކަށް ހެޔޮއެދޭނެކަން ޔަގީނެވެ. މައުމޫން ޖަލުގަ އޮންނެވިއިރު ޣައްސާން ހުންނެވީ ޔާމީނާއެކު ގަދަކޮށެވެ. މާނައަކީ ބައްޕާފުޅަށް ހެޔޮނޭދުންތޯއެވެ.ަ
ދޫނިރާއްޖެ
02 December 2023
ބޭރުފުށުން ޔާމީނު އަށް މަރުދޭކަމަށް ހެދިގެންތިބެ އޮޅުވާލައި ރައްޔިތުންގެ މަޖިލީހުގެ ގޮޑިތަށް ހޯދަން ޤައްސާނާއި މަގާމުތަކުގައި ތިބި އެންމެން ކުޅޭ ޑްރާމާއޭ ބުނިނަމަ މާތާހިރުވީސް
އަހްމަދު ނައީމް
02 December 2023
ޔަމީންގެ ބޮޑާކަން މިފެންނަނި ޖަލުން ގެއަށް ބަދަލުކުރި ދުވަހުވެސް 5 އަހަރު ޔަމީން މިނިވަންކުރަށް 5އަހަރު މަގުމަތީ އުޅުނި މީހުންނަށް ސަލާމްވެސް ނުކޮށްލަށް ޔަމީން ދެއްކި ކެޑިޑޭޓް އާދަމް ސަރީފް ނުހޮވުނި ހިސާބުން.
އިސްތިއުފާ
02 December 2023
މުއިއްޒު އިސްތިއުފާ އަދުރޭ އިސްތިއުފާ ސަރުކާރު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ